ނޮވެލްކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް-19 ރާއްޖޭގައި ފެތުރުމުގެ ހަގީގީ ޒިންމާ ނަގަން ޖެހިވަޑައިގަންނަވާނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ކަމަށް ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް ކެމްޕެއިން ކުރުމަށް އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި އަބްދުއްރަހީމް ވަނީ ކޮވިޑް-19 ރާއްޖެއިން ފެނިގެން މިހާ ހިސާބަށް އައިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައްޔިތުންނާ މުޚާތަބު ކުރައްވާފައި ނުވާތީ އެކަމަށް ފާޑު ވިދާޅުވެފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރައީސް ސާލިހު އާންމުންނާއި މުހާތަބް ކުރައްވާފައި ނުވަނީ އެމަނިކުފާނު ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާނެ ކަމެއް އޮތީމަތޯ އަބްދުއްރަހީމް ވަނީ ސުވާލު އުފައްދަވައިފައެވެ.

" މިހާ ނުރައްކާތެރި ހާލަތަކަށް މިގައުމު އައިތާ އެތައް ދުވަހެއް ވެގެން ދިޔަ އިރު މަނިކުފާނު ތިޔަ އުޅުއްވަނީ ކޮންތަނަކުތޯ އަހާލަން އެބަ ބޭނުންވޭ. ރާއްޖޭގެ ރައްޔިތުން ކަންބޮޑުވުމެއްގެ ތެރޭގައި ތިިބި އިރު މަނިކުފާނަށް ކީއްވެގެންތޯ އެ ރައްޔިތުންނާ މުހާތަބުކޮށް މި ގައުމުގެ ހާލަތު އޮޅުން ފިލުވައިދެއްވަން ކެރިވަޑައި ނުގެން ތި އުޅުއްވަނީ؟ ކޮން ކަހަލަ ސަބަބެއް އޮވެގެންތޯ؟ އަދުރޭ ވިދާޅުވިއެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހަކު އެތައް ދުވަހެއް ވަންދެން އުޅުނު އިރު ސަރުކާރަށް އެ މައުލޫމާތު އެނގޭނެ ކަމަށާއި އެ މައުލޫމާތު ސިއްރު ކުރީ ދިވެި ރައްޔިތުންނަށް ވުރެ ކޮން ކަމެއް މުހިއްމު ވެގެންތޯ އަބްދުއްރަހީމް ސުވާލު އުފެއްދެވިއެވެ.

މީގެ އިތުރުން، ކައުންސިލް އިންތިޚާބު ނުބޭއްވޭ ފަދަ ހާލަތެއް ނެތް ކަމަށްވާ ނަމަ އިންތިޚާބު ލަސް ކުރަން ޖެހޭ ސަބަބެއް ނެތް ކަމަށާއި ކޮވިޑް-19 ގެ ސަބަބުން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބުރު އަރާ ނަމަ އިންތިޚާބު ފަސްކުރަން އެންމެ ފުރަތަމަ އިސް ނަގާނީ ޕްރޮގްރެސިވް ކޯލިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮވިޑް-19 އާ ގުޅިގެން އަންނަ އެޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ކައުންސިލް އިންތިޚާބު ލަސް ކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ. ނަމަވެސް އަދި އިންތިޚާބު ލަސްކުރަން ޖެހޭ ހާލަތެއް ރާއްޖޭގައި ނެތް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ހުސޭނުބޭ

    އެންމެ ފުރަތަމަ ސޯލިޙްބެޔަށް ވޮށުފިލާގައި "ޒިންމާ" މިހެން ލިޔެ ކިޔަން ދަސްކޮށްދޭން ޖެހޭނީ! އެބެޔަށް އެނގޭހައިވެސް ކަމަކީ ސެލްފީނެގުން!

