ފާޅުގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން ދަނިކޮށް ގދ. ތިނަދީ އިން ހައްޔަރުކުރި ރުސްތުމް، އޭނާއަކީ މުސްލިމެއް ނޫން ކަމުގައި އާއި، އޭނާ ބޭނުންވަނީ އެ ފިކުރު ރާއްޖޭގައި ފަތުރަން ކަމަށް ބުނެފިއެވެ.

މިގޮތަށް ބުނެފައިވަނީ، ރުސްތުމް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ދީފައިވާ ކަމަށް ބުނާ ބަޔާނެއްގައެވެ. މި ބަޔާން އާންމުކޮށްފައި ވަނީ ރުސްތުމް، އޭނާގެ އަމިއްލަ ޓްވީޓާ އެކައުންޓު މެދުވެރިކޮށެވެ.

ބަޔާނުގައި ރުސްތުމް ބުނެފައިވަނީ "އަޅުގަނޑު އުފަންވީ އިރު މުސްލިމަކަށް ހެދީ" ކަމަށާއި، އެކަމަކީ އެމީހެއްގެ އިޚްތިޔާރުގައި އޮންނަން ޖެހޭ ކަމެއް ކަމަށެވެ. އަދި މަރުވަންދެން ވެސް އެ ފިކުރު މުޅި ރާއްޖޭގައި ފަތުރައި ރާއްޖެ ސެކިއުލަރ ތަނަކަށް ބަދަލު ކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ރުސްތުމް ބުނެފައި ވެއެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރި މައްސަލައިގައި ހައްޔަރު ކުރުމަށްފަހު ރުސްތުމް ބަންދުން ދޫކޮށްލުމާއި އެކު އޭނާ ދަނީ މީސްމީޑިއާގެ މަންސަތައް މެދުވެރިކޮށް ކުރިއެކޭވެސް އެއްގޮތަށް ދީނަށް ފުރައްސާރަކޮށް އެކި ވާހަކަ ދައްކަމުންނެވެ.

ރުސްތުމް ކުރި ޓްވީޓެއްގައި އޭނާ އިއްޔެ ބުނެފައިވަނީ، 2040 ވަނަ އަހަރު ދިވެހިން ފާހަގަކުރާނީ ދީނީ މިނިވަންކަން ކަށަވަރުވެފައިވާ ފުރިހަމަ މިނިވަނުންގެ ގޮތުގައި ތިބެގެން ކަމަށާއި، އެކަން އެގޮތަށް ހިނގާނެކަން އުޑުގައިވާހައި ތަރިއެއްގައި ވެސް މާކުރިން ލިޔެވިފައިވާނެ ކަމަށެވެ.

ރުސްތުމް ހައްޔަރުކޮށްފައި ވަނީ، ފާޅުގައި މީސް މީޑިއާގައި އިސްލާމް ދީނާއި ދެކޮޅަށް އަޑު އުފުލައި، ލާދީނީ ބޮޑެތު ޖަލްސާ ބާއްވާނެ ކަމަށް ބުނުމުން، ތިނަދޫ ޒުވާނުން އޭނާ އާއި ދެކޮޅަށް ނިކުތުމުން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

ނަމަވެސް އޭނާ ހައްޔަރު ކުރުމަށްފަހު ފުލުހުން އެކަމާއި ގުޅޭ މަޢުލޫމާތެއް ހާމަކޮށްފައެއް ނުވެއެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމަށްފަހު ނަފްސާނީ ޓެސްޓްތަކެއް ހެދުމަށް މާލެއަށް ގެނެސްފައި ވެއެވެ.

ދީނަށް ފުރައްސާރަކޮށްގެން ހައްޔަރު ކުރުމަށްފަހު ރުސްތުމް މިހާރު ހުރީ ދޫކޮށްލާފައެވެ. އޭނާ މިނިވަން ކޮށްފައި ވަނީ މި މަހުގެ 9 ވަނަ ދުވަހު ކޯޓުން ކަމަށް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

118 ކޮމެންޓް

  1. Anonymous

    ޢިޔާޒުގެ ސޯލިހު އިބޫ ކޮބާތޯ؟

    252
    31
    • ރައްޔިތުމީހަ

      ރައިސަކަށް މިކަން ނުފެންނާނެ އެއީ އެ ރައިސުގެ ފިކުރު. މިޤައުމުގައި ފާޅުގައި ދީނަށް ފުރައްސާރަކޮށް އިސްލާމް ދީން ނޫން އެހެން ދީންތަކުގެ މީހުން މިޤައުމުގައި މިނިވަން ކަމާއި އެކު އެ ފިކުރު ފަތުުރައި މިޤައުމުގައިި އެއްޖިންސުގެ ގުޅުން ހިންގާ އަދި ނައިޓް ކުލަބު ތަކާއި ނާސިގެތަކާއި ކެސިނޯތައް އަޅައި މަގުމަތީގައިވެސް ޔޫރަޕިނިޔަނުން އުޅޭގޮތަށް އޮރިޔާން ވެ ގައިގޯޅިވެ އުޅެން ފެށުމުން އެކަމާއި ދެކޮޅަށް ބަހެއް ބުނާމީހަކީ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ ރެޑިކަލް އިސްލަމިސްޓް އެކްސްޓްރިމިސްޓަކަށްވެގެން ދާނީ

      329
      34
      • Anonymous

        💯 100 ޕަސެންޓް ހަޤީގަތެއް ތީ

        118
        17
  2. Anonymous

    މި ކަހަލަ މީހުން ދިވެހި މުޖުތަމައު އިން ފައްސާލަން ޖެހޭ.

    450
    27
  3. އަލީ

    ނަފްސާނީ މީހެއްގެ ބަސްމަގު ހުންނާނެ ގޮތެއްނޫން މިއީކީ. ސަރުކާރުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލަން.

    474
    32
    • ވަހީދު

      ވަ ރަށް ރަނގަޅު ވާހަކައެއް ވެ ރިޔާ.. ތި ނަމަކީ ދުނިޔޭގެ އޮތް އެންމެ ބާ ރުގަދަ ލަޝްކަ ރު ފާ ރިސީންގެ ކޮމާންޑަ ރެއްގެ ނަން..

      140
      22
    • ހައްގެއް؟

      ސަރުކާރުން ސްޕޮންސަރ ކުރާ ސޮރެއްވީމަ ޑީލެއް ހަދައިގެން ދޫކޮއްލީ ތޯއްޗެއް. ވަﷲ އަަަޢްލަމް.

      149
      12
  4. އަންމަޑޭ

    އެއީ އެމްޑިޕީގެ ޙަޤީޤީ ފިކުރު އެއީ އެކިޔާ އެޖެންޑާ 19 ގެ އަސްލު. ކޮވިޑް 19 އަށް ވުރެ އެޖެންޑާ 19 މި ޤައުމަށް މާ ނުރައްކާތެރިކަން ބޮޑު.

