އދ. މާމިގިއްޔާއި ށ. މިލަންދޫގެ މަގު ހެދުމަށް ޕްލޭނިން މިނިސްޓްރީން މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއާރުޑީސީ)އާ ހަވާލުކޮށްފިއެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި އެ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ ޑިރެކްޓަރު ޖެނެރަލް ފާތުމަތު ޝާނާއެވެ. ރޯޑް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެތަނުގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލީ މަނިކެވެ.

މި ރަސްމިއްޔާތުގައި ޝާނާ ވިދާޅުވީ މިލަންދޫގައި މަގު ހެދުމުގެ މަސައްކަތް 520 ދުވަހުގެ ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ އިރު، އެ މަޝްރޫއަށް 156 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާމިގިލި މަގު ހެދުމުގެ މަސައްކަތް 400 ދުވަހުގެ ތެރޭގައި ނިންމުމަށް ކަނޑައަޅާފައިވާ އިރު، އެ މަސައްކަތަށް 95 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ވެސް ޝާނާ ވިދާޅުވިއެވެ.

މާމިގިލީގެ ހަ މަގެއްގައި 4.89 ކިލޯ މީޓަރަށް ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ށ. މިލަންދޫގެ އަށް މަގެއްގައި 6.15 ކިލޯ މީޓަރަށް ތާރު އެޅުމަށް ހަމަޖެހިފައިވާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމިގިލީ މީހާ

    ސާބަހޭ ރައީސް ސޯލިހުއަށް.

  2. މާކަނާ ކަލޯ

    ލަދެއްވެސް ނުގަނޭ މިލަންދޫ މަގުތަކުގަވަނީ ތާރު ފެތުރުންފިޔަވާ ހުރިހާކަމެއްނިމިފަ ދެފަރާތުގަ ޕެމަންޓް ހަދާ މަގު އެއްވަރުކޮށް ބިންގނޑު ހަރުކޮށް ކާނުތަށް ނިންމާ ހޮޅިވަޅުލާފަ ރ ޔާމިންގެ ސަރުކާރުގަ ރައްޔިތުން ފޯކަސްގެއްލުވާލަން ކޮން ހޮޅި ވާހަކައެއް ދައްކާކަށް މިފަހަރު ބޮޑުތަނުން ފޭލްކޮށްލާނަން ސާބަހެ ރ ޔާމިން