2013 ވަނަ އަހަރު ރާއްޖޭގެ ވެރިކަމާއި ހަވާލުވުމަށް ފަހު ރައީސް ޔާމީން ފާހަގަވެގެން ގޮސްފައި ވަނީ ދިވެހި ރާއްޖެއަށް ނުހަނު ގިނަ ހިދުމަތްތަކެއް ކޮށްދެއްވަމުން ގެންދެވި އަދި މިހާރުވެސް ކުރަމުން ގެންދާ ވެރިއެއްގެ ގޮތުގައެވެ. އެމަނިކުފާނުގެ ދައުރު ނިމެން މަދު މަސްކޮޅަކަށް ވެފައިވާއިރު މީގެ ކުރިން ރާއްޖެ ނުދެކޭ ފަދަ އެތަކެއް ތަރައްްޤީއެއް ރާއްޖެއަށް މިވަނީ ގެންނަވާފައެވެ.

ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖެއަށް ގެންނަމުންދާ ތަރައްޤީތަށް އެންމެ ކައިރިން ދިރާސާ ކުރައްވާ އެ ކަންކަމާއި ބެހޭ ގޮތުން ވާހަކަ ދައްކާ އެއް ބަޔަކީ ކެބިނެޓް މިނިސްޓަރުންނެވެ. އެކި އެކި ޕޯޑިއަމްތަކުން އެ މިނިސްޓަރުން ރާއްޖޭގެ ތަރައްޤީ ސިފަކުރައްވަނީ އެކި ގޮތް ގޮތަށެވެ. އަދި އެބޭފުޅުންގެ ނަޒަރުގައި ރާއްޖެއަކި އެންމެ ތަރައްޤީވެފައިވާ ގައުމުތަކާއި އެއް ހަމައެއްގައި ފައިތިލަ ސާބިތު ކުރެވޭނެ ފަދަ ގައުމެކެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ރާއްޖޭ ތަރައްގީ ކުރުމަށް މިސާލު ނަގަމުން އައީ އެންމެ ހަލުވި މިނެއްގައި ތަރައްގީ ވެފައިވާ ސިންގަޕޫރުންނެވެ. ނަމަވެސް އޭގެ ފަހުން މާލޭގެ ފަސް ސަރަހައްދެއް ހުސްކޮށް ޖަޕާނުގެ ވެރިރަށް ޓޯކިޔޯ ނަމޫނާއަކަށް ބަލައި އެ ސަހަރައްދުތަށް ތަރައްޤީ ކުރަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.

މިނިސްޓަރ މުއިއްޒުގެ ވާހަކަފުޅަށް މާގިނަ ދުވަސްތަކެއްް ނުވަނީސް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވަނީ ރާއްޖެއިން ލިބެން ހުރި ވަސީލަތްތަށް ބޭނުންކޮށްގެން ރާއްޖެއަށް އިންޑިއާ ކަނޑުގެ ސްވިޒަލެންޑަށް ނުހެދެންވީ ސަބަބެއް ނެތް ކަމަށް ވިދާޅުވެފައެވެ.

ރާއްޖޭގެ ތަރައްޤީ ކެބިނެޓްގައި ތިއްބެވި މިނިސްޓަރުން އެކި ގޮތަށް ސިފަކުރައްވާއިރު މިފަހަރު ރާއްޖޭގެ ތަރައްޤީ އެހެން ގައުމަކާއި އެއްގޮތް ކުރައްވާ ވާހަކަފުޅު ދައްކަވާފައިވަނީ ހޯމް މިނިސްޓަރު އަޒްލީން އަހުމަދެވެ. ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވާގޮތުން ރާއްޖެ ތަރައްގީ ކުރާނީ އެމެރިކާ ފެންވަރަށެވެ.

ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އަޒްލީން ވިދާޅުވީ ރައީސް ޔާމީން އެހެން ދައުރަކަށް ހޮވިއްޖެ ނަމަ ނިއު ޔޯކް ފެންވަރުގައި ރާއްޖެ ތަރައްްޤީ ކުރާނެ ކަމަށެވެ.

"ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް ރައީސް ޔާމީން، އެމަނިކުފާނުގެ ރަނިން މޭޓާއެކު ނުކުމެވަޑައިގެންނަވާއިރު، ތިބޭފުޅުންނަށް ޝޮކު ޖެހިގެންދާނެ. އަންނަ ދައުރުގައި ރައްޔިތުން ހީނުކުރާވަރުގެ ބޮޑެތި ބަދަލުތަކާއެކު ރާއްޖެ މިނިވަންކަމާއެކު އެދިޔަ ގޮތަށް ގޮސް ނިއު ޔޯކު ފެންވަރުގައި ތަރައްގީ ވެގެންދާތަން ދައްކާލާނަން،" ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވި އެވެ.

އަދި ސިންގަޕޫރާއި ޓޯކިޔޯ އަދި ސުވިޒަލެންޑޭ ކިއާއިރު ނިއު ޔޯކްއޭ ނުކިޔޭނެ ސަބަބެއްވެސް ނެތް ކަމަށާއި އެ ތަރައްގީ ރައީސް ޔާމީން ގެންނަވާނެ ކަމަށްވެސް މިނިސްޓަރ އަޒްލީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

15 ކޮމެންޓް

  1. ތިމަންނަ

    ހުރި ހިތާމައެއްގެ ބޮޑުކަމާއެ! ސިންގަޕޫރާއި ޓޯކިޔޯ ، ސުވިޒަލެންޑް ، ނިއު ޔޯކްއޭ ކިޔާއިރު ، ރާއްޖެ ބާރުސްޕީޑެއްގައި މިއޮއްދަނީ ސަދޫމާ ދިމާޔަށެވެ.

    • ބުރުހާނުއްދީން

      ސަދޫމް ސިޓީ ބޮސްނިޔާ ސިޓީ ޓީސީ.

  2. ބަލަ

    ލޮލް އިސް އާލް އައި ކޭން ސޭ

  3. ބަރުގޮނު

    ކަމެއް ދީފައި އޮތެކޭ ކިޔަންވެސް ތިވަރު ތަންކޮޅެއް ބޮޑު. ޢެތަންތާ އެބަ އުޅޭތަ މިތާ މިއުޅޭހެން. ޢާއްމު އެއްވެސް ޚިދުމަތެއް އެބައޮތްތަ އޮމާން ނިޒާމެއް ގެ ގޮތުގައި. ކޮންމެ ކަމެއްގައިވެސް ޖެހެނީ ތެޅެފޮޅެން. ޓެސްޓަކަށް ލޭކޮޅެއް ނަގަންވެއްޖިއްޔާވެސް އިރު ނާރަނީސް ދޮރުމަތީ ކިޔޫގައި ޖެހެންވޭ. ޓޯކިޔޯ ގައި ޖެހެޔނެ ތޯއްޗެއް ދަންވަރު ކިޔޫގައި ޖެހެން. ނިއުޔޯކްގައި އެއްދުވަސް ކުރިން. ޚުސާމަދު ކުރަންވެސް އެގޭނީ އެގޭވަރު މީހަކަށްދޯ. ..ހަމަ ގައިމުވެސް އެއިން ތަނެއްގައި ތިޔަ ފަދަ މަގާމަކަށް ސުކޫލެއްގައި ފެންފޮތިލާން އުޅުނު މީހަކަށް ނުދޭނެ.

  4. ާުަިއެބޭ

    ޗަހެންވިއްޔާ....ވާހަކަ ދައްކަން ބޭނުން ކުރާ ބަސްތައް އޮޅެން ފަށާނެ ތާ....

  5. ޢަފީފު

    ދިވެހިބަހުން ތިއަށް ކިޔަނީ ފޮނިކެނޑުން.
    ޙަގީގަތަކީ ދިވެހިރާއްޖޭގެ އާބާދިގެ ބޮޑުބަޔަކަށް ސާފު ބޯފެން ފޯރުކޮށްނުދެވޭކަން.

