މިހާރު މުޅި ދުނިޔޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑަށް ލޮޅުން އަންނާނެ އެއް ގައުމަކަށް ރާއްޖެ ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 ރާއްޖެއިންވެސް ފެނުމާއި ގުޅިގެން ރައްޔިތުންނާއި މުހާތަބުކޮށް ރައީސް ސާލިހް މިއަދު ވިދާޅުވީ މި ވައިރަހުގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދަށްވެސް ވަރުގަދަ ހީނަރުކަމެއް އައިސްފައިވާ ކަމަށެވެ.

"ދުނިޔޭގެ މާލީ އިދާރާތަކުގެ ދިރާސާތައް ދައްކާ ގޮތުން ކޮވިޑް-19ގެ ސަބަބުން އިގްތިސާދަށް އެންމެ ބޮޑަށް ލޮޅުން އަންނާނެ އެއް ގައުމެއްގެ ގޮތުގައި އަޅުގަނޑުމެންގެ ރާއްޖެ ފާހަގަ ކުރެވޭ" ރައީސް ސާލިހް ވިދާޅުވިއެވެ.

ރާއްޖެއަށް އާމްދަނީ އެންމެ ބޮޑަށް ވަންނަ ފަތުރުވެރިކަން ދަށަށް ދާކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ މިމަހުގެ ފުރަތަމަ 10 ދުވަހުގެ ތެރޭގައި އެކަނިވެސް ރާއްޖެއަށް ޒިޔާރާތް ކުރި ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 22.8 އިންސައްތަ ވަނީ ދަށަށް ގޮސްފައި ކަމަށެވެ. އަދި ޖެނުވަރީ 26 ވަނަ ދުވަހުން ފެށިގެން މިހާތަނަށް 161740 ގިނަ ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އަދި ބުކިންތައް ކެންސަލް ވަމުންދާ ނިސްބަތަށް ބަލާއިރު މިއަހަރުގެ ތެރޭގައި ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރާއި އަޅައި ބަލާއިރު 12 އިންސައްތަ އާއި 10 އިންސައްތަ އާއި ދެމެދުގެ އަދަދަކަށް ދަށަށް ދާނެ ކަމަށް ލަފާކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ވަނީ ގްރޮސް ޑޮމެސްޓިކް ޕްރޮފިޓް (ޖީޑީޕީ) ދަށަށް ދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ ކުރިން އަންދާޒާ ކޮށްފައި ވަނީ މިއަހަރުގެ ތެރޭގައި ޖީޑީޕީ 7.5 އިންސައްްތައިގައި ކުރިއަރާނެ ކަމަށް ކަމަށާއި، ނަމަވެސް ކޮވިޑް-19 ގެ ސަބަބުން އިގްތިސާދަށް އަރާނެ ލޮޅުމަށް ބަލާއިރު މިއަހަރުގެ ޖީޑީޕީ ކުރިއަށް އަރާނެ މިންވަރު މިހާރު ބެލެވެނީ 0.5 އިންސައްތަ އާއި -5.6 އިންސައްތަ އާއި ދެމެދުގެ އަދަދެއްގައި ކަމަށް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

އަދި މިކަމުގެ ސަބަބުން މިއަހަރުގެ ތެރޭގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކުރި އަދަދަށްވުރެ 2.1 ބިލިއަން ރުފިޔާ އާއި ނުވައެއް ބިލިއަން ރުފިޔާ އާއި ދެމެދުގެ މިންވަރެއް ދަށްވާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށް ރައީސް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

 1. މާމި

  ހުރިހާ ސިއާސީ މީހުނާ މަޖިލިސް މެމްބަރުންގެ މުސާރަ ކުޑަކުރޭ ރައީސް،،، ތިހެން އަޅާނުލާހުރެގެން ވޭތޯއެވެ 6 މަހުން ކިރިއާ އެއްޗެއް ބުނެލެވޭވަރު ތިވަނީ......

  21
 2. Anonymous

  އިސްތިއުފާދހނިއްޔާ ބޮލަށް ފަސޭހަވާނެ. ވެރިކަމަކީ ވ.ބޮޑު އަމާނާތެއް

  20
  1
 3. އަހަންމައިދީ

  ކަލޭމެންގެ ސިޔާސީ ކަންކަން ހާސިލްކުރަން މީގެ ކުރިން މިގައުމަށް ފަތުރުވެރިން އަޔަ ނުދިނުމަށް ގައުމުތަކަށް ދަތުރުކޮށް އެގައުމުތަކުން ސާކިއުލާ ނެރުނު ހަނދާން އާވޭތަ؟ ހުރިހާ ގެއްލުމެއްގެ އަސަރު މުޅި ދިވެހި އުންމަތަށް ކުރާނެކަން މިހާރު އިހްސާސްވޭތަ؟

