އެމެރިކާގެ ކެލިފޯނިއާގެ ރެސްޓޯރަންޓެއްގައި އެންތަނީ މެލެ ނަމަކަށް ކިޔާ މީހަކު ޢާއިލާ އެކުގައި ކައި ނިމިގެން އޭނާގެ 5 އަހަރުގެ ތުއްތު ދަރިފުޅު އޭނާގެ އުނގަށް ލައިގެން އންދާ ފަހަތުން އައި މީހަކު އޭނާގެ ކަރަށް ވަޅި ހަރައި މަރާލައިފިއެވެ.

މިހާދިސާގައި އުމުރުން 5 އަހަރުގެ ތުއްތު ދަރިފުޅަށް އެއްވެސް އަނިޔާއެއް ނުލިބެއެވެ. އެންތަނީގެ ގަޔަށް ވަޅި ހެރުމާއެކު ހޮސްޕިޓަލަށް ގެންދިޔައެވެ. އެންތަނީ މަރުވީ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް ދެވަނަ ދުވަހުއެވެ.

ފުލުހުން މިހާދިސާ ތަހުގީގު ކުރަމުން ދާއިރު މި މައްސަލާގައި ފުލުހުން ވަނީ ޖެކްސަނަ ނަމަކަށް ކިޔާ މީހަކު ހައްޔަރު ކޮށްފައެވެ.

އޭނާ އަކީ މަރައިލެވުނު އެންތަނީ އާއި އެއްވެސް ގުލުމެއް ހުރި މީހެއް ނޫން ކަމަށެވެ. އެހެންކަމުން އެފަދަ ކަމެއް ކުރަންޖެހުނު ސަބަބު އަދި ނޭނގޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މެލެ މަރާލި ކަމުގެ ކުށް ޖެކްސަން މައްޗަށް ސާބިތުވެއްޖެ ނަމަ އޭނާއަށް 55 އަހަރުގެ ޖަލު ހުކުމެއް އަންނާނެއެވެ. މި ހާދިސާ ހިނގި އިރު މަންޒަރު ދުއްފަރާތްތަކުން ބުނި ގޮތުގައި މެލެ މަރާލި މީހާ އޭނާ ވަޅި މެލެގެ ކަރަށް ހެރުމުގެ ކުރިން އެއްވެސް މުއާމަލާތެއް ކޮށްފައެއް ނުވެއެވެ.

އުމުރުން 5 އަހަރުގެ މެލޭގެ ދަރިފުޅު ބެލެހެއްޓުމަށް ފައިސާ ހޯދުމަށް މެލޭގެ އެކުވެރި އަދި ގާތް ތިމާގެ މީހުން ދަނީ މަސައްކަތް ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު