ށ. ފޭދޫ ޕީޕީއެމް ކެމްޕޭނު ޖަގަހަ ހަލާކުކޮށްލައި ބޮޑެތި ގެއްލުންތަކެއް ރޭ ދީފިއެވެ.

ފޭދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ ރޭ ފަތިހު ޕީޕީއެމް ޖަގަހައަށް ދެ މީހަކު ވަދެ އެ ތަނުގައި ހަރުކޮށްފައިވާ ބެނާތައް ހަލާކުކޮށްލައި ޕްރޮޖެކްޓަރު އަޅުވަން ގެންގުޅުނު ސަތަރިގަނޑު ހަލާކުކޮށްލާފައިވާ ކަމަށެވެ. އަދި މަގުތަކުގައި ހުރި ޕީޕީއެމް ދިދަތަކުގައި ކަޓަރު އަޅާފައިވާ ކަމަށް އޭނާ ބުންޏެވެ.

އެމީހާ ބުނީ 2018 ވަނަ އަހަރު ބޭއްވި ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް ޖަގަހަ އަށް ގެއްލުންދީފައި ހުރި ކަމަށެވެ. ފޭދޫ ޖަގަހަ އަށް ގެއްލުން ދިނުމުން އެ ރަށު ކައުންސިލުން ވެސް އެތަން ބެލި ކަމަށް ވެސް އެމީހާ ބުންޏެވެ.

ފޭދޫ ޖަގަހަ އަށް ގެއްލުން ދިން މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައި އޮތް ކަމަށްވެއެވެ.

"ދެހާސްއަށާރަ ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެސް ޕީޕީއެމް ޖަގަހައަށް ވަނީ ގެއްލުންތަކެއްދީފައި އަޅުގަނޑުމެން އުންމީދުކޮށްގެން ތިބީ މިފަހަރު މިފަދަ ކަމެއް ނުހިނގާނެ ކަމަށް،" ފޭދޫ އިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އާމިނަތު

    އެމްޑީޕީ މީހުންގެ ހަޖަމަގެ މައްސަލަ ބޮޑީ ދެއްތޯ

    8
    5
  2. އަސުރުމާ

    ބޮޑުޖަލްސާ ހަޖަމްނުވީ ދޯ ތަންތަން ފާނާ ކުރުމަކީ ނާފާ ކުރާމީހުން ގެފިރު އާޅާނުލާ އެމީހުނަކީ އެކަންކޮށް ކޮށް އަތުގައި ކުރަލާފަ ތިބިމީހުން ތަކެއް!

    9
    2
  3. އަހުމަދު

    ތިވާނީ ދީނުގެ އަދުއްވު ރީދޫމީހުންގެކަމަކަށް

    10
    2
  4. ޑާން

    ތިވާނީ ދީނުގެ އަދުއްވު ރީދޫމީހުންގެކަމަކަށް

    5
    1