ގއ. ވިލިނގިލީގައި ކުއްލި ގޮތަކަށް ޒުވާނަކު ނިޔާވި މައްސަލަ އާއި ގުޅިގެން ބަޔަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ހަ މީހެކެވެ. މި ހަ މީހުންވެސް ހައްޔަރުކުރީ އެރަށުންނެވެ.

އޭގެތެރޭގައި ހިމެނެނީ، އުމުރުން 24 އަހަރުގެ ދެމީހަކާއި 18 އަހަރުގެ މީހަކާއި 23 އަހަރުގެ މީހަކާއި 21 އަހަރުގެ މީހެއްގެ އިތުރުން 20 އަހަރުގެ މީހެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

އުމުރުން 24 އަހަރުގެ ޒުވާނާ ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް "ވަގުތު" އަށް ވިދާޅުވީ ވިލިނގިލީގައި ހުންނަ އަތޮޅު ހޮސްޕިޓަލަށް ރޭ ފަތިހު 05:00 ހާއިރު ގެންދިޔަ ދިވެހި ފިރިހެނަކު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ މައްސަލައެއް 05:09 ގައި ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިމައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

ރޭ ވިލިގިލިން ނިޔާވި ޒުވާނާ، މިއަދުގެ ހުކުރު ނަމާދަށްފަހު ވަނީ ވަޅުލާފައެވެ. ނިޔާވެފައި ވަނީ، އެރަށު ހައިޑް ޕާކް، މުހައްމަދު މުސްތަފާ އެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކޮތަރު

    ކުއްލިމަރާ ގުޅިގެން ބަޔަކު ހައްޔަރުކުރަން ޖެހުނީ ކީއްވެބާ؟

    24
  2. އިދުރީހު

    ތީމާބޮޑުކަމެއްނޫން އިބޫގެ މަރު ކޮމިސަނާ ހަވާލުކުރޭ އޭރުން ވެރިކަން އޮތްހާދުވަހަކު ތަހުގީގުކޮއް ކޮއް ތިބޭނެ އޭރުން ދޯ މުސާރަލިބޭނީ

    45