ކޮވިޑް-19 ރާއްޖެ އިން ފެނުމާ ގުޅިގެން އެ ބަލިން ރައްކާތެރިވާން އެޅި ފިޔަވަޅެއްގެ ގޮތުން އއ. ތޮއްޑޫގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ތޮއްޑޫ ކައުންސިލްގެ ރައީސް ހަދީޖަތު ނިއުޝާ "ވަގުތަށް" ވިދާޅުވީ ތޮއްޑޫގެ ގެސްޓްހައުސްތަކަށް ފަތުރުވެރިން ގެނައުން މެދުކަނޑާލީ ގެސްޓްހައުސްތަކުން ބޭނުންވެގެން ކަމަށާއި އެ ނިންމުން ނިންމުމުގައި ކައުންސިލްގެ ބައިވެރިވުމެއް ނެތް ކަމަށެވެ. ގެސްޓްހައުސްތަކުން އެގޮތަށް ނިންމުމާ ގުޅިގެން އެ ތަންތަނަށް ފަތުރުވެރިން ގެނައުން މިވަގުތު މަޑުޖައްސާލާފައިވާ ކަމަށް ވެސް ކައުންސިލް ރައީސް ވިދާޅުވިއެވެ.

ތޮއްޑޫ އަކީ ގެސްޓްހައުސް ވިޔަފާރި އެންމެ ރަނގަޅު އެއް ރަށެވެ. އެ ރަށަށް ގެސްޓުން ގެނައުން މަޑު ޖައްސާލި އިރު އޮކިއުޕެންސީ ހުރީ 50 ޕަސަންޓުގައެވެ.

ފަތުރުވެރިން ގެންދިއުން މަޑު ޖައްސާލުމުގެ އިތުރުން ރަށުގައި ކުރަމުން އަންނަ ދަނޑުވެރިކަން ހިމާޔަތް ކުރަން ވަނީ ފިޔަވަޅުތަކެއް އަޅައިފައެވެ.

ރާއްޖެއިން ކޮވިޑް-19 ފެނުނު ތިން ރިސޯޓު ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީސް ބަތަލާ އާއި ކުރަމަތި އައިލެންޑް ރިސޯޓަށް އަރައި ފޭބޭ ގޮތަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

މިހާރު އަރާ ފޭބުން ހުއްޓުވާފައި ވަނީ ސަން އެކުއާ އިރު ވެލި ރިސޯޓަށް އެކަންޏެވެ. އެ ރިސޯޓުގައި ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ އަލާމަތްތައް ހުރި މީހަކު ފެނިގެން އޭނާގެ ޓެސްޓުތަކެއް ދަނީ ހަދަމުންނެވެެ.

ރާއްޖެއިން މިހާތަނަށް އަށް މީހެއްގެ ގައިން ކޮވިޑް-19 ފެނިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޖަވާދު

    ގެސްޓުން އެކަނި އެރުމެއް ނޫން ހުއްޓުވާފައޮތީ! ރަށު ރައްޔިތުންވެސް ބަންދު! މިމަހު 15 އިން ފެށިގެން މިމަހު 31 އަށް ތޮއްޑޫއަށް އެއްވެސް މީހަކަށް އަރާނުފޭބޭނެ! ރަށު ކައުންސިލުން އިސްނަގައިގެން ރައްޔިތުންގެ ނަމުގައި މުޅިރަށް ބަންދުކުރީ! މިއީ ޤާނޫނާއި ޚިލާފު ކަމެއް! ސަރުކާރުން ބަންދުކުރަންވީ ރަށްތައް އެބަ ބަންދުކުރޭ! ރައްޔިތުންގެ ނަމުގައި ބަޔަކު އެޖެންޑާއެއް ނެރެގެން ޤާނޫނާއި ޚިލާފަށް ރައްޔިތުން ރަހީނެއް ނުކުރެވޭނެ! މިއީ ސަރުކާރުން ބަލަންޖެހޭ ކަމެއް!

    3
    12
  2. މޫސާ

    ރަށު ރައިތުންވެސް ރަށުގައި ބަންދު

    2
    4
  3. ޓުނި

    ޟީމީ ވަރަށް ޒިންމާދާރުކަނއ ކުޑަ އަމަލެއް. ޚައުންސިލުން ރައްޔިތުން ރަށުގަްި ބަންދުކުރީ ދެން ކީއއކުރާ އެޗް ޕީ އެއްތަ އަޅެ