ދުނިޔޭގައި މިހާރު ހަލުވިކަމާއި އެކުގައި ފެތުރެމުން އަންނަ ކޮވިޑް19 ރާއްޖެއިން ވެސް ފެނިފައިވުމާއި ގުޅިގެން ވަގުތީ ގޮތުން ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލަން ޖެހިއްޖެ ހާލަތެއްގައި ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިޔަށް ގެންދާނެ ގޮތް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުގެ 15ވަނަ ދުވަހުން ފެށިގެން މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށް ސްކޫލުތަކުގައި ކިޔަވައި ދިނުން ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށެވެ. އަދި އެ މުއްދަތުގައި އެއްވެސް ދަރިވަރަކު ސްކޫލަށް ހާޒިރު ނުކުރާނެ ކަމަށްވެސް އެޑިއުކޭޝަނުން މައުލޫމާތުދެއެވެ. އެހެންނަމަވެސް އެ މުއްދަތުގައިވެސް ދަރިވަރުންނަށް ފިލާވަޅުތައް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.

"ދަރިވަރުންނަށް ފިލާވަޅުތައް ފޯރުކޮށްދެވޭނީ ޕީއެސްއެމްގެ ޗެނަލްތަކުންނާއި ޔޫޓިއުބު ފަދަ ވަސީލަތްތައް މެދުވެރިކޮށެވެ،" އެޑިއުކޭޝަންގެ ބަޔާނުގައިވެއެވެ.

އެޑިއުކޭޝަނުން ބުނީ އިންޓްރެކްޓިވް ސެޝަންތައް ކުރިޔަށް ގެންދެވޭނީ އެޑިއުޕޭޖާއި ގޫގުލް ކްލާސް ރޫމާއި ޓެޑް އެޑް ފަދަ ވަސީލަތްތައް މެދުވެރިކޮށްގެން ކަމަށެވެ. އަދި އިތުރު ރިސޯސްތައް އެކަމަށް ހާއްސަ ކުރެވިފައިވާ ވެބް ޕޯޓަލްއާ ގޫގުލް ޑްރައިވް މެދުވެރިކޮށް ލިބެން ހުންނާނެ ކަމަށް އެޑިއުކޭޝަނުން ބުންޏެވެ. އެޑިއުކޭޝަނުން ބުނީ އެ މިނިސްޓްރީން މިހާރު ތައްޔާރުވަމުން ގެންދަނީ އެ ގޮތަށް ދަރިވަރުންގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ.

އެގޮތުން އަންނަ އާދީއްތަ ދުވަހު ގްރޭޑު 10 އެއްގައި ކިޔަވާ ދަރިވަރުންނާއި އޭއެސް ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ފިލާވަޅުތައް ލިބިގެންދާނެ ކަމަށެވެ. އަދި އެހެނިހެން ގްރޭޑުތަކުގެ ފިލާވަޅުތައް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށްވެސް ބުންޏެވެ.

ސްކޫލުތަކުގެ ކިޔެވުން މެދުކަނޑާލި ނަމަވެސް އުއްމީދަކީ ދަރިވަރުންގެ ކިޔެވުން މެދުކަނޑާލުމެއް ނެތި ކުރިޔަށް ގެންދިއުން ކަމަށާއި އަދި ކޮވިޑް19 އަށް ރައްކާތެރިވުމުގެ ގޮތުން ފަރުދީ ގޮތުންވެސް އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް އެޑިއުކޭޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

 1. ޙެހެ

  ޓެބް ތަކެއް ދިނެން ނުންތަ ކުރިން ކިޔަވަން މަފަސެހަވަނެ ނުންތޯ

  12
 2. އަލީ

  ރައްޔިތު ފަގީރު މީހާގެ ގޭގައި ޓީ ވިއެއް ނުހުރޭ. އިންޓަރ ނެޓް ނުހުރޭ. ދެން ކިހިނެތް ކިޔަވާނީ. ޓީވީ ނެތިއްޔާ ޓީވީ އެއް ދީގެން ކިޔެވޭނީ. ބަލަ ހަމަ ބަލާނުލާ ހިތުހުރި ގޮތަކަށް ކަންކަން ނިންމަންޔާ ވާނީ ތިހެން. ރާއްޖެ ތެރެއަށް ހަމައަށް ސިގްނަލް ނުލިބިގެން އުޅޭއިރު ކޮން ޓީވީއަކުން ކިޔެވޭނީ. ބޯހަލާކު މިތިބަ ނުކިޔަވާ ޑޮކްޓަރުކަން ލިބިފަ ތިބި ބަޔަކާހުރެ

 3. ޓ

  ޓެބްލެޓް ތަކުގެ ބޭނުން މިހާރު ވިސްނޭތޯ... ކުރިން ބުނި އެއީ ބޭނުން އެއްޗެއް. ނޫނޭ..... ެ

 4. ނީރާ

  މި ސަރުކާރު މީ މޮޔަވެގެން އުޅޭ ބައެއް

 5. ޒައިޝާ

  ވަރަށް ރަގަޅު ނިންމުމެއް. އެޑިއުކޭޝަން މިނިސްޓަރަށް ހަމަ ސާބަސް

  1
  2
 6. ޕޭރެންޓު

  ކޮބާތޯ އިންޓަނެޓު؟ އެވެސް ދިނީމަނޫންތޯ މިކަން ވާނި ؟