އަންނަ އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރި އެމްޑީޕީ މެންބަރުން ޕާޓީން ވަކިކޮށް، އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުން އުނިކުރުމަށް ފޮނުވައިފިއެވެ.

އެޕާޓީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބުގައި އެޕާޓީގެ ފަރާތުން ވާދަކުރުމަށް ޓިކެޓު ދީފައިވާ ކެންޑިޑޭޓުން ތިއްބާ، ޕާޓީގެ މެމްބަރުންގެ ގޮތުގައި ތިއްބަވައިގެން އިންތިޚާބުތަކުގައި އަމިއްލަގޮތުން ވާދަކުރައްވާފައި ވާތީ، އެކަމަކީ ޕާޓީގެ އަސާސީ ޤަވާޢިދާއި ޚިލާފު ޢަމަލަކަށް ވާތީ، އެޕާޓީގެ ފިޔަވަޅުއަޅާ ކޮމެޓީއަށް އަސާސީ ގަވާއިދުން ލިބިދީފައިވާ ބާރުގެ ދަށުން، މެމްބަރުކަމުން ވަކިކޮށް ފިޔަވަޅު އެޅުމަށް އެކޮމެޓީގެ އަޣުލަބިއްޔަތުން ނިންމާފައިވާ ކަމަށެވެ. އަދި އެފަރާތްތަކުން އެމްޑީޕީން ވަކިކޮށް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުން ގެންދާ އެޕާޓީގެ ދަފްތަރުން އުނިކުރުމަށް ފޮނުވާފައިވާ ކަމަށް އެޕާޓީން ބުންޏެވެ.

އެމްޑީޕީން މިއަދު ވަނީ އެ ޕާޓީން ވަކިކޮށްފައިވާ މެމްބަރުންގެ ނަންތައް ހާމަ ކޮށްފައެވެ. އޭގެ ތެރޭގައި 38 މެމްބަރަކު ހިމެނެއެވެ.

1. އައިޝަތު އާސިފާ (ގުލްފާމްގެ / ހއ. ތަކަންދޫ)
2. ފާޠިމަތު ސަރާ (ހީވާޒު / ށ.ނޫމަރާ)
3. ނަޝީދާ އާދަމް (ޑެކޯރާ / ކ.މާފުށި)
4. ފާޠިމަތު ހުމައިދާ (ތިބުރޯޒުގެ / ހއ. ތަކަންދޫ)
5. މަރިޔަމް ޒިމްލާ (އުރަހަ / ލ. އިސްދޫ)
6. ފަހީމާ އަޙްމަދު (ރޯޔަލް ބީޗް / ގއ. މާމެންދޫ)
7. އަރޫޝާ ޢަބްދުލް މަޖީދު (ހުޅަނގުގެ / ގދ. ހޯޑެއްދޫ)
8. އަޙްމަދު ރަޝީދު (ކިނާރާ / ރ. މާކުރަތު)
9. ސިޔާމް މުޙައްމަދު (ކުދިމާގެ / ގއ. ކޮނޑޭ)
10. އަންވަރު މުޙައްމަދު (ބޯށިމާގެ / ބ. ހިތާދޫ)
11. މުޙައްމަދު ތައުފީޤް (ޖަނަވަރީމާގެ / ދ. މާއެނބޫދޫ)
12. އަޙްމަދު ނާދިރު (ފަރިވާދީ / ސ.މަރަދޫ)
13. އަޙްމަދު އާސިމް (ހ. ރަތްކަށިމާގެ /މާލެ)
14. މުޙައްމަދު ފަޒީން (މ.ހޫރުޝީދު އާބާދު)
15. އަޙްމަދު އާމިރު (ހަވޭލީގެ / ތ. ވޭމަންޑޫ)
16. ޙުސައިން ޚަލީލު (ގަދަގެ / ލ. ކަލައިދޫ)
17. ތަންސީން ޝާކިރު (ފަރިޔާދުގެ / ގދ. ރަތަފަންދޫ)
18. އިބްރާޙީމް ރަޝީދު (ތޯތާގެ / ށ. ނޫމަރާ)
19. ސާބިރާ އިބްރާހީމް (އުދަރެސް / ށ.ފީވައް)
20. އައިޝަތު މަނިކެ (ފަޅޯމާގެ / ގއ. ގެމަނަފުށި)
21. އައިމިނަތު ޝިޔާމާ (ޓިއުލިޕްވިލާ / ގއ. މާމެންދޫ)
22. އައިމިނަތު ސޯނިޔާ (ހ.ހަންޑްރެޑް ފްލާވާރ)
23. މުޙައްމަދު ޝުޖާއު (ފިނިވާގެ / ހއ. އުތީމު)
24. އައިމިނަތު މާޝާ އަނީސް (ދިރުން / ގދ. ގައްދޫ)
25. ފާޠިމަތު ނަހުލާ (ވައިޓް ކޮރަލް / ލ. އިސްދޫ)
26. ޙައްވާ މިޒުނާ (މާވިނަ / ލ. ދަނބިދޫ)
27. ގީތާ ޖަމާލު (ލީނާ މަންޒިލް / ގއ. ކޮލަމާފުށި)
28. ވަޒުނާ އަޙްމަދު (ކަރަންކާގެ / ގދ.ރަތަފަންދޫ)
29. އުސްމާން ރަޝީދު (މާފަރިވާގެ / ކ.މާފުށި)
30. ޢަބްދުﷲ ރަޝީދު (ގޯލްޑަން މޫން / ވ. ރަކީދޫ)
31. މުޙައްމަދު އާރިފް (ގުލްފާމްގެ / ތ. ކިނބިދޫ)
32. މުޙައްމަދު އަޒީޒު (މ. ސެސްނާ / މާލެ)
33. މުޙައްމަދު އަޔާޒު (އޯޝަންހާރު / ގދ. ހޯދެއްދޫ)
34. މުޙައްމަދު ޙަލީމް (ލިލީ އޮފް ދަވެލީ / ބ. ފުޅަދޫ)
35. މުޙައްމަދު އިބްރާޙީމް (ސަނީ ސައިޑް / އދ. މާމިގިލި)
36. އާލިފް އަޙްމަދު (ޑެއިޒީގެ / ދ. މީދޫ)
37. ސަބީހާ އިސްމާއިލް (ވައިޓް ވޭވްސް / ކ. މާފުށި)
38. ބަދޫރާ (މ. ފަޅުމަތީގެ / މާލެ)

