ގއ.ވިލިނގިލީގައި ކުއްލި ގޮތަކަށް ޒުވާނަކު ނިޔާވެއްޖެއެވެ.

އުމުރުން 24 އަހަރުގެ ޒުވާނާ ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ރޭ ފަތިހު 05:00 ހާއިރު ގެންދިޔަ ދިވެހި ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މައްސަލައެއް 05:09 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް އަޑުފެތުރިފައި ވީނަމަވެސް ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި ނަމަވެސް މައްސަލަ އާއި ގުޅުން ހުރި މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

16 ކޮމެންޓް

 1. މުސްތަފާ

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

  48
 2. މަރިޔަމް

  ޒުވާން ކަމުގެ ފައިދާ ހެޔޮގޮތުގައި ލިބިގަންނާށެވެ.ދިރިތިބީންނަށްޢިބުރަތެ ކެވެ. މައްޔިތާ ގެ ފާފަފުއްސަވާނދޭވެ.

  59
  1
 3. ކޮވިޑް19

  އަނެއްކާ ކޮވިޑް19 އާ ގުޅުންހުރި މަރެއްބާ؟؟؟

  22
  7
 4. Anonymous

  إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعون

  48
 5. އަލީ

  މީހަކު ނިޔާވުމުން ބަޔަކު ހައްޔަރު ކުރަން ޖެހޭތަ؟ ނޫނީ މަރާލީތަ؟

  38
  2
 6. މ

  މަރު ކޮމިޝަނުން ތިޔަ މަރު ބެލޭނެތޯ....

  32
  2
 7. ސޭކްސްތާން

  ބޮޑު މުސާރަ ދޭ ބަޔަކު ނަމެއްގައި ކޮމިޝަނެއް ހަދައުގެން އެބަތިބި ކޮބާ އެމީހުން މިކަން ބެލޭނެތަ ؟؟؟؟؟؟؟؟

  9
  2
 8. ޚަދީޖާ

  މި ސަރުކާރުން ހަދާފައިވާ ކޮމިޝަންތަކަކީ ވަކި ބަޔަކު ހައްޔަރުކުރުމަށް ޓަކައި ޓާގެޓްކޮށްގެން ހަދާފައިވާ ތަންތަން.

  21
  2
 9. ސަޒާ

  ޢަވަހަށް ސުއޫދުއާ ގުޅާ

  19
  1
 10. އަލީ

  ވެދާނެ ފަތިސްނަމާދަށް ދާން ހޭލާގެން އުޅެނި ކޮށް ކަމަށްވެސް އެހެންވެއްޖިޔާމު ކިހާރަގަޅުމަރެއް!

  11
  1
 11. ޟުޙާ

  މަރުކޮމިޝަނާ ގުޅިގެން މިހާތަނަށް ހައްޔަރުކުރީ ކާކު؟

 12. ދާކު

  ކަލޯ ތިހެދި މަރު ކަމިޝަނަކީ ރ ޔާމިން ދުވަސްދުއްވާލަން ހެދި ކަމިޝަނެއް އެންމެފަހުން އަތަށް ގޮވީ ރ.ޔާމިންގެ ބޮލުގަ ޑރ އަފްރާސިމްގެ މަރުގެ ޒިންމާ އަޅުވަންވެގެން އެކަން ކާމިޔާނު ނުވީމަ ކޮމިސަން ގެއްލުނީ މިހާރު ޖަލަށްލާފަ އެހެރީ ތުހުމަތެކޭ ކިޔަަފަ ދުވާލު އެމްމެންކުރިމަތީގަ ުރި ސަރީ އްތެއްގަ އެއްވެސް ހައްގަކާ ނުލާ ކޮބައި އަދީބު ކޮބާ 270މީހުން އެބުނާ ކޮބާ ޠެރަރިސްޓް ނަސީދު 12އަހަރުގެ ޖަލު ހުކުމެއް ކުރި ގައިދީ އެއް ހީ ނުކުރާތި 12އަހަރު ޖަލުގެ ހުކުންނއަރާ ހަމަނުކުރާނެކަމަށް ކޮބާ ހޯރައިއްބެ މީ މިގައުމުގެ އިންސާފާ ހަމަ ހުންނަވަރު ސަދޫމު މީ ސޯލިހު ވިސްނަށްޗެ ސޯލިހުވެސް އަނިޔާ ވަކަިބަޔަށް ދީފަ މިއަދު ތިހެންހުރެވިދާނެ ގާނޫނު އަރާ ހަމަކުރާނެ

  9
  1
 13. ކުއްލި

  ކުއްލި ގޮތަކަށް ނިޔާވީއޭ އޮތީ ދެން ބަޔަކު ހައްޔަރު ކުރަންޖެހޭ ސަބަބެއް އެބައޮތްތަ. އެންމެ މޮޅަށް ހަބަރު ސުރުޙީ ލިޔާބަޔަކަށް ވަގުތު ވަނީ ހޮވިފަ. މަރުޙަބާ

 14. މަރު

  މަރު ސަރުކާރު އިސްތިއުފާ ވައްކަން ކޮށްގެން ވެރިކަން ކުރަން އުޅުމުގެ ނާތީޖާ ކޮންމެ ދުވަހަ ކުވެސް ހިތް ނުތަނަވަސް ވާފަދަ ކަންތައްތަކަކާ ކުރިމަތި ލާންޖެހުން ހުރިހިތާމަ އެއްގެބޮޑުކަމާއޭ!

  11
  2
 15. މުނާފިގު

  ޤުދުރަތީ ގޮތުން މަރުވާ މީހުންގެ ބަދަލު ހޯދަން މީހުން ހައްޔަރުކޮށްގެންވެސް ސަރުކާރު ހިންގަން ފައިސާ ހޯދަންް ޖެހޭނެ..

  9
  1
 16. ރެއްސާ

  މަށާއި މަގޭ ރައްޓެހިން ޕާޓީ ޑްރަގެއް ބޭނުމެއް ނުކުރާނެ

  5
  2