ކޮވިޑް-19 ފެތުރެމުން ދާތީ ފެނަކަ ކޯޕަރޭޝަންގައި މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިގައި ގިނައީ ފިރިހެނުންނެވެ. ނަމަވެސް ހާއްސަކޮށް އިދާރީ މަސައްކަތްތައް ކުރަން އަންހެނުން ވެސް ވަޒީފާ އަދާކުރެއެވެ. ފެނަކަ އިން މާބަނޑު އަންހެނުން ގޭގައި ތިބެ މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސިއިރު، އެއިންތިޒާމްގެ ދަށުން ގޭގައި ތިބެ މަސައްކަތް ކުރާނީ ކިހައި އަދަދެއްގެ މުވައްޒަފުން ކަމެއް ސާފުކޮށް ދީފައެއް ނުވެއެވެ.

ފެނަކަ އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ނުރައްކަލުން ދިވެހި ރައްޔިތުން އަދި ހާއްސަކޮށް ފެނަކައިގެ މުވައްޒަފުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި އާދީއްތަ ދުވަހުން ފެށިގެން ކޮންމެ ދުވަހެއްގެ މަސައްކަތް ކީރިތި ޤުރާއާނުގެ ބަރާކަތުން ފެށުމަށާއި އަދި ބަލިމަޑުކަމުން ދިންނެވުން އެދި ކުރާ ދުޢާ އަކުން މަސައްކަތް ފެށުމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު ނިންމަވާފައިވާ ކަމަށެވެ.

ސަރުކާރުން ވެސް މިހާރު ގެންދަވަނީ ކޮވިޑް-19 ރާއްޖޭގައި އިތުރަށް ފެތުރެން ފަށައިފިނަމަ މުވައްޒަފުން ގޭގައި ތިބެގެން މަސައްކަތް ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސަމުންނެވެ.

ރާއްޖެ އިން ވެސް މިހާރު ވަނީ ކޮވިޑް-19 ފެނިފައެވެ. މިހާތަނަށް ރާއްޖެ އިން އަށް މީހުން ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. އަދި 16 މީހަކު ވިލިވަރުގައި ކަރަންޓީން ކޮށްފައި އެބަތިއްބެވެ. މީގެ އިތުރުން 09 މީހަކު ފަރުކޮޅުގައި އެކަހެރި ކޮށްފައި އެބަތިއްބެވެ. އަދި ބައެއް މީހުން ރިސޯޓްތަކާއި، މީހުން ދިރިއުޅޭ ރަށްރަށުގައި އެމީހުން ދިރިއުޅެމުން އަންނަ ތަންތަނުގައި އެކަހެރިކޮށް ތިބުމަށް އަންގާފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ......

