މުސާރައިގެ 25 އިންސައްތަ ދޭގޮތަށް ވަރު ބައި އެޓްމޮސްފެއާ ގެ ގިނަ އަދަދެއްގެ މުވައްޒަފުން ގެއަށް ފޮނުވަން ފަށައިފި އެވެ.

"ވަގުތު"އަށް އެނގިފައިވާގޮތުން މާލެ އަތޮޅުގައި ހިންގާ މި ރިސޯޓުގެ 70 އިންސައްތައެއްހާ މުވައްޒަފުން ގެއަށް ފޮނުވަން ނިންމާފައިވާކަން މިހާރު ވަނީ މުވައްޒަފުންނަށް އަންގާފައެވެ.

އެގޮތުން މިއަދުން ފެށިގެން ބައެއް މުވައްޒަފުން ވަނީ ގެއަށް ފޮނުވަން ފަށާފައެވެ.

އެނގިފައިވާގޮތުން މުވައްޒަފުން އެމީހެއްގެ ރަށަށް ފޮނުވުމުގެ ހުރިހާ ހަރަދެއް ކުރަނީ ރިސޯޓުންނެވެ.

އަދި ބިދޭސީން އެ މީހަކު ނިސްބަތްވާ ގައުމަކަށް ފޮނުވުމުގެ މަސައްކަތްވެސް ކުރަން ހަމަޖެހިފައިވަނީ އެ ރިސޯޓުންނެވެ.

މުސާރައިގެ 25 އިންސައްތަ ގޭގައި ތިބެގެން ލިބޭގޮތަށް އެ މުވައްޒަފުން ފޮނުވަނީ ތިން މަސް ދުވަހަށެވެ.

ގެއަށް ފޮނުވަން އެ ރިސޯޓުން ނިންމާފައިވާ މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ފުޑް އެންޑް ބެވެރޭޖް ޑިޕާޓްމެންޓުގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ބަދިގޭގައި މަސައްކަތް ކުރާ މުވައްޒަފުންނާއި އިންޖީނިއަރިންގގައި މަސައްކަތް ކުރާ މުވައްޒަފުންނާއި، ޑިޕާޓްމެންޓްތަކުގެ އިސްވެރިންނާއި އަދި ފްރޮންޓް އޮފީހާއި، ހިއުމަން ރިސޯސް ޑީޕާޓްމެންޓް އަދި ހައުސް ކީޕިންގގައި މަސައްކަތް ކުރާ މުވައްޒަފުންނެވެެ.

އެ ހުރިހާ ޑިޕާޓްމެންޓަކުންވެސް މީހުން ފޮނުވަނީ ވަކި ވަރަކަށް ބައިތިއްބާފައެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދު ދަށަށް ދާން ފަށާފައިވާއިރު، ރާއްޖޭގެ އެހެން ބައެއް ކުންފުނިތަކުންވެސް ގެންދަނީ މިކަމާއި ގުޅިގެން ފިޔަވަޅު އަޅަމުންނެވެ. އެގޮތުން މަލޭގައި މިހާރު ހިންގަމުންދާ ސިކްސް އިން ވަން ހޮޓެލް އެންޑް ރެސްޓޯރެންޓް ބަންދު ކުރުމަށް ވަނީ ނިންމާފައެވެ. އަދި މީގެ އިތުރުން، ވިލާ ކުންފުނީގެ މުވައްޒަފުންގެ މުސާރަ 10 އިންސައްތައާ 50 އިންސައްތަ ހަމައަށް ކުޑަ ކުރުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ސަރުކާރު މުވައްޒަފުންގެ މުސާރަ ކުޑަ ނުކުރާނެ ކަން މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. ޏޮމް

    ވަރު އެކަންޔެ ނޫން. އެޓްމޮސްފެއާގެ ހުރިހާ ރިސޯޓެށްވެސް

    23
    1
  2. ޢަންސާރު

    ބުއްޅަބޭ ބުނިހެން އަނބިދަރިން ކައިރިއަށް ...ރާކަނި މަސް ކެވިގެން ރިސޯޓް ތަކުން ކިނބުލަށް ވޯޓުދީ ނަހަލާލު ވެރިކަމެއް ގެނައީ؟

