ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދަނިކޮށް ގދ. ތިނަދީ އިން ހައްޔަރުކުރި ރުސްތުމް ދޫކޮށްލައިފިއެވެ.

އޭނާ މިނިވަން ކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ކޯޓުން ކަމަށް ވެއެވެ.

ރުސްތުމް ހައްޔަރުކޮށްފައި ވަނީ، ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލައި، ލާދީނީ ބޮޑެތު ޖަލްސާ ބާއްވާނެ ކަމަށް ބުނުމުން، ތިނަދޫ ޒުވާނުން އޭނާ އާއި ދެކޮޅަށް ނިކުތުމުންނެވެ. ނަމަވެސް އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން އެކަމާއި ގުޅޭ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ރުސްތުމް ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

އޭނާ ހައްޔަރު ކުރުމަށްފަހު ބަންދުގެ މުއްދަތު ފުރަތަމަ އިތުރު ކުރިއެވެ. އޭގެ ފަހުން އޭނާގެ އެއްވެސް މައުލޫމާތެއް ފުލުހުން ނުދިނުމުން ވަރަށް ގިނަ މަސައްކަތްތަކެއްކޮށް، އެތައް ފަހަރަކު ސުވާލު ކުރުމުން ފުލުހުން އޮކްޓޯބަރ 10 ވަނަ ދުވަހު ވިދާޅުވީ ނަފްސާނީ ޓެސްޓްތަކެއް ހެދުމަށް އޭނާ މާލެ ގެނެސްފައިވާ ކަމަށެވެ.

އޭނާއަކީ މީގެ ކުރިން ވެސް ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލަމުންދިޔަ މީހެކެވެ.

ކިޔުންތެރިންގެ ހިޔާލު

26 ކޮމެންޓް

 1. Anonymous

  ސަރުކާރުގެ އަމަލު ތައް މިހުރީ އިސްލާމް ވަރަށްވެސް ނުބައި މޮސްރާބަކަށް. މިގައުމު ސަލާމަތް ވާނެ ހަމަ އެއްގޮތެއްވެސް ނެތްކަމަށްބެލެވޭ.

  113
  19
 2. ާއާމިން

  އެހެންވީމަތާ ރުސްތުމްގެ ބޮޑުދަިތަމެން މިސަރުކާރަށް ތާއީދުކޮށް ނަށަނީ

  115
  15
 3. ހުސެން

  އޭނާ ހައްޔަރު ކުރޭ،މިއީ އެންމެ ބޮޑު ކުށެއް،އިސްލާމްދިނަށް ފުރަސްދާރަކުރުން،މިކަމެއް ބަލައެއްނުގަނެވޭނެ

  154
  13
 4. ާަާމަ

  އޭނާވެސް ވެލެޒިނީ ކަހަލަ ނަަފްސާނީ މީހެއްތަ؟ ކިހާ ދެރަކަމެއް...

  120
  13
 5. އަލީ

  ނަފްސާނީ !!!!

  75
  11
 6. ޖަހުލު

  ހިފާ ހައްޔަރުކޮށް ޗެންޗޭނު ޖަހާ. ނޫނީ އަހަރެމެންގެ އަގީދާ ވީއްލިގެން ހިނގައިދާނެ

  103
  17
 7. ޔަޙުޔާ

  އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ސަރުކާރަށް ބަލަދުއަރާ ނަފުސާނީ ބަލި މީހަކަށް ވާކަމެއް. އެއްވެސް މީހަކު މި ދުނިޔެއިން ޚާއްޞަކޮށް މި ސަރުކާރުން މަތީ މަޤާމެއް ހޯދާން އެދޭނަމަ އިސްލާމް ދީނަށް ފާޅުގައި ފުރައްސާރަކޮށް އަންނި ރުއްސާލާ! އެކަމަކު އިސްލާމް ދީނުގެ ވާހަކަ ފާޅުގަި ދައްކާ ނަމަ، ހަރުކަށި ފިކުރުގެ މީހަކަށްވެ އޭނާއަށް ލިބޭނީ ޓެރަރިސްޓެއްގެ ދަރަޖަ. ސަޅި ލޮޖިކެއް.