    މިބަލިމަޑުކަމުން ސަލާމަތް ވުން އެއީ އެންމެންވެސް ދެކެންބޭނުންވެ، ގޮތް ހުސްވެފާވާ ކަމެކެވެ....ނަމަވެސް އަދިވެސް މިކަމަށް އެދެވޭ ކުރިއެރުމެއް ލިބިފައެއްނެތެވެ...
    އަހަރެންގެ ކޮށިވިސްނުމުގައި މިފަދަ އާންމުވެގެންވާ ބަލިމަޑުކަން ކުރިމަތިވެގެން އަންނަނީ އިންސާނުންގެ އަމަލުތައް ހުންނަގޮތުގެ ސަބަބުން ކަމަށްވާތީ މިވަގުތުން ވަގުތަށް އެސަބަބުތައް ނައްތާލުމަށްވުރެ ބުއްދިވެރިި ގޮތެއް ނޯންނާނެއެވެ...ފާޅުގައި ﷲ އާއި ޖަދަލު ކުރުމާއި އަދި އެކަން ކުރުމަކީ މިނިވަންކަން ކަމުގައިި ދެކުމައި ކަނޑަ އެޅުމާއި ފާހިޝް ބޮޑެތި މުންކަރާތްތައް އާންމުވުމާއި އެކަންކަން ހުއްޓުވާނެ ބަޔަކު ނެތި ފަސާދައާއި އަނިޔާވެރިކަން އާންމުވެ ދުނިޔެ އެދި ދީން ވިއްކާލުމާއި ދީީނުގެ އިމެއް މިނެއް ނުދަންނަ ވެރިން ތަންތަނުގައި ތިބުން މިއީ ސަބަބުތަކެވެ..
    މި ކުޑަ ގައުމަށް ބަލާލާއިރު ވަރަށް ކަންބޮޑުވާންޖެހޭ ގިނަ ކަންތައްތަކެއް އެބަ ހުއްޓެވެ...
    1.ކީރިތި ޤުރުޢާން ފިޔަވައި އަމިއްލައަށްހަދާ ގާނޫނުތަކެއް ހުރުން...(އެ ގާނޫނުފޮތުގައި ﷲ ގެ ޝަރީއަތާއި ހިލާފުު ގާނޫނެއް ނުހެދޭނެ ކަމަށް ލިޔެ ފާޅުގައި ﷲ ގެ ޝަރީއަތާއި ދެކޮޅަށް ބަހުސް ކޮށް ގާނޫންތައްހަދާ އެއަށް ކިޔަމަންވާން ރައްޔިތުންނަށް މަޖުބޫރު ކުރޭ...މިއީ ﷲ އަށް ޖަލަދު ކުރުމާއި އެ އިލާހަށް މަލާމާތް ކުރުން ނޫންތޯ...؟)
    2.ބަނގުރާ ވިއްކުމަށް ހުއްދަ ދެވިފައިވާ ވުން...
    3.ސަރުކާރު އެކަށް ރިބާ އަށް ބަރޯސާވެފައިވުން...
    4.އެކި ނަންނަމުގައި ނާސިގެތަކަށް އެނގިތިބެ ހުއްދަ ދިނުން...(ނަން ބަދަލު ކުރިޔަސް ﷲ ދެނެވޮޑިގެން ވެއެވެ...)
    5.ޓެކްސް ގެ ނަމުގައި ރައްޔިތުންގެ ހައްގު މަޖުބޫރުން ނިގުޅައިގަތުން...
    6.އަދުލު އިންސާފު ނެތުން... (ހުކުމްތަކުގައި އަނިޔާވެރިވުން...)
    7.އަންހެން ފިރިހެން އެކުވެ މަޖާކުރުން ހުއްދަ ކުރުން...
    8.މުސްލިމުންނަށް އަނިޔާވެރި ގައުމުތަކާއި ގުޅުން ބަދަހިކޮށް މުސްލިމުންނަށްދެވޭ އަނިޔާގައިި ބައިވެރިވުން...
    9.އެހެން ދީންތައް ފެތުރުން...
    10.އިސްލާމްދީނާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރުން...
    11.މުސްލިމުން ނިކަމެތިކޮށް ދީން ގަބޫލު ނުކުރާ މީސްތަކުންނަށް ހިމާޔަތް ދިނުން...
    12.ރިޝްވަތު
    މިއީ އަހަރެންނަށް ފާހަނގަ ކުރެވޭ ބޮޑެތި ބައެއް ކަންތައްތަކެވެ...ހުރިހާ ކަމެއް ތަފުސީލްކޮށް ކިޔާދޭނެހާ އިލްމެއް އަހަރެންގެ ކިބަޔަކު ނެތެވެ...އަހަރެންގެ އެދުމަކީ މިގައުމުގެ އިސްވެރިން މިކަންކަން އިސްލާހުކޮށް ﷲ ގެ ހަޞްރަތަށް އެންމެން އެކުގައި ރުޖޫޢަވެ ދުޢާ ކުރަން ހިނގާށެވެ...އަހަރެމެންނަށްވުރެ ބޮޑެތި ފޯރާ ގައުމުތައްވެސް އެ އުޅެމުންދާގޮތް އެބަ ފެނެ އެވެ..
    މިއަށްވުރެ މޮޅު ގޮތެއް މިފަދަ މުސީބާތަކުން ސަލާމަތް ވުމަށް ނޯންނާނެއެވެ...އެންމެން އެކުގައި ﷲ ގެ ހަޞްރަތަށް އެކީއެކަށް ރުޖޫޢަވެ ދަންނަވަމާ ހިނގާށެވެ...

  2. ޢަސަރޭ

    ފެނަކަ މިބަލި މަޑުކަމުގަ އޮއްވާ ނަހައްގުން މުވައްޒަފުންގެ ބޮލުގައި ބޮޑެތި އިލްޒާމް އަޅުވާފައި ވަޒީފާއިން ކުއްލި ގޮތަކަށް ވަކިކުރާ ކުންފުންޏެއް!!