    61
    58
    • ސަގަރު

      ފފމ މޮޔާއިން

      17
      20
      • އނނ

        ހޭޖެހޭ ހަމަ ވިސްނޭ މީހުން ތިބީ ހަމައެކަނި މޑޕ ގަ.

  2. ހިސާބު މުދައްރިސް

    ކޮވިޑް 19 އެއީ މުޅި ދުނިޔެއަށް ފެތުރުނު އެއްޗެއް، ވަކި ރާއްޖޭ ސަލާމަތްވާނެ ގޮތެއް ނޯންނާނެ، އަދުރޭ ރައީސަކަށް ހުރިނަމަވެސް އަންނަން އޮތް ވަބާއެއް އަންނާނެ .

    86
    47
    • Anonymous

      މުޅިދުނިޔެއަށް 1 ދުވަސް ތެރޭ ފެތުރުނު ނަމަ ތިހެން ބުނެވިދާނެ. ކިތަށް ދުވަހު މިގައުމު ސަލާމަތުން އޮތް. ބޮޑާވެފައި ގޮވީ އަހަރެމެން މިތިބީ ހަނގުރާމައަށް ތައްޔާރަށޭ. ނިކަން އާދެބަލާށޭ. ކުރެވޭނެ ކަމެއް ނޯންނާނެއޭ. އަހަރެމެންނަކީ ވަސީލަތާ ފައިސާ އިންތިހާއަށް އޮތް ބައެކޭ.. ކޮންބައެއް މިވާހަކަ ދެއްކީ.. ދެންވެސް ނިކަން ތެދުވެރިވެ ﷲ އަށް އީމާންވެ ހައްޤު ތެދު ގަބޫލުކޮށްބަލަ.

      40
      10
    • ޅެންވރިޔާ

      ކޯފާ19 ރައީސް ސޯލިހު ބަލަންވާވަރައް ނުބަލާކްން އިގޭ ދިވެހި ހުރިހާ ރައީތުންނައްވެސް . މީނައާ އަންނި މިކަމަށް ދެންވާ އެއްބާރުލުން ދިންނަމަ މިހާހިސާބަކަށް މިކަން ނުދިޔައިސް

      29
      14
  3. ޑަކައިތި

    ހަގީގަތުގައިވެސް ކޮރޯނާވައިރެސް ރާއްޖެއައިސް މިހާބޮޑަށް ފެތުރުގެން ދިޔާއީ ކިބޫސާލިހާއި ބުއްޅަބެއާއި މުގުނީއާއި މިމީހުންގެ އިހުމާލުން މިޔަހޫދީ ސަރުކާރުން އިހުމާލުން މިކަމުގެ ހުރިހާޒިންމާއެއްނަގަންޖެހޭނީ ކިބޫ

    64
    84
    • Anonymous

      ބޮޑާވުމުން.. ﷲ ތަޢާލާ އެކަލާނގެއާ ޖަދަލުކުރާ ބޮޑާ ނިކަމެތި އިންސާނުން ބަލިކުރައްވާނީ ދިރިތިބިންނަށް އިބުރަތަކަށް ވާނޭގޮތުގެ މަތިން. މީގެ މިސާލަކީ، މިސްރުގެ ފިރުއައުނު. މިގައުމުގައި މިތިބަ ވެރިންގެ އަނގައިން ނުކުންނަ ބޮޑާ ބަސްތަކުން އަހަރެމެން ބިރުން ފިއްކަނޑައިގެންދާވަރުވޭ. އެންމެ ފަހަރަކުވެސް "ﷲ އިރާދަ ކުރެއްވިއްޔާ"އޭ ބުނެނުލާ.

