ކޮވިޑް-19އާ ގުޅިގެން ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ގަސްތު ނުކުރާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، ކޮވިޑް-19 ރާއްޖެއިން ފެނުމާއި ގުޅިގެން ގައުމާއި މުހާތަބުކޮށް ވާހަކަދައްކަމުންނެވެ.

ރައީސް ވިދާޅުވީ، މި ރޯގާގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަތުވެއްޖެ ކަމަށާއި، ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އަންނަމުންދާ ކަމަަށެވެ. އަދި އިގްތިސާދަށް އެންމެ ބޮޑު ލޮޅުމެއް އަރާނެ ގައުމެއްގެ ގޮތުގައި ރާއްޖެ ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"ކޮވިޑް-19ގެ ނުރައްކާތެރިކަން ރާއްޖޭގައި އޮތްކަމުގައި ވިޔަސް ސަރުކާރުގެ މުވައްޒަފުންގެ މުސާރަ ކުޑަކުރަން އަޅުގަނޑު ގަސްތު ނުކުރާ ވާހަކަ" ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލާ ކުރިއަށްގެންދަން ކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތައް މިހާރުވެސް ރޭވިފައި ހުރި ގޮތަަށް ކުރިއަށްދާނެ ކަަމަށް ރައީސް ވިދާޅުވިއެވެ.

"އެހެން ނަމަވެސް ދައުލަތުގެ ހަރަދު ކުޑަ ކުރުމަށް ބައެއް ފިޔަވަޅުތައް އަޅަން ސަރުކާރުން މިހާރު ވަނީ ފަށާފައި. ސަރުކާރުން ހިންގާ ޕީއެސްއައިޕީގައި ނުހިމެނޭ ހަރަދުތައް ކުޑަކުރަން މިހާރު ވަނީ ނިންމާފައި، އަދި ސަރުކާރުން ކުރާ ދަތުރުތަކާއި، މުވައްސަސާތަކުން ކުރަން ޖެހޭ މައާމާތުތަކާއި، އެފަދަ ބައެއް ހަރަދުތައް މިވަގުތަށް ވަނީ ކުޑަކޮށްލާފައި". ރައީސް ސާލިހު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ލިބިދާނެ ގެއްލުންތަކުން އަރައިގަތުމުގައި އެހީތެރިވެދޭނެ ގޮތެއް ހޯދުމަށް ރާއްޖޭގައި އެމްެއެމްއޭ އިން މަސައްކަތް ކުރަމުން އަންނަ ކަމަށެެވެ. އަދި ރާއްޖެއިން ބޭރުން ލޯޯނު އެހީ އާއި ހިލޭ އެހީ ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

"މިކަމުގައިވެސް އެކުވެރި ގައުމުތަކުންނާއި މާލީ އިދާރާތަކުން އަޅުގަނޑުމެންނަށް ވަނީ ފެހި ސިގްނަލް ލިބިފައި". ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ، ކޮވިޑް-19 އަކީ މުޅި ދުނިޔޭގައި ފެތުރެމުންދާ ބަލި މަޑުކަމެއް ކަމަށާއި، ނަމަވެސް މިއީ ކަންބޮޑުވެ ހާސްވާންވީ ވަގުތެއް ނޫން ކަމަށެވެ. އަދި މިއީ ވިސްނުން ތެރިކަމާއި ހިކްމަތްތެރިކަމާއެކު ޑޮކްޓަރުންގެ ލަފަޔާއި އިރުޝާދާއި އެއްގޮތަށް އެންމެން ގުޅިގެން މަސައްކަތް ކުރަންވީ ވަގުތު ކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖެއިން 8 މީހަކު ކޮވިޑް-19 އަށް ވަނީ ފައްސިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ހުސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. މުޅަބެ

    Fake raeeseh

    40
    10
  2. ޥަބާ

    މުސާރަ ކުޑަކޮށްފިއްޔާ ރައްޔިތުން ނަށް ވައިރަސް ޖެހުމުގެ ފުރުސަތު ބޮޑު!މިކަމުން އަރައިގަތުމަށް ކުރަންޖެހޭ މަސައްކަތް ގައިޑްލައިން ގައިވާގޮތަށް ކޮށްކޮށް ތިއްބާ ދެއްތޯ މިވަރުމިވީ! ދެންވެސް ގައިޑްލައިން ކުރިމަތީބާއްވައިގެން ބޭންޖަހަޖަހާތިބެންވީބާ!

