ކޮވިޑް-19 ގެ ނުރައްކަލާ ގުޅިގެން ދުނިޔޭގެ އިގްތިސާދު ދަށްވަމުން އަންނަ ދުވަސްވަރެއްގައި އެކަށީގެންވާ ގޮތެއްގައި މަސައްކަތްތަކެއް ނުކުރެވިއްޖެ ނަމަ އަރައިގަންނަން އުނދަގޫ ހާލަތަކަށް ރާއްޖޭގެ އިގްތިސާދު ވެއްޓިގެން ހިނގައިދާނެ ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން އިން ބުނެފިއެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާ އިރު، މިހާތަނަށް މި ބައްޔަށް އަށް މީހަކު ވަނީ ފައްސިވެފައެވެ. އެކަމަކު، މި ބަލި ޖެހުނު މީހުންގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ސީއެންއެމް ޓީވީގައި ޓްރޭޑް ޔޫނިއަންގެ ނައިބު ރައީސް ސައުދުﷲ އަހުމަދު ވިދާޅުވީ އިގްތިސާދު ދަށްވެ، ރާއްޖެ ދަރަނިވެރިވެފައިވާ ވަގުތެއްގައި ކޯވިޑް-19 ވައިރަސް ދުނިޔެއަށް ފެތުރެން ފެށުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ. އޭނާ ވިދާޅުވީ ބަލިން ސަލާމަތްވުމަށް ފަހު، ވިޔަފާރިވެރިންނާއި، ސަރުކާރާ ޢާއްމު ރައްޔިތުން ގުޅިގެން އިގްތިސާދު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.

"ގައުމު މިވަގުތު މިއޮތީ ވަރަށް ބޮޑު ދަރަނިވެރިކަމެއްގެ ތެރޭގައި. މިފަދަ ކަމެއް ދިމާވީމަ ވަރަށް ރޭވުންތެރިކަމާއެކީގައި މަސައްކަތްނުކޮށްފި ނަމަ އަރައިގަންނަށް ވަރަށް އުނދަގޫ ވާނެ. އަޅުގަނޑުމެން މިކަމުން ސަލާމަތްވެ، ވިޔަފާރިވެރިންނާއި ސަރުކާރާ އާންމު ރައްޔިތުންނާ އެންމެން ގުޅިގެން އެކީ މަސައްކަތް ކޮށްގެން ނޫނީ މީގެން އަރައިނުގަނެވޭނެ ވަރުގެ ބޮޑު ޗެލެންޖަކަށް މިކަން ވެގެން ހިނގައިދާނެ،" ސައުދުﷲ ވިދާޅުވިއެވެ.

ސައުދުﷲ ވިދާޅުވީ ރާއްޖެއަކީ ވަރަށް ނާޒުުކު އިގްތިސާދެއް އޮތް ގައުމެއް ކަމަށާއި ގައުމުގެ އިގްތިސާދު ބިނާވެފައިވާ ޓޫރިޒަމް އިންޑަސްޓްރީ ދަށަށް ދިއުމުން ޑޮލަރު ލިބުން ދަތިވުމުގެ ސަބަބުން އިމްޕޯޓު މުދާ އެތެރެ ކުރުމުގައި ވިޔަފާރިވެރިންނަށް ބޮޑެތި ދަތިތަކާ ކުރިމަތިވާނެ ކަމަށެވެ. .

ސައުދުﷲ ވިދާޅުވީ އިނގިރޭސި ވިލާތުން 2020ގެ ބަޖެޓް ޕާލިމެންޓަށް ހުށަހެޅިއިރު ވެސް މިކަމަށްޓަކައި ވަރަށް ބޮޑެތި އަދަދުތަކެއް ޖަހާފައި ހުރި ކަމަށެވެ. އޭނާ ވިދާޅުވީ ގައުމުގެ ހީނަރުވަމުން އަންނަ އިގްތިސާދު ކުރިއެރުވުމަށް ލޯންތަކުގެ އިންޓްރެސްޓް ރޭޓް ކުޑަކުރުމުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މީގެން އަރައިގަނެވޭނެ ގޮތްތަކަށް އެ ބޭފުޅުންގެ ބަޖެޓުގައި ވަރަށް ގިނަ ކަންތައްތަކެއް ހިމަނާފައި ހުރި ކަމަށެވެ.

ކޯވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ތުންފަތްމަތީގައި އޮތް މިފަދަ ނާޒުކު ހާލަތުގައި ވެސް ބައެއް ވެރިންނަށް ލިބޭ ބޮޑު މުސާރައިން އެންމެ ލޯ ލާރިއެއް ވެސް އުނިކުރަން އެއްބަސްވާން ނުކުރިގެން އުޅުއްވާ ވާހަކަ މާފަންނު މެދު ދާއިރާގެ އެމްޑީޕީ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)ވެސް ވަނީ ވިދާޅުވެފައެވެ.

ކޯވިޑް-19 އާ ގުޅިގެން ޓޫރިޒަމް ދަށްވެ، ރާއްޖެއަށް ފަތުރުވެރިން އައުން މަދުވަމުން އަންނާތީ ޚަރަދު ކުޑަކުރުމުގެ ގޮތުން ވިލާ ޝިޕިން ކޮމްޕެނީ މުވައްޒަފުންގެ މުސާރަ ވެސް އަންނަ މަހުން ފެށިގެން ކުޑަ ކުރަން މިހާރު ވަނީ ނިންމައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މާރިޔާ

    އުފާވެރި އަދިހިތާމަވެރި ހަބަރެއް ގަންޖާސަރުކާރު

    13
  2. ހުސޭނުބޭ

    ލަދެއްނެތި ސަރުކާރުގެ ބޮޑުން ނުކާނަމަ ތިއީ ވަރަށް ފަސޭހަކަމެއް! މިދިޔަ އަހަރުގެ ބަޖެޓުވެސް ކާލީ! މި ދަނޑިވަޅުގައިވެސް މުސާރަ ކުޑަކުރަން ހިފާފައި ހުރީ ނިކަމެތި މުއައްޒަފުންނަށް! ސިޔާސީ ވަޒީފާތަކަށް ބަރާބަރަށް ޓިސްޓިސް ލިބޭ! ރައްޔިތުން މަޖިލީހުން ކެވޭވަރު މަދުވެ ގަސްކާނާ ހަދަނީ!

    24
  3. ޣައިރު

    ރައްޔިތުން ބިރުނުގަންނަވާ! ވަރިހަމަ އަގަޔާއި އަތާދިމާނުވެ ތެޅިތެޅި އޮތަސް!

    5
    1
  4. ޚަބަރު

    ކުރިންވެސް 14 ދުވަހުގެ ކަރަންޓީން ޖެއްސިނަމަ އިޤްތިޞާދަށް ތިހެން ނުވީސް.... ދެންވެސް ﷲ އަށް ބިރުވެތިވެ ތައުބާވާން އުޅެބަ

  5. މުގައްދަރު

    ސައުދުﷲ ވިދާޅުވީ އިނގިރޭސި ވިލާތުން 2020ގެ ބަޖެޓް ޕާލިމެންޓަށް ހުށަހެޅިއިރު ވެސް މިކަމަށްޓަކައި ވަރަށް ބޮޑެތި އަދަދުތަކެއް ޖަހާފައި ހުރި ކަމަށެވެ. މިވާހަކަ ކިޔާލުމުން މިހާރު މިގައުމު ހިންގަނީ އިނގިރޭސި ވިލާތުންތޯ ނޫނީ އިނގިރޭސިންނާ ވާދަޔައްތޯ ދެން ދަރަނިވެރިވެފައި މިވަނީ ރައްޔަތުން ބުނެގެންތޯ ތިޔަވަރައް ދަރަނިވެރިވީ ތިޔަނަގާ ލޯނުތަކާ މިރައްޔަތުން އަޅުވެތިކޮއްގެންނަގާ ޖިޒީތަކާ ކޮބާތޯ އެހުރިހާ ފައިސާ ބޭނުން ކުރަނީ ކޮންތާކައްތޯ މީސަމީހުން ނައް ބަދަލް ދެނިއްޔަކީ ރައްޔަތުން ކައިރީގަ އަހަފަކައެއް ނޫނެއް ނުންތޯ