    451
    42
  5. އެދުރު

    މީ ދެން ކިހާ ބޮޑު މުސީބާތެއް ، މީ އެއުޅޭ އަންނިގެ ކަންތައް ، މީނާ ދޫކޮށްލާކަށް ނުޖެހޭ ، އަދި އެ ފިކުރު ފަތުރަން މި ފަސްގަނޑުގައި ފުރުސަތު ދީގެންވެސް ނުވާނެ

    397
    28
  6. ޢަހުރެނ

    ޜާއްޖެއިގައި ވ ބާރަށް ކުރަމުން މިދާ މަސައްކަތް އެންމެނަށްވެސް ވ ސާފެވެ. ޙިތާމައަކީ ހެޔޮ އެދޭ މީހުންނާ ނުބައި މީހުން ވަކިވާން އޮތްއިރުވެސް އެކަން ކުރަން ބޭނުން ނުވުމެވެ.. ދިވެހިންނަށް ލިބިފަވާ ހުރިހާ ނަސީބަކާ އުފަލެއްގެ ސަބަބަކީ އެއް ދީނެއްގައި ތިބުން

    306
    23
    • ބޭރި

      ދިވެހިންނަށް މިތިބީ މާރަނގަޅު ނަސީބެއް ލިބިފަތަ؟ ދުނިޔޭގެ ފެންވަރަށް ކުރިއަރައި ދެމިލަން ލިބޭ ކޮންމެ ފުރުސަތަކަށް ހުރަސް އަޅައި ދުނިޔޭގެ އެންމެ ދަށް ފަންތީގެ ޖާހިލުން ތިބި ގައުމަކަށް ރާއްޖެވީ ތިޔަ ކަމަކާހެދި. ދުނިޔޭގައި އޮތް އެންމެ ރީތި ގައުމު މީ. މިތަނުގައި އުޅޭ ބަޔަކަށް ކިހާ ހިތްފަސޭހަކޮށް އުޅެވެން ޖެހޭނެ. ކަލޭމެން ބޭނުންވަނީ ޔަމަނު ސޫދާންގެ ހާލަތުގައި އުޅުން ވިއްޔަ. އޭރުންތާ ކަލޭމެންނަށް އަޅުކަމެއް ނުކޮށް 72 އަނބީންގެ ގާތު ނާޗަރަންގީ ކުޅެން އަބަދުތިބެވޭނީ.

      15
      43
      • Anonymous

        ބޭރި. އަޅުކަމެއް ނުކޮށް 72އަބިން ކައިރީ ނާޗަރިންގީ ކުޅެން މި ދުނިޔެއަކު ނުތިބެވޭނެ... މުސްލިމުން އެހެނެއް ނުއުޅޭނެ.... ކާފަރުން ސަތޭކައެއްހާ މިސްޓްރެސް އަދި ގާލްފްރެންޑުން ގެންގުޅެނީ...ނަޗަރަންގީ ކުޅެ ރާބޮއެ ހަދަނީ ކާފަރުން. އޮޅިގެން ތި އުޅެނީ... ދައްކާ މޮޔަ، ނުލަފާ ވާހަކަ...

        18
        1
      • ޙ

        ކާކު ބުނީ ދުނިޔެ މަތީގަ އޮތް އެންމެ ރީތި ގައުމަކީ ދިވެހި ރާއްޖެ ޔޭ!!!!

        9
        2
      • ޛ

        ކަލޭ ދާންވީ ނުން އިޒުރޭލަށް ، ޔަހޫދީން ވަރަށް އުފާވާނެ ، ތިކަހަލަ މުރުތައްދު ވެފަ ތިބޭމީހުން އުޅެނީ އެމެރިކާ ގައާ. އިޒުރޭލުގަ ، މިދިވެހި ރާއްޖޭގަ ނޫޅޭނެ!! އަހަރެމެންގެ ދީނާ ކުޅެން ނޫޅޭތި ، މިދީން ބަލިކައްޓެއް ނުވާނެ، ދާނީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުން، انشاء الله

        17
        1
      • އީވާން

        މި މޮޔަ ވާހަކަ ދައްކާ މީހާ( ބޭރި) އަކަށް ނޭގެތަ 72 ބައިވެރިން ގޮވައިގެން އަޅުކަމެއްނުކޮށް ނާޗަރަންގީ ކުޅެނީ ކާފަރުން ކަމެއް... ނަޗަރަންގީ ކުޅެ ރާބޮއެ ހަދަނީ ކާފަރުން... ދުނިޔެ މަތީގަ އެންމެ ރީތި ގައުމަކީ ދިވެހި ރާއްޖެ އެއް ނޫން... ބާލީ މާ ރީތި... އަދި ދިވެހި ރާއްޖެ ކަހަލަ އެތައް ބައިވަރު ގައުމްތަކެއް ހުރޭ... ދުނިޔެ މަތީގެ އެންމެ ރީތި ގައުމޭ ބުނަނީ އެޑްވަޓައިސް ކުރަން، މާކެޓްކުރަން... އެންމެ ރީތި ގައުމަކަށް ވެގެނެއް ނޫން... ޖާހިލް ވިއަސް ބޮޑު ވަރު ތީ ބޭރީ.... މިނައް ވުރެން ލާދީނީ ވީމަ ވާނީ ތިހެން... ކޮސް ގޮވޭނީ... މޮޔަ ބޭރި... ދިވެހިންނަކީ އިރާދުއްކުރެއްވިއްޔާ ނަސީބް ވެރި ބައެއް... ބޭރި ކަހަލަ މޮޔައިންނަކަށް ނުވިސްނޭނެ...

        13
        2
  7. ޢަލީބިއްރަަހި

    އޭނާގެ ކަންތައް ތިނަދޫބަޔަކު ނުކުމެ އަވަހަށް ނިންމާލާނެކަމުގައި ބެލެވޭ.

    300
    28
    • ކެހެނިޔާ

      މަ އެންމެ އަޖައިބުވަނީ ދީނީ ހަ ރުކަށްޓޭ މިކިޔާ މީހުން މީގެ މީހުނާ ދިމާ ނުކުރާތީ! ދިމާކޮށްލަނީ ޝެއިޚުންނާ..

      77
      15
  8. އިންމެ

    ކޮބާ އިމްރާނު

    249
    20
    • ޢަހަރެން🌸

      ޢެ ކީއްކުރާމީހެއް🙄🙄

      34
      3
  9. ޢަލިބެ

    މިހާރުން މިހާރައް އޭނަ ހައްޔަރުކުރަން ފިޔަވަޅު އަޅަން ގޮވާލަން. ޤައުމެެއް ނެތް.

    279
    24
  10. ނޯ އޮފެންސް

    މުސްލިމެއްނޫނަސް ވަރިހަމައޭ. އެކަމަކު ދީނަށް ފުރައްސާރަ ނުކުރޭ. އަލުން ހައްޔަރު ކުރުމަށް ގޮވާލަން.

    295
    23
  11. ރާފަޅާ

    ހަރުކަށި ފިކުރު ފެތުރެނީ މިހެންވެ. މިކަހަލަ މުރުތައްދުންނާއި މެދު ޝަރީޢަތުގައިވަ ފިޔަވަޅު ނާޅާތީ. އޭނާއާއި މެދު އިސްލާމީ ޝަރީޢަތާއި އެއްގޮތަށް ފިޔަވަޅު އެޅުމަށް ސަރުކާރަށް ގޮވާލަން. ގާނޫނު ބުނާގޮތުން އޭނަ ދިވެއްސަކަށްވެސް ނުވާނެ. އޭނަގެ ރެސިޑެންޓް ބާތިލްކޮށް ރާއްޖެއިން ދިވެހިންނަށް ލިބިދޭ ހުރިހާ ޚިދުމަތަކުން މަހުރޫމުކުރުމަށް ހަރުއަޑުން ގޮވާލަން

    296
    22
  12. ހުސޭނު

    ތިޔަކަލޭގެ އަމިއްލަޔައް ތިޔަ ދެދުނިޔެއިން ގެއްލުނީ ﷲތަޢާލާ ވަޙީކުރައްވާފާވަނީ އެކަލާންގެ ޙަލުރަތުގަ ދީނަކީ އިސްލާމްދީނެވެ ދީނެއްގެ ގޮތުގައި އިސްލާމްދީންނޫން އެހެން ގޮތެއް ޤަބޫލުކޮއްފިމީހެއްގެކިބައިން އެކަން ޤަބޫލުނުކުރައްވާ ހުއްޓެވެ ﷲއައް އުރެދިއްޖެމީހަކީ ދެދުނިޔޭން ގެއްލިއްޖެ މީހެއް އެމީހާއައްހުރީ މަރުވުމައްފަހު ކައްވަޅުގަވެސް ގަދަފަދަޢަޒާބު އަދި ޤިޔާމަތްދުވަހުގައި ދެމިގެންވާގޮތެއްގަ ނަރަކައިގެ ގަދަފަދަ ޢަޒާބުކަން ހަނދާންކުރޭ

    245
    21
  13. ކަލޯ

    ކޮން ރުސްތުމް އެއް

    105
    17
    • ވަހީދު

      ތިނަދޫ ގޮލަ އެއް..

      87
      15
    • ކާކާ

      ގޮލަދޫތިނައެކޯ.

      8
      2
  14. ޢަފްލާ

    މީނާގެ ބައްޕައަކީވެސް މީހަކައް ހާދަ ބޮޑު އަނިޔާއެއް ދީފަ ހުރި މީހެހެކޭ

    92
    17
    • ޟ

      މީހެއްގެ ބޮލަށް އެސިޑް އަޅާފަ ހު ރިމީހެކޯ..ދޯ..

      47
      3
  15. ޅައްލަ

    ޚޮންމެ ތުބެއްވިއަސް މަގެެ ދީނާއި ނުކުލހޭތި

    178
    23
    • އީވާން

      ވަރަށް ރަގަޅު ވާހަކައެއް

      4
      1
  16. ހުސޭނުބޭ

    އަހަރެމެން ބޭނުމެއްނޫން ކަލެޔާ އެއްވެސް ގުޅުމެއް ބާއްވާކަށެއް!

    173
    23
  17. ދިވެއްސެއް ވީމަ ބުނަމޭ

    ކިތައްމެ ވަރަކަށް ތެޅި ފޮޅުނަސް މާތްﷲ ގެ ޒާތުފުޅަށް ތިބާ އަށް އެއްކަމެއްވެސް ނުކުރެވޭނެއެވެ ﷲ ގެ އޯގާވަންތަ ކަމާ ދަރުމަވަންތަވެ ވޮޑިގަތުމުގެ ދަށުން ކަލޭ ފަދަ ދައްޖާލުންނަށްވެސް ރަހްމަތް ލައްވަނީ އެވެ އިރާދަކުރަށްވައިފިނަމަ ދުނިޔެއަށް ވާ ވަރުގަދަ އިބްރަތަކަށް ހައްދަވާ ކަލެޔަށް ކޯފާ ލެއްވުމަށްވެސް ކުޅަދުންވަންތަ އެވެ ކަލޭ ފަދަ ނުބައި ޝައިތޯނުން ކުރާ ނުބައި ކަންތަކުގެ ސަބަބުން އާއްމު ވެގެންވާ ކޯފާއެއް މި ދިވެހި އުންމަތައް ނުފޮނުއްވާ ދިވެހިންނަށް ރަހްމަތް ލައްވާންދޭވެ

    282
    21
  18. muslima

    Thedhumagu dhahkavann neynama halaaku kurahvvaashi

    121
    19
  19. މުނާ ފިގު

    ޑިލީޓް ކޮށްލަން ވެފަ

    98
    22
  20. ރަހުމަ

    ތިވެދާނެ އިސްލާމްދީނާދެކޮޅު މީހުންގެ އެޖެންޱަކަށް. ތިމީހާއަތުން ދިވެހި ރަށްޔިތުކަންނަގާފަ ގައުމުންބޭރުކުރަންވި.

    161
    20
  21. ނަމަ

    ކާކުބާ މީ ފިކުރު ފަތުރަން

    97
    21
  22. މަނާހު

    ﷲތައާލާ މަންސޫޚު ކު ރައްވާފައިވާ ދީންތަކުގެ ފިކު ރު ފަތު ރާކަށް ނުޖެހޭ. ޢެއީ ބާޠިލު ދީންތަކެއް. ޢެ ފިކު ރުތައް ފަތު ރަން މި އުޑުދަށުން ނިކުމެގެންދޭ. ﷲތަޢާލާގެ ޙަޟް ރަތުގައި ދީނަކީ ހަމައެކަނި މާތްވެގެންވާ އިސްލާމްދީން. ﷲތަޢާލާ ތެދުމަގު ދައްކަވަން އި ރާދަކު ރައްވާފައިވާ އަޅުންގެ ތެ ރެއިން ތިބާ ލައްވާށި.

    162
    25
  23. ....

    ﷲވއިރާދަކުރެއްވިޔާ ތިކަން ނުވާނެ

    177
    21
  24. .

    ﷲވއިރާދަކުރެއްވިޔާ ތިކަން ނުވާނެ

    154
    20
  25. ވިސްނާ

    މިފަދަ ނުބައި ނުލަފާމީހުން މުޖުތަމައުއަށް ދޫކޮށްލާފައިހުރުން އެއީ.ވަރަށްބޮޑުމައްސްލައެއް، އަދި ހިތާމަ ހުރިކަމެއް. ކޯޓން މިފަދަ މީހެއް ދޫކޮށްލުން އެއީ ނީޒާމީމައްސަލައެއްކަމަށް ދެކެން

    139
    19
  26. ސޫތު

    ތިބާގަޑު އުޅޭތަނަކަ އޭނާފޮނުވާލާ ބަހައްޓާފިއްޔާ މިތަންހަލާކު...

    102
    21
  27. ސޮނިފުހޭ

    އެފަދަ ކިތަންމެ ބަޔަކު ދިވެހި މުޖްތަމައު ގައި އެބައުޅޭ ބަސްޓްވަނީ މަދު މީހެއް ސޯޝަލް މީޑިއާ އާއި މީސްމީޑިއާ ބަލާލާ ވިސްނާ ލައިފިއްޔާ މިކަން ދޭހަވާނެ މިކަމުގައި އޮތް ހަމައެކަނި ހައްލަކީ ފަރުދީ ޒިންމާ ނެގުން ކިތަންމެ ވަރެއް ވިޔަސް ފުރިފާ ހުންނައެއްޗެއް ގުޑު ގުޑެއްނާޅާނެ ކަން އަމިއްލައަށް ގަބޫލު ކުރަންޖެހޭ ތިމާ ލޯބިވާމީހުން ނަރަކައިން ސަލާމަތް ކުރާނީ ތިމާ ﷲއަށް ބިރުވެތި ވާށާއި ރަސޫލާދެކެ ލޯބިވާން އަދި ގްރުއާންދެކެ ލޯބިވާން ދަސްކޮށް ދެވިއްޖެނަމަ އިންސާނާ ހުންނާނީ ހަމަ ހޭގައި ހަމައެކަނި ޒަމާނީ ތައުލީމާ ޒަމާނީ ތަހުޒީބު ދަސްކޮށް ދިނުމަކުން ނުފުދޭނެ

    103
    20
  28. ބާރީ

    މީނަގެ ފޮޓޯ ނެތީތަ... މިވއރުވީމަ ދިވެހިން މީނަ ގެ ފޮޓޯ ހޯދާނެ

    68
    19
  29. ާަާމަ

    ރުސްތުމެއް އެހެންމީހެއް ކިޔާނެކަމެއްނެތް. ކޮންމެ މީހަކުވެސް މަރުވާނެ. މަރުވީމަ ސަލާމަތްވާނީ މުސްލިމެއްގެ ގޮތުގައި މަރުވެއްޖެނަމަ. ﷲ އިރާދަކުރެއްވިއްޔާ މުސްލިމު މިދިވެހިރާއްޖެ ކާފަރު ކުރްން އުޅޭމީހުން ބަލިކުރައްވާ މުސްލިމުންނަށް ނަސްރު ދެއްވާނެ.

