ވިލާ ކުންފުނީގެ ދަށުން ހިންގަމުން އަންނަ ހުރިހާ ތަނެއްގެ މުވައްޒަފުންގެ މުސާރަ 10-50 ޕަސެންޓާއި ހަމައަށް ކުޑަ ކުރަން ނިންމި ކަން "ވަގުތު" އަށް އެނގިއްޖެއެވެ.
"ވަގުތު"އަށް އެނގިފައިވާގޮތުން މުސާރަ ކުޑަ ކުރަން ނިންމިކަން މިހާރު ވަނީ މުވައްޒަފުންނަށް އަންގަން ފަށާފައެވެ.
އެ ކުންފުނިން ނެރުނު ސަރކިއުލާއެއްގައި ބުނެފައި ވަނީ ހަލުވިކަމާއެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާ ވައިރަސްގެ ސަބަބުން ރާއްޖެއަށް އަންނަ ޓޫރިސްޓޫންގެ އަދަދު އެއް ދުވަހުން އަނެއް ދުވަހަށް މަދުވެ، އަދި ރާއްޖެއިންވެސް މި ބަލި ފެނުމާއި ގުޅިގެން އެކަމުގެ ނޭދެވޭ އަސަރު އިތުރަށް ޓޫރިޒަމްއަށް ފޯރަމުން އަންނަ ކަމަށެވެ.
އެ ސަރކިއުލާގައި ބުނެފައި ވަނީ އެ ކުންފުނިން ހިންގާ ރިސޯޓުތަކުން ކަަމަށްވެފައި، ރިސޯޓުތަކަށް އަންނަ ގެސްޓުންގެ އަދަދު މަދުވެ އާމްދަނީ ދަށްވަމުން ދާތީ، ކުންފުނިި ދެމެހެއްޓުމަށްޓަކައި ހަރަދު ކުޑަ ކުރުމުގެ ގޮތުން އަޅާ ފިޔަވަޅުތަކުގެ ތެރެއިން، އެ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ކުޑަ ކުރާނެ ކަމަށެވެ.
"ކުންފުނީގެ މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންގެ އޭޕްރިލް މަހުގެ މުސާރަ ކުޑަ ކުރުމަށް ކުންފުނީގެ ބޯޑުން ނިންމާފައިވާތީ، އެކަން އާއްމުކޮށް ހުރިހާ މުވައްޒަފުންނަށް އަންގަމެވެ". ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ސިޔާދު ގާސިމް ސޮއިކޮށް ނެރެފައިވާ ސަރކިއުލާގައި ވެއެވެ.
ކުންފުނީގެ މުވައްޒަފުންގެ މުސާރައަށް އަންނަ ބަދަލުތަކަށް ބަލާއިރު، މުސާރައިގެ ގޮތުގައި، 4999 ރުފިޔާއަށް ވުރެ ދަށުން މަދުން ލިބޭ މުވައްޒަފުންގެ މުސާރައިން 10 ޕަސެންޓް ކުޑަ ކުރާނެއެވެ. އަދި މުސާރައިގެ ގޮތުގައި 5000 އާއި 9999 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރައިން 20 ޕަސެންޓް ކުޑަ ކުރާނެއެވެ. އަދި މުސާރައިގެ ގޮތުގައި، 10000 އާއި 49999 ރުފިޔާ ލިބޭ މުވައްޒަފުންގެ މުސާރައިން 35 ޕަސެންޓް ކުޑަ ކުރާއިރު، 50000 ރުފިޔާއަށް ރުފިޔާއަށް ވުރެ މަތިން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރައިގެ 50 ޕަސެންޓް ކުޑަ ކުރާނެއެވެ.
އެ ކުންފުނިން ބުނީ، މި ފިޔަވަޅު އަޅަނީ އެއްވެސް މުވައްޒަފަކު ވަޒީފާއިން ދޫކޮށްލަައިފިނަމަ އެފަރާތަކަށް ލިބޭ ގެއްލުން މާ ބޮޑުވާނެވާތީއާ، މިވަގުތަށް މުސާރައަށް ކުރާ ހަރަދު މިހާރަށްވުރެ ކުޑަ ނުކޮށް ކުންފުނި ހިންގޭނެ އެއްވެސް ގޮތެއް ނެތިގެން ކަމަށެވެ.
