ހިޔާ މަޝްރޫޢުގެ ފްލެޓް ލިބޭ ފަރާތްތަކުގެ ލިސްޓް މިމަހުގެ ނިޔަލަށް އިޢުލާން ކުރެވޭވަރު ވާނެ ކަމަށް މިނިސްޓްރީ އޮފް ހައުސިން އެންޑް އާބަން ޑިވެލޮޕްމެންޓުން ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް ނިއުސްގައި" ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަލީ ޝާމިން ވިދާޅުވީ ރިޔާސީ އިންތިޚާބު ނިމި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރާއްޖޭގެ ވެރިިކަމާއި ހަވާލުވެވަޑައިގަތުގެ ކުރިން ހިނގާދިޔަ ޓްރާންސިޝަން މުއްދަތުގެ ތެރޭގައި އެއްވެސް ބެލުމެއް ނެތި ލިޔުންތައް ހަވާލު ކޮށްފައި އެބަހުރި ކަމަށެވެ. އެގޮތުން ވިދާޅުވީ 11 ހާހަށްވުރެ ގިނަ މީހުންނަށް ލިޔުން ދީފައިވާ ކަމަށެވެ.

"އެތަނުގައި ހުރީ 7000 ފްލެޓޭ އަޅުގަނޑުމެން ކިޔަސް ހަޤީގަތުގައި އެތަނުގައި ހުރީ 6686 ފްލެޓް. ހަމައެކަނި މިއަދަދަށް ބެލި ނަމަވެސް އެއަށްވުރެ އިތުރަށް މީހުންނަށް ލިޔުން ދެވިފައި އެބަހުރި. ލިޔުން ދިން އެއްވެސް ބޭފުޅަކަށް ދިނީ ކޮންތާކުން ކޮން ފްލެޓެއް ކަމެއް ކިތަށް ކޮޓަރީގެ ފްލެޓެއް ކަމެއް އެނގޭކަން ނެތް،" ޝާމިން ވިދާޅުވިއެވެ.

ޝާމިން ވިދާޅުވީ ލިޔުން ދިނުމާއިއެކު އެ ފަރާތްތަކުގެ ވެސް ހައްޤުތަކެއް އޮންނާނެ ކަމަށެވެ. އޭނާ ވިދާޅުވީ ހުރިހާ ކަމަކަށް ބެލުމަށްފަހު މީހުންގެ ހައްޤުތައް ނުގެއްލޭ ގޮތެއްގެ މަތީން އޭގެ ތެރެއިން ހައްޤުވެރި ފަރާތްތައް ކަނޑައެޅުމަކީ އުނދަގޫ މަސައްކަތެއް ކަމަށެވެ.

ހިޔާ މަޝްރޫއުގެ ފްލެޓް ތަކަށް ކުރިމަތިލާން ކުރީ ސަރުކާރުން ހުޅުވާލުމުން އެކަމަށް އެދި 22،000 އަށްވުރެ ގިނަ ފަރާތްތަކުން ވަނީ ކުރިމަތި ލާފައެވެ. ނިމިގެން ދިޔަ ރައީސް ޔާމީންގެ ވެރިކަމުގައި ހުޅުމާލޭގައި ދެ ވަނަ ފިޔަވަހީގައި އަޅަން ފެށި 7000 ފްލެޓްގެ އަމަލީ މަސައްކަތް ނުނިމެނީސް ވަނީ އެ ފްލެޓްތައް ލިބޭނެ މީހުންގެ ލިސްޓެއް ރައީސް ޔާމީން ސަރުކާރުގެ ފަހު ދުވަސްކޮޅުގައި އާންމު ކޮށްފައެވެ.

ނަމަވެސް ސަރުކާރު ބަދަލުވުމުގެ ކުރިން އަވަސް އަރުވާލައިގެން ހިންގި އަމަލުތަކުގެ ސަބަބުން ރައީސް ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިކުރުވުމުގެ މަޝްރޫއުތައް ހިންގާފައިވާ ގޮތް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ހާއްސަ ކޮމިޓީއެއް އެކުލަވާލާފައެވެ.

ރައީސް އޮފީހުން އެންމެ ފަހުން އާންމުކުރި ތަފާސް ހިސާބުތަކުގައި ވާގޮތުން ޝަރުތުހަމަވޭތޯ މިހާތަނަށް ބަލައި ސްކްރީން ކުރެވިފައި ވަނީ 18،081 ފޯމެކެވެ. އަދި ގޭގެއަށް ގޮސް، ދިރިއުޅުމުގެ ހާލަތު ބަލައި ޕޮއިންޓު ދީފައިވާ ގޮތް ވެރިފައިކޮށް، އެނަލިސިސް ހަދާ މުޅިން ކޮމިޓީއަށް ނިންމާލެވިފައި ވަނީ އޭގެ ތެރެއިން އަދި 2،926 ފޯމެކެވެ. އަދި ސްކްރީނިން މަރުހަލާ ނިމުމަށް ފަހުވެސް ދިރިއުޅުމުގެ ހާލަތު ނުބެލޭތީ 2،230 ފޯމެއްގެ މަސައްކަތް ނިންމާލެވިފައެއް ނުވެއެވެ.