    135
    21
  30. ބޯހަލާކު

    މީނަ ދޫކޮށްލި ބަޔަކަށް ހަލާކުހުރި މީނަޔަކީ މިހާރު ދިވެހިރައްޔިތެއް ނޫން ދިވެހި ރައްޔިތަކަށް ވެވޭނީ މުސްލިމަކަށް މީނަ މި ޤައުމުން ވަގުތުން ބޭރު ކުރެވެން ޖެހޭނެ ފުލުހުން މީނަ ހަމަ މިހާރު ހައްޔަރުކުރޭ ހަރުކަށި ފިކުރޭ ގޮވާއިރު މި ލާދީނީ ދައްޖާލު ތަކުގެ މުސީބާތް މާ ބޮޑޭ.!

    120
    20
  31. 😡😡

    ކަލޭ ދާންވީ ނުން އިޒުރޭލަށް ، ޔަހޫދީން ވަރަށް އުފާވާނެ ، ތިކަހަލަ މުރުތައްދު ވެފަ ތިބޭމީހުން އުޅެނީ އެމެރިކާ ގައާ. އިޒުރޭލުގަ ، މިދިވެހި ރާއްޖޭގަ ނޫޅޭނެ!! އަހަރެމެންގެ ދީނާ ކުޅެން ނޫޅޭތި ، މިދީން ބަލިކައްޓެއް ނުވާނެ، ދާނީ ދުވަހަކަށްވުރެ ދުވަހެއް ކުރިއަރަމުން، انشاء الله

    139
    20
    • Anonymous

      އެ ގުރޫޕްގެ އެއްބަޔަކު މި ސަރުކާރުން ފިލުވައިދީފި. ކެނެޑާ އިންގުލެންޑް ގައި އެބަތިބި ސަކިންދާ، ހިންނަވަރު އުފާ، މުޖޫ ނައިމުމެން.. ސަރުކާރުގެ އިސް މަގާމު ތަކުގައި ތިބީ ވެސް އެބައިގަޑު.

      46
      5
  32. ޢާދަނު

    ތިގޮލާ ރާއްޖޭން ބޭރުކޮށްލާ..މިތާކު ބޭނުންހާ ވައްތަރަކަށް ތެޅޭނެ ކަމެއްނެތް..ތިހެން ތެޅުނު އެއްޗެއްވިއްޔާ އެތިބީ ބޭރުކޮށްފަ ނޫނީ އަމިއްލައަށް ބޭރުވެގެން..

    42
    6
  33. ާއަމީީނ

    އޭނާދޫކޮއްލީ އެނާގެ ފިކުރުގެ މިހަކަށް ވެދާނެނު

    33
    3
  34. ޓައްޕު

    މީނައަށް ކުރޯނާ ވައިރަސް ޖެހޭނެނަމަ އަދި ކުރޯނާ ރަނގަޅު ނުވެ އެކަމުގައި އޭނަ ނިމޭނެނަމަ ކިހާ ރަނގަޅު

    33
    11
    • މަ

      ދެން ކަލެއަކަށް ނުޖެހޭނެދޯ؟ ޖެހުނަސް ކަލޭ ގަދަވާނެ ދޯ؟ ކަލޭ މަރެއްވެސް ނުވާނެ ދޯ؟

      9
      15
    • ޗާލު

      އެއްވެސް އިންސާނަކު އަނެއް މީހަކު މަރުވާނެ ނަމައޭ ކިޔާކަށް ނުވާނެ އިނގެ.. އޭނަ އިސްލާހު ވެގެން ރަނގަޅު މީހަކައް ވެސް ވެދާނެ ދޯ ހަމަ..

      16
      4
      • ނަޔާ

        ކީރިތިޤުރްއާނުގައި އަބޫލަހަބާ ބެހޭގޮތުން ސޫރަތެއް ބާވަލައްވާފައިވޭ. އެއީ "ތައްބަތު ޔަދާ އަބީ ލަހަބީން ވަތައްބް" . މިސޫރަތުގައި އަބޫލަހަބުގެ ނުބައިކަމާ އޭނަ ނަރަކައަށް ވަންނާނޭކަމަށްވޭ. އަބޫލަހަބަކީ ޤުރްއާނަކީ ދޮގެއްކަމުގައި ބުނެ އިސްލާމުދީނަދެކޮޅަށް މަސައްކަތްކުރަމުންދިޔަމީހެއް. އަބޫލަހަބު މަރުވީ މިސޫރަތް ބާވަލެއްވުނުތާ 5އަހަރުފަހުން. ކީރިތިޤުރްއާނަކީ ދޮގެއްކަން ސާބިތުކޮށްދިނުމަށް 5އަހަރުގެ މުއްދަތެއްލިބުނު. އަބޫލަހަބު އިސްލާހުވެ އިސްލާމްވިނަމަ ޤުރްއާނުގައި އެވަނީ ދޮގެއްކަމުގައިވީސް. އެކަމަކު އޭނަ މަރުވީ ހަމަ ކާފަރެއްގެގޮތުގައިހުރެ. އެއްވެސް މީހަކީ މަރު ނުވާނެ މީހެއްނޫން. މީހަކު މަރުވާނެ ނަމަޔޭ ބުނުމަކީ ބުނެގެންނުވާނެ ވާހަކައެއްނޫން.

        11
        1
  35. ބޯކިބާ

    އޭނަގެ އޮޕަރޭޓަރާ ސުވާލުކުރަންވީ އަސްލު.

    21
    3
  36. ޑިކްޓޭޓަރ ހުސެންހަލީމް

    ކަލެޔަށް ތަބާވާ މީހުންގެ ސަރުކާރެއްމީ. އެހެންވީމަ ކަލޭ ބޭނުން އެއްޗެއް ކިޔާ ބޭނުންގޮތަކަށް އުޅެން އެފުރުސަތު މިސަރުކާރުން ކަލެޔަށް ލިބޭނެ.

    35
    8
  37. ކެޔޮޅު

    ރުސްތުމް ކަލޭ ފިކު ރު ފަތު ރަން ލަންޑަނައްދާންވީނޫން ކޮންމެހެން މިތާކު ތިފިކު ރު ފަތު ރާކައް އުޅޭނެ ކަމެއްނެތް އަހަ ރމެން އތުން ބޮ ޑިއެއް ނުބޯ އަވަހައް ދިވެހިންގެ ދަފްތަ ރުން ކެނޑިގެން ރައްކާވޭ!!!!!!!

    39
    9
  38. ޙުސޭން

    އޭނާ އެއީ ކޮން ގައުމަކުން އަައިސް ހުރިމީހެއް؟ ހަމަ ގައިމުވެސް ދިވެއްސަކަށް ނުވާނެ، އަވަހަށް ކޮންމެވެސް ކާފަރު ގައުމަކަށް ދީނީ މިނިވަންކަން އޮތް ތަނަކަށް ފުރައިގެންދޭ... ތިކަހަލަ ހައެއްކަ މުރުތައްދުން ފިޔަވައި މިތާކުނޫޅޭ ބޯގަމާރުވެފައި ތިބިބައެއް..މިތަނަކަށް އެއްވެސް ސެކިއުލަރ އެއް ބޭނުމެއް ނުވޭ... ދިވެއްސަކަށް ވެވޭނީ މުސްލިމަކަށް ވެގެން، އޭނަޔަކީ ދިވެއްސެއް ނޫން.. ދިވެހި އައިޑީކާރޑް އޭނާޢަތުން ނަގާ.. ބޭރުކޮށްލާ ..

    36
    9
  39. ކައުންސެލަރު

    ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ދުޢާ ދެއްވާފައިވާ ފަދަ ވެރިއެއްދޯ ސޯލިހު އަކީ. ޑރ. އިޔާޒު، ޝައިޚް އިލްޔާސް؟!؟!

