ބައެއް ފަރާތްތަކުން ފަތުރާ މައުލޫމާތުގެ ސަބަބުން ތެދު ދޮގަށްވެ، ދޮގު ތެދަށްވާ ހާލަތުވެސް މެދުވެރިވަމުންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވެފައިވަނީ ރާއްޖޭގެ ނޫސްވެރިކަމަށް 50 އަހަރަށްވުރެ ގިނަދުވަހު ހިދުމަތް ކުރައްވާފައިވާ އައްބާސް އިބްރާހިމް (ނޢޢވ) އަށް، 2018 ވަނަ އަހަރު މޯލްޑިވްސް މީޑިއާ ކައުންސިލުން އެރުވި އެވޯޑް، ނޫސްވެރިކަމުގެ އަލިމަސް ޝަރަފު ގަލަން އައްބާސް އިބްރާހިމާ ހަވާލުކުރުމަށް މިއަދު ބޭއްވި ރައްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ، މިޒަމާނަކީ ކޮންމެ މީހަކަށްވެސް ވަރަށް ފަސޭހަކަމާއެކު ހަބަރު ފެތުރުމާއި ހިޔާލު ފާޅު ކުރުމުގެ މަގު ފަހިވެގެން ގޮސްފައިވާ ޒަމާނެއް ކަމަށެވެ. އަދި ފަތުރާ މައުލޫމާތުގެ ސަބަބުން ތެދު ދޮގަށްވެ، ދޮގު ތެދަށް ވެގެންދާ ކަމަށް ރައީސް ވިދާޅުވިއެވެ.
މިކަމުގައި އާއްމު ރައްޔިތުންނަށް ސައްހަ ތެދު މައުލޫމާތު ގެނެސްދިނުމުގައި ނޫސްވެރިންގެ ޒިންމާ ވަރަށް ބޮޑު ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ކޮވިޑް-19 އާއި ގުޅޭ ހަބަރާއި މައުލޫމާތު އާއްމު ކުރުމުގައި ޤައުމީ މަސްލަހަތު އިސްކޮށް ތެދު މައުލޫމާތު ފެތުރުމަށް އިލްތިމާސް ކުރައްވާފައެވެ.
ރައީސް އިތުރަށް ވިދާޅުވީ، މިދަނޑިވަޅަކީ ކޮވިޑް-19 ގެ ނުރައްކާތެރިކަން ރާއްޖެއަށް ބޮޑުވެފައިވާ ދުވަސްވަރެއްކަމުން މިކަމުގެ ސައްހަ ތެދު މައުލޫމާތު އާންމުންނަށް ފޯރުކޮށްދިނުމަށް ހުރިހާ ނޫސްވެރިންގެ ކިބައިން އެދިވަޑައިގެންފައެވެ.
ކޮވިޑް-19 އަށް ރާއްޖެއިން މިހާތަނަށް 8 މީހަކު ޕޮޒިޓިވް ވެފައިވާއިރު ސަރުކާރާއި ގުޅިގެން ކަމާއި ބެހޭ އިދާރާތްތައް އަންނަނީ ޕޮޒިޓިވް ވެފައިވާ މީހުންނާއި ކޮންޓެކްޓް ވެފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
ބުބެވިދާނެ ތިމަންނަ އެއްވެސް މައްސަލައެއްގަ ހުކުމެއް އައިސްފައެއް ނެތޭ. ތިމަމް މީހާމީ ހަމަ އަލިފެކޭ. ވަރައް ވާހަކަ
ކުޑަކުއްޖެއްގެ މައަސަލާގަ. މީނަ ދައްކާވާހަކަ ކިހިނެއް ގަބޫލު ކުރާނީ.
ހަމަތެދެއް ތިވިދާޅުވީ. އެހެންނުންތޯ ވީ ޔާމިނޭކިޔައިގެން ދެއްކި ދޮގުވާހަކަތަކުގެ ސަބަބުން. ރައްޔިތުންނަށް އެއީ ތެދުކަމަށް ގަބޫލުކުރެވުނީ.
ދޮގު ވާހަކަ ފެތުރުމަށް އެމްޑީޕީއަކީ މި ގައުމުގައި 1 ވަނަ ޕާޓީ. އެ ޕާޓީން ވޭތުވެދިޔަ އެތައް އަހަރަކު ކޮށްފައިވާ ކަމެއްގެ ވާހަކަ މިއަދު ތިޔަ ވިދާޅުވަނީ. ތިޔައިގެ ހަގީގަތް އެންމެ ރަނގަޅަށް ދަންނާނެ ރައީސަކީވެސް ތިޔައީ. ސާބަސް.
ދޮގު ތެދައްވަނީކީނޫން. ސިއްރުކޮއްފަ ހުންނަކަންކަން ފަޅާ އަރަނީ ދޯ
އެމްޑީޕީ ވެސް ގެންގުޅުނީ، އަދި މިހާރުވެސް ގެންގުޅެނީ ހަމަ ތިޔަ ސިޔާސަތު. ޙަރާމް ހަލާލަށް ބަދަލު ކޮށްލާ ވަރަށް އެކަން އެބަ ކުރޭ.
