ދޫނި ރޯގާ އުޅޭ ޤައުމުތަކުން ދިރޭ ދޫނި އެތެރެކުރުމަށް ހުއްދަދިނުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މިދުވަސްވަރަކީ ގިނަ ޤައުމުތަކެއްގައި ދޫނިރޯގާ ފެތުރެމުންދާ ދުވަސްވަރެކެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ދޫނި ރޯގާއިން ރައްކާތެރިވުމަށް ދުރާލާ އަޅާ ފިޔަވަޅެއްގެ ގޮތުން، އެ ރޯގާ ފެތުރެމުންދާ ގައުމުންތަކުން ދިރޭ ދޫނި އެތެރެ ކުރުން މަނާކުރިއިރު، އަލުން ހުއްދަދޭން ފަށާނެ ތާރީޚެއް ފަހުން އިޢުލާނު ކުރާނެ ކަމަށެވެ.

ދޫނިރޯގާ އުޅޭ ޤައުމުތަކުން ދޫނި އެތެރެކުރުމަކީ ރާއްޖެއަށް މިބަލި އެތެރެވުމަށް އޮތް ފުރުޞަތެއްކަމަށް ބެލެވޭ ކަމަށް ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

އަދި ރާއްޖެއަށް ދިރޭ ޖަނަވާރު އެތެރެކުރުމާ ގުޅޭގޮތުން ކުރިން ކުރި އިއުލާނު ބާޠިލްކޮށްފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަލިބެއްޔާ

    ބަނގާޅުން އެކަކު ޕޮޒިޓިވް ވުމާއިއެކު ބަންގާޅު މީހުން އައުން ހުއްޓުވާލި ގޮތަށް އިންޑިއާ މީހުން އައުން ހުއްޓުވާލާނީ ކޮން އިރަކު؟ ހަފްތާގެ ޗުއްޓިއަކަށް އިންޑިއާއަށް ގޮސް ތިބި އިންޑިއާގެ ޓިޗަރުން އައިސް ސްކޫލްތަކުގައި ކިޔަވައިދޭން ފަށާއިރު ކޮން ޔަޤީން ކަމެއްތޯ އޮތީ ވައިރަސް އާއި އެކު ނޫންކަމެއް އެމީހުން އަންނާނީ.. ސަރުކާރުން ރައްޔިތުންނާއި މެދު ތިހާ ފަރުވާ ކުޑަ ވަނީ ކީއްވެ؟ އަނެއްކާ.. ބޭރުގެ އެހީ ހޯދަން ވެގެން ގަސްތުގައި ކޮރޯނާ ވައިރަސް ރާއްޖޭގަ ފެތުރުމުގެ ވިސްނުމެއްގައިތޯ؟؟؟

  2. ކަލޭ

    ކޮބާތަ ތިވިދާޅުވާ ގައުމު ތަކަކީ......