      30
      1
  4. ނަމަ

    އަދުރޭގެ ހިސާބުން ދިރާސާ ކޮއްފަބާ މިބުނީ

    25
    3
  5. އަދުރޭ

    ކަލޭ ނިކަން އިސްލާހުވެބަލަ އަދުރޭ

    32
    14
  6. ޢަލީ

    އަދުރޭ އެބުނީ ހަމަ ރަނގަޅު ވާހަކައެއް. ޕެންޑެމިކެއް ފަދަ ބައްޔެއް ފެތުރޭނަނަ އެބަލި ފެތުރޭ ތަނަކުން މީހުން ދަތުރުފަތުރު ކުރުން މަނާވާންޖެހޭ. ވީމާ އެފަދަ ތަންތަނުން މިރާއްޖެ މީހުން އައުން ނުހުއްޓުވައި ހުރުމަކީ އިބޫ އެކަމުގެ ޒިންމާ ނަގަންޖެހޭކަމެއް. މާނައަކީ އެކަންތައް ކުރަން އިބޫ އައްޔަން ކޮށްފައިތިބި މީހުން އެކަން ނުކުރުމަކީ އޭގެ ޒިންމާ އިބޫ ނަގަންޖެހޭ ކަމެކޭ. އަދި އެބަލި ރާއްޖެއާ ހަމައަށް އައީ އެފަދަ ގައުމަކުންކަން އެއޮތީ ރީއްޗަށް ފެންނާން. ވީމާ ޒިންމާއިން ރެކެން ވެރިކަމުގެ ކޮޅުގައި ތިބި ފަރާތްތަކުން އަޑުގަދަކުރާ ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން.

    24
    6
  7. 235ފރ

    މީހުނަށް އިހްތިރާމް ކުރުން.. ބޮޑެތި މީހުނަށް ކުޑަކުދިން ، ވެރިންނަށް ރައްޔިތުން، ދަރިން މައިން ބަފައިންނަށް، މުސްކުޅީންނަށް ޒުވާނުން.. މި ފަލާވަޅު އަދުރޭސޯއަށް ދަސްކޮށްދީ...

    24
    8
  8. ދުއްރަ

    ސަރުކާރު މީހަކަށް އެއްޗެހި ގޮވާފަ ލިޔާ އެއްޗެހި ޖަހާފަ، ކަލޭމެންގެ މީހެއްގެ އެއްޗެއް ނުޖަހަނީ ހަމަ ހަޖަމް ނުވާތީ، އިންސާފު ނުދަންނާތީ.

    16
    6
  9. .....

    ޒިންމާ ނަގަންޖެހޭ ބަޔަކީ ކޮބައިކަމާއި ކީއްވެގެންކަން ވަރަށް ސާފު....
    މި ގައުމަށް އެ ބަލި އައުމުގެ ކުރިން އެނގިފައިވާއިރު ބަލި އަންނަން އޮތް ހަމަ އެކަނި މަގު ބަންދު ނުކުރީކީއްވެތޯ...؟
    އެ މަގު ބަންދު ކުރުމަށްވުރެ ރައްކާތެރި ގޮތެއް އޮތްތޯ...؟ހަރަދު ކުޑަ ގޮތެއް އޮތްތޯ....؟އެ ބަލީގެ ހަބަރު ލިބުމާއި އެކު ވަގުތުން ބޭރުން މީހުން އެތެރެވުން ހުއްޓުވާލަން ޖެހޭ...މީ ކުރަންވެސް އުނދަގޫ ކަމެއް ނޫން...ބޭނުންވަނީ ހަރުދަނާ އީމާންތެރި ކަމެއް...އެކަން ނެތީމާ ބަނޑަށް ޖެހިދާނޭ އެމީހުން އައިސްގެންނޭ ކާން ލިބެނީ މިކަހަލަ އެއްޗެހި އެ ކިޔެނީ...ކާން ބޯން ލިބޭނެ ސަބަބުތައް އެބަހުރި ބޭރުުން މީހުން ނުގެނަޔަސް...އޭގެން ސަބަބެއްގަ ހިފާ ﷲ އަށް ވަކީލުކޮޮށް ފިޔަވަޅު ނަގަން ނުކެރުނީތީ ލަދުގަންނަން ޖެހޭ...
    ދެންވެސް އޮތް އެންމެ ބުއްދިވެރި ރައްކާތެރިގޮތެއް ކަމަށް ފެންނަނީ ވަގުތުން ވަގުތަށް މި ގައުމުން ބޭރުވެސް ނުވެވޭ ގޮތަށް އަދި އެތެރެވެސް ނުވެވޭ ގޮތަށް ނިންމުން...އެހާރުންވެސް ދެން އެދިޔައީ އިތުރު މީހަކު ބައްޔާއެކު އައިސްދާނެ ކަމުގެ ކަންބޮޑުވުން ފިލައިގެން އިންޝާﷲ...ދެން އޮތީ މިގައުމުގައި ތިބި އެބަލި ހުރި މީސްތައް...އެއީ މަދު އަދަދެއް ކަމުންނާއި ރަށްރަށް ވަކި ވަކި އޮތުމުން ވަރަށް ފަސޭހަ މަގުތަކުން ކުރިޔަށްގޮސް ފެތުރުމާއި ބަލިވެރިން ރަނގަޅުވެދާނެ ކަމަށް ފެނޭ...މިވަގުތު ގައުމު ބަންދު ނުކުރިޔަސް އަދި ކުރަން ޖެހޭނެކަމަށް ލަފާ ކުރެވޭ އިރު ގައުމުގައި މިބަލި އަތު ނުޖެހޭ ހިސާބަށް ގޮސްދާނެ