"ހާލަތު ރަނގަޅުވަމުންދާ ވަރަކަށް މުސާރައަށް ބަދަލު ގެންނަމުން ދާނެއެވެ. ލިބޭ މުސާރަ މަދުވުމަކީ ކޮންމެ މީހަކަށްވެސް ދަތިވާނެ ކަމަކަށްވާތި އެކަމަށްޓަކައި ހުރިހާ މުވައްޒަފުންގެ ކިބައިން މައާފަށް އެެދެމެވެ". އެ ސަރކިއުލާގައި ވެއެވެ.
އަދި މިފަދަ ކޮންމެ ފިޔަވަޅެއްވެސް ކުންފުނިން އަޅަނީ އެންމެ ފަހު ކަމެއްގެ ގޮތުގައި އެހެން އެއްވެސް ގޮތެއް ނެތިގެން ކަމަށް ވެސް ސާކިއުލާގައި ބުނެފައި ވެއެވެ.
މީގެ ކުރިން ވެސް ގާސިމަށް ބައެއް ދަތިތައް ދިމާވުމުން ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ ލަސްވެ، އަދި ބައެއް މުވައްޒަފުން ވަޒީފާ އިން ވަކިކޮށްފައި ވެއެވެ.
4999 އިން ދަށް 10%
5000 އިން މަތި 9999 އިން ދަށް %20
10000 އިން މަތި 49999 އިން ދަށް %35
50000 އިން މަތި %50
4999 އިން ދަށް 10%
5000 އިން މަތި 9999 އިން ދަށް %20
10000 އިން މަތި 49999 އިން ދަށް %35
50000 އިން މަތި %50
އިންތިހާބަށް ނުކެތޭވަރަށް މުސާރަ ބޮޑުކޮށް ޕަންޗް ކޮށްފަ ގެއަށް ދާ ވަރަށް މީހުން ވައްދައިގެން. އެމީހުން ކަނޑަން ނުކެރިގެން މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ކަނޑަނީ! ވޯޓު ހޯދަން ވެގެން ތީ ބޮޑުވަރު.
ކުޑަކުޑަ މުސާރައަކުން ދިރިއުޅުން ފޫ ނުބޭދޭއިރު ދެބައިކުޅަ އެއްބައި ކަނޑާލީމާކިހިނެއްތޯވާނީ
ޙުސްދޮގު
މި މަހުގެ 10 ޔަކަށް އެރި އިރުވެސް މުއައްޒަފުންނަށް މުސާރަ ނުދޭ
ހުސް ދޮގު، މަހުގެ 3ވަނަ ދުވަހު މުސާރަ ޖަމާކޮ އްދިން، ދޮގު ނުހަދާ، ތި އުޅެނީ ނަރަކަޔަށް ދާން ތަން ކުޑަވެގެންދޯ.
މުސާރަ ކުޑަ ކުރީމަ ގޭގެ ކުލި ކުޑަ ވާނެބާ...ފިހާރަ ތަކުން އެއްޗިހީގެ އަގު ހެޔޮވާނެބާ...ހަމައެކަނި މުސާރަ ކުޑަކުރީމަ ވީ ތަ...އަޖައިބެއް
ބޮޑު ފައިދާ ލިބޭ ދުވަހު ވެރިންގެ ޖީބަށެވެ. އެންމެ ލާރިއެއްވެސް އިތުރަކަށް މުވައްޒަފަކަށް ނުދެއެވެ. ދަތި ވީމަ މުވައްފުގެ ލާރި ކަނޑަނީއެވެ. ވެރިންގެ ޖީބަށް ވަންނަ އެންމެ ލާރިއެއްވެސް މަދެއް ނުވެއެވެ. ދުނިޔޭގަ އޮތީ މި ނިޒާމެވެ. މުއްސަނދިން މުއްސަނދިވުމެވެ. ފަގީރުން ފަގީރުވަމުން ދިއުމެވެ.
ކަންނެއްކަމުން މަސައްކަތް ނުކުރާތީބާ އަނެންކާ
ކެންފޭނަށް ބަހަން ލާރި އެއްކުރަނީ. ވިލާ ރިސޯޓުތަކައް ގެސްރުން އާދޭ.