    32
    7
  40. Anonymous

    ތިބާއީ ﷲ ސވލ އާްިދެކޮޅަށްތެދުވެ އރއްކަމެއްވެސް ކު ރެވޭނެ އިންސާނެއް ނޫން. ތީ ސިކުންޑީގަ ފުޅައަޅާފަ ހު ރި މޮޔައެއް . ދުނިޔެމަތީ ދެއްކުންތެރިކަމާއެކު އުޅެވިދާނެ. އެހެނެއްކަމަކު ތިޔައީ އެއްވެސް އާ ރެއް ބާ ރެއް ނެތް ދި ރުން ދެއްވި ކުޑަ ސުއިއްޕެއްގެ ފެންވަރުވެސް ނެތް އިންސާނެއް.

    33
    6
  41. އަނީސް

    މިހާރު މިއޮތީ ރައްޔިތުން ނިކުމެ ގޮތް ނިންމަން ޖެހިފަ..މީ މިސަރުކާރުން އެންމެ ބޭނުންވާ ޒާތުގެ މީހުން

    34
    6
  42. ދިވެހިލޭ

    ކަލޯ ބުނަން. ކަލޭ އިސްލާމްދީން ގަބޫލު ނުކުރިޔަސް ތިޔަ ފިކުރު މިތާ ފަތުރަން މަސައްކަތް ނުކުރާތި. ވަރަށް ސާފުކޮށް މިބުނީ...! 😡

    42
    6
  43. ޣާއިމް

    ލާދީނީ19

    33
    5
  44. ސާމީ

    މިކަލޭގެ ހައްޔަރުކުރޭ.

    33
    6
  45. ޔުމްނާ

    ކޮބާ އިސްލާމީޝަރިިީއަތް ގާއިމްކުރަންތިބިމީހުން؟

    36
    8
  46. ޟަމީރު

    ރާއްޖޭންޖެހޭ އިސްލާމްދީން ދޫކުރާ މީހުން ހިމާޔަތް ކުރަން

    14
    15
    • އީ

      ނުޖެހޭ ކުރާކަށް.... ހައްގު އަދަބްދީ

      1
      2
  47. އަލީ

    ކަލޭތީ ދިވެއްސެއްވެސް ނޫންއެހެންވިއްޔާ..

    25
    5
  48. އަލީ

    ދެރަކަމެއް ހައްޔަރުކުރޭ ... އަދި އިސްލާމްދީނަށް ވައްދާ..

    24
    6
    • ޚާޗުސް

      އަވަހައް އޭނަޔައްވެސް އިސްލާންކަމުގެ ސެޓްފިކެޓެއްދީ

      4
      5
  49. ކާނިވާއިން

    ވަގުތުން ހައްޔަރުކުރަންވީ. ނަފުސާނީ ބަލިމީހެއް

    18
    5
  50. އޭ.އެމް.އެފް.3

    ގައުމުގައި ހިނގާކޮންމެ ކަމަކީ އެއިރެއްގަ އޮންނަ ސަރުކާރަކުން 'ހަމައެކަނި' އެކަމެއްގެ ޒިންމާ އުފުލަންޖެހޭ ކަމަކަށް ހަދައިގެން މީޑިއާތަކުގައި ހޭއްޔޯއް ހޭބޯނާރާ ހޭލަމޭލަ ގޮއްވަކަސް އަދި މުޅިން ރަނގަޅެއްނޫން ދެއްތޯ. ސަރުކާރު ނުވަތަ ޕާޓީ ވަކިކޮށް ވެރިން ޚިޔާރު ކުރަނީވެސް ހަމަ އަޅުގަނޑުމެން ނޫންތޯ؟ ﷲގެ ޤާނޫނާއި ދިވެހިން ހެދި ޤާނޫނު ފުށުއަރާނަމަ އަވަހަށް އިސްލާޙް ކުރަންވީ. އެކަލާނގެ އެންގެވި ގޮތައްއުޅެންޖެހޭނީ ، އެކަމަކު ޚޮދު ތިމާވެސް އުޅެނީ އެންމެރަގަޅަށްބާ! ވީ އިރު ތިވަރަށް ސަރުކާރަށް އައިބު ވިދާޅުނުވޭ. ސަރުކާރު ހިންގާނީ އެކިފަހަރު އެކި ޕާޓީން. ތަފާތު އެކިކަހަލަ ވިސްނުން ހުންނާތީދޯ އެފަދަ ނުލަފާޢަމަލުތައް ކުރަނީ. ރިބާގެ ނާޖާއިޒް ވިޔަފާރިތައްވެސް ކުރަނީ ހަމަ ދިވެހިން. މިހާހިސާބަށް ދިޔައިރު އިސްލާމްދީނާޚިލާފު ތަފާތު ފިކުރު ގެންގުޅޭ ދިވެހިންވެސް އުޅެދާނެ. ޢެމީހުންގެ މައިބަފާ އަދި ބަލަދުވެރިން ކޮބާ؟ ﷲވޮޑިގެންވާކަން ޤަބޫލުނުކުރަންޏާ ނަރަކައިގެވޭންދެނިވި އަޒާބަށް ހުށަހޮޅިދާނެކަން އެނގޭހާލު އެއުޅެނީ ކީއްވެތޯ ސުވާލުކުރަންޖެހޭ؟

    8
    16
  51. ސޮހޮލު

    ރުސްތުމް ހައްޔަރު ކުރެވުނީތީ ފުލުހުން މާފަށް އެދެން އަންގަން ސޭކްސް އިމްރާނަަށް ގޮވާލަން. ސޭކެއްގެ ހައިސިއްޔަތުން މަގާމު ދިފާއު ކުރުމަށް މޮޅުކަމަކަށް ވާނެ

    24
    5
  52. ހުސެން

    މުރުތައްދެއްކަމަށް ލާދީނީ ފަތުރާނެކަމަށް އަމިއްލައަށް ފައްސިވެއްޖެ އިއުތިރާފްވެއްޖެ

    24
    4
  53. ފާޠިމަތު އިބުރާހީމް

    ބަލަ މިކަން މާބޮޑުކަމަކަށްވެގެން އެކަކުވެސް އެބައުޅޭ ހެއްޔެވެ. މިއީ ކެނެރީގޭތެރެއިން ފާވެގެން އައި ހައްޤު މިންވަރާއި، އަސާސީ ހައްޤާޢި މިނިވަންކަމުގެ ފަހަތުގައި ފޮރުވިފައިވާ އެޖެންޑާ އެވެ. ތިނަދުއަށް ނިސްބަތްވާ ގޮތެއްފޮތެއް ނެތް ޕާޓޭ އަކު މެދުވެރިކޮށް ދިވެހި މުސްލިމުންނަށް ޖެއްސުން ކުރީއެވެ

    29
    5
  54. Anonymous

    މިގައުމުގެ ސަރުކާރު މިވަގުތު އިސްތިއުފާ ދޭންވީ. މުރުތައްދުވީ މީހަކު ހައްޔަރުކޮށް އޭނާ ތައިބާ ނުވުމުން ދެން ދޭން އޮންނަ އަދަބަކީ މެރުން. ނުމަރާނަމަ ދެން ނުކުމެ މުޅި މުޖުތަމައު ހަލާކު ކުރާނީ. މިފެންނަނީ އޭގެ ހެކި. ރައްޔިތުންގެ ޒިންމާއެއް މިސަރުކާރު ވެރިކަން ބަދަލުކުރުމަކީ.