    27
    2
  3. ބަކުރުބެ

    ސަރުކާރުން ކުރާ ދަތުރުތަކުގެ ހަރަދު ކުޑަކުރާ ތަނެއް ނުފެނޭ. މި އުޅޭ ކާޕެޓް ވަގު ޝާހިދު ދެއިރު ދެދަޅައަށް މުޅި ދުނިޔެ ވަށާ ރައްޔިތުންގެ ފައިސާއިން ބުރު ޖަހާއިރު.???

    45
    3
  4. ޙުސޭން

    ތިހެން ބުނާ ކަންތައްތައް އެންމެ އަވަހަށް ކޮއްލަނީ

    40
    4
  5. ފާދިގު މަކުނު

    ކޮވިޑް-19އާ ގުޅިގެން ރައްޔިތުންނައް ފެނުލުމަށް އަޑިގަ އޮތް ކިބޫ ފެންގަޑު މައްޗައް ތިލަވެއްޖެ
    ބަލަންތިބޭ މުސާރާ ކުޑަ ކުރާނެ %100 ޔަގީން

    40
    4
  6. ޒަބާދުކުޑޭ

    އަދިވެސް ސިޔާސީ މަގާމްތައް އިތުރުކުރާނީ.

    43
    3
  7. މަންޖެ

    "ރާއްޖޭގައި މިހާރު ފަށާފައިވާ ތަރައްގީގެ އެއްވެސް މަޝްރޫއެއް މެދުކަނޑާނުލާ ކުރިއަށްގެންދަން ކަމަށެ" އޭގެ މާނައަކީ ދެން އިތުރު އެއްވެސް މަޝްރޫއެއް ނުފަށާނަމޭތަ؟؟

    34
    3
  8. ކަނބާ

    އެބުނި ރަަނގަޅު ވާހަ ކައެއް ސަރު ކާރުގެ މުވައްޒަފުންގެ މުސާރަ ކުޑައެއް ނު ކުރާނެ . ކުޑަ ކުރާނީ ސިވިލް ސާވަންޓުންގެ މުސާރަ.

    30
    2
  9. އިބްރާހިމް

    އަދިވެސް ގަދަބަސް ތިޔަބުނަނީ. އިޤްތިސާދީގޮތުން ފުނޑޭނަމަ މުސާރަވެސް ކުޑަކުރަންޖެހިދާނެ ނޫންތޯއެވެ.؟

    13
    1
  10. އިބޫ

    އިބުރާހިމާ ؟ މުސާރަ ކުޑަ ކޮއްފިއްޔާ އޮފީސްތެރެ އެއްކޮއް ލީކު ކޮއްލާނެ. އެރުން ވެރިކަމުގައި ހުރުން ނާދިރު .މިހާރު ތިޔަ އަޅަނީ އެޅެންހުރި ހުރިހާހަރުއެއްޗެއް ދެން އެކަމަކުއެޅޭ ހުސް ޅައެއްޗެހި. ވަރައްވިސްނާތި.

    18
    1
  11. އައްލާބެ

    މިގައުމުދެކެ ލޯބިވެވޭނީ ޙުދު ތިމާމީހާ އަމިއްލަ ނަފްސް ދެކެ ލޯބިވެވިގެން އެދިގުރާސްތާ 30 އަހަރު ނިމިގެން ދިޔައިރު ޙުދުތިމާމީހާ ވަދެލާނެފެންވަރުގެ ހޮސްޕިޓަލެއް ނޭޅުނުތާ މިގައުމުގަ އޮއްކަމައް ބުނާ މި އޭޝިއާގެ އޮއް އެންމެ ބޮޑުޝިޕިންގް ލޭން އޮތީ މިދިވެހިރާއްޖޭގަ 98 އާގްބޯޓް ތާރީޙުން އެކަން ފެނޭ 30 އަހަރު ނިމުނު އިރު އޮއްކަމައް ވަނީ 12 ބޯޓް މީބޮއްކުރައެއްނޫން މިދިވެހިރާއްޖެޔައް ކާޑް ގެންނަނީ އެއިރު އަމިއްލަ ބޯޓްފަހަރުގައި މީ ނާސިރު ވެރިކަމުގަ ހޯއްދެވި

