ރާއްޖެ އިން އިތުރު މީހަކު ކޮވިޑް-19 އަށް ޓެސްޓް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައިވާ މީހަކާ "ކޮންޓެކްޓް" ވުމުގެ ސަބަބުން، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސޭންޑީޒް ބަތަލާ މޯލްޑިވްސްއިން ބިދޭސީއެއް ފަރުކޮޅު އައިސޮލޭޝަން ފެސިލިޓީއަށް ގެންގޮސް ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ބަތަލާ ރިސޯޓްގައި ތިބި ދެ ފަތުރުވެރިޔަކު މީގެ ކުރިން ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އަދި މިއަދު ވެސް އިތުރު ދެބިދޭސީއަކު އެރިސޯޓުން ވަނީ ކޮވިޑް-19 އަށް ފައްސި ވެފައެވެ. ފުރަތަމަ އެރަށުން ބަލި ޖެހުނީ އިޓަލީގެ ދެ މީހުންނެެވެ. އެ ދެ މީހުން އިތުރަށް މޮނީޓާ ކުރުމަށް މިހާރު ވަނީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލުކޮށްފަ އެވެ. އެމީހުންގެ ހާލު ރަނގަޅު ކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެއީ އުމުރުން ދޮށީ ދެމަފިރިންނެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ 08 މީހަކަށް ކޮވިޑް-19 ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އޭ.އެމް.އެފް.3

    މާތްކަލާކޯ. ކަލާނގެ ކަށަކުޅަދުންވަންތަކަމުން މެދުވެރިކުރައްވާ މިފަދަ ސުންޕާވެރި މުސީބާތްތަކަކީ އިންސާނުންގެ އަމަލުތައްހުންނަގޮތުން ފައިދާވާކަންކަން. ވިސްނާބައްލަވާ ނިކަން 'އެއިޑްސް ބަލި'.....

  2. ފޮޑިބެ

    ހުސް ބިދޭސީންތައް ޓެސްޓު ކުރަނީ؟

  3. މަރީ

    ހަ އްދަވާ ބޮޑު ކުރެ އާވި ރަސްކަލާކ ދުނިޔޭގަ އި ފެތުރެމުންދާ ބަލިން އަޅަމެން ސަލާމަތް ކުރައްވާނދޭވެ

  4. ދިވެއްސެއް ވީމަ ބުނަމޭ

    އަޅު ގަނޑުމެންގެ މިއޮއްކުޑަ ގައުމުގައި އެކެއް ދެމީހެއްގެ ފުރާނަ ދިޔަޔަސް އެއީ ފޫ ނުބެއްދޭވަރުގެ ބޮޑު ދެރަކަމެއް ސިޔާސީ ކަންކަމާ ތެޅިފޮޅޭ ގޮތައް މިމުސީބާާތާއި ހެދި
    ސަރު ކާރުން ކަންބޮޑުވި ތަނެއް ނުފެނުނު އޭގެ ނަތީޖާ ރާއްޖެއަށް އެބަލި އައީ މަދު ލާރި ކޮޅެއްގެ ދަހިވެތި ކަމުގައި އިންސާނުންގެ ފުރާނަ ނުރައްކަލަށް ހުށައެޅީ ބަލި އިންތިހާ އަށް ފެތުރޭ ގައުމު ތަކުން ރާއްޖެ އެތެރެވުން ހުއްޓުވިނަމަދޯ ހާދަރަގަޅޭ އައިސަލޭޓް ކުރުމަށް އެއޮއްގިނަ ފަޅު ރަށްތައް އޮއްވަ ލައްކަ އަކަށް ވުރެ ގިނަ މީހުން ދިރިއުޅޭ މާލޭގެ ދަރުމަ ވަންތަ ހޮސްޕިޓަލް އެހެދީ މީ ހެޔޮސަރުކާރު ދިވެހިންނާ މެދު އަމަލު ކުރި ދޯ ހޮޅި ގޮތް 'ދިވެހިންނަށް އޮތް ހަމަ އެކަނި ރައްކާ ތެރިކަމަކީ ދުއާ ކުރުން ﷲ ދިވެހި ރާއްޖެ ސަލާމަތް ކުރަށްވާށި ރިސޯޓް ބޯއިސް އަށް ހެޔޮގޮތް މިންވަރު ކޮށް ދެއްވާ މިމުސީބާތުން ދުނިޔެ ސަލާމަތް ކޮށްދެއްވާށި