    32
    5
  55. ހިޔަލަ

    މިކަހަލަ ކޮންމެ މުނާފިގަކީ ނަފުސާނީ ބަލިމީހަކަށް ހަދާފަ ކަންކަންކުރުވަނީ އެމް ޑީ އެން ބައިގަނޑު މަތީ ފަޑީގަ ބައިތިއްބައިގެން ބޮޑުމުސާރަ ދެނީ ތިޔަބުނާ ފިކުރެއް ހިންގަން

    35
    4
  56. އައިޝް

    ﷲވއިރާދަކުރެއްވިޔާ މި ދިވެހިރާއްޖެއިން އިސްލާމީދީން ފުހެވިގެންނުދާނެ.ކަލޭ ކަހަލަ އެންމެ ޖާހިލުއައިސް ބަސްބުނާއިރު ތިކަމާ އިދިކޮޅަށްއަރާނެ އެތައްހާސް ބަޔަކި މި ޤައުމުގަ ތިބޭނެ.މާތްﷲ ތިޔަކަހަލަ ނުބައި ނުލަފާ ޖާހިލުންގެ ކިބައިން މި ޤައުމު ސަލާމަތްކުރައްވާށި.އާމީން

    23
    6
    • މީހޭ

      ތިއެއް ނޭގެ . ކަލޭ ބިރުން ތިޔަ ހަލާކުވަނީ. އޭނާ އެކިޔާ އެއްޗެއް ކިޔަކަސް ކަލޭމެން ތިޔަ އުޅޭ ޖާހިލުކަން މަތީ އުޅެ ގެއްލި ނިމިދާންވީނު؟

      5
      8
      • ދިވެހި މީހާ

        މެހޭ، ކަލޭ ޖާހިލް ވިއަސް ބޮޑު ވަރު ތީ .... މެހޭ ކަހަލަ މޮޔައިންނަކަށް ނުވިސްނޭނެ... ދިވެހި ރާއްޖެއަކީ މުސްލިމް ގައުމެއް ކަމެއް.... ލާދީނީ ބައިގަނޑު ހައްޔަރުކުރަންވީ...

        1
        1
    • ޫ

      މި ކަހަލަ މީހުން ދިވެހި މުޖުތަމައު އިން ފައްސާލަން ޖެހޭ.. .މި ލާދީނީ މީހާޔަށް އަދަބް ދީ... މީނަ ލާދީނީކަން ފަތުރަން މި އުޅެނީ ރަލާ މަސްތުވާތަކެތި ފާޅުގަ ބޭނުން ނުކުރެވިގެން.... މުޅި ރަށަށް ހުރި އުންދަގޫ ބޮޑު ޕާޓޭ އެއް.... މީނަޔަށް ހައްގު އަދަބް ދީ...

      2
      1
  57. އުއިގުޅާ

    ފިރިހެން ވެލިޒިނީ ދޯ

    16
    4
  58. ސަދީ

    މަޖްލިސް ރައީސާ ލޮލީ ޖާބިރުވެސް ނަފްސާނީ ޑޮކްޓަރަކަށް ދައްކަން ފެނޭ

    21
    4
  59. ާއަލީ

    ޜަށުއެންމެން މީނަމިގައުމުން ބޭރުކުރޭ އަހަރުމެންގެދަރިންނަށް މިވައިރަސް އެރުމުގެ ކުރިން

    17
    6
  60. ނަށްތާލާ

    އޭނަ ނަށްތާލާ މީމަގޭ ޤައުމު ބޭނުންހާގޮތަކަށް ނޫޅެވޭނެ ލާދީނީ ބައިގަނޑު ތިފޭހިއެތި ތިމާމެންގެ އަތުން ތިމާމެންގެ ލޮލަހަރަން ތިއުޅެނީ ހަދާންކުރާތި!

    12
    6
  61. ގުލްނަވާ

    މި ދެން ޖޯކެއްކަހަލަ މީހެއްނު! މީނަ އުފަންވީމަ މުސްލިމަކަށް ހެދީ. ދެން މީނަ މިހާރު މުސްލިމެއް ނޫންވީމަ މީނަ ބޭނުންވަނީ އުފަންވާ އެންމެން ކާފަރުންނަށް ހަދަން. އޭގަ އަހަންނަކަށް ނުފެނޭ މިނިވަންކަމެއް. ކަލޭގެ މިނިވަންކަން ހިފައިގެން މައިތިރިވެގެން ހުރެބަލަ. މަށަށް ދެ ރައީ ކަލޭ ތަރި ތަކުގަ ހުންނަ އެއްޗެހި ގަބޫލުކުރާތީ. އަޅޭ ކަނޑުކޮހުންވެސް ނޫޅޭނެ ތިހެން.

    15
    6
  62. ހެޔޮނުވާނެ

    މި ޚަބަރުގެ ސުރުހީ ބަދަލުކޮއްލައްވާ.... މި ޚަބަރުގެ ސުރުޙީ ކިޔާ ކޮންމެ މީހަކަށް ފުރަތަމަވެސް މި ބުނެވެނީ "އަޅުގަނޑަކީ މުސްލިމެއް ނޫނޭ" ... ރުސްތުމް އަކީ މުސްލިމެއް ނޫން ކަމަށް އޭނާ އިއުތިރާފްވެ ބަޔާން ދިން ކަމަށް ސުރުޙީގަ ޖައްސަވާ! އަޅުގަނޑަކީ މުސްލިމެއް!

    19
    5
  63. މާދަމާދެކޭމީހާ

    ވަގުތުނޫހުގެ ލިޔުން ތެރިން ލިޔަނީ އެމީހުން ބޭނުން ގޮތަކައް
    ތިޔަސުރުޚީި ކިޔާ ކޮންމެ މީހަކައް އެބުނެވެނީ "އަހަންނަކީ އިސްލާމެއްނޫން"
    މިކަހަލަ ގޮތްގޮތައް ސުރުޚީ ލިޔުން މަނާކުރަން ޖެހޭނެ

    13
    4
  64. ޢާއިޝާ

    ކާފަރު ރުސްތުމްއެވެ. އިބިލީސްވެސް ތިކަމުގައި އާދަމްގެފާނުއް ސުރެ މަސައްކަތް ކުރުމުގައި ދެމި އެބަ ހުއްޓެވެ. ޙައްޤު މަގު ހޯދައި އެމަގުގައި ހިފަހައްޓަން ބޭނުންވާ ފަރާތްތަކުން ކަލެއަކަށް އިރާދަކުރެއްވިއްޔާ ދީނާ ދުރަކަށް ނުގެންދެވޭނެއެވެ. ނަމަވެސް ހަވާނަފްސަށް ތަބާވެ، ރާފުޅިއާއި މަސްތުވާތަކެއްޗަށް ނަފްސު ބަރޯސާވުމާއި ހެޔޮ ނުބައި ކަޑައެޅުމަށް ދޫކޮށްލާ ތިކަހަލަ ޖާހިލު ކާފަރުން ދުނިޔޭގަ ވަރަށް ގިނަ. ހެވާއި ނުބައި، ތިމާގެ ނިމުން ގޯސްކޮށް ގެންދިއުމަށާއި ރަގަލަށް ގެންދާނީ ތިމާ އަމިއްލައަށް. ޤިޔާމަތް ދުވަހުން ނަރަކައަށް އެއްލާލާއިރު ތިމަންނަ ގޯސްކުރީ އިބިލީހޭ، ތިމަންނަ އަކީ ބޯން މުސްލިމެކޭ ބުންނަސް ފައިދާއެއް ނުކުރާނެ.