  110
  15
  • ސިޔާމު

   މި ސަރުކާރު މައި ތިރިވާނީ ކޮށްދުވަހަކުންބާ؟

   52
   13
 8. ޅޮިަު

  އެސޮރު ރަނަގަޅު ވާގިތަކީ ވަކި ކޮޅަކައް މާބޮޑައްޖެހުން އެހެންނުންނަމަ އޭނައަކި ވަރައްމޮޅުމީހެއް

  14
  42
 9. Anonymous

  އެޖެންޑާ 19
  ކޮވިޑް 19
  މިނިވަން ފިކުރު

  38
  13
 10. އަލެކްސް މޮހޮދާ

  މިގައުމަކީ ދީނާ ސިޔާސަތު ވަކިވެފަ މިހާރު އޮތް ގައުމެއް "އިންޑިޔާ ގޮތަށް"

  28
  16
 11. ފަނާކުރަނިބި

  ދީނަށް ފުރައްސާރަ ކުރާމީހުންނާ ޑުރަގް .މަތުވާ ތަކެއްޗާ ރާބޯމީހުންނަކީ ޔަހޫދީ ލާދީނީ ސަރުކާރުގެ ބަލިމީހުން އިސްލާމްދީނާ ރަސޫލާގެ ސުންނަތަށް އުަޅޭ މިހުންނަކީ ހަރުކަށި ފިކުރުގެ ޓެރަރިސްޓުންބލާހިކެއްނޫން މި ގައުމު ސަލާމަތްތެރިކަމުގެ އަށްސޭރިޔަށް ގެންދާކަށް ކެނަރީގެ ބުއްޅަބޭ މިގައުމުގާ އުޅޭހާދުވަހަކު މިސަރުކާރު އޮތްހާދުވަހަކު މިސަރުކާރު އައީ ޔަހޫދީ ގައިރުމުސްލިމުންގެ އެހީތެރިކަމާއެކު މީ ލާދީނީ ފަނާކުރަނިވި ވެރިކަމެއް

  45
  14
 12. މޫސަ

  މި ސަ ރުކާ ރުގެ ނިންމުންތައް ވ ފު ރިހަމަ. އިސްލާމްދީނަށް ފު ރައްސާ ރަކޮށްފިއްޔާ އެއީ ނަފުސާނީ ބަލި މީހެއް. އެއީ ބޮއްޅަބޭގެ ނިންމުން.

  46
  13
 13. ތުއްތުމް

  ތިޔަމީހާ ވަގުތުން ހިފާ ހައްޔަރުކުރޭ މިޤައުމުގަ ލާދީނީގޮތްގަނޑު ފަތުރަން ތިމީހުންނައް ޖާގަދެވިގެންނުވާނެ މީ މުސްލިމް ޤައުމެއް މިޤައުމުއަބަދުގެ އަބަދައްވެސް އޮންނަންޖެހޭނީ މުސްލިމް ޤައުމެއްގެ ގޮތުގަ

  36
  12
 14. ނަމަ

  ސައްތަ އިން ސައްތަ މުސްލިމު ގައުމެއްބާމީ

  22
  13
 15. އަލަގޭ މުޖުތަބާ

  މަށާއި މަގޭ ދަރިން ދީނަށް ފުރައްސާރައެއް ނުކުރާނެ

  39
  12
 16. ނޫރު

  ކެނަރީގޭ ނަސީދު މިގައުމުގެ ލިޑަސިޕްގެ މަގާމެއްގަ ހުރިހާ ހިނދަކު ލާހިކެއްނޫން މިގައުމުން މިކަންތަށް ހުއްޓުވާކަށް ހަމައެކަނި އެފަދަމީހުންށް އެކަންކަން ކުރުމަށް ކެރެނީނަސީދުގެ ސަބބުން އެމީހުންނަށް ހިއްވަރު ލިބެނީ ދިވެހިންނަށް މިކަން ނޭގެނީ ބާއޭ މި ހަގީގަތަކީ މި ސަރުކާރު އޮތްހާ ހިނދަކު ލާހިކެއް ނޫން މިހަލަކަން ހުއްޓުވާކަށް

  41
  14
 17. އެލެކްބޮޑުކޮސް

  هتت މިއީ ކޮވިޑް19 އާއި ގުޅިގެން ސަރުކާރުގެ ނާޤާބިލްކަން ފެނި ސަރުކާރާއި ދެކޮޅަށް ރައްޔިތުން ބަސްބުނަން ފެށުމުން، ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ކުރިކަމެއް..

  29
  16
 18. Anonymous

  ކިހާ ބޮޑު ބަލާވެރި ކަމެއްތަމީ

 19. އަޖައިބު

  ވަލުގެ އެއްކޮޅުގަ 350000 މީހުން. އަނެއްކޮޅުގަ ރުސްތުމް އެކަނި. އެވަރުން ވެސް އެ އުޅެނީ އަގީދާ އޮބެނުހެއްޓިގެން.

  6
  2
 20. މުސްތޮ

  ގަދަ.. ދެން އޭނައަށް ސަރުކާރުން އިސް މަގާމެއްވެސް ދޭންވީހަމަ

  6
  1
 21. ދަނގެތި

  ދެން ބުއްޅަބެ ހައްޔަރު ކޮށްބަލަ އެއީނު ބޮޑުއަށްޕަ ހުރިހާކުދިންނަށް ލާދީނީކިޔަވައިދޭ.

