ރޭ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ކާނިވާ ސަރަހައްދުގައި އަޅަމުންދާ މިސްކިތް ކައިރިން ރޭ ދަންވަރު ފުލުހަކަށް ހަމަލާދީ ޒަހަމް ކޮށްލާފައިވާ ކަމަށެވެ.

"ފުލުސް މީހާގެ ގައިގައި ތަޅާ މާރާމާރީ ހިންގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލާފައިވަނީ. ބުރަކައްޓަށާއި ކަނދުރާއަށް ތޫނު އެއްޗަކުން ހަމަލާދީފައިވޭ." ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ނަމަވެސް އޭނާ އަށް ސީރިއަސް ޒަހަމްތަކެއް ލިބިފައެއް ނުވެއެވެ. އައިޖީއެމްއެޗް އިން ފަރުވާ ދިނުމަށް ފަހު މިހާރު އޭނާ ވަނީ ދޫކޮށްލާފައެވެ.

ފުލުސް މީހާ އަށް ހަމަލާ ދިން މައްސަލަ ފުލުހުން މިހާރު ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. އެމައްސަލައިގައި އަދި މިހާތަނަށް މީހަކު ހައްޔަރު ކުރިކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ކޮރަކަލި

    އިންސާފު ނުލިބޭ މައްސަލަ

  2. އާބިދާ

    ތި އަންނިގެ އޯޑަރަށް ކުރިކަމެއް ކަމަށްވާނީ، މާލެ ތެރޭއިން ފުލުހުން ގައިގާ ތަޅާނެ ކުދިންކޮޅެއް ހޯދުމަށް އުޅުނުނެއްނުން އެހެންވީމަ ނައްޓާފަނުދާން

    • ޖޭމްސް

      ތަޅާނެ ކުދިން ފޮނުވަނީ ރާއްޖެ މީގެ ކުރިން ދެކެފައި ނުވާ ބޮޑު ވަގު ގޭންގް ލީޑަރ (ވެރިކަމުގައި ވަކި ހިއްޕާފައި 2018 ގައި ކުރިމަތި ނުލާނަމޭބުނި ވަގު ބުނިތާ 3 މަސް ނުވާދެން 2018 ޔަގީން ކެމްޕެއިން ފެށި ވަގު

      • ޤައުމީ ދަރިއެއް

        އެއީ އެޖެންޓް .....

    • Ma

      ކޮންމެ ކަމެއް ސިޔާސީ ކުރެވޭތޯ ބަލާތި ކަލޭމެން ޕީޕީ ކުދިން.. ޕީޕީއެމް އޯ.. ކުޑަކަުދާތަކެތި ކުޑަކމުދާތަކެތި މޯލްޑިވްސް

  3. ސާބަސް

    ވަރަށް ވަރަށް ވަރަށް ބޮޑު ހިތާމަހުރިކަމެކެވެ. ފުލުހުންގެތެރެއިން މަދުބަޔަކު ގޯސްކަމެއްކުރިއަސް ގިނައީ ރަނގަޅު މީހުންނެވެ. އަދި ގޯސްމީހަކަށްވެސް ހަމަލާ ދިނުމަކީ ވަރަށް ނުބައި ކަމެކެވެ. އިސްލާމްދީންވަނީ ތިކަން ހަރާމްކޮށްފައެވެ. އަދި މިޒަމާނުގައި ހުރިހާ މަދަނީ މުޖްތަމައު ކުށްވެރިކުރާ ނުބައި ކަމެކެވެ. ހިތްހަމަ ނުޖެހޭ އެތައްކަމެއް ފުލުހުންގެ ފަރާތުން ފެނިދާނެއެވެ. އެހެންފަރާތަކުންވެސް ފެނިދާނެއެވެ. އެކަމަކު އަމިއްލައަށް ބަދަލުހިފުމަކީ ތިމާ އަމިއްލައަށް ދަށް ދަރަޖައަކަށް ވެއްޓިގަތުމެވެ.

  4. ދިވެއްސެއް

    މިއަދު މިމުޖްތަމައުގަ ހާއްސަކޮށްމާލޭގަހިންގާ ފާހިޝް ކަންކަން ހިންގާ އެއްސަރަހައްދުގެ ގޮތުގަ ތިކާނިވާ ސަރަހައްދު ހިމެނޭ. ފުލުހުން ޕެޓްރޯލްކުރަމުންދާއިރު އެތަންތަންބަލަހައްޓާ ހިންގާބަދުއަޚްލާގީއަމަލްތައް ހުއްޓުވުމުގެތެރެއިން ތިބާވަތުގެ ކަންކަން ހިނގާދިއުމަކީ ވެދާނެކަމެއް.

  5. އަހްމަދު

    ތިޔައަނިޔާވެރިޢަމަލުހިންގިމީހާހޯދައި ހަރުކަށިއަދަބުދޭންޖެހޭނެ ފުލުހުންނާސިފައިންނަކީ އެންމެންގެލާބަޔާމަންފާއައް މަސައްކަތްކުރާބައެއް ބަޔަކު ރުހުނަސް،ނުރުހުނަސް އެބޭފުޅުންނަކީ އެބޭފުޅުންގެ ޤާނޫނީ މަސައްކަތްތަކެއްކުރައްވާބައެއް އަނިޔާވެރިވެގެންނުވާނެ

  6. ޤައުމީ ދަރިއެއް

    އެހެން ބޭނުން އެއްޗެއް ހެދިޔަ ދީގެން ނުވާނެ!..

    މައްސަލަބަލާ ޕޮލިހުން...

    އިންސާފު ދަމަހައްޓާ ފަރާތްތަކަށް ހަމަލާދޭ ކަމަށްވަންޏާ އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަންޖެހޭނެ!

    ޔުނީފޯމުގައި ހުއްޓާ ޕާރސަނަލް ކަމެއްގައިވެސް ބެހެވިގެން ނުވާނެ. ތިއީ މުއައްސަސާއެއްް.
    ނޮޓް ޓް ރިޕީޓް ދީޒް ކައިންޑް އޮފް އެކްޓްސް، ނީޑް ޓް ޓޭކް ޑިޒިޝަން....!