    16
    5
  65. ހުވަދޫ ޑޮކް

    މިދުނިޔެމަތީ ހިނގާއެންމެހައި ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވާ ކީރިތިވަންތަﷲ ގެ ކުޅަދުންވަންތަ ކަމާއެވެ!! ﷲ ނަހީކުރައްވައި، ﷲގެ ހަޟުރަތުގައި ބާތިލްވެގެންވާ ކަންތައް ފަތުރައި، މާތްވެގެންވާ އިސްލާމްދީނުގެ އަސާސަތަކަށް ގޮންޖެއްސެވުމަށް ނުކުމެ ތިޔައުޅޭ ބަލިކަށި އިންސާނާއެވެ. ﷲ ގެ އިލާހީ ޤާނޫނަށް ތިބާއަށް ގޮންޖެއްސެވިދާނެކަމަށް ތިބާއަށް ހީވަނީ ހިއްޔެވެ. ތިޔަ ދެދުނިޔޭއިން ހަލާކާއި ގެއްލުން ހުރި ވިސްނުމާއި ފިކުރުތަށް ދޫކޮށް، ﷲއަށް ކުއްތަންވެ، ފުރިހަމަ ވެގެންވާ ތަޢުބާއަކުން ތަޢުބާވެ، ރައްޔިތުން ކިބައިން މާޢާފަށް އެދި ތިބާ އުފަންވި މާތްވެގެންވާ އިސްލާމްދީނަށް އެނބުރި ރުޖޫޢަވުމަށް ނަސޭހަތްތެރިވަމެވެ. އަދި އާރެއް ބާރެއްނެތް ނިކަމެތިވެގެންވާ އިންސާނާ ( ރުސްތުމް) އަށް، އިބަ ﷲ ހެޔޮވިސްނުންދެއްވައި، އޭނާގެ ޢަމަލުތައް އިސްލާމީ އުސޫލުތަކާއި އެއްގޮތަށް ސާފްތާހިރު ކުރައްވާންދޭވެ. އަދި މިޤަޢުމުގައި ސެކިއުލަރ އުސޫލުތަށް ޕްރޮމޯޓްކޮށް ޤާއިމްކުރަން މަސައްކަތްކުރާ އެންމެހާއި ފަރާތްތައް ބަލިކުރައްވައި، އެބައި މީހުންނަށްވެސް ހެޔޮވިސްނުން ދެއްވައި،، މި ކުޑަކުޑަ ޤައުމުގައި އިސްލާމްދީނަށް ނަޞްރުދެއްވައި، އަޅަމެންގެ މެދުގައި އެއްބައެއްވަންތަކަނާއި އަމަންއަމާންކަމާއި ސުލްހަމަސަލަސް ޤާއިމްކޮށްދެއްވާންދެއެވެ.

    12
    6
  66. ނައީމް

    އައްނި އަށް ކައުންސިލް މެޖޯރިޓީ ދީފިނަމަ ދީނީ މިނިވަންކަން މިގައުމުގަ ހުޅުވާލާނެ ގޮތްނިންމާނީ ތައްޔިތުން މިކަމަށް ތިޔަބައިމީހުން ނުރުހޭނަމާ ފާޅުގަ އިދިކޮޅަށް ކެމްޕެއިންކޫރޭ. ދެން އިތުރަކަށް ބަރުލަމާނީ ނިޒާމަކަށް ބަދަލް ކުރަން ރައްޔިތުންގެ ވޯޓަކަށް ނާހާނެ ހުރިހާކަމެއްވެސް ކޮއްފަބުނާނެ ރައްޔިތުންގެ މެޖޯރެޓީ އޭ ރައްޔިތުންނޭ ހޭލާށޭ ހޭއަރާށޭ ގައުމު ހަލާކު މިހުރަނީ ހަމަ ރައްޔިތުން ނޫންތޯ. ވޯޓުން މެޖޯރިޓީން..... ޔަގީން ހަބަރެއް...

    12
    2
  67. ައަޙްމަދު

    އަނހާ ކިހިނެއްމިވީ؟ އެއް ޒަމާނެއްގައި ދުނިޔޭގަ އޮތް އެންމެ ބާ ރުގަދަ ފާރިސީންގެ ކޮމާންޑަރު މިފަހަރު މި ފާޅުވީ ލާދީނީ ގުރޫޕްގެ އެޖެންޑާ19 ފަތުރަން. ތިބޭބަލަން އިބޫއަށް ފެންނާނީ މިކަލޭގެއަށް އިހާނެތިކޮށް ބަސްބުނާ މީހުން، އޭނަ ހުންނާނެ ތިޔަބުނާ ރުސްތުމެއްތޯ ކިޔާމީހާ ދިފާއު ކުރަން. މޑޕ ގަ ތިބި ދީނަށް އުޅޭ މީހުން މި އަންނަ އިންތިޚާބުގައި އިބޫ އާއި އަންނިޔަށް ވޯޓުން މި ލާދީނީ މީހުނަށް ތާއީދު ކުރުމުގެ ހިތި ރަހަ ދައްކައި ދެއްވާ.

    10
    3
  68. މިހަަާދު

    ލާދީނީ ނަސީދު އާ ސޯލިހު އެއްމެ އަޑީގަ ހުރެގެން ކުރާ ކަމެއް މީ

    10
    2
  69. Me ava

    Muslimehge gothuga hurefa dheenun beyru vegen islam dheenah dhekolhah thedhuvaa meehaku maraalaakah nuntha onnany?

    4
    3
  70. ތާޖިރު

    ތިމަންނާ އުފަންވުން މުސްލިމަކަށް ހެދީކަމަށް މިބުނާާ ވާހަކަ އަކީކޮބާ؟ ދީނަކަށް އުޅުމަކީ އެމީހެއްގެ އިޚްތިޔާރުގައިވާ ކަމެއްކަމަށް ވާއިރު މިގައުމު ސެކިއުލާ ކުރުމަށް މިކަލޭގެ މަސައްކަތް ކުރާނަމޭ ބުނަނީ ކީއްވެގެން؟ ދީނަކީ އިޚްތިޔާރީ ކަމެއްކަމަށް ވުމަށް އެދޭމީހާ އެހެންމީހުންގެ ކަންކަމާ ބެހެންވީ ކީއްކުރަން؟ ގިޔާމަތް ދުވަހުން ސުވާލު ކުރެވޭނީ އިސްލާމްދީނާ ބެހޭ ގޮތުން. އެނޫން ދީންތަކުގައި އުޅެފަ މަރުވާމީހާއަށް އޮންނާނީ ނަރަކަ ކަންކަށަވަރުތާ! ޝިރުކު ކޮށްގެން ހުންނަ މީހާ އަކަށް ފަހު ވަގުތުގައި ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެ ދެންކީއްކުރާނީ.

    5
    3
  71. މީ އަހުރެން

    ބޮޑު މުސީބާތެއް. މާތްﷲ ތި ނުލަފާ ޖަނަވާރުގެ ކިބައިން އަޅަމެންނާއި އަޅަމެންގެ ދަރިން ސަލާމަތް ކުރައްވާށި.

    6
    2
  72. އެނޯ

    ރުސްތުމް، ހާދަ ކެރޭ ޒުވާނެއް! ވަރައް ޓްރެންޑީ ކުއްޖެއް. ބިޓުން ފަހަތުން ދުވާނެ، މަށަށް މަށައް ގޮވަމުން. އެކަމަކު، ވިސްނާ ފިކުރުކޮށްބަލަ ރުސްތުމް. ތިޔަ އިންކާރު ކުރަނީ އިސްލާން ދީނަށް، އެއްކައުވަންތަ ﷲ ތަޢާލާ އަށް. ރުސްތުމް، ކަލޭ ވުޖޫދަށް އައީ ކަލޭ އަމިއްލަައަށްތަ؟ نعوذبالله.

    5
    3
  73. ޖައިލަ

    މި ހަބަރު ގެ ހެޑިން ލިޔެފަ އޮތީ ގޯސްކޮށް... މި ލާދީނީ މީހާޔަށް އަދަބް ދީ... މީނަ ލާދީނީކަން ފަތުރަން މި އުޅެނީ ރަލާ މަސްތުވާތަކެތި ފާޅުގަ ބޭނުން ނުކުރެވިގެން.... މުޅި ރަށަށް ހުރި އުންދަގޫ ބޮޑު ޕާޓޭ އެއް.... މީނަޔަށް ހައްގު އަދަބް ދީ...