މިކަމާއި ގުޅިގެން އެޕާޓީގެ ރައީސް މުހައްމަދު ނަޝީދު މީގެ ކުރިން ވިދާޅުވެފައިވަނީ އެމްޑީޕީގެ މެމްބަރުން އަމިއްލަ ގޮތުން އިންތިޚާބުތަކުގައި ވާދަކުރުމަކީ އެމްޑީޕީގެ މަސްލަހަތު ގެއްލޭ ކަމެއް ކަމަށާއި އެ މެމްބަރުން ވަކިކުރަން އެ ޕާޓީއިން ނިންމީ އެހެންވެގެން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ބުއްޅަކަވާ ވަކަވާ

    އޭ ޑިމޮކްރަސީ ހަޖަމް ނުވީތަ ހާދަ ހުދު މުހުތާރޭ ދޯ

    12
  2. ޢަލީކޮއި

    ތިހި ރަގެން ވޯޓު އުތު ރި އަ ރަނީ.

    11
  3. ނަނާ

    ބުއްޅަބޭ ބަލަ މުޣުނީވެސް ވަކިކު ރީތަ!

    11
  4. ޢަބްދުއްލަޠީފު

    ވަކިބަޔަކު ދޯ ތިޔަ ޕާޓީއިން ބޭރު ކޮށްލީ؟ އަމިއްލަގޮތުން ވާދަކުރާ ސ.ފޭދޫ އަށް ނިސްބަތް ވާ މެމްބަރު ވަކިކުރާކަށް ނުކެރުނު. ކިހިނެއް ތިޔަހެދީ؟ ހާދަ ޑިމޮކްރެޓިކް ވީ އޭ ތިޔަދެން. ހައްހައްހައްހާ.......................................

    13
  5. އައްޑޫ ލެއި

    ކޮބާ އަސްލު މީހާގެ ނަމުގައި އައްޑޫސިޓީ ހިތަދޫ މޫލެކެޑެ އޮޑައްސައު ދާއިރާ އައް ކުރިމަތި ލާފައިވާ އަހުމަދު ސައީދު ހަމަ ޔަޤީނުންވެސް އެއީ އެމްޑީޕީ މެންބަރެއް

  6. ގުލްފިޓް

    ކޮބާ އަހުމަދު ސައީދ (ސޮޑާ) އޭނަ އައަޑޫސިޓީ ހިތަދޫ މޫލެކެޑެއޮޑައްސައު ދާއިރާޔައް ކުރިމަތި ލީ އެމްޑީޕީއިން ބޭނުން ވެގެން ދޯ

  7. ޝީޒާ

    ކޮބާ ސ.ހިތަދޫ މޫލެކެޑެ އޮޑައްސައު ދައިރާޔައް ކުރިމަތިލީ އަހުމަދު ސައީދު (ސޮޑާ) ނަށީދު ބުނެގެން ކުރިމަތި ލީ މީހެއް ދޯ އެއީ

  8. އައްޑޫ ލެއި

    އައްޑޫސިޓީ ހިތަދޫ އަސްލު މީހާ ކޮބާ

    11
  9. ކުލޭ

    ދެން އަނެއްކާ އެމީހުންނަށް ހިތްވަރުދީ އަޑިން މަސައްކަތްކޮށްދެއްވި ޕާޓީގެ ބޮޑުންނާއި މަޖްލިސް މެންބަރުން ވަކި ކުރާކަށް ނުކެރޭނެ