ފްލެޓު ކޮމިޓީއިން ބުނީ، އެންމެ ބޮޑު ގޮންޖެހުމަކަށްވީ، ހައުސިން މިނިސްޓްރީގެ ހުރި ހިޔާ ޕްރޮގްރާމްގެ ފޯމުތައް އެކި ތަންތަނުން ހޯދައިގެން ގެނެސް އެކަށައެޅުން ކަމަށެވެ. އެގޮތުން އޭގެ ތެރެއިން ގިނަ ފޯމުތައް ކޮމިޓީއަށް ގެނެސް ބެލިއިރު، ބައެއް ފަރާތްތަކަށް މާކްސް ދީފައި ވަނީ އުސޫލުތަކާ ހިލާފަށްކަން ފާހަގަވެފައިވާ ކަމަށް ވެސް ކޮމިޓީއިން ބުންޏެވެ. އަދި ބައެއް ފޯމުތަކުގައި ވަރަށް ގިނަ ލިޔެކިޔުންތައް ހަމަނުވާ ކަމަށް ވެސް ކޮމިޓީއިން ފާހަގަކުރިއެވެ.

އެ ކޮމިޓީއިން މީގެކުރިން ނެރުނު ބަޔާނެއްގައި ބުނީ، ފޯމާ އެކު ހުންނަން ޖެހޭ ގިނަ ލިޔުންތަކެއް މަދު ނަމަވެސް، އެކަންވެފައި ވަނީ އިދާރީ މައްސަލައަކުން ކަމަށްވެދާނެތީ އެފޯމުތައް ބާތިލު ނުކޮށް ނޭޝަނަލް ރެޖިސްޓްރޭޝަނާއި އެހެން ވެސް އިދާރާތަކުން މައުލޫމާތު ސާފުކުރަމުން އަންނަ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ނަހޫ

    އަބަދު ވެސް ކަމިން ސޫން ކަމިންގ ސޫން.. މިހާރު ދޮޅު އަހަރުވީ ތިޔަ ބޭކާރު އިސްރާފު ކަމިޝަނުން ތިޔަހެން ކިޔާލަ ކިޔާލަ މުސާރަ ނަގައިގެން ތިބޭތާ.. ކިހާ ވަރަކުން ދާނެބާ

    22
    1
    • ބަޑީ،

      ބަޑީ، މުއިއްޒު މުޅިތަނަށް ފޯމު އަޅާފަ ރައްކާވީމަ، އަންނަ ބައެއް ދޯ ހުރިހަ ކަމެއް ބަލަން ޖެހޭނީ، 22 ހާސް ފޯމު އެއީ މަދު އަދަދެއް ނޫން!!

      4
      19
  2. ވިސްނާލުމަށް އެދެމޭ

    ހިޔާ ފްލެޓްލިބޭނެ މީހުން ކަޑައަޅާ އިއުލާނުކޮށް ފްލެޓްލިބޭނެކަމުގެ ލިޔުން ހަވާލުކޮއްފަވަނީ..އެލިސްޓްގަތިބި އެއްމެންނަ ފްލެޓްދޭންޖެހޭ..އެހެންނޫނީ ހައްގެ ނިގުޅައިގެކުގެ އިލްތިޒާމު ރއިބުރާހީމު އުފުލަންޖެހޭ..އޮޅުވާލަން ނޫޅޭ..

    31
    5
  3. ބައްޕަގެ ދޮންކަމަނަ

    1 ރޫމް ތަންތަނަށް ކިހިނެއް ހަދަނީ ސާފްކޮށްލަދީބަލަ ހުވަފެނުގަވެސް މިހާރު ފެންނަނީ ފުލެޓު މިހާރު ބައްޔަކަށްވެފަ މިހިރީ ފުލެޓު19 ޖެހިފަ

    27
    2
  4. ނޯނޭމް

    ލިޔުން ހަވާލް ކޮށްފަ ނުގުޅާ މީހުންވެސް އެބަތިބި. ލިޔުން ހަވާލު ނުކުރާ މީހުންނަށްވެސް ގުޅާ ގެ ބަލާވެސް ހަދައިފި. މިކަމުގަ އެއްވެސް އިންސާފެއް ނެެތް

    28
    3
  5. ސަމަަ

    ބަލަ، 1 ކޮޓަރި، 2، ކޮޓަރި އިގޭ، ގޮތަށް، ފޯމުގަ އޮތޭ ޖަހާފަ،މިސަރު ކާރުން ތިއުޅެނީ އޮޅުވާލަން،މީހުން ގުބޯ ހައްދަން ނޫޅޭ،

    36
    2
  6. ރަނާ

    2500 ފްލެޓުގެ ތެރެއިން ފްލެޓް ލިބޭނެކަމަށް މި ސަރުކާރުން ޢާންމުކުރި ލިސްޓްގައިވާ ފަރާތްތަކަށް ފްލެޓް ދޫކުރަނީ ކޮންއިރަކުންބާ، އަދި އެފްލެޓްތަކުގެ މަސައްކަތް ގޮސްފައިވާ ހިސާބެއް ސަރުކާރުން ސާފުކޮށްދިނުމަށް ގޮވާލަން.

