ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުން އަންނަ ކޮވިޑް-19 ރާއްޖެ އިން ފެނިފައިވާތީ ގއ. ގެމަނަފުއްޓަށް ފަތުރުވެރިން އެރުން ވަގުތީ ގޮތުން މަނާކޮށްފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފިއެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާން "ވަގުތަށް" ވިދާޅުވީ ކޮވިޑް-19 ވައިރަހާ ގުޅިގެން ގެމަނަފުއްޓަށް ފަތުރުވެރިން ގިނަ އިން އަންނަނީ ސަފާރީތަކުން ކަމަށެވެ. އެމީހުންނަށް މިވަގުތު އެ ރަށަށް އެރުން މަނާ ވާނެ ކަމަށް ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ވިދާޅުވި ގޮތުގައި ގިނަ ފަތުރުވެރިން އެ ރަށަށް ދަނީ ވިޔަފާރި ކުރުމަށާއި ބާބަކިއު ހެދުން ފަދަ ކަންކަން ކުރުމަށެވެ. އަދި އެރަށާ ދުރު ނޫން ހިސާބެއްގައި އޮންނަ ރާޅާ އަޅާ ޕޮއިންޓަށް ވެސް ފަތުރުވެރިން އަންނަ ކަމަށް ޝިޔާން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރަށުގެ ރައްޔިތުންގެ ސަލާމަތަށްޓަކައި ކައުންސިލުން މިކަން ނިންމީ. އަދި ވަކި މުއްދަތެއް ނެތް ގޮތަށް އޮންނާނީ. އެކަމަކު މި ކަންތައްގަނޑު ނިމި ގައުމު އާންމު ހާލަތަކަށް ދިއުމުން އަލުން ހުޅުވާލާނަން ފަތުރުވެރިން ރަށަށް އައުމަށް،" ޝިޔާން ވިދާޅުވިއެވެ.

ޝިޔާން ސިފަ ކުރެއްވި ގޮތުގައި މިއީ ރަށުގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އެޅި މުހިންމު ފިޔަވަޅެކެވެ.

ރާއްޖެއިން މިހާތަނަށް އަށް މީހަކު ކޮވިޑް-19 ވައިރަހަށް ޕޮޒިޓިވްވެފައިވާ އިރު އެއްވެސް ދިވެއްސަކު މި ބައްޔަށް ޕޮޒިޓިވްވެފައެއް ނުވެއެވެ.

ކޮވިޑް-19 ރާއްޖެއިން މިހާތަނަށް ފެނިފައި ވަނީ ހަމައެކަނި ރިސޯޓުތަކުންނެވެ.

މި ވައިރަސް ފެނުނު ތިން ރިސޯޓު ކަމަށްވާ ކުރެއްދޫ އައިލެންޑް ރިސޯޓާއި، ސޭންޑީސް ބަތަލާ އާއި ކުރަމަތި އައިލެންޑް ރިސޯޓަށް އަރައި ފޭބޭ ގޮތަށް މިހާރު ވަނީ ހުޅުވާލައިފައެވެ. އަދި ކޮވިޑް-19 އަށް ޝައްކު ކުރެވިގެން ވިލަމެންދޫ ރިސޯޓަށް އަރާ ފޭބުން މަނާކުރިއެވެ. އެކަމަކު، އެ ރަށުން މީހަކު ފައްސިވެފައި ނުވެއެވެ.

މިހާރު އަރާ ފޭބުން ހުއްޓުވާފައި ވަނީ ސަން އެކުއާ އިރު ވެލި ރިސޯޓަށް އެކަންޏެވެ. އެ ރިސޯޓުގައި ކޮވިޑް-19 ބައްޔަށް ޝައްކު ކުރެވޭ އަލާމަތްތައް ހުރި މީހަކު ފެނިގެން އޭނާގެ ޓެސްޓުތަކެއް ދަނީ ހަދަމުންނެވެެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބްރޯ

    ފަތުރު ވެރިން އެކަންނަކު ނޫން މިހާރު ގައުމުގެ ރައްޔިތުންގެތެރެ އިން ރަށުގެ ރަށްވެހިންނޫން މީހުންވެސް ރަށަށް އެރުވުން ރަނގަލެއްނޫން. ރަށުގެ ރަށްވެހިންވެސް ރަށަށް އައުމަށްފަހު ގޭގެ އެހެން މީހުނާ ވަކިން 15 ދުވަހު ހުންނެވޭނެގޮތަށް ރައްޔިތުންނާ ވާހަކަދައްކައިގެން އިންތިޒާމް ކުރުން ބުއްދިވެރި ރައްކަތެރިވެ ތިބިއްޔާ ދަތުރު

  2. ސަޅި

    ގެމަނަފުއްޓަ ކީ ހުވަދުއަތޮޅުގެ އޮތް އެންމެ ރީތި ރަށް.. އެރަށުގެ ބީޗް ރިސޯޓެއްހާ ރީތި..އެހެންވެގެން ގިނަ ފަތުރުވެރިން އެރަށަށް ޒިޔާރަތް ކުރަނީ ރީތި ކަންބަލަންށާ އަދި ބާބަ ކިޔުޖައްސާ މަޖާ ކުރަން ވެގެން.