އިންތިހާބެއް ފަސްކޮށް އަވަސް ކުރުމަކީ އިލެކްޝަން ކޮމިޝަން (އީސީ) އަށް ލިބިގެންވާ ބާރެއް ނޫން ކަމަށް އެ ކޮމިޝަންގެ މެންބަރު އަލީ ނަޝާތު ވިދާޅުވެއްޖެެއެވެ.

އޭނާ މިހެން ވިދާޅުވީ، މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

ކޮވިޑް-19 އާއި ގުޅިގެން އަންނަ އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރުމަށް ގިނަބަޔަކު އަންނަނީ ގޮވަމުންނެވެ.

އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، ކޮވިޑް-19 ފެނުމާ ގުޅިގެން ލޯކަލް ކައުންސިލް އިންތިހާބު ފަސް ކުރެވެން އަދި ނެތް ކަމަށެވެ. އޭނާ ވިދާޅުވީ، އިންތިހާބު ލަސްކޮށްފި ނަމަ، ދެން އިންތިހާބު ބާއްވަން ޖެހޭނީ ރޯދަ މަހުގެ ފުރަތަމަ ދިހައެއްގެ ތެރޭގައި ކަމަށެވެ. އިންތިހާބު ލަސްކުރުމުގެ ނުވަތަ ކަނޑައެޅިފައިވާ މުއްދަތަށްވުރެ އެއްވެސް ދުވަހެއް އަވަސް ކުރުމުގެ ބާރެއް ގާނޫނުން ކޮމިޝަނުން ނުލިބޭ ކަމަށް ވިދާޅުވިއެވެ.

"އިންތިހާބު ލަސް ކުރުމުގެ ގާނޫނީ ބާރެއް އިލެކްޝަންސް ކޮމިޝަނަކަށް ނޯވޭ. އިންތިހާބު ލަސްކުރުމުގެ ގާނޫނީ ބާރެއް ނޯވޭއޭ އަޅުގަނޑު މި ދަންނަވަނީ ކަނޑައެޅިފައިވާ ތާރީހަށްވުރެ ލަސްކުރުމުގެ. ގާނޫނުގައި ކަނޑައެޅިގެން އެބަ އޮވޭ މިހާރު ތިބި ކައުންސިލްގެ މުއްދަތު ހަމަވުމުގެ ތިރީސް ދުވަހުގެ ކުރިން އިންތިހާބު ބާއްވައިގެން ނިންމަން ޖެހޭ ކަމަށް،" ޝަރީފް ވިދާޅުވިއެވެ.

ރާއްޖެއިން މިހާތަނަށް އަށް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ކިނބޫ

    ޢީސީޔަ އޮތް ކަމެއްތަ ވޯތަށް ވަގުހެދުން ރިޝްވަތު ކެޔުން..އެކަން ވެސް ކު ރަނީ ނުން ތި ކޮމިޝަން ގެ ރާއިސްސަ ނާއިބު ވެސް އެއީ ގިނަބަޔަކު އިތްބާ ރުކު ރާ ބަޔެއްނޫން މިޔަދު ބާޜެއް އޮތީމަ ތިބެވިދާނެ..ފަސް ނުކޮށް ތީބޭ ވޯޓް ލާނި މަދުބަޔަކު.