ކޮވިޑް-19 އާ ގުޅިގެން ސްކޫލް ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި، އެ ކުދިންނަށް ކިޔަވާ ދިނުމާއި ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާއި އިންތިޒާމްތައް ރާވަމުންދާކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ދަރުބާރުގޭގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮވިޑް-19 ގެ ހާލަތާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މުހައްމަދު މަބުރޫކު އަޒީޒު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކޮންމެ ފިޔަވަޅެއްވެސް އަޅަންވެސް ތައްޔާރަށް އޮތް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވި ކަމަށެވެ.

"މިނިސްޓަރ ވިދާޅުވީ،ހުރިހާ ކާޑެއްވެސް މޭޒުމަތީއޭ، ކޮންމެ ފިޔަވަޅެއް އަޅަންވެސް ތައްޔާރޭ، ސްކޫލް ބަންދު ކުރަން ޖެހިއްޖެ ހާލަތެއްގައި ބަންދުކުރީމަ އެ ކުދިންނަށް ކިޔަވާ ދިނުމާއި ކަންކަން ކުރިއަށްގެންދާނެ ގޮތްތަކާއި އިންތިޒާމްތައް ރާވަމުންނޭ ދަނީ". މަބްރޫކް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ސްކޫލްތައް ބަންދު ނުކުރާނެއެކޭ ނުބުނާ ކަަމަށެވެ.

"ސްކޫލްތަކުގެ ކަންތަކުގެ ޖަވާބަކީ މިވަގުތުވެސް މޮނިޓާރ ކުރެވެމުން ދަނީ ސްކޫލްތައް ހުޅުވުމާއި،ހަމައަށް އަދި އެބައޮތް ދެ ތިން ދުވަސް، މި ދުވަސްތަކުގެ ތެރޭގައި ސަރުކާރުން ހަމަ ޕަބްލިކް ސޭފްޓީައަށް ވިސްނާފައި ޑިޒިޝަނެއް ނަގާނެ". މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން ސްކޫލްތައް ބަންދު ކުރުމަށް ގޮވާލާ ސިޔާސީ ބައެއް ފަރާތްތަކާއި، ސްކޫލްތަކާއި ގުޅުން ހުރި އެސޯސިއޭޝަން ތަކުން ދަނީ ގޮވަމުންނެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ އަށް މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި ދިވެއްސަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ައޮފްބެ

    ސްކޫލްތައް ބަންދު ކުރަންވީ ހަމަ!!!!

  2. ޔާން

    ގޭގައި ތިބެގެން އައިޕެޑް ބޭޏުން ކޮށްގެން ކިޔެވޭނެ އިންތިޒާމް ވަނީ ކުރީގެ ޔާމީން ސަރުކާރުން ހަމަޖައްސާފައި. އެކަމާ ލަދުންތަ އެކަން ތަންފީޒު ނުކުރެވިގެން ތިޔަ އުޅެނީ. މީ މިހާރު މާ ބުރަ ނޫނީ ބޮޑު ކަމެއް ކުރަން ޖެހޭ ކަމެއްނޫން،