  12. ާއަހުމަދު

    މުސާރަކުޑަނުކުރާނެ ސަރުކާރަކުން
    މަޖިލީހުން ފާސްކުރީމަަ ކުޑކުރާނީ ނޫނީ ވަޒީފާތަކުން މީހުންކަޑާނީ

  13. ޙާލަތު

    ތިކަމެއް އެނގޭނެ ކައުންސިލްތަކުގެ އިންތިޚާބަށްފަހު... ބަލަން މިތިބީ

  14. ކެޔޮޅު

    މުސާރަ ކުޑަ ކުރަން މަޖުބޫރުވާނެ ސަރުކ ކާރަށް ކުރެވޭނެހާވެސް ކަމަ ކީ ރަށްޔަތުންނަށް ބަލާޢާތްތެރި އޮޅުވާލުންތަށް އޮޅުވާލާ ވާވެއްދުން.

  15. ކައްބެ

    މަ ކަރާޖަހައިގެން ރަށްޔަތުން އަތުން ކާން ދަންނަ ކިނބުލެއް..

  16. ޑަކައިތި

    އެންވިޔާ ޖީބަށް ބަރުކުރޭ

  17. ޑާން

    އެންވިޔާ ޖީބަށް ބަރުކުރޭ

  18. ފެނޭދޯ

    ރޯގާގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ވަރަށް ބޮޑު ހީނަރުކަމެއް އެބަ އާދޭ އެހެން ކަމަށްވާނަމަ މާލެ ސަރަހައްދު ހުޅުމާލޭން މިހާރު ވެސް 4000 އަކަފޫޓްގެ 50 ހާސް ގޯތި އަކަފޫޓަކަށް މަހަކު 1 ރުފިޔާ ކުއްޔެއްގެ ގޮތުގައި ސަރުކާރަށް ދައްކާ ގޮތަށް ބިން ތައް ދޫކޮށްލަންވީ އެއް ނޫންތޭ އެއިރުން ތިޔާ ކަން އޮންނާނީ ލާރޖް ކޮށް ރަނގަޅުވެފައޭ ޗޭންޖް ޔުއަރ ތޯޓްސް އެން ޔޫ ޗޭންޖް ދަ ވޯލްޑް...

  19. އިސްވެނަމޫނާ

    ސިޔާސީ މަޤާމް ތަކުގައި ތިބި މީހުން ނަމޫނާ ދައްކާ މުސާރައިން ބައެއް އުނިކޮންދޭން އަމިއްލަ އަށް ވެސް ސަރުކާރުގައި އެދެންވީނޫންތޯ! ރައީސުލްޖުމްހޫރިއްޔާ ވެސް ކީއްތޯވާނި، މުސާރައިން ބައެއް އުނިކުރަން! ހޮސްޕިޓަލް ތަކުގައި މަސައްކަތްކުރާ ހީވާގި ބޭކަލުންނަށް އިތުރު އެލަވްންސް ދިނުން ކިހާ އިންސާފްވެރިތޯ!

  20. ރެއިންޝަވަރ

    ކުދިންނަށް ފިލާވަޅުތައް ފޯރުކޮށްދޭނީ ޕީއެސްއެމްގެ ޗެނަލަކާއި ޔޫޓިއުބުން ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ ...

  21. ޔާސީލް

    10 ވެންޓިލޭޓަރުގެ ކަރަންތީނު މަރުކަޒަކާއިގެން މިކަން ކުރެވޭނެތޯ.؟