    16
    1
  10. Anonymous

    ތެދެއް. ﷲ ގެ ރަޙްމަތުން މިގައުމަށް ފުރުޞަތު ލިބުނު ސަލާމަތުން ތިބެން. އެކަމަކު ދަހިވެތިކަން ކުރިއަށްނެރެ ވައިރަސް ފެތުރޭ ގައުމުތަކުން ފަތުރުވެރިން ގެނައުން ހުއްޓާނުލުމުގެ ނަތީޖާ މިއަދު މިފެންނަނީ.
    ދިވެހިންނަކީ ﷲ ގެ ރަޙްމަތް އިންތިހާއަށް ލިބޭބަައެއް. ރަނގަޅުވެރިއަކު ހޮވަން ފުރުޞަތުލިބުނީ 7 ފެބްރުއަރީގައި ﷲ ގެ ރަހްމަތް ފުޅުން އޭރު ހުރި އިސްލާމް ދީނުގެ އަދުއްވު އިސްތިއުފާ ދިނުމުން. އެކަމަކު 2018 ގައި ދިވެހިން ﷲ ގެ ނިއުމަތަށް ކުފުރުވެ އެމީހުން ވެރިކަމަށް ގެނެސްފި. ބަލިމަޑުކަން ނެތް ތަނެއްގެ ގޮތުގައި 2 މަހެއްހާ ދުވަހު ގައުމު އޮތް. އެކަމަކު ފަގީރުވެދާނެތީއާ ލިބޭ ފައިސާ މަދުވެދާނެތީ ބަލިން ރައްކާތެރިނުވެ ބޮޑާ ބަސްބުނަމުންދިޔައީ، ބަލިއަޔަސް ފަރުވާލެއް ނެތޭ ބުނަމުން. މިގައުމަކީ މިހާރު ޖާހިލު ނުލަފާ ﷲ އަށް ހަމްދު ނުކުރާ މީހުން ގިނަ ގައުމެއް.

    18
    2
  11. ގައުމު

    ރައީސަކު އެބަހުރިތަ މިތާ ހުރިނަމަ ރައްޔިތުން ބޮޑު ބިރުވެެރިކަމެއް ތެެރޭޭގަަ ތިބިއިރު އަނގައިން އެެއްްޗެެކޭޭ ނުބުނެ ހުރީކީއްވެެ ރައްޔިތުންނާ ގައުމުދެކެ ލޯބިވާ މީހެއްނަމަ އެހެން ނުހުންނާނެ އަމިއްލަ އެދުމާއިގެން ފުރިފަ ކިނބޫ އިސްތިއުފާ

