މާދަމާ މުޅި ރާއްޖޭގައި ކުރަން ހަމަޖެހިފައިވާ މުޒާހަރާ ކުރުން މަނާކޮށްފިއެވެ.

ފުލުހުން ދެންމެ ބޭއްވި ނޫސްވެިރންގެ ބައްދަލުވުމުގައި ވިދާޅުވީ، ކުއްލު ނުރައްކަލުގެ ޙާލަތުގައި ގާނުނު އަސާސީގެ 31 ވަނަ މާއްދާ އާއި 32 ވަނަ މާއްދާ ސަސްޕެންޑު ކޮށްފައިވާތީ، މި ހާލަތުގައި އެއްވެ އުޅުމުގެ ފުރުސަތު މާދަމާ ނުދެއްވާނެ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށްވެސް އެ މާއްދާތައް ސަސްޕެންޑު ކޮށްފައިވީ ނަމަވެސް އެ ފުރުސަތު ދެމުންއައި ކަމަށެވެ.

ފުލުހުން ވަނީ މާދަމާ ބާއްވަން ނިންމާފައިވާ އެއްވުމުގައި ބައިވެރިވުމަށް ގޮވާލާ ގޮވާލުމަށް އެއްވެސް މީހަކު އިޖާބަ ނުދިނުމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މާދަމާ ބާއްވަން ހަމަޖެހިފައިވާ އެއްވުމުގައި ހަމަނުޖެހުން ހިންގުމަށް ރާވާފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާކަން ކުރިންވެސް ފުލުހުން ހާމަކުރެއްވިއެވެ. އެގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ، އެއްވުމުގެ ތެރެއިން ބައެއް ފަރާތްތަކުން ދިވެހި ސަލާމަތީ ބާރުތަކާއި ކުރިމަތިލުމަށް ތައްޔާރުވަމުންދާކަމުގެ އިންޓެލިޖެންސް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

އެއްވުމުގެ ނަމުގައި އިދިކޮޅު ފަރާތްތަކުން ހަމަނުޖެހުން ހިންގުމަށް ތައްޔާރުވަމުންދާކަން ހާމަވެފައި މިވަނީ، މާދަމާ އަކީ "ބޮޑު" ދުވަހަކަށް ހެދުމަށް މަސައްކަތް ކުރަމުންދާކަމަށް އެފަރާތްތަކުން ބުނެފައިވަނިކޮށެވެ.

ސުޕްރީމް ކޯޓުގެ އަމުރާއި ވިދިގެން، ބަޣާވާތެއް ގެނައުމަށް އިދިކޮޅު ފަރާތްތަކުން އަވަސްވެގަތްއިރު އެފަރާތްތަކުގެ ރޭވުންތައް ނާކާމިޔާބުވެ ގޮތް ހުސްވުމުން، މިހާރު އެފަރާޔްޔަކުން ދަނީ ރާއްޖެއަށް އެކި ގޮތްގޮތުން ގެއްލުންދޭނެކަމުގެ އިންޒާރު، ސަރުކާރާއި ދިވެހި ފުލުހުންނާއި ސިފައިންނަށް ފާޅުގައި ދެމުންނެވެ.

އިދިކޮޅުން ބާއްވާ "ޝުޢޫރު ފާޅުކުރުން" ތަކުގައި އާއި "ސުލްޙަވެރި އެއްވުން" ތަކުގައި ހަމަނުޖެހުން ހިންގައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި އެކު ފުލުހުންނާއި ކުރިމަތިލުމަކީ ޢާންމު ކަމެކެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

 1. Anonymous

  ޑ ދެން ކީވެ ތޯ ޕީޕީއެމް ގެ ޖަލްސާތައް ބާއްވަނީ ކޮބަތޯ އިންސާފް

  • ސ ނުން ސޮނިބެ

   16 ފެބުރުވރީ ޗޮކުން... ކާހިނު ނަޝީދު ހެއްހެއްހޭ

 2. އައިއެފް

  މުޒާހަރާ ކުރާނަން. އެއްވުންތައްވެސް ބާއްވާނަން. ހަމައެކަނި ޑީފެކްޝަނަކަށް އެކަނިއެއްނޫ އެއްވުންތައް ބޭއްވޭނީ. އެސްއޯއީ އަކީ ވޮއިޑްއޮފް އެބެނިޝިއޯ ކަމެއް.
  ޕީޕީއެމްގެ ޑީފެކްޝަނަށް އެއްވުންތަކާއި ޖަލްސާތަށް ބޭއްވުމަށް ފުލުހުން ފުރުސަތު ދެންޏާ، ގުޅިފައިވާއިދިކޮޅު ޕާޓީތަކަށްވެސް އެއްވުމާއި ޖަލްސާތަކާށް ފުރުސަތު ދޭންޖެހޭނެ. އަމަލުކުރަންވާނީ އެންމެންނާއިމެދު ހަމަހަމަކަމާއި ޢަދުލުއިންސާފުގެ އުސޫލުން. މިކަންކަމަށް ފުލުހުންނަށް ނަސޭހަތްތެރިވެ ގޮވާލަން. ގައިރުގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ގޮވާލަން.

