މިހާރު މުޅި ދުނިޔޭގައި ހަލުވިކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19 އަށް ދަރުމަވަންތަ އިން ހާލު ދެރަވެގެން އެއްފަހަރާ ފަރުވާ ދެވޭނީ އެންމެ 10 މީހުންނަށް ކަމަށް އައިޖީއެމްއެޗްގެ އެތެރެހަށީގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވެއްޖެއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުމާއި ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ ނޫސްވެރިންގެ ބައްދަލުވުންތަކުގެ ތެރެއިން ރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ.މުރާދު ވިދާޅުވީ ހާލު ދެރަ ކޮވިޑް-19 ގެ ބަލި މީހުންނަށް ރާއްޖޭގައި ފަރުވާ ދެވޭނެ ތަނަކަށް ހަމައެކަނި ހުރީ ދަރުމަވަންތަ ހޮސްޕިޓަލު ކަމަށެވެ. އެތަނުގެ 11 ވަނަ ފަންގިފިލާގައި ކޮވިޑް-19 އަށް ފަރުވާ ދެވޭނެ އިންތިޒާމްތައް ގާއިމްކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ކޭސްތައް އިތުރުވަމުންދާ ކަމުގައި ވަންޏާ އެ ނިސްބަތުން އަޅުގަނޑުމެންނަށް ދެން ހުރި ރިސޯސްތައް ބޭނުންކުރަން ޖެހޭނީ. މިސާލަކަށް އައިޖީއެމްއެޗްގެ މެއިން އައިސީޔޫ ވެސް ހުސްކުރަން ޖެހިދާނެ މިސާލަަކަށް އިތުރު ކޭސަސް އަންނަ ކަމުގައި ވަންޏާ،" މުރާދު ވިދާޅުވިއެވެ.

މުރާދު އިތުރަށް ވިދާޅުވީ މި ބަލި ކުއްލިއަކަށް ފެތުރި އެއް ފަހަރާ ގިނަ ބަޔަކަށް ފަރުވާ ދޭން ޖެހުމުން ގިނަ ގައުމުތަކަކަށް ވަނީ ގޮންޖެހުންތައް ކުރިމަތިވެފައި ކަމަށެވެ. އަދި ރާއްޖެއިން ކަންކަން ކުރަމުންދާނެ ގޮތާމެދު މިހާރު އަންނަނީ މަޝްވަރާ ކުރެވެމުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކުން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 118000 އަށް އަރާފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4300 އަށް އަރާފައެވެ. ރާއްޖޭގައި މިބަލި ޖެހިފައި ވަނީ އަށް މީހުންނަށެވެ. މީގެ ތެރޭގައި އެއްވެސް ދިވެއްސަކު ނުހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ހުސޭނުބޭ

    މާނައަކީ އިތުރަށް މީހަކު ސީރިއަސްވިއްޔާ ޖެހޭނީ މަރުވަން ދޫކޮށްލާށޭތަ؟ ހިތެއް ހުރިއްޔާ ރައްޔިތުންގެ މަޖިލީހުގައި ތިބި ފަގީރުންގެ މުސާރަ ކަނޑާލާފައި އެ މުސާރައިން އަދި 30 މީހުންނަށް އައިސީޔޫ ހަދާދީ!

    60
    1
    • ބިޔާދު

      ރަނގަޅު މަރުވާން ދޫކޮއްލަންވީ. އަންނަ އާއި އިބޫ. މަޖިލީސް ބާގަނޑު އޮއްކޮއް އިސްތިއުފާ ދޭންވީ. އަދިވެސް އެބަލަނީ އެލަވަންސް ބޮޑުކޮއްގެން އިންތިހާބު ބޭއްވޭތޯ. ކިހާބޮޑު ވަބާއެއްމީ މިމީހުންނާހެދި

  2. ލިއުޝާ

    ރައީސް ޔާމިން ތި ދަރުމަވަންތަ ހޮސްޕިޓަލް ނޭޅިނަމަ ކިހިނެއްވާނީ . ހަމަ ގައިމުވެސް މި ސަރުކާރުގައި ނެއް ތިވަރުގެ ފެންވަރު ރަގަޅު ހޮސްޕިޓަލެއްއެޅޭ ވަރުގެ ގާބިލް ކަންހުރި މީހަކު. ވަރަށް ބޮޑަށް ސުކުރިއްޔާ ރައީސް ޔާމިން.