    14
  12. ކާށިދޫމީޙާ

    އަދުރޭ.. ކަލެއަށް ކިޔޭ ނުކިޔޭ އެއްޗެއް އެބަ އިނގޭތަ.. ކޮންމެ މީހަކު ވެރިކަމުގަ ހުއްޓަސް ޖައްސަވަން ހުރި ވަބާއެއް ޖައްސަވާނެ. އެހެންނަމަ މުދަލާ ފައިސާއާއި އާރާއި ބާރުއޮތް ޗައިނާއެއްގަ މިކަމެއް ނެތީސް. އަދިވެސް އަނގަ މަޑުކޮށްގެން މިކަމުން ސަލާމަތްވެތޯ ދުޢާކޮށްބަލަ. ސިޔާސީ ކުޅިގަނޑަކަށް ހަދައިގެން ރައްޔިތުންގެ ސަޕޯޓް ހޯދާނަމޭ ހިތާ ހިތަށް އެރިހާ އެއްޗެއް މިކިޔަނީ. ގަޟާޤަދަރަށް އީމާންވާންދަސްކޮށްބަލަ.

    10
    12
  13. މަގުމަތި

    އަދިވެސް ބަލާ މީހުންނައް ވަނަން ގޮވާ ހެދޭތޯ.....މުޅިދުނިޔެއަށް ފެތުރިފައި މިވަނީ އެގައުމުގެ ވެރިމީހާާ ނުބައިވީމަތަ.....

    15
    5
  14. ސާޝާ

    އަދިވެސް ސިޔާސީ ނުވެވިގެން ދޯ މިއުޅެނީ.. މީހުންގެ ބޮލައް ތުޅާ ވައްޓާނެ ކަމެއް ނެތް.. ދެން މިހާރު މިއޮތީ ވެފަ މިކަންވެސް.. ދެންވެސް މީހުނާ ދިމާ އަށް އެޗިސް ނުކިޔާ ކޮންމެ ނަމާދެއް ކޮއްގެން މާތް ﷲ އަށް ދައްނަވަން ވީ މި ބަލިން އަޅަމެން އެއްމެން ރައްކާތެރިި ކުރައްވާތޯ.. މުޅި ދިވެހިރާއްޖެ އިނާ މުޅި ދުނިޔެއިންވެސް މި ބަލި ނެތިގެން ދޭތޯ.. ވަރަށް ގިނަ މީހުން މިހާރު އިންޑިއާގެ މަގު ބަންދު ނުކޮއް އޮއްނާތީ އެއްޗިސް ކިޔާ އަޑު އެބަ އިވޭ.. އެކަމް ދިވެހިން އެއްމެ ފަހަރަކުވެސް ވިސްނާލަބަލަ އެމީހުން ދަންޑު ގޮވާން ކޮއްގެން ހޯދާ ކާއެއްޗެހި ކައިގެނޭ އަހަރުމެން މި އުޅެން ޖެހެނީ.. އެމީހުނައް ނުލިބުނިއްޔާ ނުކާ.. އޭގެ ކުޑަ މިސާލެއް އެއީ މިދޭތެރޭ ފިޔާ ހުސްވި ކަން ތައްވެސް.. ހަނޑޫ ހަކުރު ފުއް.. މި ހުރިހާ އެއްޗެއް ވެސް ހަމަ.އިންޑިއާއިން މި ގެއްނަނީ. ދިވެހިނައް އިނގޭ ހާވެސް ކަމަކީ މީހުނާ ދިމާއަށް ނެތިމޮށުން.. އެ ނޫން ކަމެއް ނުކުރާނެ.. މީހުނާ ހަސަދަ ލައިގެން އުޅެން.. ނަމާދެއް ކުރާނެ ކަމެއް ނެތް.. މީހުނާ ދިމާ އަށް އެއްޗިސް ކިޔަން ތިބީމަ އެވީ..