ރިސޯޓުގެ އޮކިއުޕެންސީ 150% އޮތަސް 300 ޑޮލަރު 50 ޕަސެންޓްގަ އޮތަސް 300 ޑޮލަރު. މީމިސާލެއް... ސިޔާސީ ޕާޓީ ހިންގަނީ ރިސޯޓުން ލިބޭ ޢާމްްދަނީއިން، ފައުންޑޭޝަން، އަދި ބޭކާރު ފައިދާ ނުވާ ތަންތަނުގެ ޚަރަދުވެސް ބަލަހައްޓަނީ ރިސޯޓުތަކުގެ ސްޓާފުން ކަތިލުމަށްފަހު. މިނޫނީ ނުހުންނާނެ ސްޓާފުންނަށް ނުބައިކޮށް ހިތާ އޯނަރެއް. ޙުރިހާ ސްޓާފުން މަސައްކަތް ކުރޭ 10 ގަނޑިއިރާ 12 ގަނޑި އިރަށް، ސްޓާފަކު އެހީއަކަށް އެދުނަސް ނުދޭނެ. މިހެން ކިޔާނެކަމެއްނެތް. ބައިވަރު ވާހަކަ އެބަހުރި.
ކެންފޭނަށް ބަހަން ލާރި އެއްކުރަނީ. ވިލާ ރިސޯޓުތަކައް ގެސްރުން އާދޭ.
މި ފަދަ ދަތި ހާއްސަ ހާލަތްތަކުގާ އެކަހަލަ ފިޔަވަޅު އަޅާންޖެހޭ، ނޫންނަމަ ވިޔަފާރި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވޭނެ. ވީމާ އެކަހަލަ ފިޔަވަޅުތަކަށް މުއައްޒަފުންވެސް ކެއްތެރިކަމާ އެކު އެއްބާރުލުން ދޭންވާނެ. މުސާރަކޮޅު މަދުވުމަކީ ހަމަ ކޮންމެ މީހަކުމެ ދެރަވާނެ ކަމެއް.
މިދަނޑިވަޅުގަ މިނޫން ގޮތެ އް ނޯންނާނެކަން އަހަރެމެން ގަބޫލް ކުރަން، މިހާލަތުގާ މުވަ އްޒަފުން ވަޒީފާ އިން ނުކަނޑާ ތިޔަ ނި އްމެވި ނި އްމެވުމަށް ޝުކުރި އްޔާ
ދަތިހާލަތުތަކުގައި މަހުޖަނުންވީ ހިލޭސާބަހާ މުއައްޒަފުުންގެ ކަންކަން ބަލަހައްޓަދޭން. މިކަމުގެ ނަމޫނާ ދެއްކި މަހުޖަނުން އެބަތިބި. އެމެރިކާގެ މަހުޖަނަކު އޭނާގެ މުއައްޒަފުންގެ ގެތައް ނަގޫރޯޅިއަކާއި ހުރެ ހަލާކުވެގެން ދިއުމުން އެންމެ ލޯލާރިއެއްވެސް މުއައްޒަފުން އަތުން ނުނަގާ އެ މުއައްޒަފުންގެ ގެތައް އަލުން ހިލޭ ބިނާކޮއްދީފައިވޭ. މިގައުމުގަނޫނީ މުއައްޒަފުންގެ ލޭބޮއެގެން އުޅޭވިޔަފާރިވެރިން ނުތިބޭ.. ފައިސާ ލިބޭދުވަސްތަކާއި ނުލިބޭދުވަސްރަކުގަވެސް މިވެރިންގެ އަމަލުތައް ހުންނަނީ މިހެން.
