ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު މެންދުރު ފަހު 14:00 ގައި ގައުމާ މުޚާތަބުކުރައްވަން ނިންމަވައިފިއެވެ.

ރައީސް ޞާލިހް މިއަދު ގައުމާ މުހާތަބު ކުރައްވާނީ ކޮވިޑް-19 ރާއްޖެ އިން ފެނުމާއި ގުޅިގެން މިހާރު ގައުމު އޮތް ހާލަތާއި ގުޅޭ މައުލޫމާތު ދެއްވުމަށެވެ.

މިއީ ކޮވިޑް-19 ރާއްޖެ އިން ފެނުނު ފަހުން ރައީސް އާއްމު ރައޔްިތުންނާއި ބައްދަލު ކުރައްވާ ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް 08 މީހަކު ވަނީ ފައްސި (ޕޮޒިޓިވް) ވެފައެވެ. ނަމަވެސް އަދި މިހާތަނަށް ދިވެއްސަކަށް ކޮވިޑް-19 ޖެހިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. ނަލަނަލަ ރާއްޖެ

    ތި ވަރު ވި ކަމަށްޓަ ކާ ޝު ކުރު ކުރަން. ފިލާ ނޯވެވުނު ދޯ؟

  2. މުސްލިމް

    ލޮބުވެތި މުސްލިމް އަޚުންނާއި އުޚުތުންނޭވެ. އެންމެން އެކުވެރިވެ ދީނުގެ ވާފަށުގައި ހިފައި ބޭދީނީ ކަންކަމުން ރަނގަޅަށް ދުރުވެ ލާދީނީ މުޅި ޤައުމުން ފިލުވާލައި ﷲ އަށް ބިރުވެތިވެ ގިނަގިނައިން ދުޢާކުރަމާހިނގާށެވެ. މުސްލިމުންކަމުގައި ބުނާ ރަނގަލަށް އައުރަ ނިވާނުކޮށް އުޅޭ އުޚުތުންވެސް ތިބާމެން ދުޢާއަށް އަތް އުފުލާލާއިރު މާތްﷲ ޙަރާމްކުރެއްވި ކަންކަމުން ދުރުވެތިބެ ދުޢާކުރަމާތޯއެވެ. އަޅުގަނޑުމެންނަށް ދެއްކޭނެ ގަދައެއް ނެތެވެ. ކުޑަކުޑަ ވައިރަހެއްގެ ސަބަބުން މުޅި އިންސާނީ ނަސްލަށް މިވަރުގެ ބޮޑު ބިރުވެރިކަމަކާ ކުރިމަތިލާންޖެހޭއިރު ޤިޔާމަތުގެ ޒަލްޒަލާ ގެ ބިރުވެރިކަން އަޅެ ހިތަށް ވަޒަންކޮށްލެވޭތޯއެވެ. އޭ އެކުވެރި ރަޙްމަތްތެރި މުސްލިމުންނޭވެ. އަޅުގަނޑުމެންނަށް ކުރިމަތިވި ވަބާއަކީ މާ އާދައިގެ ކަމަކަށް ހީނުކުރާށެވެ. އަވަހަށް މާތްﷲ ގެ ސީދާ މަގަށް ރިޖޫޢަވަމާ ހިނގާށެވެ. އިރާކުރެއްވިޔާ މިކަން ސަލާމަތްވާނެއެވެ.

    12
    1
  3. ނާޒުކު

    އަދި ކިރިޔާ ސްޕީޗް ތައްޔާރުވީ. އަމިއްލައަށް ބަހެއް ބުނެލަން ނޭގޭވިއްޔާ. ވާނީ އެހެންނު