    6
    1
  7. ކަމަނަ

    ފުލެޓް ލިބުނުކަމުގެ ލިއުން ހަވާލު ނުކުރާ މީހުންނަށްވެސް ގުޅި. މޮޅު ތަންކޮޅަކީ އެމީހުން ރާއްޖޭން ބޭރުގަ ވޒަން ވެރިވެ ދިރިއުޅެނިކޮށް ގުޅި ގޮތުން.ރާއްޖޭގެ ނަމްބަރ އަކައް ރާއްޖޭން ބޭރުގަ އުޅެނިކޮށް ނުގުޅޭއަރު ، ރާއްޖޭން ބޭރު ނަމްބަރ އަކަށް ގުޅާއިރު އެ އޮތީ ފުލެޓް ހައްގު ނުވާކަން ޔަގީން ވެފަ ނޫންބާ.ކުރިން ޅިޔުން ދެވިފަ ނެތް މީހުންނަށް މިފަހަރު ގުޅާ ލިއުން ދިން އިރު ކުރިން ލިއުން ދީ ލިސްޓު ހަމަވެފަ ތިބި މީހުންގެ ތެރޭން ބައެއްގެ ހައްގު ނުގެއްލޭބާ

    8
    1
  8. ޢާދަނުބެ

    މަގޭ މަންމަޔަކީ ތި ފުލެޓްލިބުނު މީހެތް މާލޭގަ އުޅޭތާ 50 އަހަރުވީ ދަފުތަރުގަ އިންނަނީ ރަށުގަވެސް މާލޭގަވެސް ބޯހިޔާވަހިކަމެތްނެތް އެކަމަކު އަދިވެސް ހާލަތުބަލަން ނުގުޅަ އެކަމަކު ފިރިމީހާޔަށް ހުޅުމާލެއިން ފުލެޓު ލިބިފަ ތިބި މީހުންގެޔަށް އެބަދޭ ހާލަތުބަލަން ކިހިނެތްކަމެތްނޭނގުން ތި ތަންތަން ތި ދެނީކީ ވަރަށްވެސް ބޭއިންސާފު

    3
    1
  9. ޏ

    މިސަރުކާރަށް ބަލަދު އަރާ ، ބަލަހައްޓަންޖެހޭބަޔަކަށްފުލެޓްދޭންވައުދުވެފަ ، ނުދީފިނަމަ ބޮލަށްއަރާ އިބޫސޯލިހު ކައިރީ ހައްގުވާބަޔަކަށް ފުލެޓްދީފިނަމަ ކުޓުވާނެކަން އެގޭ .ކޮންމެހެނޭކިޔަގެންވެސް ބަޔަކު ކަޓުވަންޖެހޭ . ލިބެން ހުރިއެއްޗެއް ލިބޭނެ . ތިޔަބަޔަކަށްވެސް ފުލެޓްދެވޭނީީހައްގުވާމީހުންނަކަށްނޫން ގެދޮރު ހުރިމީހުންނަށް ކަޓުވައިގެން ވެސް ވެރިކަން ކުރެވޭތޯ ބަލާ . ހަމަޖެހުމެއް ނުލިބޭ ހުރިހާބާރުތަކެއް ލިބިފައޮތްއިރުވެސް .

  10. ޥާވާ

    ބައެއް މީހުންނަށް ހީވަނީ ލިޔުން ލިބުނު ހުރިހާ މީހުންނަށް 7000 ފުލެޓްގެ ތެރެއިން ހަމަޖެހޭނެ ކަމަށް. ޥިސްނާލަންވީ 7000 ފުލެޓްގެ ދާއިމީ ލިސްޓްގައި ނުހިމެނޭ ފަރާތްތަކަށް ލިޔުން ދިނީ މާފަހުން.

  11. Anonymous

    އަޅޭ މަށައްވެސް ގުޅާފިޔޭ.. އެކަމު ލިޔުން ނުލިބޭ.... މަފިރިމީހާ އައް ނުގުޅާ އަދިވެސް އެކަމަކު ލިޔުންވެސް ލިބުނު..?

  12. ނިކަމެތި މީހާ

    ހާލަތު ބަލަން އަންނައިރު މިހާރު ދިރިއުޅޭގެ ނޫން ވަރަށްދަތިކޮށް އޮންނަ ތަންކޮޅެއް ދައްކާފައި މިތާއޭ ދިރިއުޅެނީ ކިޔާފަ ދެއްކި މީހުންނެއް މަދެއްނޫން....މިކަންކަން ކިހިނެއް ބަލަނީ

    1
    1
  13. ތެދު

    ހަމަ ޔަގީނުންވެސް 7000މީހުންނަކަށް ލިޔުމެއް ނުލިބޭ.