ބ.އޭދަފުށީގައި ތިން ކުއްޖަކު ގެނބިގެން އެރަށު ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފިއެވެ.

"ވަގުތު" އަށް އެނގިފައިވާގޮތުން މި ހާދިސާ ހިނގާފައި ވަނީ މިއަދު ހަވީރު އެ ކުދިން މޫދަަށް ގޮސް އުޅުމުގެ ތެރޭގައެވެ،

ގެނބުނު ތިން ކުދިންގެ ތެރެއިން އެއް ކުއްޖެއް ހާލު ސީރިއަސް އެވެ.

އެ ކުއްޖާއަށް އިތުރު ފަރުވާދިނުމަަށް މާލެ ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ފުލުހުން ވިދާޅުވީ، މިއަދު 16:45 އެހާކަންހާއިރު އޭދަފުށި ހުޅަނގު ފަރާތު ދޯނި އެހެލާ ސަރަހައްދަށް މޫދަށް އެރި އުޅުނު 12 އަހަރުގެ އަންހެން ކުއްޖަކު ގެންބިފައިވާކަމުގެ މައުލޫމާތު ފުލުުހުންނަށް ލިބިފައިވާ ކަމަށެވެ.

އަދި ގެނބުނު ކުއްޖާ ސަލާމަތް ކޮށްފައި ވަނީ އާއްމު ފަރާތަކުން ކަމަށް ފުލުހުން ވިދާޅުވިއެވެ.

އަދި މި ހާދިސާއާ ގުޅިގެން ފުލުހުން ދަނީ ބަލަން ޖެހޭ ކަންކަން ބަލަމުންނެވެ.

މި ހާދިސާގައި ގެނބުނު އަނެއް ދެ ކުދިން ވަނީ ހޮސްޕިޓަލްގައި ފަރުވާދިނުމަށްފަހު ދޫކޮށްލާފައެވެ.