    12
  4. ހިޔާލު

    ކޮންތާކު ހުރެފަ އައި

    10
  5. ޅ ނުރަބޯ

    މިޤައުމުގާ ރައީސަކުހުރޭތަ
    މިހެންމިބުނީ ރާއްޖޭގެ ރައްޔިތުންނައްވުރެ ކެނެރީގޭ ބުއްޅަބޭ ދަ ލާދީނީ ރޯނުއެދުރު ބޭނުންހާގޮތަކަށް ރައްޔިތުންނަށް ގެއްލުންދޭއިރު ނުރަބޯހަމަ ހިރުވާވެސްނުލާތީ ކޮރޯނާ 19 ތަފާތުވާނެ

    11
  6. ހަކި

    މީހުންކިޔާ އެއްޗެހިން ލަދުން ނުހުރެވިގެން ވާހަކަ ދައްކަނީ ދޯ

    11
  7. ާއަފްލާ

    ސަފްޙައެއް ލިޔެފިންތަ؟ ޙޫދު ލައްވާ ދައްކަން ޖެހޭ ވާހަކަ ލިޔެލައްޗޭ ބަލައިން ވިއްޔާ ކިޔޭނީ

  8. އުގޫފާރު އަލިބެ

    ސޯލިހުބޭ ، ތިކަން ވާނެބާ ؟ ކޮބާ ބުއްޅަބޭ ޤައުމާ މުހާތަބުކޮށްލާ ކޮންމެސް މޮޅު އެއްޗެއް ބުނެލުން ވަރަށް މުޙިއްމު ކަންނޭގެ މި ދަނޅިވަޅުގައި އޭނާވިއްޔާ ޤައުމު ހިންގަނީ

  9. Anonymous

    ކިހިނެއް ވޫ އަނެއްކާ. ޖެހުނީބާ ބޮޑުމީހަކަށް.
    މަހްލޫފް ދަރީގެ ޕާޓީ އަށް ގޮސް ބޮޑެތި ބޭފުޅުން ޕޮޒިޓިވް ވި މީހާ އެރި ލިފްޓް ބޭނުން ކުރެވިގެން ބިރުން އުޅޭ ވާހަކަ އެބަ ކިޔާވިއްޔާ. ރައްޔިތުންނާއި ދޭތެރޭގައި ވަލިއްޔުލް އަމްރަަށް ކަހަރު ވަކެއް ވެސް ހީނުވެ. ކެމްޕޭން ކުރުމުގައި ބޮޑުވަޒީރާ ދެމީހުން. ގަދަ ބަސް ބުނުމުގައި .

  10. އެމަންޖެ

    ކަލޯ ބޭކާރު ކަމެއްތީ ބޭނުމެއްނޫން އަޑުއަހާކައްވެސް، އިސްތިއުފާދީ.

    11
  11. މިއަދު

    މިރައިސްގެވެސް ރިމޯޑު ކޮންޓްރޯލާމިއޮތީ މަޑިީސީލް އޮޕަރޭޓަރުންގެ އަތުގަދޯ؟

  12. ބެއްޔާ

    އިދިކޮޅުން ނަގުލަށްފިތާތީ ނޯވެވިގެން ނުކުތީ. އެހެންނޫނީ ޖެހޭނީ އިސްތިއުފާ ދޭންވިއްޔާ.

  13. ދިވެއްސެއް ވީމަ ބުނަމޭ

    ހިމާޔަތެއް ލިބުން އޮތީ މިސްކިތުންނެވެ ގުނބޯ ހެއްދީމަ ނަށާނެ ކަން ޔަގީން ވަންޏާ ގުނބޯ ހައްދާނެ ތިބުނާ ޕްރޮފެޝަނަލް ބޭފުޅުން ތިއްބަ ދޯ ބަލިޖެހިފަ ތިބި ގެސްޓުން ރާއްޖެ އެތެރެވީ ނުބެލުނީ ސަރުކާރުގެ އިހުމާލް އެހެންނު ކޮންމެ ކަމެއްވާއިރަށް އަވަހަށް ޖެއްސިގަންނާނީ މިސްކިތާ ނޫނިިީ ގްރުއާން މުދައްރިސުންނާ މީ ވަރަށް ރޭވި ގެން ހިންގޭ ޖަރީމާ