ދޮގު ތެދަށް ފާޚާނާށް ގަބޫލުކުމީ ޖާހިލުކަމުގެ ބޮޑުކަން
ދޮގު ތެދަށް ހެދެނީ އެޅުވާލަން މޮޅުވީމާ. ތިޔަބޭފުޅުން އެކަމަށް ވަރަށް ކުޅަދާނަ ކަމަސް ފެންނަނީ
ކަލެއަށް އަދި ކިރިއާ ތިކަން އެނގުނީ. ރާއްޖެ ޓީވީ ކިޔާ ޕްރޮޕެގެންޑަާ މެޝިނެއް އުފެއްދި ދުވަހުން ފެށިގެން އަހަރެމެން ކިޔާ އެއްޗެއްތީ. ތީ ނޫންތޯ ކަލޭމެން ދައުވާކުރާ ޑިމިކްރަސީގެ މައިގަނޑު އަސާސަކީ. ކަލޭމެން ހެދި ދޮގުތައް އަހައިގެން ވެރިކަން ދޭ ކޮންމެ ފަހަރަކު ރައްޔިތުންނަށް ލިބެނޭ ކޮޅު ކެހި
އަދި ކިރިޔާތޯ އެނގިވަޑައިގަތީ. މަނިކުފާނުގެ ޕާޓީގެ ރައީސް އެކުރައްވަނީ އެކަންކަން އެނގިވަޑައިނުގަންނަވާތީ ހިތާމަކުރަން. ދެން ތިހެން ވިދާޅުވީމާ ހާދަ ދެރައޭދެއްތޯ؟ އެކަމެއްނޫންތީޯ ޕާޓީން ކުރީ މިއޮއްހައިދުވަހު
މަނިކުފާނު ވެރިކަން ހޯއްދެވީ ދޮގު ވިއްކައިގެން.
ކެނެރީގޭ ގަންޖާ މަނިކުފާނު މިނިވަން ކުރީ ދޮގު ވިއްކައިގެން.
ރައީސް ޔާމީނު ޖަލައްލީ ދޮގު ހެކި ދީގެން.
އެހެންވީމަ ތިކަން އެންމެ ބޮޑަށް އެނގިވަޑައި ގަންނަވާނީ ހަމަ މަނިކުފާނަށް.
ދެން އޮތީ "ނޮވެލް ކޮރޯނާ ވައިރަސް" ރާއްޖޭގަ އެބަލި ނުރައްކާ ހާލަތަކަށް ގެނެސް، ރައްޔިތުންގެ ހިތުގައި މިހާވަރަށް ބިރުވެރިކަން އުފެދުނީ ހަމަ ކަނޑައެޅިގެން މަނިކުފާނުގެ ސަރުކާރުގެ އިހުމާލުން، އެކަހަލަ ކަންކަމަށް މަޖިލީހުގެ ރައީސް ވިދާޅުވާ ބަސްފުޅަކީ "ފައިން އެރުން" އެހެންވީމާ މިފަހަރު މަނިކުފާނަށް ތިއޮތީ ފައިންބއެރިފަ.
ބުއްޅަބެޔޯ މިގައުމުގަ ތިގޮތަށް ވާހަކަ ދައްކަނީ. ރިޔާސީ އިންތިހާބު ކެމްޕޭންގައި ވެސް އެފަދަގޮތަކަށް ވާހަކަ ހުރީ. އެހެންވެ ރައްޔިތުންނަށް ދޮގު ތެދެއްކަމަށް ގަބޫލުކުރެވި ނުބައިމީހަކަށް ވޯޓުލެވުނީ.
މިގައުމުގަ އުޅޭ މީހަކު ހައްދަވައިގެން ތެދެއް ހަދިކަމެއް އެނގޭ މީހަކުނެއް އެކަމަކު އޭނާދައްކާ ވާހަކަ ތެދުކޮއްގެން އެތިބަ ދުވެ ނަގަނީ އެހެންވީމާ ވަރައް ރަގަޅު
މަނިކުފާނަށް ތިކަން ވިސްނުނީތީ ޝުކުރިއްޔާ
ދޮގު ފަޅާ އަރުވީމަ ވާނީ ދޮގު ތެދަށް
ދޮގު ތެދަށްވާ ހާލަތުވެސް އާދޭ ކަރަންޓް ބިލު ފިޔަވާ ކަންނޭގެ
ބޮޑަ މަރަ ކޮސް
އިސްލާމްދީނުގެ އަސާސްއަކީ ޤުރުއާން އާ ނަބިއްޔާގެ ސުންނަތް ޤަބޫލުނުކުރެވޭ ބަޔަކު ދޮގު ތެދުކުރާނެ އަދި ތެދު ދޮގުކުރާނެ. ރަސޫލާގެ ޙަދީޘްގައި ހުރި ބަފުޅުތަކަށް ގޮންޖަހާ އެތައްބަޔަކު މި ދިވެހިރައްޔިތުންގެ އެބަތިބި.