ސުވާލެއް އެބައޮތް. ތިޔަ އޯނަރުގެ ދަރިންނާ ޢާއިލާ މީހުން އެގްޒެކްޓިވް މަގާމުތައްފުރާ ކުންފުނީގެ ނިކަމެތި މުވައްޒަފުންގެ މުސާރަކޮޅު އެންމެ ފުރަތަމަވެސް ތިޔަ އުނިކޮށްލީ. މާލީ ގެއްލުމުގަ ކުންފުނި ނުހިންގޭނެކަން މަވެސް ގަބޯލުކުރަން. މިވޭތުވެދިޔަ އެތައްއަހަރެއް ވަންދެން ޔޫރަޕުގެ ބޭންކުތަކަށް ޖަމާކޮށް ދަހިސާދަގަރުކަލޭގެ ރަންގަނޑަށް ބަލާހެން ބަލަން ބަހައްޓާފަ ހުރި ޑޮލަރުޓަނުން އެންމެ ޑޮލަރެއްވެސް އުނިވާތަން ބަލާކަށް ބޭނުމެއްނޫންދޯ؟ ހާދަ އަވަސް އަރުވާލީތިޔަ؟ މުވައްޒަފުންނަށް ދޭ ޢިނާޔަތްތައް ކަނޑަންފަށަން އަދި ތަންކޮޅެއް އަވަސް. އިޚުލާޞްތެރިކަމެއް ހުރިއްޔާ އެހެން ނަހަދާ. ހަމަ އެއްގޮތެއްވެސް ނެތިގެން ނޫނީ ކުރަން ހެޔޮވާވަރު ކަމެއްނޫން. ޝަވީދުގެ މުސާރަ ކަނޑާލިޔަސް ތިޖޫރީ ތެރެއަށް އަތް ބާނާފަ ނެގޭނެ ދޯ އޭނަ ބައްފާފުޅުގެ މިލްކިއްޔާތު ވީމަ. ނުވިތާކަށް އަނބިގޮއްޔެވެސް އެހެރީ ޖަމާކުރަން ނެރެފަ ވިއްޔަދޯ. ކޮން ގެއްލުމެއްވާނީ؟ ނިކަމެތި މުވައްޒަފުން އެހެން ނަގާނެ ތޮޖޫރީއެއްވެސް ނުހުންނާނެ. އެމީހުންގެ އަނބިންގެ ސިޔާސީ މަގާމެއްވެސް ނޯންނާނެ. މިކަންތައް ހަނދާނަށް ގެނެސް ތިޔަ އަނިޔާނުދީ އަދި ކުޑަކޮށް މަޑުޖައްސާލުން ވަރަށްބޮޑަށް އެދެމެވެ. ޝުކުރިއްޔާ!
މިރާއްޖޭގެ ރިޒޯޓު އޯނަރުންނަކީ މިރާއްޖޭގެ އެންމެ މުއްސަންދި މީހުން. އެމީހުން އެންމެ 2،3 މަސް ގެއްލުމުގަ ނިކަމެތި މުވައްޒަފުންނަށް ފުލް މުސާރަ ދިނަސް އެމީހުން އުމުރު ދުވަހު ރިޒޯޓު ހިންގައިގެން އެއްކުރި ފައިސާއާ ހަޒާނާއަށް އުނިކަމެއް ނާންނާނެ. ހަގީގަތުގަ އެވާނީ ސަދަޤާތަކަށް. އެކަމުން ވާނީ ދެދުނިޔޭގަވެސް ފައިދާ.
ރިސޯޓް ބޯ އިން ގެ މިނިވަން ވޭޖް .ވަ އުދު ފު އއްދަނީދޯ
ވިލާ ކުންފުނިން ވިޔަފާރި ކުރުން ހުއްޓާލާ ހަރަދު ކުޑަ ކުރަން. ވިލާ ގޭސް ވިލާ ސިމެންތި ވިލާ ޝިޕިން ވިޔަފާރި ކުރާ މީހުން ވިޔަފާރި ކުރުން ހުއްޓާލީމަ ހުންނާނީ ރަންގަޅަށް.
ވިލާ ކުންފުނިން ވިޔަފާރި ކުރުން ހުއްޓާލާ ހަރަދު ކުޑަ ކުރަން. ވިލާ ގޭސް ވިލާ ސިމެންތި ވިލާ ޝިޕިން ވިޔަފާރި ކުރާ މީހުން ވިޔަފާރި ކުރުން ހުއްޓާލީމަ ހުންނާނީ ރަންގަޅަށް.
ބޮޑު ހަރަދު ކޮށްގެން ސިޔާސީ މީހުން ގަންނަން އޯކޭ، ކަމެ އް ދިމާވާ އިރަށް މިޖެހެނީ މުވަ އްޒަފުން ގުރުބާން ކުރަން. ގާސިމް ވެ އްޖެ އެއ އްނު މިސަކަރާތް ޖެހުން ހު އްޓާލަން.