    11
    8
  15. ޢަޒްރާ ޢަލީ

    ޒިންމާއިން ރެކެންވެގެން ސޯލިހު ސެލްފީ ނަގާފަ އަޗާތަޅަނީ އަދިވެސް ބަރަބޮލުގަ އޮށެއްވެސް ހުރޭ ސޯލިހުގެ ބޮލުގަ ސިކުނޑިއެއްވެސް ނުހުރޭ

    11
    11
  16. ާަަަަަާހަނާ

    މިހާ ބިރުވެރި ބައްޔެ ފެތުރޭ އިރުވެސް އަދިވެސް މީހުނާ ދިމާ އަށް އެއްޗިސް ނުކިޔިގެން ދޯ މިއުޅެނީ.. އަދުރޭމެން ރަނގަޅު ނުވާނެ ހަތް ހުތު ކައްކާފަ ރާ ހުތައް ލިޔަސް.. މި މީސް މީހުން ބިރު ނުގައްނާނެ ޤިޔާމަތް ލައިގަތަސް.. ނަމާދް ކޮއްގެން ދުއާ ކޮއްބަލަ.. މާތް ﷲ އިރާދަކުރެއްވިއްޔާ މި ދިވެހިރާއްޖެއިން މިބަލިން ރައްކާތެރި ކުރައްވާނެ.. އަހަރުމެން ގެ ދުއާ އަކީ އެއީ.. މުޅި ދުނިޔެއިން މިބަލި ނެތިގެން ދިޔުން..

    12
    9
  17. ސަންކުއިކް

    އެހެންވީރު ސުނާމީ ރާއްޖެއަށް އެރީމަ އޭގެ ޒިންމާ ނަގަން ޖެހޭނީ ކޮންފަރާތަކުންތޯ އަދުރޭ ވިދާޅުވެބައްލަވާ؟

    10
    8
    • ޙަން

      ސުނާމީ އަކީ އެނގުމެއެއް ނެތި އެރި އެއްޗެއް. ކޮރޯނަ އަކީ އަންނާނެކަން އެނގިރހުރެ ގެނައި އެއްޗެއް ބުއްޅަބެ ބުނިކަމެއް ނޭނގޭތަ ކޮރޯނާ އަންނާނެ އެ.
      ޢެކަމަ ބިރުން އުޅޭނެ ކަމެއް ނެތޭ.

      ޜަށަކައް އެރިއަސް އެރަށެއް ބަން ދު ކޮއްގެން ވެސް ނުވާނެ އެ.
      ޢެހެންވީމަ ރާއްޖެއައް މިބަލި މިއޮތީ ގަސްތުގަ އަރުވާފަ ސަރުކާރުން.

      4
      2
  18. ކަރުނަ

    ހޮސްޕިޓަލުގައި އެނދުމަތި ކޮށްގެން ޢަބްދުއްރަޙީމްބެއަށް ރަނގަޅަށް ފަރުވާދޭން އެބަޖެހޭ .

    13
    10
  19. ނިހާން09

    ކޮވިޑް 19 ގެ ހުރިހާ ޒިންމާ އެއް ނަގަން ޖެހޭނީ ހިސާބުގެ އިލްމަށް އެންމެ މޮޅު ޓިނު އަދުރޭ

    7
    9
  20. ުއުނދުޅި

    އަދުރޭ ބިރުވެތިވޭ ވައްކަން ކުރާ މީހާވެސް ޖަވާބުދާރީވާން ޖެހޭ ދުވަހެއް އެބައޮތް

    9
    6
  21. އަފީ

    ކޮރޯނާ ވައިރަސް ފެތުރުމުގެ ހަގީގީ ޒިންމާ ނަގަން ޖެހޭނީ ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާ ކެނެރީގޭ މުހައްމަދު ނަސީދު! ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިބުރާހިމް މުހައްމަދު ސޯލިހަކީ ކާކުކަން ނޭގެ!