  4
  1
 22. ކައްޕިތާން

  ބަލަ ތިޔަހެން ގަދަފައި ވިއްދާލާފަ ޗައިނާއިންވެސް އިސްލާމްދީނާ ދެކޮޅައް ކަމެއް ކުރަން ނިންމި ކިހިނެއްތޯ ވީ ވީމާ ތިޔަކަލޭގެއާ ތިޔަމިހާޔައް ވާގިދޭ ބަޔަކުވެސް މާތް ﷲ ނިކަމެތި ކުރައްވާނެ މާތް ﷲ މިނުބައި ނުލަފާ މީހުންގެ ކިބައިން މިގައުމު ސަލާމައް ކުރައްވާ ރައްކާތެރިކުރައްވާނެ ޕޯޗްގީޒް މީހުންނައްވުރެ ތިޔަ ބުނާ މީހުންގެ ބާރެއ ނުހުންނާނެ މިހާރު މުޅި ދުނިޔެއައް ފެންނަމުން ނެއްނޫންތޯ މިދަނީ އިންސާނުންގެ އެއްވެސް ބާރެއް ނެއްކަން ލޮލައް ނުފެންނަ ސުވިއްޕެގެ ސަބަބުން މުޅި ދުނިޔޭގެ އިންސަނުން އެތިބަ ދަނީ އަމިއްލަޔައް ގޭގަޔާ ރަށުބަންދުވަމުން ދެން ތިޔަބުނާ ރުސްތުބޭ މެން ކޮން ބަރެއް ހުންނާނީ ބާރ ލިބިވޮޑިގެން ވަނީ ހަމަ އެކަނި މާތް ﷲ

 23. ޢާއިޝާ

  ރުސްތުމަކީ ކާފަރެއް. އެއީ މިހާރުގެ މިންގަޑުން ބަލަންޏާ ޓެރެރިޒަމްގެ ދަޢުވާ އޭނަގެ މައްޗަށް އުފުލަންޖެހޭ ކާފަރެއް. އެހެނީ ޤައުމުގެ މަޞްލަޙަތު ނަގާލާ، ޤައުމު ހާޖާނުގަޑަކަށް ހަދާ، ޤައުމުގެ ކަޑައަޅާފައިވާ އުޞޫލުތަކާ ދެކޮޅަށް މަސައްކަތް ކުރާ މީހެއް. ނުރައްކާތެރި މީހެއް، ދޫކޮށްލިފައިވަނީ ކާފަރުވެ މީހެުންގެ ގަޔަށް ބޮލަށް އެރިޔަސް އަރަން ގޮވިޔަސް އެއީ ކުށެއް ނޫން މިހާރު މިޤައުމުގައި، އެކަމަކު މުސްލިމެއްގެ ގޮތުގައި ފަސް ނަމާދު އަދާކުރާ މީހާއަކީ، މިހާރުގެ މީހުން ދެކޭ ގޮތުގައި ޓެރެރިސްޓް މީހެއް، އޭއީ ޤައުމުގަ ޖަލުގަވެސް ބަހައްޓައިގެން ވާނެ މީހެއް ނޫން. މިހިރީ އިސްލާމް ދީން ދެކެ ދިވެހިން ވާ ލޯބި. ހައިރާންވޭ.

 24. ނައީމް

  އައްނި އަށް ކައުންސިލް މެޖޯރިޓީ ދީފިނަމަ ދީނީ މިނިވަންކަން މިގައުމުގަ ހުޅުވާލާނެ ގޮތްނިންމާނީ ތައްޔިތުން މިކަމަށް ތިޔަބައިމީހުން ނުރުހޭނަމާ ފާޅުގަ އިދިކޮޅަށް ކެމްޕެއިންކޫރޭ. ދެން އިތުރަކަށް ބަރުލަމާނީ ނިޒާމަކަށް ބަދަލް ކުރަން ރައްޔިތުންގެ ވޯޓަކަށް ނާހާނެ ހުރިހާކަމެއްވެސް ކޮއްފަބުނާނެ ރައްޔިތުންގެ މެޖޯރެޓީ އޭ ރައްޔިތުންނޭ ހޭލާށޭ ހޭއަރާށޭ ގައުމު ހަލާކު މިހުރަނީ ހަމަ ރައްޔިތުން ނޫންތޯ. ވޯޓުން މެޖޯރިޓީން..... ޔަގީން ހަބަރެއް...

  2
  1
 25. ޢަބްދުއްލަޠީފު

  އެއްވެސް މީހަކު މަޖުބޫރުން އިސްލާމް ދީނަށް ވެއްދުމެއް ނޯވޭ. ނަމަވެސް އެހެން މީހުންގެ ދީނަށް ފުރައްސާރަކުރުމަކީ އެއީ ބަލައިގަނެވޭނެ ކަމެއްނޫން. އޭނަ އަށް ޙައްގު އަދަބު ދިނުމަށް ގޮވާލަން.