ކުރެއްދޫ އައިލެންޑް ރިސޯޓުގައި އެކަހެރިކޮށްފައިވާ 10 މީހެއްގެ ގައިން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ ކޮވިޑް19 އާއި ގުޅިގެން ކުރެއްދޫ އައިލެންޑް ރިސޯޓުން އެކަހެރިކޮށްފައިވާ 10 މީހެއްގެ ސާމްޕަލް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން ގެންދާ ކަމަށެވެ.

ކުރެއްދޫ އަކީ ރާއްޖެއިން އެންމެ ފުރަތަމަ ކޮވިޑް19 ބައްޔަށް ޕޮޒިޓިވްވި މީހާ ފެނުނު ރިސޯޓެވެ. އަދި މިއީ އެންމެ ގިނައިން މި ބައްޔަށް މިހާތަނަށް ރާއްޖެއިން ޕޮޒިޓިވްވި މީހުން ފެނިފައިވާ ރިސޯޓުވެސްމެއެވެ. މި ރިސޯޓުގެ އިތުރުން އޮބްލޫ-ސެންގަލި ރިސޯޓުންވެސް ކޮވިޑް19ގެ އަލާމާތްތައް ފެނުނު ދެ ބިދޭސީއެއްގެ ގައިން ވަނީ ސާމްޕަލްތައް ނަގާފައެވެ.

ކުރެއްދޫ ރިސޯޓުގެ އިތުރުން ސޭންޑީޒް ބަތަލާ އަދި ކުރަމަތި ރިސޯޓުންވެސް ވަނީ ކޮވިޑް19 އަށް ޕޮޒިޓިވް މީހުން ފެނިފައެވެ. އެގޮތުން ބަތަލާ ރިސޯޓުން ދެ މީހަކު ފެނުނުއިރު ކުރަމަތިން ވަނީ އެކަކު ފެނިފައެވެ. މި އެންމެންނަކީ ވެސް ބިދޭސީންނެވެ. އޭގެތެރޭގައި މި ރިސޯޓުތަކުގައި މަސައްކަތް ކުރާ ބިދޭސީންނާއި ރާއްޖެއަށް ޗުއްޓީ ހޭދަ ކުރުމަށް އައިސްފައި ތިބި ފަތުރުވެރިންވެސް ހިމެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. Anonymous

    އެޑްމިޓް ކޮށްފައި ވަނިކޮށް ކޮވިޑްގެ އަލާމާތް ފެނުމުން ބުނާނެ އިތުރު އެއްޗެއް ނެތް އެއީ އަތާއަތް ގުޅާލާފަ ވަނީ އިންޑިއާ. މިފަހަރު އިދިކޮޅު ފުނޑާލާނެ ގައުމު ހުލިވިޔަސް.

    63
    8
  2. ބުއްޅަބޭ

    ތަންކޮޅެއް އަވަހީ ކުރެއްދޫ ރިސޯޓު ލޮކްޑައުނުން ހުޅުވާލިލެއް! ދެން ހައްތަހާ އިތުރުވަމުން ދާނީ؟

    112
    3
  3. މުގައްދަރު

    ދުނިޔޭގެ އެދުން ބޮޑުވީމަކާ ނުބެލޭނެ ޙުދުތިމާމީހާގެ ސަލާމަތަކައްވެސް ދެން ކިހިނެއްތޯ ބަލާނީ ރައްޔިތަކައް އަނބިދަރީންނައް ހުރިހާވެސް އެއްޗަކީ ފައިސާ ހާބުރި ރަސީދުގެ ލަވަޔެއްގަބުނާހެން ކީއްތަ ކުރާނީ ސަނަދުތަނުން ކީއްކުރެވޭނީ ރީތި ނަމުން ބެލޭނީ ލާރި އަކައް ނޫންތޯ މުހައްބަތަކީ ޑޮލަރނޫންތޯ އެއީ އބުރާ ސަރަފުނޫންތޯ މީމިހާރުގެ ހާލަތް ކީއްތޯ ކުރާނީ މިޔޮއް ދުނިޔެއްއް

    19
    1
  4. ޙާލަތު

    އަދިވެސް ވާނެ ޑޮލަރަށްޓަކައި ރިސޯޓް ހުޅުވަން. އަޅަމެން ރައްކާތެރި ކުރައްވާށި

    23
    1
  5. ސައްޕޭ

    ބަލި ކޭސް ފެންނަ ރަށްތައް 1 މަސް ވަންދެން ލޮކުޑައުން ކުރަންޖެހޭ

    24
  6. ކޮތަރު

    ލޮކްޑައުނުން ހުޅުވާލިލެއް އަވަހެއް ނޫނެއްނޫންތޯ. މިފަހަރު ދުވަސްގުނީ ބަންދު ދުވަސްތައް ހިމަނާ، އެއިން ކޮންމެ ދުވަހަކީ ތިންދުވަސް ކަމަށް ބަލައިގެން.

    22
  7. ނަޒީރު

    މިއީ ރާއްޖޭގަތިބި ފައިސާއައް ބޫތުކާފަތިބޭ ޓޫރިޒަމް މަހުޖަނުންގެ ސަބަބުން ފުލައިޓްތައް ނުހުއްޓުވީމަ ދިމާވި ހާލަތެއް. އެންމެފަހުން ހަމަ އެމީހުންގެ ވިޔަފާރިތައް މިހަލާކުވެނިމިގެން މިދަނީ. މިކަންތައް އަދި 1 އަހަރުންވެސް ނުނިމޭނެ.

    18
  8. ސަޓޯ

    މިއީ ހަމަ މިއުޅޭ ސުންޕާ އަންނި ޓުއަރިޒަމް ބޯއިކޮޓް ކުރަން ގޮވީމަވީގޮތް...

    32
    1