    10
    3
  22. ނާދު

    މަޖިލީސްގަ 25 އަހަރު ނުނެގި ޒިންމާއެއް ދެން މިއަދު ކިހިނެއް ނަގަނި!

    9
    2
  23. އ. ޖ. އ

    ސުބުޙާނައްﷲ... މާތް ކަލާކޯ...

  24. ކައްޕިތާން

    ހަގީގައް ވާނީ ހަގީގަތައް އަހަރުމެންނަކީ 300% މުސްލިމުން އެހެންވީމާ އެބަޖެހޭ ހަދީސް ތަކުން ފެންނަން ހުންނަ އިރުޝާދުތަކުގައި ހިފަން މިޒަމާނުގާ ކާފަރުން އެހިފި އެންމެ ފުރަތަމަ އެކަމުގައި ކަރަންޓީނު އެގައުމުތަކަކީ މީހުން ގިނަ ބިޔަ ގައުމުތައް އެބައި މީހުންނައް މާގެއްލުންވާނެ އެތައް މިލިޔަން ބަޔެއް ދެން މިގައުމުގެ މީ ކުޑަ ކުޑަ އަބާދީ އެއް ވީމާ ވަރައްފަސޭހަވާނެ ދެން ބުނަންވީ އުފައްދާ އެއްޗެއް ނެތޭ މީހުންނެއް ނެތޭ މިވެސް ހަދީސް ތަކާ ޙިލާފައް ކާންދޭކައް ބޯންދޭކައް ނުލިބޭނެޔޭ ކިޔައިގެން ދޭތެރެ ދުރުކުރުމުގެ ހިތި ނަތީޖާ އަހަރުމެންނަނީ އަމިއްލަބާރެއގަ އުޅޭ ބަޔެއްނޫން މިހާރު މިއުތީ މާތް ﷲ އައް ވަކީލް ކޮއްލައިގެން ދުއާކޮއްލަ ކޮއްލަ ތިބުން ފަލަމަޑީގެ ބަވައް އިންދޭތޯ ބަލންވީ ދެންވެސް

    1
    1
  25. ހަލާލްފައިސާ

    ޢަދުރޭ ހީވަނީތޯ އަހުރެމެންނީ ކަލޭމެން ތަޅާހާ އަނގަޔަކަށް ނަށާނެ ބަޔެއްކަމަށް ! މަގާމަށާ ފައިސާއަށް ދަހިވެތި ވިޔަސް ބޮޑުވަރު ތިޔައީ
    ޙަޔާތުގެ ފުކެއްވެސް ނެތީ އަދުރޭމެންގެ ކުޅަދު ހަމަ މަދީ.

    1
    4
  26. ސުޢޫދު

    ސަރުކާރު އިސްތިއިފާދީ އެނގިތިބެ މީހުންއެތެރެކުރީ ޑޮލަރުވައްދަން މިހާރު އެވެއްދި މަދުޑޮލަރުކޮޅައްވުރެ ލިބޭގެއްލުންބޮޑު މުޅިގައުމުދަނީ މަޑުޖެހެމުން ރައްޔިތުންގެ މަޖިލީހުގަ އަޅޭއްލަވާ އަޑުގަދަ ކުރަން އުޅުނަސް ގައުމެއް ނުހިންގޭނެކަން މިއެގިގެންދަނީ މުސްތަގުބަލްގަ ރައީސަކުހޮވާއިރު ވިސްނަންވީ ތައުލީމީ ތަޖުރިބާ ގާބިލް މީހެއްތޯ ޕާޓީއައްވުރެ

  27. މާމިގިލި މީހާ

    ކަލޭ ނިކަން އިސްލާހުވެބަލަ އަދުރޭ

    1
    3
  28. 你说你

    އަގަމާތިރި ކޮށްގެން ގޭ ހުރެބިލާ ‘އަމިއްލަ ދާއިރާވެސް ނޯނެކޭ ބޮނެފަ އޮތޫ