ދ. އަތޮޅުގައި ހިންގަމުން އަންނަ ސަން އެކުއާ އިރު ވެލި މޯލްޑިވްސްއަށް އަރައި ފޭބުން މަނާކޮށްފި އެވެ.

އެ ރިސޯޓަށް އަރައި ފޭބުން މަނާ ކުރީ މިރޭގެ ވަގުތެއްގައެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން އެ ރިސޯޓަށް އަރައި ފޭބުން މަނާ ކުރީ ކޮވިޑް-19 އަށް ޝައްކުވާ ބަޔަކު ފެނުމުންނެވެ. ނަމަވެސް މިކަމާއި ގުޅޭ އިތުރު މައުލޫމަތެއް އަދި ނުލިބެއެވެ.

މިޔާއެކު އަރައި ފޭބުން މަނާކުރި ރިސޯޓްތަކުގެ އަދަދު އަނެއްކާވެސް ވަނީ ހަތަރަކަށް އަރާފައެވެ.

އޭގެ ތެރޭގައި ހިމެނެެނީ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީސް ބަތަލާ އާއި ކުރަމަތި އައިލެންޑް ރިސޯޓެވެ. މި ތިން ރިިސޯޓުންވެސް ކޮވިޑް-19އަށް ފައްސި (ޕޮޒިޓިވް)ވެފައިވާ ބަޔަކު ވަނީ ފެނިފައެވެ. އެގޮތުން ކުރެއްދޫއިން ކޮވިޑް-19 އަށް ފައްސިވެފައިވާ ހަތަރު މީހަކު ފެނިފައިވާއިރު ބަތަލާއިން ވަނީ މި ވައިރަސްއަށް ފައްސިވެފައިވާ ދެ މީހަކު ފެނިފައެވެ. އަދި ކުރަމަތިންވެސް ވަނީ ދެ މީހަކު ފެނިފައެވެ.

ކުރެއްދޫ ރިސޯޓަށް އޮތީ އޮރެންޖް އެލާޓް ނެރެފައެވެ. އެ ރިސޯޓަށް އޮރެންޖް އެލާޓް ނެރުނީ އެކަކު ގައިން އަނެކަކު ގަޔަށް ބަލި ޖެހުމުންނެވެ. އިޓަލީ ފަތުރުވެރިއެއްގެ ފަރާތުން އެ ރިސޯޓުގައި މަސައްކަތް ކުރާ ދެ މުވައްޒަފަކަށް ވަނީ ކޮވިޑް-19 ޖެހިފައެވެ.

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 08 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އިބްރާހިމް ފުޅު

    މިބަލި ރާއްޖެއަށް އެތެރެކުރުމުގެ %100 ޒިންމާ ޓޫރިޒަމް އަދި ހެލްތް ނަންގަވަންޖެހޭނެ، މިބަލި ރާއްޖެ އަށް އެތެރެވެދާނެކަަމަށްޓަކާއި ސަރުކާރުން އޮތީ ބޭނުންކަމެއް ކޮށްދިނުމަށް ތައްޔާރަށް، ބޭނުންވާ ހުރިހާ ޓެކްނޮލޮޖީއެއް ހޯއްދަވައި ދެއްވި، ނަމަވެސް ނާޤާބިލް ބައެއްގެ އަތްމަތީ ސަރުކާރުގެ ބައެއް މުއައްސަސާތައްއޮތީތީވެ ދޮއެއްތޯ އެކަމުގެ ނަތީޖާ މިފެންނަނީ ، މިކަމަށް ދުރާލާ ތައްޔާރުވާނެ ފުރުސަތުވެސް ލިބުނު ، ނަމަވެސް ފެއިލްވީ ،

    4
    1