އަނެއްކާވެސް އިތުރު ދިވެއްސަކު ކޮވިޑް-19 އަށް ޓެސްޓް ކުރަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނިންމައިފިއެވެ.

އެޗްޕީއޭ އިން ދެންމެ ވިދާޅުވީ ކުރަމަތި އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޕޮސިޓިވްވި ފަތުރުވެރިއަކާއި "ކްލޯސް ކޮންޓެކްޓް' ވެފައިވާ ދިވެއްސެއްގެ ސާމްޕަލް ނަގާ ޓެސްޓުކުރުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.ި

ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހާވަނީ ގޭގައި އެކަހެރިކުރެވިފައި ކަމަށް ވެސް އެޗްޕީއޭ އިން ވިދާޅުވިއެވެ.

އެ ރިސޯޓުން ދެ މީހަކު ވަނީ ކޮވިޑް-19އަށް ފައްސި (ޕޮޒިޓިވް)ވެފައެވެ.

އަދި އެ ރިސޯޓަށް އަރާ ފޭބުން ކުރިން އޮތީ މަނާކޮށްފައެވެ.

ކޮވިޑް-19 އަށް ޝައްކު ކުރެވޭ ގިނަބަޔަކަށް މިހާރުވެސް ދަނީ އައިސޮލޭޓްކޮށްގެންނާއި، ކަރަންޓީންކޮށްގެން ޓެސްޓުތައް ހަދަމުންނެވެ. އޭގެ ތެރެއިން ފަހުން ނަތިޖާ ލިބެމުންދާ އެންމެން މި ވައިރަހަށް ދަނީ ނައްސި (ނެގެޓިވް) ވަމުންނެވެ.

ރާއްޖެއިން ކޮވިޑް-19 ފެނިފައި ވަނީ ތިން ރިސޯޓެއްގައި މަސައްކަތް ކުރަމުންދާ ބައެއްގެ ގައިންނެވެ. މިހާތަނަށް އަށް މީހަކު ވަނީ ކޮވިޑް-19 އަށް ފައްސިވެފައެވެ. މި އެންމެންނަކީވެސް ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު