ކައުންސިލް އިންތިޚާބު ފަސްކުރަން ޖެހޭނީ ވަކި މުއްދަތެއް ނެތް ގޮތަށް ކަމަށާއި މުއްދަތު އިޢުލާން ކުރަންޖެހޭނީ އާއްމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުން ކަމަށް ޕީޕީއެމުން ބުނެފިއެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ އިންތިޚާބުގައި ކެމްޕެއިން ކުރުމުގެ ފުރުސަތު ޕާޓީ ތަކަށް ދޭން ޖެހޭ ކަމަށާއި އަދި އިންތިޚާބު ބާއްވަން ޖެހޭނީ އެއްވެސް ބިރުވެރިކަމެއް، ބިރުދެއްކުމެއް ނެތް މާހައުލެއްގައި ކަމަށެވެ.
"އިންތިޚާބުގައި އެބަޖެހޭ ކެމްޕެއިން ކުރުމުގެ ފުރުސަތު ދޭން. ހަމަ އެއާއެކު އިންތިޚާބު ބޭއްވެން ޖެހޭނީ ބިރުވެރިކަމެއް، ބިރު ދެއްކުމެއް ނެތް މާހައުލެއްގައި. ކިހިނެއްތޯ މިއަދުން ފެށިގެން އޭޕްރީލް މަހުގެ 18 އާއި ދޭތެރޭގައި ބިރުވެރިކަމެއް ނެތި ކެމްޕެއިން ކުރާނީ. މީހުން އެއްވެގެން ކެމްޕެއިން ކުރެވޭކަށް ނެތް. ކެމްޕެެއިން ޖަލްސާއެއް ބޭއްވޭކަށް ނެތް. ދަތުރުދަތުރު ކުރެވޭކަށް ނެތް. އަދި ނޭންގެ އެސްއޯއީ ދިގުދެމިގެން ދާނީ ކިހާ ދުވަހަކަށް ކަމެއް. އެހެންވީމަ މިދަންނަވަނީ އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އިންތިޚާބު ފަސްކުރަން ޖެހޭނީ މުއްދަތެއް ނެތް ގޮތަށް،" އަދުރޭ ވިދާޅުވިއެވެ.
އަދުރޭ ވިދާޅުވީ މިކަމާއި ގުޅިގެން ރައީސް ޔާމީން ގެއަށް ބަދަލުކޮށްދޭން އެދި ޕާޓީގެ ފަރާތުން ސަރުކާރާއެކު އެއްވެސްު މަޝްވަރާއެއް ކޮށްފައި ނުވާނެ ކަމަށެވެ.
މިހާލަތުން އަރައިގަތުމަށް ސަރުކާރުންކުރާ ކޮންމެ ކަމެއްގައިވެސް ޕީޕީއެމް، ޕީއެންސީގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، ޖެއްސުން ކުރުމުގެ ގޮތުން އެއްވެސް ކަމެއް ނުކުރާނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.
އިންތިހާބު ފަސް ކުރަން އިލެކްޝަން ކޮމިޝަނުން އިއްޔެ ނިންމިއިރު، އިދިކޮޅު ފަރާތްތަކުންނާއި، ސަރުކާރުގެ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރީފޯމް މޫވްމެންޓް (އެމްއާރްއެމް) އާ އަދި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންވެސް ވަނީ އިންތިހާބު ފަސް ކުރަން ބޭނުންވާ ކަމަށް ބުނެފައެވެ.
kuli haalatuge terega intihaabeh nubevene tiya bunigotha mudathe negotha inthihaabu faskuran jehene
ބަލޔަގީންވީ؟؟؟
އިންތިހާބު ބާއްވަންވީމަ އިނގޭނީ ސަރުކާރަށް
ބުނީމަ ބުނާ ގޮތެއް ހަދައިގެން ތިބެން ޖެހޭނީ
ދެ އަނގައިން ވާހަކަ ދައްކަން މި ވަރެއް ނެތް
ޔާނު މިނިވަން ނުކުރަނިސް ތިކަމާ ވާހަކަ ނުދައްކާ. ދެއަނގަ.
ގާނޫނުގަ ވަކި މުއްދަތެއް އޮއްވާ އީސީ އަކަށް ނުކުރެވޭނެ. މޮޔަނޮގޮވާ. ހިސާބުއިލްމު ކިތަންމެ ލިބިފައިހުއްޓަސް ގާނޫނު ކިޔެވުންވެސް މުހިންމު
އިނތިޙާބު ނުބޭއްވުމައް އެދުނުނަމަ.. އޭރުން ޔަގީނުންވެސް ބައްޔެއް.ނުވާނެންނު..
މުއްދަތެއް ނެތް ގޮތައް ކަލޭ އަނގަ ބަންދު ކުތަންވީ
މުއްދަތެއް ނެތްގޮތަށް އަގަ މައިތިރި ކޮށް ގެން ތިބެންވީނު