  27
 4. ފެކްޓް

  ވަރިހަމައެއްުނު ސިޔާސީ މީހުން އިތުރުކޮށް ނުބައްދަލު މުސާރަދެވެނިކޮށް!ހަމަ ވަގުތުން ވަގުތަށް އެ އިސްރާފު ކުޑަ ކުރަންވީ. ރާއްޖޭގައި ތިބި މަހުޖަނުންގެ އާސަންދަ ކަނޑަންވީ، ފަސްޓްޑިގްރީ އިން މަހުޖަނުން އިސަތިސްނާ ކުރަންވީ، ނާސްތާއިންއެ މީހުން ުއުނިކުރަންވީ! މިކަމަށްތޯ ހަމަމަކަމަކަމޭ ތިކިޔަނީ! ނިކަމެތީންނަށް ހައްގުވާ އެތިކޮޅުވެސް މަހުޖަނުންނަށް!
  މުސްކުޅީންނަށް ދޭ އިނާޔަތުގެ ތެރެިން އިސްރާފަށް ދެވޭބައި މަދު ކުރަންވީ! އޭގެ ބޭނުން އެމީހުން ހިފަނީ ނަހަމަ ގޮތުގައި . ޤައުމު ދެކެ ލޯބިވަންޏާއަދި ތިބުނާރައްޔިތުންދެކެ ލޯބި ވަންޏާ މިކަން ކަން ކޮށްބަލަ!ވާނެތަ؟ ކެރޭނެތަ؟

 5. Anonymous

  އަލްހަމްދުލިﷲ. ކަލޭމެން ހަލާކުކޮއްދެއްވަވާށި. އާމީން. ލާދީނީ ބައިގަނޑު

  11
 6. ދަރަނި ދަންތުރަ

  ސޯލިބޭ ތިކަމާދެރަނުވޭ ސޯލިބޭމެން ކެރަފާ ނަސީމު ކެނެރީ ގުންޑާ ރާއްޖޭގެ ޓޫރިޒަމް ބޮއިކޮޓު ކުރަން ގޮވާލާ ކުރި ބުރަމަސައްކަތް މިއަދު ހަނދާން އާވޭތަ އެބަ ހިޔަޅަށް ވީވަރު ވެސް ސޯލިބެޔަށް ނުވި އެމް ޑީ ޕީ ވެރިކަމަށް އައި ކޮންމެފަހަރަކު 6 މަސްދުވަސްތެރޭ ރައްޔިތުން މިފަދަ ބިރުވެރި ނިކަމެތި ހާލަތަކަށް ވެއްޓޭ އެބަ ، އިނަފު އެމް ޑީ ޕީ ، އިނަފު އެމް ޑީ އެން .....

 7. ދަރަނި ދަންތުރަ

  ސޯލިބޭ ބުނަން ރަނގަޅުވާހަކައެއް ދިވެހިންނަން ކަލޭމެންނަކީ ކޮންކަހަލަ ލާދީނީ ބައެއްކަން އެގިއްޖެ އިނގޭ ފުދިއްޖެ އެމް ޑީ ޕީ ފުދިއްޖެ އެމް ޑީ އެން ފުދިއްޖެ އެމް ޑީ ޕީ ފުދިއްޖެ އެމް ޑީ ޕީ ފުދިއްޖެ ކެނެރީ ގުންޑާ ފުދިއްޖެ ސަހިންދާ....

 8. ދަރަނި ދަންތުރަ

  ކޮބައިތަ ކެރަފާ ނަސީމު 6 ފޫޓަށް އަނގަފޭކުރަމުން ދުވަންވީނު ރާއްޖެޔަށް ފަތުރުވެރިން ނާންނާށޭ ގޮވަމުން ލާދީ ފުރޭަތަ ތަށް އަލިފާން ކެވޭތަ އެބަ ވަގުތަކާ....

 9. ދަރަނި ދަންތުރަ

  ކަލޯގެޔާ ބަޔަކު މިސޮރު ހަތަރެސް ފައިގައި ވާޖަހާފަ ދަމާފަތަ ޓީ ވީ ޔަށް މިއެރުވީ ވަރަށް ވަށްތަރު ގަދަކަމުން ކުރުވި ކަމަކާ އިއްޔެހަވީރު ވެސް އެމް ޑީ ޕީ ގުރޫޕެއް މޫންކެފޭގައި ސައިބޯންތިބެގެން މިކަލޭގެ ޓީވީ ޔަށް އަރާ ގައުމާ މުހާތަބުކޮށް އެއްޗެއްނުބުނެގެން ވަރަށްބެވި އެކަން ރޭކާލީހެން ހީވަނީ ކީއްކުރާނީ އަމިއްލަޔަށް ފޭހުނުއިލޮށި ގަނޑު އަމިއްލަ ލޮލަށް މަނަމަވެސް ކަނޑަވާނެ ހުވާ....

