އަނިޔާވެރި ގޮތަކަށް މިދިޔަ އަހަރު މަރާލި ޔާމީން ރަޝީދުގެ މަރުގެ ހަގީގަށް ފޮރުވުމަށް ބަޔަކު މަސައްކަތްކުރާ ކަމަށް ޤާނޫނީ ވަކީލް ހިސާން ހުސައިން ވިދާޅުވެއްޖެ އެވެ.

ޔާމީން ރަޝީދުގެ މަރަށް އެއް އަހަރުވުމާއި ގުޅިގެން ރޭ ރާއްޖެޓީވީން ގެނެސްދިން ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ހިސާން ވިދާޅުވީ ބްލޮގަރ ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގައި އިންސާފު ހޯދުމަށް ކުރާ މަސައްކަތަށް ހުރަސްއަޅައި، ކަންކަން ފޮރުވުމަށް މަސައްކަތްކުރާ ބަޔަކު އެބަތިބިކަމަށާއި، އެ މީހުން މަސައްކަތް ކުރަމުން ގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިންކަމަށެވެ.

ހިސާން ވިދާޅުވީ ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި ފުލުހުން ސިއްރުކުރަން ބޭނުންވާ ކަންތައްތަކެއް ނެތް ނަމަ، ފުލުހުންގެ އެތެރޭގެ ތަހުޤީޤެއް ހިންގުމަށްފަހު، އެ ތަހުޤީޤް އާންމުކުރައްވާނެ ކަމަށެވެ.

ހިސާން ވިދާޅުވީ މިއަދު އަޅުގަނޑުމެން މިތިބި ހާލަތަކީ މަރާލުމުގެ އަމަލު ހިންގި މީހުން ކުށްވެރިވުމުގެ ބަދަލުގައި މަރާލީ ކީއްވެހޭ އަހާ މީހާ ކުށްވެރިވާ ހާލަތުގައި ކަމަށެވެ.

" ޔާމީންގެ މަރާއި ގުޅިގެން ކޯޓުތަކުގައި ކުރިއަށްގެންދާ އިސްތިއުނާފުގެ މައްސަލައިގެ ވަށައިގެންވާ ކަންތައްތައް ފޮރުވަން ބޭނުންވާ ބަޔަކު އެބަތިބި. އަދި އެ މީހުން އެ މަސައްކަތްތައް ކުރަމުންގެންދަނީ ދައުލަތުގެ މުއައްސަސާތަކުގެ ތެރެއިން " ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ މިހާރު އޮތް ހާލަތަށް ބަލާއިރު، ޔާމީން ރަޝީދުގެ އާއިލާއަށް އިންސާފު ލިބުމަކީ ވަރަށް ނާދިރުކަމެއް ކަމަށެވެ. އަދި މިހާރު ފެންނަމުން ދަނީ ނަން ނޭނގޭ، ގޮތް ނޭނގޭ ބަޔަކު މިގޭތެރެގައި ވަރަށް ބާރުވެރިކަމާއި ނުފޫޒުވެރިކަމާއެކު ކާމިޔާބުވަމުން އަންނަ ތަން ކަމަށް ހިސާން ވިދާޅުވިއެވެ.

"ޔާމީން ރަޝީދަށް އިންސާފު ހޯދުމަށް ކުރަ ހުރިހާ މަސައްކަތްތަކެއްގައި އަޅުގަނޑުމެންނަށް ހުރިހާ ދޮރުތަކެއް ބަންދުކުރަމުންދާތަން މިފެންނަނީ " ހިސާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އައިކުޑް

    ޔާމީންގެ މަރުގެ ޝަރީއަތް ހުޅުވަން ގޮވާލައި އަޑުއުފުލައިފި ނަމަ ތިޔާއީ ތަމެން ރަންރީނދޫ ޓްވިޓަރޭ މެން ނަށް ޖެހިފައިވާ ކަންޓްރީ ސައިޑް އީގޯ ސިންޑްރޯމް އަށް ފަރުވާ ހޯދަން ޖެހިފައިވާ ކަމުގެ އަލިގަދަ ދަލީލު ތަކޭ. އޯއް ޔޭއް އައި ކޭން ސީ އިޓް. އައި ކުޑް ހޭޓް އިޓް ޓިލް ދަ ޑޭ ދެޓް އައި ޑައި ޑައި ޑާއި ޑާއި ޑާއި ޑާއި.

  2. ބޮލިހިލާ

    ތިޔާއީ ތަމެން ޔާމީން ރަޝީދު މަރުވެގެން އޭނާ އަށް އިންސާފު ހޯދަން ކުރާ ކަމެއް ނޫނޭ ތިޔާއީ ތަމެން ލޯ ބޮޑު ކަޅު އައިނު އަޅައިގެން ތިބެ ތިއްތި ކޮޅު އިޝްތިހާރު ކުރަން ކުރާ ކަމެކޭ ރަންރީނދޫ ޓްވިޓަރޭ ގަމާރު ބީތާއިން ތަކާއޭ މަަމެން ބުނަން ނެތީމު ދޯ. ތަމެން ދެން ދަގަ ހުޅުދޫ ދިގު ފަރަށް ބޮލި ހިލަން. ދަގަ ދަގަ ބޮލިހިލަން. ބޮލިހިލާދޯ.

  3. އަބްދުއްލާ

    ޔާމީނަށް ތިޔަ ކިޔާ އިންޒާރުތައް ލިބުނު އިރު ދަންވަރު އެކަނިމަގުމަތީގަ އުޅުމާ ގެއަށް އައިސް ވަންނަވަގުތުވެސް ދަރިފުޅު ކޮބައިތޯ ބައްޕަ ނުވަތަ އާއިލާ އަށް ބަލަ ނުލެވޭ ދަރިފުޅު ކުޑައިރުއްސުރެ ގޮވައިގެން ގޮސް އިންޑިޔާގަ ހުރުމުން ނިކުތް ނަތީޖާގަ ޒިންމާވާންޖެހެނީ ދިވެހި ފުލުހުންބާ ؟

  4. ހުސޭނުބޭ

    ޔާމީން ރަޝީދުގެ ޙަޤީޤަތް ހާމަވެދާނެތީވެ މަތިއަޅާ ބަޔަކު އެބައުޅޭ!