ކޮވިޑް-19 ދުނިޔެއަށް ފެތުރެމުންދާ ގޮތައް ބަލާއިރު ހުރިހާ އެއްޗެއް ވެސް ހުސްވުން ގާތް ކަމަށާއި ނަމަވެސް ބިރު ނުގަތުމަށް ރާއްޖޭގެ ކުޑަކުދިންގެ ޑޮކްޓަރ އަހްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިހެން ކޮވިޑް-19 އަކީ މުޅި ދުނިޔެއަށް ފެތުރެމުންދާ ބަލިމަޑުކަމެއް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ރޭ އިއުލާންކޮށް، އެޖަމިއްޔާގެ ޗީފް ޓެޑްރޯސް ދެއްކެވި ވާހަކަފުޅަށް އިޝާރާތް ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

ފައިސަލް ވިދާޅުވީ "ބިރު ނުގަންނާތި، އެކަމަކު ބުނަންއޮތީ ކުރިއަށް އޮތްދުވަސްތަކުގައި މި ވައިރަހުން މަރުވާމީހުންނާ ބަލިޖެހޭ މީހުން އިތުރު ގައުމުތަކުން ފެންނާނެ އައިސީއޫ ސެޓަޕް، މެޝިންތައް، މަސައްކަތް ކުރަންތިބި މީހުންގެ ޢަދަދު، ހުރިހާއެއްޗެއް ހުސްވުން ވަރަށްގާތް." ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ޗީފް ޓެޑްރޯސް ވެސް ރޭ ވިދާޅުވީ ކުރިއަށް އޮތްތަނުގައި ކޮވިޑް-19 ގެ އިތުރު ކޭސްތައް ފެންނަމުންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. "މަރުވާ މީހުންނާއި، ބަލި ފެންނަ ގައުމުތަކުގެ އަދަދު، އަދި ބަލި ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެގެން ދާނެ ކަމަށް ބެލެވޭ." ޓެޑްރޯސް ވިދާޅުވިއެވެ.

ކޮވިޑް-19 މިހާރު ވަނީ 100 އަށް ވުރެ ގިނަ ގައުމުން ފެނިފައެވެ. މިހާރު އޮތް އެންމެ ބޮޑު ބިރަކީ ކޮވިޑް-19 ފަގީރު ގައުމުތަކާއި، އެކަށީގެންވާ ސިއްހީ ޚިދުމަތްތައް ލިބެން ނެތް އެކަހެރި ސަރަހައްދުތަކަށް ފެތުރިގެން ދިއުމުގެ ބިރެވެ. އެފަދަ ހާލަތެއް ދިމާވެއްޖެނަމަ އެތައް ހާސް ބަޔަކު މަރުވެގެން ދިއުމުގެ ފުރުސަތު އެބައޮތެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް-19 ދުނިޔެއަށް ފެތުރެމުންދާ ބޮޑު ބަލިމަޑުކަމެއް ކަމަށް ނިންމާ، ބައްޔަށް ދުނިޔޭގެ ގައުމުތަކުން އަދިވެސް އިތުރަށް ތައްޔާރުވުމަށް ރޭ ވެސް އިލްތިމާސް ކޮށްފައެވެ. ޑަބްލިއުއެޗްއޯ އިން ބުނާ ގޮތުގައި އަދިވެސް ބައެއް ގައުމުތަކުން ކޮވިޑް-19 އާއި މެދު އެކަށީގެންވާ ސީރިއަސް ކަމެއް ނުފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޖުމާދު

    ބިރުގަންނަން ވީ ތިމާ ހެއްދެވި ފަރާތްދެކެ....ދެއްވާފަރާތަކީވެސް އަދި ގެންދަވާފަރާތަކީވެސް އެއީ...އަހަރެމެންނަކީ މުސްލިމުން...އުންމީދު ކަޑާލާ ވިއްސި ވިހާލި ވެގެންދާ ބަޔަކައް ވެގެން ނުވާނެ...މީ ގައުމު އެއްބައި ވާން ވ ވަގުތު...ސާފުތާހިރުކަމައް އިސްކަންދީ މިކަމުން ސަލާމަތްކޮށްދެއްވުމައް އެދި ﷲ އަށް ދަންނަވަން ވ ވަގުތު...މަރުވެދާނެކަމަށް ކާއެތިކޮޅު ނުލިބޭނެކަމަށް ބިރުގަތުމަށްވުރެ ﷲ އަށް ވަކީލުކުރުން މޮޅުއިތުރު....

    159
    3
  2. ޥާވަރު

    ބިރުގަންނަންވީ މަރުދެކެތޯ؟ މަރުވާނެއެއްފަހަރު! ޢެއްވެސް އެއްޗެއް ހުސްނުވާނެއޭ ބުނެ އެހަދަނީ ކަޑައެޅިގެން ދޮގު ނޫންތޯ! ޥައިރަސް ޖައްސާނަމޭ ބުނިމީހާ އަދިވެސް އެއިންނަނީ ގޮޑިގައި ވެޑުވިފަ ނޫންތޯ! ޜައްޔިތުން ބިރުގަންނަވަނީ ކޮންބައެއްތޯ! ޢިތުބާރުގެއްލޭވާހަކަ ދައްކަނީ ކޮންބައެއްތޯ! ޙޭބުއްދި ފިލާފައި ތިބީ ކޮންބައެއްގެތޯ!

    13
  3. ކިޔުންތެރިޔާ

    މަގޭ ޚިޔާލް. ކޮންމެހެން ކާޕެޓް ނުނެގިޔަސް ކޮންމެ ބޭފުޅަކުވެސް އަމިއްލަ މުސައްލާފަދަ ތަކެތި ނަމާދުކުރާއިރު ބޭނުންކުރެއްވުމުން ލިބޭނެ ގެއްލުން ކުޑަވެގެންދާނެކަން ނޭގެ.

    14
  4. ހުދުހުދު

    އަހަރެން ބިރެއް ނުގަނޭ. އަހަރެމެން މީ ﷲގެ އަޅުން ﷲ އަށް ވަކީލް ކުރާ އަޅުތަކުންނަށް އެކަލާނގެ ދެރަގޮތެއް މެދުވެރި ނުކުރައްވާނެ އިންޝާﷲ.

    25