ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 އަށް އަވަށްޓެރި އިންޑިއާއިން އިތުރު 11 މީހަކު ބައްޔަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

އިންޑިއާ އިން މި ބައްޔަށް ފައްސިވި 11 މީހުންގެ ތެރޭގައި މުމްބައީ އިން ދެ މީހުންނާއި، ޕޫނޭ އިން 8 މީހަކާއި އަދި ނެގްޕޫރް އަވަށުން އެކަކު ހިމެނެއެވެ. މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން އިންޑިއާގެ ޓެކާރ އެންޑް ޑެޕިއުޓީ ޗީފް މިނިސްޓަރ އާޖިތް ޕަވަރް ވިދާޅުވެފައިވެފައި ވަނީ އަންނަ ހޮނިހިރު ދުވަހާ ހަމަޔަށް އިންޑިއާގައި އެ ބަލި ފެތުރުން ކޮންޓްރޯލް ކުރެވޭނެ ކަމަށެވެ.

އޭނާ އިތުރަށް ވިދާޅުވެެފައި ވަނީ މިބަލި ފެނިފައިވާ 11 މީހުންގެ ހާލު ސީރިއަސް ނޫން ކަމަށެވެ. އަދި އެމީހުންނަށް މިހާރުވެސް ދަނީ ފަރުވާ ދެމުން ކަމަށް އޭނާ ވިދާޅުވިއެވެ. މި ވައިރަހާއި ގުޅިހެން އިންޑިއާ ޕްރިމިއަރ ލީގް (އައިޕީއެލް) ފަސްކުރުމަށްވެސް އެގައުމުން މިހާރު އަންނަނީ މަޝްވަރާ ކުރަމުންނެވެ.

ކެރެލާ އިން އިއްޔެ ވެސް ވަނީ އިތުރު 08 މީހަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އެހެންކަމުން ކެރެލާ އިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 17 އަށް އަރާފައެވެ. އަދި އިންޑިއާގެ ހުރިހާ ހުރިހާ ސަރަހައްދަކުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 60 އަށް އަރާފައެވެ.

ކޮވިޑް-19 ދުނިޔޭގެ އެކި ހިސާބުތަކުން ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 118000 އަށް އަރާފައެވެ. އަދި ބަލި ޖެހިގެން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 4300 އަށް އަރާފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ރައްޔިތުން

    ކޮބާ އަންނި އެންޑް އިބޫ.. އިންޑިއާއިން މީހުން އައުން ހުއްޓާލާކަށް ނުވޭތަ؟

  2. ހޯހޯ

    އި ރާނުން ފެނުން އި ރަށް އި ރާނުން އައުންމަނާ އެކަމް އިންޑިޔާ އަދިވެސް މަނާ ނުކުރެވޭ!