 3. ސ ނުން ސޮނިބެ

  ނަޝީދު ހަލާކުކޮށް ދެއްވާށި... އާމީން.
  ނަޝީދުގެ އައުވާނުން ނަށް ހެޔޮ ވިސްނުން ދެއްވާށި. އާމީން
  ނަޝީދަކީ ވެރިކަމާ މޮޔަވެފަ ހުރި އެއްޗެއް ގޮތުގައި ލައްވަވާ، ދުވަހެއްގެ ކޮޅުންވެސް އެކަލޭގެ އުފާވާނެ ކަމެއް އޭނަގެ ހަޔާތުގަ ނުލައްވާށި. އާމީން

  • ހަޖަމު

   ޜީނދޫބައިގަނޑުވެސް ހަރުގޭގަ ބާއްވަން އެބައޮތް ފުސަތު

 4. ޜަސީދު

  ބަރާ ބަރު

 5. ފޮތް ބަންޑެލި

  ކިހާ ދެރަކަމެއް! ވެރިކަމާ ހެދި 3 މީހަކު ވަހުތާނެއްހެން އެނބުރެނީ ކިހިނެތް ވެގެންތޭ... ރައްޔިތުންނަށް ހެޔޮ އެދެންޏާ ވޯޓް ފޮށްޓާ ހަމައަށް ދޭބަލަ. އަބަދު އެއްމެނަކަށް ޝޯޓްކަޓެއް ނުލިބޭނެ ރަޢީސްކަމަށް އަންނާކަށް. ހިފާ ހައްޔަރުކުރާ ހުށި!!!!!!!!

 6. ސަންޑޭ

  ﷲައަކްބަރު ވައްޓާލާނަން

 7. އިލްޔާސް

  ތިވީގޮތުން ކޮންމެހެން ތިމުޒާހަރާއަށްދާން މަޖުބޫރުވީތާ! ފުލުހުން މެޗުއަރ ބަޔަކަށްވާނީ ކޮންދުވަހަކުންބާއޭ ހިތައްއަރާ!!

 8. ާަަަާަަަަަަަްއަހުމަދު ސަފީޣު

  ޜައީސް އަށް ގޮވާލަން މުޒާހަރާ ކުރަންޖާގަ ނުދޭށޭ...

 9. މުށުންދޫވިގުރާ

  ޕީޕީއެމްގެ ޖަލްސާތަކުގައި ސަލާމަތީ ބާރާ ދިމާކުރުމާއި މަގުމައްޗަށް ނުކުމެ މޮޔަ ގެރިތަކެއް ދުވާހެން ކޮޅުކޮޅަށް މީހުން ދުވެ ނުހަދާ. މީ ޕީޕީއެމް އާއި އިދިކޮޅޭމެނާހުރި ތަފާތަކީ. ސާފުވެއްޖެދެއްތޯ.

  • ސ ނުން ސޮނިބެ

   ސާފެއްނުވޭ

 10. މަ

  ދެން ކީވެ ތޯ ޕީޕީއެމް ގެ ޖަލްސާތައް ބާއްވަނީ ކޮބަތޯ އިންސާފް ބޭއިންސާފު،،،،،،އަންދާގާނޫނު

 11. ދަންނަ

  މުޅި ރާއްޖޭގައި މުޒާހަރާ ކުރާ ގޮތަކަށް ހަމަޖެހިފައެއް ނެތް. ރާއްޖޭގެ ބައެއް ތަންތަނުގައި މުާހަރާ ކޮށްފާނެ.

 12. މިނީޝާ

  ވަރަށް ރަގަޅު ނިންމުމެއް... މި ރާއްޖޭގެ އަމަން އަމާންކަމާއި ސުލްޙަ މަސްލަހަތު ހިފެހެއްޓުމަށް ދިވެހި ސިފައިން ތިކުރައްވާ ޤައުމީ ޖިޙާދަށް ހަމަ އައްސަރިބަހާ ސާބަސް.. ޝުކުރިއްޔާ ޤައުމު

  • އިއްމަ

   ވ. އަވަހަށް ޖިހާދު އަނެއްކޮޅަށް އެބުރޭތަން ފެންނާނެ! މީ ވ. ވާހަކަ.. ޕަކާސް

 13. ފުލޮރިޑާ

  ޕީޕީމ އަކުން ނުގޮވައޭ ގައުމުގަ ހުޅު ރޯ ކުރާކަށް. ބޭރުގެ ލަޝްކަރު ގެންނާކަށް. ބަގާވާތް ކުރާކަށް..... . ޢެންޑީޕީ ލަޝަކަރު ގޮވައިގެން ފުލޮރިޑާ އަށް ދޭބަލަ. އެތާ އެބައުޅޭ އިސްކޫލެއްގެ އެތައް ކުދިންތަކެއް މަރައިލައިގެން. ކެޗަޕު ހުންނާނެ އިސްތިގުބާލުގަ.

 14. ޙަފްޞާ / މާލެ

  ޖަލްސާ ބާއްވާކަށް ހުރަހެއް ނެތް! މުޒާހަރާއާ ޖަލްސާ ތަފާތ އިނގޭތޯ ؟ ޖަލްސާ ބާއްވަންވީ ހަމަ!

 15. ނުޢައިމު / ވިލިމާލެ

  ޖަގަހަތަކުގައި ޖަލްސާ ބާއްވާކަށް ފުލުހުން ހުރަހެއް ނާޅައެވެ. މުޒާހަރާކުރުމާ ޖަލްސާބޭއްވުމަކީ ވަރަށް ތަފާތު ދެކަމެކެވެ. ޕީޕއެމް އިން މުޒާހަރާކުރާތަނެއް ނުފެނެއެވެ. ފެންނަނީ ޖަގަހަތަކުގަޔާ ހުސްބިންތަކުގައި އެއްތަނެއްގަ އިށިންދެ ތިބެ ޖަލްސާކުރާތަނެވެ. އިދިކޮޅުފަރާތްތކަށްވެސް މި ފުރުޞަތު އެބަ އޮތެވެ.

 16. ދިވެހި ދަރިއެއްގެ އަމާ

  މޮޔަނުވޭ. ކޮންމެކަމެއް އިލްހާމްވާގޮތަށް ތިކަންވެސް އިލްހާމްވީ ދޯ