ޕޯޓް ސްކްރީނިން ހެދި ފަރާތްތަކުގެ ތެރެއިން 38 މީހުން ރާއްޖެއަށް އެތެރެވުން ހުއްޓުވައި އަނބުރާ ފޮނުވާލާފައިވާ ކަމަށް ސަރުކާރުން ހާމަކުރައްވަފިއެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ ރާއްޖޭގައި، ޕޯޓް ސްކްރީނިން ހަދާފައވަނީ 221518 މީހުންގެ ކަމަށެވެ.

މީގެ އިތުރުން އެއާޕޯޓްގައި ފުރާ އިރު ސްޓާފުން ތިބޭ ސަރަހައްދުގައި ބިއްލޫރި ސްކްރީން ހަރުކޮށް ކުރިއަށް ވުރެ ރައްކާތެރިކަން ވަރުގަދަކޮށްފައިވާ ކަމަށެވެ.

"މިހާރު ކޮންމެ އެއާޕޯޓެއްގަވެސް ހުރޭ ސްޓޭންޑާޑް ޑިސްއިންފެކްޝަން ކަންތައްތަކެއް. އެހާ ގިނަ މީހުން ވަދެ ނުކުމެ އަންނަ ތަންތަނަށް ވާތީވެ. އޭގެ އިތުރުންވެސް އެތަންތަން ސާފުކުރެވެމުން ދާކަމަށް." މަބްރޫކް ވިދާޅުވިއެވެ.

ކޮވިޑް 19 އާއި ގުޅިގެން ބޭއްވި ނޫސް ވެރިންގެ ބައްދަލު ވުން؛-ވަގުތު އިމޭޖަސް- މުހައްމަދު އަފްޒަލް

މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ފާތިމަތު ނަޒްލާ ރަފީކް ވިދާޅުވީ ރާއްޖެއަށް އެތެރެވިޔަ ނުދީ ފޮނުވާލި ފަރާތްތައް ފޮނުވާލާފައި ވަނީ ސްކްރީނިން މަރުހަލާގައި ބަލަން ޖެހެ ކަންކަން ވަރަށް ރަނގަޅަށް ބެލުމަށް ފަހުގައިކަމަށެވެ.

ޑރ. ނަޒްލާ ވިދާޅުވީ ރާއްޖެ އަންނަ ފަރާތްތަކުގެ ތެރެއިން ހުން އައުން ފަދަ އަލާމާތްތައް ފެނިފައިވާ ދަތުރުވެރިންނާއި ވަކިން ގެންގޮސް ސުވާލު ކުރެވޭ ކަމަށާ، އެހެންނަމަވެސް ގިނައިން ރާއްޖެއަށް އެތެރެވުމުގެ ފުރުސަތު ނުދީ އަނބުރާ ފޮނުވާލަނީ ރާއްޖެ އަށް މީހުން އެތެރެވުން މަނާ ޤައުމަކަށް، އޭނާ ރާއްޖެ އައުމުގެެ ސާދަ ދުވަސް ކުރިން ދަތުރުކޮށްފައިވާ ކަމަށެވެ.

"ބޮޑަށް އަޅުގަނޑުމެން މި އަނބުރާ ފޮނުވާލެވިފައި ހުންނާނި، މިހާރު އަޅުގަނޑުމެންގެ ރާއްޖެއަށް އެތެރެވުން މަނާކުރެވިފައި އެބަހުރި ދެއްތޯ ޤައުމުތަކެއް! އެންމެ ފުރަތަމަ ޗައިނާގައި ކުރެވުނު، ނޫނީ އޭގެ ފަހުންވެސް އެބަ ހުރި އިތުރު ޤައުމުތަކެއް. ގިނައިން އޭގެ ތެރޭގައި މި ހިމެނެނީ އެ ޤައުމުތަކުން ރާއްޖެއަށް އައުން މަނާކުރެވިފައި ހުރި ޤައުމަކަށް އެމީހަކު ރާއްޖެ އައުމުގެ 14 ދުވަސް ކުރިން ގޮސްފައި ހުރިއްޔާ." ނަޒްލާ ވިދާޅުވިއެވެ.

ޑރ.ނަޒްލާ ވަނީ ރާއްޖެއަށް އެތެރެވުން މަނާ ޤައުމުތަކުން އަންނަ ބިދޭސީން އަނބުރާ ފޮނުވާލި ނަމަވެސް ދިވެހިން ކަރަންޓީން ކުރުމަށް ފަހު ރާއްޖެ އައުމަށް ފުރުސަތު ދޭނެ ކަން ފާހަގަކުރައްވާފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ޕޯޓް

    ތެދު ބަހުން ވާހަކަދެއްކުން އެއީ ދީނުގައި އަންގަވާފައިވާގޮތް. އެއީ ރީތި ގޮތަކީ

  2. ޕޯޓް

    ތެދު ބަހުން ވާހަކަދެއްކުން އެއީ ދީނުގައި އަންގަވާފައިވާގޮތް. އެއީ ރީތި ގޮތަކީވެސް.

  3. ޟަރީ

    ކުރިން ވެސް ތިގޮތް އޮތީސް ދޯ!މާ ލަސް ވެސް ވެއްޖެ ދޯ ތިފިޔަވަޅު އަޅަން..

  4. Anonymous

    ސަރުކާރުގެ އިހުމާލް އެބަލި ރާއްޖެއައީ. ހީވަނީ އެ ނައިސްގެން އުޅުނު ހެން ވިއްޔަ މިހާރުވެސް އިންޑިއާ މީހުންނަށް ރާއްޖެ އަންނަން ވަރަށްފަސޭހަ