މަށަށް ފެނޭ %50 ކުލިވެސް ކުޑަކުރަން
ވިލާމުއައްޒަފުންނަށް މިދަނޑި ވަޅުގައި ކުރޯނާ އަށް ވުރެ ނުރައްކާތެރި ހިތުގެބައްޔެއް މިޖެއްސީ، ކޮބާސަރުކާރު، ކިހިނެއްބާ ސޭޓްއަށް ރައީސްކަން ދިނީމަހަދާނީ؟؟
އެމެންގެ މުސާރަ 50 ޕަސެންޓް އުނިކޮށްފަ ސޭޓުގެ އިންކަމް އެވަރުން އިތުރުވާނީ ހެހެ
ވިލާމުއައްޒަފުންނަށް މިދަނޑި ވަޅުގައި ކުރޯނާ އަށް ވުރެ ނުރައްކާތެރި ހިތުގެބައްޔެއް މިޖެއްސީ، ކޮބާސަރުކާރު، ކިހިނެއްބާ ސޭޓްއަށް ރައީސްކަން ދިނީމަހަދާނީ؟؟
މުސާރަ ކުޑަކުރީމަ ކުލިއާއި ބާޒާރު އެއްޗެއްހި އަގުތިރިވޭތި......ހެހެހެ
50 ޕަސެންޓޭ އަޅެ ހެޔޮނުވާނެދޯ އެހެން ހަދަން
އެކޮޔަށް ތިއުޅެނީ އޮޅިގެން. އެކޮޔަށް ތިންވަނަ ދުވަހުގަ މުސާރަ ޖަމާވިޔަސް ވިލާގެ އެހެން ބައެއް ތަންތަނަށް ޖަމާވީ 10 އެއްގަ.
މިފަދަ ކޮންމެ ދަނޑިވަޅެއްގައި އެކަމުގެ ނާޖާއިޒް ފައިދާ މިގާސިމް ނަގާނެ
ގާސިމަކަސް އެކުރަނީ ދިވެހިންނަށް އަނިޔާ ހެސްކިޔާފަ މަސައްކަތް ކުރުވާފަ މުސާރަ ކޮޅު ކުޑަ ކުރީމަ އޭތި ކަޑަ އެކުޑަ ކުރި ވަރު ބޮޑުކުރާ ތަނެއްވެސް ނުފެންނާނެ އެއްޗެހީގެ އަގަށްވެސް ވަނީ އެހެނެއްނު . ބޮޑުވާ ގަޑީގަ ބޮޑުވާނެ ދުވަހަކުވެސް އަގުތައް ތިރިއެއްނުވާނެ
2023ގައި ރާއްޖެގެ ރައީސް ކަމަށް ގާސިމް ކުރިމަތި ނުލައްވާތި. މަނިކުފާނަށް ވޯޓްދޭން ރައްޔިތުން މިހާރުވެސް ބިރު ހީވެއްޖެ. އެއީ މަނިކުފާނުގެ ވެރިކަމުގައި ރާއްޖެއަށް ދިމާވެދާނެ ކުޑަކުޑަ ކަމެއްގައިވެސް ސަރުކާރުގެ މުއައްޒަފުންގެ މުސާރަ ކުޑަ ކުރާނެކަން ޔަގީންވާތީ.
gaasim kaleyah vaany thivaru
ވިލާ އިން އެކުރީ މިހާރު ކުރަން ޖެހޭ އެން މެ މުހިންމު ކަން ތަށް. މިކަމަ މިއަދު ފާޑު ކިޔަސް މިކަން މާލަސް ތަކެއް ނުވެ އެހެން ތަންތަނުން ވެސް ކުރަން ފަށާނެ.އެތަންތަނީ ވިޔަފަރި މަރު ކަޒުތަށް އެތަންތަނަށް ވިޔަފާރި ނުލިބި ލާރި ނުލިބޭކަމަށް ވާނަމަ ކުރަންޖެހޭ ކަމެއް އެއީ އެކަން ބަލައިގަތުން އެންމެ މުހިންމު ވާނީ. ކުރިން ކުރި ހަރަދު ތަށް ކުޑަކޮށް މިވަގުތު މަޑުޖައްސާ ލަން ވީ.