ރާއްޖެއިން ކޮވިޑް-19 ފެނުނު ތިން ރިސޯޓު ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީސް ބަތަލާ އާއި ކުރަމަތި އައިލެންޑް ރިސޯޓަށް އަރައި ފޭބޭ ގޮތަށް ހުޅުވާލައިފިއެވެ.

އެ ތިން ރިސޯޓުވެސް އަރައި ފޭބޭ ގޮތަށް ހުޅުވާލާފައިވާކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަނީ ކަށަވަރުކޮށްދީފައެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވެފައި ވަނީ، އެ ތިން ރިސޯޓަށް އަރައި ފޭބުމަށް ހުއްދަ ދީފައިވީނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މިހާރުވެސް އެ ބަލި ފެނުމުގެ ފުރުސަތު ބޮޑަށް އޮތް ފަރާތްތައް ބޭރަށް ނުނިކުމެވޭ ގޮތަށް ވަކި ސަރަހައްދެއްގައި އެކަހެރިކޮށް ބެހެއްޓުމުގެ އިންތިޒާމްތައް އެ ރިސޯޓުތަކުގައި ހަމަޖައްސާފައިވާ ކަމަށެވެ.

އަދި މިގޮތަށް އެކަހެރިކޮށްފައިވާ ފަރާތްތައް އަމަލު ކުރާނެ ގޮތާއި ބެހޭގޮތުން އެކުލަވާފައިވާ އުސޫލުތަކާއި ޕްރޮސީޖާތަކާއި އެއްގޮތަށް އެ މީހުން އަމަލު ކުރަމުންދޭތޯ ރިސޯޓު މެނޭޖްމެންޓުން ބަލާ ކަށަވަރު ކުރަމުންދާނެ ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ.

"ހަމައެއާއެކު އެ ރިސޯޓުތަކުން މީހުން ފޭބުމުގެ ކުރިން (ޢެގްޒިޓް ސްކްރީން) ކުރެވޭނެ. އަދި މީގެ އިތުރުން މި ބަލިން ރައްކާތެރިވުމަށްޓަކައި އަޅާ ފިޔަވަޅާއި މި ބަލި ފެތުރުނަ ނުދިނުމަށްޓަކައި ކުރާ މަސައްކަތްތައް ތަންފީޒު ކުރުމަށް ސިއްހީ މުވައްޒަފަކު ރިސޯޓުގައި ހަރަކާތްތެރިވަމުންދާނެ" އެ ބަޔާނުގައި ވެއެވެ.

މިހާރު އަރާފޭބުން ހުއްޓުވާފައި ވަނީ ސަން އެކުއާ އިރު ވެލި ރިސޯޓަށް އެކަންޏެވެ. އެ ރިސޯޓުގައި ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ އަލާމަތްތައް ހުރި މީހަކު ފެނިގެން އޭނާގެ ޓެސްޓުތަކެއް ދަނީ ހަދަމުންނެވެެ.

ރާއްޖެއިން މިހާތަނަށް އަށް މީހެއްގެ ގައިން ކޮވިޑް-19 ފެނިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

 1. އަލިކޮއި

  ރާއްޖެއިން މިހާތަނަށް ކޮވިޑް-19 އަށް މީހެއްގެ ގައިން ފެނިފައި ވެއެވެ. ?

  އިތުރު ތަފްސީލް އަންނަނީ............

  ކޮންބައެއްތޯ؟ އަށް މީހުން ތިބީ ކޮންތާކުތޯ؟ ތިއީ ހަމަ ތެދެއްތޯ؟

  2
  9
 2. Anonymous

  14 ދުވަސް ހަމަވީތަޮ

 3. ރައްޔިތުމީހުން

  ތަންކޮޅެއް އަވަހެއް ނޫން ތޯ...
  14 ވަރަކަށް ދުވަސް މަޑުކުރަން ޖެހޭނެ ދޯ..

  ކީއް ކުރާނީ.. ވިޔަފާރިވެރިން ގެ ވެރިކަން، އެމީހުންނަށް ގެއްލުން ވެދާނެ ގޮތެއް ނަހަދާނެ..

 4. ޙާލަތު

  ވ ރަނގަޅަށް މޮނިޓަރ ކުރިޔަދޭނެ.... ވިޔަފާރިޔަށްޓަކައި ޑޮލަރަށްޓަކައި މުޅި ދިވެހި ރައްޔިތުން ނުރައްކަލުގެ ތެރެެއަށް ތި ވައްޓާލަނީ.