  6. އަތޮލޭ

    ކިހިނެއް ނިއުޔޯކަށް ހަދާނީ 25 ބުރި އިމާރާތުގައި މިހާރު ރެނދުލައިފި އަދި އެއުޅެނީ ނުނިމިގެން.

    • މާޒީ

      ރާއްޖޭގެ ކޮންމެ ތަނެއްވެސް ހަދާނިމޭއިރު ރެނދުލާނެ. އެ ރެނދުތައް ޖެހޭނީ ރަނގަޅަށް ބައްދަން. އެއީ ފަސްގަނޑު ދޫވާތީ ދިމާވާ ކަމެއް. ޢިމާރާތް ކުރުމުގެ މައްސަލައެއްނޫން.

  7. ބުރުމާ

    ޑުބާއީ މަތިން ހަދާންނެތުނީދޯ.

  8. ދިވެހި ލޭ

    ބޯހަލާކު

  9. އިޑިއެޓް

    އާލް އިސް ވެލް.. އާލް އިޒް ވެލް... މިހެން ކިޔާލަ އޭރުން ހަމަޖެހޭނެ

  10. ޒާ

    މަށަކީ މިސަރުކާރަށް ތާއީދު ކޮށް ޔާމީނު ހޮވުމަށް އެހީތެރިވެދިން ޕީޕީއެމްގެ މީހެއް. އެކަމަކު ލޯމަތީގައި އަދީބު ލާރިގަނޑު ކާލީ. އެތައް ބަޔަކު މިލިއަނުން ފައިސާތައް ދަވާލައިގެން ފިލާތިބީ. ރައީސް ޔާމީނުގެ ބަހުން މީޒުވާނުންގެ ސަރުކާރެކޭ ބުނާއަޑު ނޫން އަޑެއް ނީވޭ. ގެދޮރުވެސް، ލޯނުވެސް، ހުރިހާއެއްޗެއް ޒުވާނުންނަށް. އަހަރެމެންގެ އުއްމީދުތައް ވަނީ ވާނުވާއެއްނޭނގި ވިއްސި ވިހާލިވެފަ. ކުރިއެރުމެއް ލިބޭނެ އެއްވެސް ދޮރެއް ނުހޯދުނު. މާޔޫސްކަން ފިޔަވައި އެހެން މަގެއް ނެތް. ތިމާމެންގެ މަގާމުގެ ދަހިވެތި ކަމުގައި މީހުން އިތުރަށް ރުޅިއަރާޒާތުގެ ވާހަކަ ނުދެކިއްޔާ ރަނގަޅީ.

  11. ރެހެންދި

    މަށަކީ އެއްވެސް ޕާރޓީއެއްގެ މެމްބަރ އެއް ނޫން އެކަމަކު ކުރިން ރައީސް ޔާމީނާ މެދު އޮތް ހިތްހަމަ ނުޖެހުމާއި، ރުޅިވެރިކަން ފިލާހިންގައްޖެ.. އަހަރެން މެދު ނުކެނޑި އެމްޑީޕީއަށް ދެމުން ދިޔަ ވޯޓުތައް މިހާރު ރައީސް ޔާމީން ކާމިޔާބުކޮއްފިޔޭ ބުނެވިދާނެ... މަ ހަމަ ގައިމުވެސް ރައީސް ޔާމީން ނޫން މީހަކަށް ވޯޓެއް ނުދޭނަން... އަދި މިފަހަރު ހަމަހޭގަ ހުރި މީހަކު އެހެން ރިއާސީ ކެންޑިޑޭޓަކަށް ވޯޓެއް ނުދޭނޭ... އެއީ ތަރައްޤީއަށް ހުރަސް އަޅަން ބޭނުން ނުވާތީ

    • ބަލަ

      ލޮލް އިސް އާލް އައި ކޭން ސޭ

  12. ފްރީޑަމް މޫވްމެންޓް

    ލިބޭމިންވަރު ނިކަން ދަނެގެން މިބޭނުންތައް ބަހާލައ އުޅޭނަމައީ މިބޭޒާރެއް ނުވެސް ވީސް ކަން ޔަގީން .