    55
    21
  3. 19 އެޖެންޑާ ކޮވިޑް

    ޢެހެންވީމާ ޤާސިމްބެ ބޮޑުތަނުން ރަނގަޅު
    ބޮޑުމުސާރަދޭ މީހުން އަތުން %50 ކެނޑީ އެއީ 50،000ރ މަތިން

    14
    4
    • ޢިކުރާމު

      ގަސިމު ކޮންރަނގަޅެއް ގިނައިން ލިބޭމަސްމަހު ގިނައިން ދޭމީހެއްނޫން އެއީ މިވީހާޒަމާނު ނޯންނާނެ ރާއްޖޭގެ މިވަނި މަހަ ކު އެންްމެބޮޑު ސާވިސްޗާޖު ދިނީ ތިމަންނާއޭބުނެ މޭގަ އަތްޖަހާލެވޭ ކައް ކިތައް އަހަރު އެއާހިލާފައް ރީތިރައް ފޯސީސަން ވެލާ ގެ އޯނަރުންނައް އެމަގާމު ލިބެން އެބައޮތް އެއީ އަދި ބިދޭސީ ކުންފުނި ދިވެހި އޯނަރުންނައް މަލާމަތް ކުރޭ އެމީހުން ދިވެހިންނައް ޖައްސާ ނި ކަމެތި ހާލުން އެމީހުން އަހަރެމެން ދާހިތްލާފަ ތިބޭވަގުތު ބުރަކަށީގަ ފިރުމާލާ އެއާހިލާފައް ގާސިމު ޖަހާނީ ކެއްސާފަ ކުޅެއް މީ ތިބުނާ މުސްލިމު ދިވެހި އޯނަރާ ފޮރިން އިންވެސްޓު ތަފާތު

      5
      1
  4. ނަސީދު

    ރައްއިތުންގެ މައްސަލައެއްނޫން މީ މީވޯޓްއޮޅުވާލީމާ ވެގެން އުޅޭ ގޮތެއް

    16
    8
  5. ޢެސްކޮބާ

    ކޮންމެ ކަމެއްވެސް ސިޔާސީ. ޙެޔޮ ނުވާނެ މިފަދަ ނުރައް ކާތެރި ވައިރަސް އެއް ފެތުރެމުން ދާއިރު ޒާތީ ނުވެބަލަ. ސަރު ކާރުން ވަނީ އެންމެ ފުރިހަމަ އަށް ރެޑީވެފަ. ޒާތީ ވާންވާނީވެސް ހިތަށް ކުޅަދާނަ މިންވަރަ ކަށް. ޙަޖަމް ނުވަނީ ހަމަ. ޢަންސާރު ޖެހި ގަނެގެން ހަޖަމް ނުވިޔަސް ބޮޑުވަރު

    10
  6. މނ

    ގިނަ ރިސޯޓު ތަކުން ކޯވިޑް19 އަށް ސައްކު ކުރެވޭ ގެސްޓުން ތިބިކަން އޗޕއއަށް ނާންގަ ރޫމުގަ ބަންދު ކޮއް ގެން ގެންގުޅޭ. އިޓަލީ ގެސްޓުން އައިޑެންޓިޓީ ބަދަލު ކޮއްގެން ރާއްޖެ އެތެރެވެގެން އުޅޭ. ސަރުކާރުގެ އަދި އޑޕ ގެ ބޮޑުން ގެ ރިސޯޓު ތަކައް ގެއްލުން ވެ ދާނެތީސިއްރުކުރަނީ. ދެރަނިކަމެތި މީހުންގެ ދަރިން ރިސޯޓް ވަޒީފާގަ އުޅޭއިރު އެކުދިން ގެ ފުރާނަ ނުރައްކަލުގެ ތެރެއަށް ދޫކޮއްފަ މަހުޖަނުން ލާރީގެ ދަހިވެތިކަމުގަ މިކަން ސިއްރުކުރަނީ.

    1
    4
    • ނާނު

      ކިހިނެއް އައިޑެންޓިޓީ އޮޅުވާ ލާނީ ޕާސްޕޯޓު އޮންނާނެ އެއްނު