    90
    5
    • ދޫފަރު

      މިސަރުކާރުގަ ނެއް ލާރިއެއް ހަމަ މީހަކު.ﷲ ވޮޑިގެންވާ މީހަކު މިސަރުކާރުގަ ބޮޑުންނައް ތިބެގެންނު ކަމެއް ރަނގަޅު ވާނީ. އަންނި މީ ބޮޑު ވަބާއެއް މިގައުމަށް ޖެހިފަހުރި

  3. ނަސީދު

    މަޖިލިސް އުވާލާ ފައި ރައިސް އައި ސުޕްރީމްކޯޓް ގާނޫހަދާނީ 2023 އަންނަންދެން ، ކީއްކުރާ ގާނޫނެއް ތަންފީޒު ނުކުރެވޭ އިރު މިހާރުވެސް ސިގިރޭޓްބޯމީހުން ހަމަ ހިގާފަެިދާމީހުންގެ މޫނައް ދުންބުރުވަމުން ދަނީ ވާކަމެއްނޯވޭ މިހެންދެން ދައްކާނެކަމެއްނެތް ބައިވަރު

  4. #ރައީސްޔާމީން މިނިވަންކުރޭ

    އެހެރީ ރައީސްޔާމީންގެ ދުރުވިސްނުންފުޅުހުރި ހިސާބު އެކަންކަމައް ވިސްނާ ކުރިޔާލާ ތައްޔާރު ވެވިފައޮތީމާ އޭގެނަތީޖާ އެފެންނަނީ ޝުކުރިޔާ ރައީސްޔާމީން

    7
    1
  5. ޣހ

    މިހާރު ދަރުމަވަތަގެ ބޭނުން ފެނޭދޯ

  6. ސަންފަ

    މަށަށްފެނޭ ދަރުމަވަންތަ ހޮސްޕިޓާ އިންޑިޔާގެ ކުންފުންޏަކައްދޭން

  7. ކޮމެންޓު

    އެހެންވީމަ މަ ބުނުނީ ތައްޔާރެއް ނުވެޔޭ ދެއިރު ދެދަޅައަށް ނިއުސް ކޮންފަރަންސް ބޭއްވިއަކަސް ނުވާނެ.

  8. ދޮންއައިސަ

    ދުވަސްކޮޅަކުން ބުނާނެ ދަރުމަވަންތަ ހޮސްޕިޓަލަކީ މޑޕ ކުރީގެ ސަރުކާރުގަ ކުރަނ ނިންމާފަ އޮތްކަމެކޯ...އޭރައް އެކަންވެސް އެނިމުނީ ތޯއްޗެއް....އިހަކަށްދުވަހުވެސް ސަރުކާރުން ބުނީ ރާއްޖެ އޮތީ ތައްޔާރީ ހާލަތުގަޔޯ...މުޅި މި ދިވެހިރާއްޖޭގެ ނިސްބަތައް ބަލާފަ 10 އެއީ ކޯންޗެއް...އެދޯ ސަރުކާރު މިބުނާ ތައްޔާރީ ހާލަތަކީ...މިހާރުވެސް އެއޮތީ ސަރުކާރަށް ލިބުނު އާމްދަނީ އައްވުރެން ދަރަނި ބޮޑުވެފަ....ފިރިމީހާ ވަޒީފާ އަދާކޮށްގެން ލިބޭލާރިކޮޅު ކޮންމެ މަހަކު ފިހާރައިގެ ދަރަންޏައް ދުއްވާލާ އަބިންކަހަލަ އަންހެނުން ތިބި ސަރުކާރެއް މި....ޔާމީނު މިނިވަންކޮށްފަ އެމަނިކުފާނާ ސަރުކާރު ހަވާލުކުރޭ...ރާއްޖެ ހިންގޭނީ ރައީސް ޔާމީނައް...

  9. 19 ނަވާރަ

    ކޮބާ ވީ ތައްޔާރީ

  10. ސެންޓަރީ

    މަޖިލީހުގެ މާލިމީ ވިދާޅުވަނީ ހާސްވާކަށް ނުޖެހެއޭ ކޮންމެރަށެއްގަ ހެލްތުސެންޓަރުގަ ބަލިމީހުން ބޭއްވީމަ ނިމުނީއޭ

  11. މާރިޔާ

    އަޑުއެހިން ގައުމު އޮތީ ހުރިހާ ގޮތަކުން ރެޑީގައޭ.