 10. ދަރަނި ދަންތުރަ

  ސޯލިބޭގެ މުހައްމަދުބޭގެ އިބުރާހިމްބެ ، ދޮންމަނިކާ ދެރަނުވޭ ދޮންމަނިކުމެންގެ ވިޔާނުދާ އަމަލުތަކުގެ ހިތިރަހަ މިއަދު މުޅި ގައުމަށް މިލިބެނީ އެޖެންޑާ 19 ތަފާތުވާނެ ކިހާތަފާތުތޯ އެއްޗެއް ދެން ތަފާތުވާނި މިވަރަށްކަންނޭގެދޯ ސޯލިބޭ ހާދަތަފާތޭ ދޯ ސޯލިބޭ ހަމަ ބޯގޮވާހާ ތަފާތޭ ސޯލިބޭދޯ ސޯލިބޭ ސޯލިބޭ ތަފާތޭ....

 11. ޜަނގަޅި

  ޜަނގަޅީ ވެރި ކަމަށް އައީ ވޯޓުން ރަނގަޅު އިންތިހާބަކުން ނޫން ކަމުގައި ވަނީނަމަ އޭގެ ހިތިރަހަ އަރުގައި ލުން

 12. ގައުމު

  ކަލޯ ހުންނާނީ ބޮއެކަަޓް ކުރެވިފަ ތިަމެން ފޭސި އިލޮށިގަނޑު ތިމާމެން ލޮލަަށް މިގައުމު ފަނޤކުރްން މިގައުމު އިގްތިސަްދު އިނދަޖައްސަްލަން ބޭރުގަްުމުތަކުގަ ތެޅި ބޭލި ހަނދާންވޭތަ ﷲ އިރާދަފުޅަ މިންވަރު ފުަޅުން ގައުމު ސަލަމތލަތުގެ އަަސްސޭރިއަަަށް ދަތުރުކުރި މިހާރު މިގައުމު.އިނދަޖެހެނީ މިހާރު ކަލޭމެން ހުންނާނީ ފިލާވަަެއް ލިބިފައި

 13. koba

  ގައުމެއްގެ އިޤްތިސާދު އެއްކަމަކަށް ބިނާކުރެވުމުގެ ނަތީޖާ މިފެންނަނީ . މަސްވެރިކަމުގެ ލޭނާރުމަތިން ހަދާންވަނީ މަސްވެރިންގެ ދުވަސްއައިމަ. ހަފްތާއެއްވަންދެން ރޯއަވީގަ އުޅެގެން ބޭނޭ ކަންނެލިކޮޅު ނުކިރިގެން އެސްސިސް ކިއުގަ ތިބޭ ކަން ސިޔާސީ މީހުންނަކަށް ނުފެނޭ .އެކަމަށް ހައްލެއް ހޯދަން އުޅެ ތަނެެއް ނުފެނޭ. ހަމައަގާ. ގޭދަށު މަސް ފެކްޓްރީ. ވީތަނެއް އިނގޭތަ.

 14. ޕެރެޑައިސް

  ދެން ވެސް ރައްކާވެ ތިބިއްޔާ ދަތުރު.

 15. ތެދުބަސް

  ޤަބޫލު ކުރިޔަސް ނުކުރިޔަސް ހަޤީގަތަކީ.މިވެރިކަމަކީ ރަގަޅު ވެރިކަމަކަށް ނުވާކަން.ﷲ އާއި ރަސޫލާ ފުރަށްސާރަކޮށް ހަޖޫޖަހާ ފުރަށްސާރަކޮށް ހެދުމުގެ ނަތީޖާ މިއަދު ދިވެހި ރަށްޔިތުން ނަށް މިފެންނަނީ.އަދި އެމް ޑީ ޕީ އަކީ އަބަދުވެސް މިދިވެހި ފަސްގަނޑުން އިސްލާމް ދީން ފޮހެލަން މަސަށްކަތް ކުރާބައެއް.އެހެންވެ މިއަދު މިހުރިހާ ކަމެއް ދިމާވެގެން މިއުޅެނީ.ﷲ ކޯފާ ފޮނުއްވަނީ އެކަމެއް ކުރާ މީހާ އަކަށް އެކަންޏެއް ނޫން. އެމުޅި މުޖުތަމަޢު އަށް އޭގެ އަސަރު ކުރާނެ.ރަށްޔިތުން ކަންކަމާމެދު ވިސްނުމަކީ ބުށްދިވެރި ކަމެއް.