ދިވެހިރާއްޖެއިންވެސް ކޮވިޑް-19 ފެނުމާއި ގުޅިގެން ޗައިނާއިން ރާއްޖެއަށް އެހީތައް ދޭން އުޅުމުން، ރާއްްޖެއިން ނޫނެކޭ ބުނެފައިވާކަމަށް ދެކެވެމުންދާ ވާހަކަތައް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރުޒިއާންގް ލިޒޯންގް ދޮގުކޮށްފިއެވެ.

އިދިކޮޅު ކޯލިޝަންގައި ހިމެނޭ މައި ޕާޓީ، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މިއަދު ވަނީ ޗައިނާ އިން އެގައުމުގެ ނޭވާލާ ނިޒާމުގެ ބަލިތަކަށް ހާއްސަ ޑޮކްޓަރުންގެ ޓީމަކާއެކު މެޑިކަލް ސަޕްލައި ފޯރުކޮށްދޭން ހުށަހެޅުމުން ދިވެހި ސަރުކާރުން އެކަމަށް ނޫނެކޭ ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.

އެކަމާއި ގުޅިގެން އާއްމު ފަރާތަަކުން ވަނީ ސަފީރު ޒަންގއާ ޓްވިޓާ މެދުވެރިކޮށް އެއީ ތެދެއްތޯ ސުވާލުކޮށްފައެވެ. އެ މީހާ ސުވާލުކޮށްފައި ވަނީ، ޗައިނާއިން އެހީތެރިކަމަށް އެދުމުން، ރާއްޖޭގެ ސަރުކާރުން އެ އެހީތެރިކަން ގަބޫލު ނުކުރީތޯއެވެ؟

އެކަމާއި ސަފީރު ވަނީ ކުރުކޮށް، "ނޫން"ކަމަށް ވިދާޅުވެފައެވެ.

އިދިކޮޅު ކުރި އެ ތުހުމަތުތަކާއި ގުޅިގެން ސަފީރު ވިދާޅުވީ، ރާއްޖެއަށް ދިމާވެފައިވާ މި ދަނޑިވަޅުގައި، ކެބިނެޓްގެ މިނިސްޓަރުންނާއި ގާތުން މަޝްވަރާ ކުރަމުންދާ ކަމަށެވެ. އަދި އޭނާވެސް ގާތުންއެކަންކަން ބަލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައިވާއިރު، އެ އެންމެންގެ ހާލަތު ވަރަށް ގާތުން ސަރުކާރުންނާއި ކަމާއި ގުޅުން ހުރި ފަރާތްތަކުން ދަނީ ބަލަމުންނެވެ.

ރާއްޖެއިން ކޮވިޑްް-10 ފެނިފައި ވަނީ ތިން ރިސޯޓަކުންނެވެ. ކޮވިޑް-19 އަށް ފައްސިވި (ޕޮޒިޓިވްވި) އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ފައްސި ނުވި ނަމަވެސް، ދިވެހިންތަކެއް ކަރަންޓީންކޮށްގެން ޓެސްޓުތަކެއް ދަނީ ހަދަމުްނެނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ހެހެހެހެ

    ރާއްޖެއިން ކޮވިޑްް-10 ފެނިފައި ވަނީ ތިން ރިސޯޓަކުންނެވެ. ކޮވިޑް-19 އަށް ފައްސިވި (ޕޮޒިޓިވްވި) އެންމެންނަކީވެސް ބިދޭސީންނެވެ. އަދި މިހާތަނަށް ކޮވިޑް-19 އަށް ދިވެއްސަކު ފައްސި ނުވި ނަމަވެސް، ދިވެހިންތަކެއް ކަރަންޓީންކޮށްގެން ޓެސްޓުތަކެއް ދަނީ ހަދަމުްނެނެވެ.

    6
    1
  2. އިބޫ

    ސަފީރައް ތިއޮތީ ބޮޑުތަނުން ބިރުދައްކާފަ

    15
    5
  3. އައްސާން

    މިފަދަ ހައްސާސް ވަގުތު ތަކުގައި ގައުމަށް އެހީވެވިދާނެ ބަޔަކަށް އަދި އޮތީ ޗައިނާ. ހުރިހާ ގޮތްކުންވެސް. މިފަދަ ދަނޑިވަޅުތަކުގައި ރަށްޔިތުންގެ ހައްގަށްޓްކާ ހާލަތު ގޯސްވުމުގެ ކުރިން އަދިވެސް ފިޔަވަޅު އެޅެން ވެސް އެބައޮތް.

    10
  4. ޔާންޓޭ

    ޕީޕީއެމް އަކީ ފިތުނަ އުފައްދާ ފާސިޤު ވަރަށް ނުބައި ބައެއް!

    4
    2