ދުނިޔޭގައި ހަލުވި ކަމާއިއެކު މިހާރު ފެތުރެމުން އަންނަ ކޮވިޑް-19 ވައިރަސް ރާއްޖެއިން ފެނިފައިވާތީ އެމްޑަބްލިޔުއެސްސީގެ ފެން ބިލް ބެހުމުގެ ޚިދުމަތަށް ބަދަލު ތަކެއް ގެނެސްފިއެވެ.

އެމްޑަބްލިޔުއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްްޖޭގެ ހާލަތަށް އަންނަ ބަދަލާއިއެކު ބިލް ބެހުމުގެ ޚިދުމަތަށް ގެންނަ ބަދަލުތައް ކަސްޓަމަރުންނަށް އަންގަމުންދާނެ ކަމަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ކުންފުނީގެ މުވައްޒަފުންނާއި ކަސްޓަމަރުންގެ ރައްކާތެރިކަމަށްޓަކައި ތަފާތު ފިޔަވަޅުތައް އެ ކުންފުނިން އަޅަމުން އަންނަ ކަމަށެވެ.

މިގޮތުން ކުންފުނީގެ ފެން ބިލް ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފޯރުކޮށްދިނުމަށްޓަކައި ގްރައުންޑް ފްލޯގައި ބިލް ހޯލްޑާ ކްލިޕް ފަދަ ވަސީލަތެއް ނެތް ގޭބިސީ ތަކުން ބިލް ބެހެއްޓޭނެ ގޮތެއް ހަމަޖައްސައިދިނުމަކީ ކުންފުނީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޑަބްލިއުއެސްސީން ބުންޏެވެ. އެމްޑަބްލިޔުއެސްސީގެ ބަޔާނުގައި ބުނެފައިވަނީ ޢާއްމު ހާލަތަށް ބަދަލު ވުމާއިއެކު ކުންފުނީގެ ބިލް ބެހުމުގެ ޚިދުމަތް ކުރިއެކޭވެސް އެއްފަދައިން ކުރިއަށް ގެންދާނެ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކުންފުނިން ފޯރުކޮށްދެމުން ގެންދާ އޮންލައިން ޚިދުމަތުގެ ބޭނުން ހިފުމަށް މި ފުރުސަތުގައި ހަނދާންކޮށްދޭ ކަމަށެވެ. އެކުންފުނިން މީގެކުރިންވެސް ވަނީ ކުންފުނިން ހޯދާ ހިދުމަތްތައް ހޯދުމަށް އެމްޑަބްލިއުއެސްސީގެ އެޕްލިކޭޝަން ބޭނުން ކުރުމަށް އިލްތިމާސްކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. އަލިބެ

    ކީކޭ

  2. އަހްމަދު

    ސަރުކާރުން މިމަހުންފެށިގެން ފަނާކަރަންޓުން ފައިސާނުނަގާގޮތައް ރައްޔިތުންނައް ލުޔެއްދެއްވުންކީއްތޯ އަމިއްލަކުންފުނިތަކުން މުސާރަތައް ކުޑަކުރަމުންދާ މިދަނޑިވަޅުގަ ކަރަންޓާ ފެން ހިލޭފޯރުކޮށްދެއްވާ

  3. ވިސްނާ

    ވައިރަސް ފެތުރެން ނުފަށާއިރުވެސް ތިޔަ ބިލެއް އަޅުގަނޑުމެން ބަޔަކަށް ނުލިބެ. 5 ވަނަ ފަންގިފިލާ. ކޮންމެ ފަންގިފިލާޔަކަށް ބަހާކަމަށް ވަންޏާ ލިބުނީސް. ބިލު ނުލިބިގެން ގުޅީމަ ބުނީ އެޕް އަޅާށޭ އަޅުގަނޑުމެން ރިކޮމެންޑު ކުރަނީ. ބިލު ބަހައްޓަނީ މީޓަރު ކައިރީކަމަށް ބުނި މީގެ ދެމަސް ކުރިންވެސް. ބިލުނުގެނެސްދީ ތަޅުއެޅުވީ. އެންމެ ފަހުން އަޅުގަނޑުވެސް އެޕް އަޅައިފިން.