ކަންނަލި އޮޑި ބުނި ބަސް ދޮގަކައް ވީ ދޯ
އަހަރެންވެސް ހިތައްއެރި މިޔައް ކޮމެންޓެއް ކޮއްލަން އެކަމަކު ކޮމެންޓް ތައްފެނިފަ ދެން އިތުރައް މިޔަށް ކޮމެންޓް ކުރަން ބޭނުންނުވީ އެއީ މިކޮމެންޓް ތަކުގަހުރީ އަހަރންވެސް ބުނަން ބޭނުންވިއެއްޗެއްސައްވެފަ އެއެއްޗެތި ކޮންމެހެންތަކުރާރުނުކުރަންވެގެން
ކޮސްގޮވަނީދޯ ފެތުރިޔަސް ނިއުޅިޔަސް ދޮގެއް ތެދަކަށް ނުވާނެ.
އައ އްދި އްޔޯ އި އިބުރާހީމާ.،ވެރިކަން ލިބުމުން ހާދަކަންތަ އްތަ އެގި ދަސްވެ އްޖޭދޯ...ބޮލުގަހުރި ކަޅު އިސްތަށިތަ ހުދުވެ ނުރަޔަށްތިވީ ތިބުނިގޮތަށް ދޮގު ތެދަށް ވަންދެން ބުނެދީ ކިޔާދީ އަންގަންދީ ވިސްނަދީގެން..ދެފަހަރަށް ވެރިކަން މޑޕ އަށް ތިލިބުނީ ދޮގު ތެދަށް ވަންދެން ކިޔާދީގެން... އަދިވެސް ހު އްޓުމެނެތި ވެރިކަންލިބުމުންވެސް ތިކުރަނީ ދޮގު ތެދަށްވަންދެން ބުނެދެނީ...ދޮގުތުހުމަތެ ރޔާމީނަށްކޮށް ދޮގުބަޔާންތަކެ ފާސިގުން އަތުންނަގާ އިގެން...ހުކުމްކުރީ ސާފު ހަ އްގު ތެދަށް ކުރިހުކުމެނޫން..ދެން ކޮން ދޮގެވާހަކަ އެކޭތިކިޔަނީ...ގާނޫނުގެ އަތް ކޮ އްމެވެސް ދުވަހަކުން އިބުރާހިމާ ހަމަޔަށް ފޯރާނެދުވަސްވެސް އަންނާނެ ..މިދުނިޔެ އިން އިންސާފު ނުވިޔަސް އާޙިރަތް އެބަ އޮތް...
ފަތުރާ މައުލޫމާތުން ތެދު، ދޮގަށް ވާކަމީ އެމްޑީޕީ މީހުންގެ ވަރަށް ފުރިހަމަ ތަޖްރިބާއެއް. އަބަދު ކުރާ ކަމަކީ އެއީ ކަން އެމްޑީޕީ މީހުން ދެކޭ އެންމެން ވެސް ދަންނަ ހަގީގަތެއް. އެމްޑީޕީގެ އާންމު ކަމަކީ ދޮގުވާހަކަ ދައްކާ ދައްކާ މީހުންގެ ބޮލަށް ތެދެއްކަމަށް ގަބޫލު ކޮށްދިނުން.
ދޮގު ބޭޒާރުވީމަ ވާނީ ތެދައް ދޯ
ސަރުކާރުން ފުރަތަމަ ތެދުމަޢުލޫމާތު ފޯރު ކޮށްދިނުން ފުރަތަމަ ކަމަކަށް ހަދަންވީ.އޭގެފަހުން ނޫސްވެރިން.
ތިކަމާ މަނިކުފާނު ކަންބޮޑުނުވޭ މި ދިވެހިރާއްޖެ ޔަށް ނުކަތާވަރުގެ ބޮޑެތި ދޮގުހަދައިގެން ރައްޔިތުން ވާވަށްދައިގެން ބޭފުޅާ ވެރިކަމަށް އައީ ދޮގު ތެދުވާ ވަރަށް ދޮގުހަދައިގެން ވެރިކަމަށް އައީ މިއަދު އަހަރެމެން އުފަލުން މިތިބީ ބޭފުޅާޔަށް ވޯޓު ނުލާ ޔާމީނަށް ވޯޓު ލެވުނީތީ ވަގުވެރިކަމެއްމީ...
މިހާތަނަށް އެންމެގިނަ ދޮގު ތަކުރާރުކޮށް ކިޔާ ކިޠތެދަށް ބަދަލުކުރިބަޔަކީ ކަލޭމެން (އެމްޑީޕީ) މީ ހަޤީޤަތް!