    6
    1
  74. މ

    ޢޭނަގެ ހުރިހާ މުއާސަލާތީ ގުޅުމެއް ކަންޑާލާ! އޭނަ ހަމަބިމައް ތިރިކުރޭ! ދުވަސްކޮޅަކުން ވިސްނެން ފަށާނެ. އެ ސޮރަައްް ހެޔޮ ވިސްނުން ދެއްވާށި!އާމީނ!

    5
    1
    • އެނޯ

      ސަރިޔަތައް ފޮނުވާ. ހުކުންކޮށް އެހުކުން ތަންފީޒު ކުުރަންވާނެ

  75. ބޮންދު ކުއްޖާ

    އެކަހަލަ މީހުން ރާއްޖޭން ޑީޕޯޓު ކުރުން އެންމެ މޮޅު ގޮތަކީ. އެހެން ގައުމަކަށް ގޮސް އުޅޭނެ ގޮތަކަށް އުޅެފާނެނުން

    4
    1
  76. ޕަރަޕަރާސް

    އެކޮޔައް ހެޔޮ ވިސްނުން ދެއްވާށޮ

    4
    1
  77. ސުންބުލި

    ބަލަ މުސްލިމެއް ނޫނެ ބުނާ ހިސާބުން ދިވެހި ރައްޔިތަކަށް ވޭތަ. މީނަ މިރާއްޖޭގައި މިވަގުތު ހުރީ ކޮން ކަހަލަ ވިސާއެއްގައިތޯ ބަލަން އެބަޖެހޭ. މީނަ މިހާރު ދިވެއްސަކަށް ނުވާނެ މިރާއްޖޭގެ ގާނޫނު ބުނާ ގޮތުން. ވިސާއެއް ނެތިއްޔާ އަވަހަށް ބޭރުކުރޜޭ.

    6
    1
  78. މުސްލިމް

    މި ގައުމަކީ މުސްލިމްގައުމެއް ގާނޫނުއަސާސީގައިވެސް ކަނޑައަޅުއްވާފައިވަނީވެސްއެގޮތަށް
    މިގައުމުގެވެރިކަންވެސް ކުރެއްވޭނީ މުސްލިމަކަށް މިއީ ﷲ ދިވެހިންނަށް ދެއްވި ބޮޑުނަސީބެއް
    މިހާސާފްކޮށް އެގެންއޮތްއިރު އިސްލާމްދީނަށް ފުރައްސާރަކޮށް މުސްލިމެއްނޫންކަމަށް ބުނެ ސެކިއުލާނިޒާމްގެފިކުރުފަތުރަން ބޭނުންވާކަމަށް ފާޅުގައިބުނާމީހަކު ހަށްޔަރުކުރުމުން ކީއްވެތޯ
    މިނިވަންކުރީ

    4
    1
  79. ކޮރޯނާ 19 އެޖެންޑާ

    މީނާގެ ކިބައިން ދިވެހި ރައްޔިތެއްގެ ޙައްޤު ވަނީ އޭނާ އަމިއްލައަށް ގެއްލުވާލާފައި .
    މީނާގެ ޢަމަލާމެދު ބޮޑަށް ފާހަގަ ކުރެވެނީ ބަޔަކު ހިތްވަރު ދީގެން ހިންގާ ކަމެއްކަމަށް . ބޭނުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީން ދިވެހިންނަށް ލިބިދީފައިވާ ދީނީ ބާރުވެރިކަން މުލުން ލުހެލާ، ދިވެހި ޤާނޫނު އަސާސީ އިސްލާހުކޮށް މިމާއްދާ ޤާނޫނުއަސާސީން ނައްތާލުމުގެ ފުރުޞަތު ހޯދުންކަމަށް:

    3
    1
  80. އަސާސީ ފޮތް

    ޤާނޫނު އަސާސީގައިއޮވޭ ޒިންމާ ޙަވާލުވެފައި ތިބޭމީހުން ޒިންމާ އަދާ ނުކުރާނަމަ އެމީހުން ޤާނޫނާ ޚިލާފުވިކަމަށް، މިކަމުގެ ޒިންމާ އަދާނުކޮށްފިނަމަ މަޤަމުގައި ތިއްބަވާ ވެރިންގެ މައްޗަށް ދަޢުވާ ކުރެވެންވާނެ. ކާކުބާ މިކަމަށް ތެދުވާނީ. ކޮން ވެރިއެއްބާ..

    3
    1
  81. އަޅުގަނޑު

    މާތްﷲ އާ ދުރުވާވަރަކަށް ހަވާ ނަފްސް އެމީހެއްގެ މައްޗަށް ގަދަވެގަނެ ޝައިތާނާ އާއި ގުޅެވި ރަނގަޅު ނަފްސު ބަލިވާނެނު. ވިސްނުން ދައްވެ ވިސްނުން ބަދަލުވެ މީހާ ޤާފިލްވެ މި އަގެއްނެތް ދުނިޔެއަށް ހެއްލުން މިއީ ނަފްސާނީ ބަލި. މާތްﷲ އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ލައްވަވާފަ ވަނީ އިމްތިހާނެއް ގޮތަށްވެސްމެ

    3
    1
  82. ނޭގެ މަށަކައް

    މި ގޮލާ ގެންގުޅޭ ވިސްނުމެއް ބަހައްޓަބަ. އޭނަ ފުރައްސާރަކޮއް މުސްލިމުންނައް އެއްޗެހި ގޮވަންޏާ މީނައައް އެއްޗެކޭ ބުނާނީ. އޭނަ ބެހެންޏާ ހައްޔަރު ކުރާނީ

    1
    1
    • ޙ

      މީނަ މުސްލިމުންނާ ބެހެނީ މުސްލިމުންގެ ގައުމެއްގަ... ނުބައި ނުލަފާ މީހެއް

      2
      1
  83. ޢަބްދުﷲ

    މިފަދަ ސުރުޚީ ތަކާ ޚަބަރުތަކުސަބަބުން މުޖުތަމަޢަށް ނޭދެވޭ އަސަރު ކުރާ ކަމުގައި ދަންނަވަން

    1
    1
  84. ޢަންސާރު

    ކޮމެންޓް ކުރާ ކުދިންނަށް އެނގިލައްވާ ތޯ ރާއްޖެ މީ މިހާރު 100 ޕަސެންޓް ގައުމެއް ނޫން...މި ކަމުގެ ޒިންމާ މައުމޫން އަބްދުލް ގައްޔޫމް ކަހަލަ އަޒްހަރުން ކިޔަވައިގެން އައިސް ތާގޫތު ވެރި ކަމެއް ކުރި މީހުން ނަގަން ޖެހޭނެ...ތިޔަ ރުސްތަމް ތީ އެ ފަލްސަފާއިން އުފަންވި ގައުމުގެ ހަތުރެއް ލާދީނީ މީހުންގެ މިތުރެއް..

    3
    2
  85. ދުމައިން

    މިމީހާޔާ ރައީސް ނަޝީދު ގެވަރަށް އަރިސް މީހަކު ބައްދަލުކުރި. އަދިބަންދުގަ އޮތްއިރު ބަރާބަރަށް އަޕްޑޭޓްނަގާ. އިނގިރޭސިވިލާތުގެ ރައްޔިތަކާ މީނާޔާ ގުޅުވަދިނީ ނަޝީދުގެ އަރިސް މީހެއް. މީމާޔަށް މާލީ ވަރަށްގިނަކޮމިޓްމެންޓްސް އެ ދިމަދިމާލުންދޭ.

    1
    1
  86. ލަވަފޮށި

    ގައުމާ މަގޭ ދީނާއި މަގޭ އަމްނާއި ނުކުޅެއްށޭ، ތާރީޚު ބަލާ އެނގިތިބެ ޢައްދާރު ނުވައްޗޭ. ދޭނޭ ދިވެހީން ޖާން. ވާނޭ ކެރި ގުރުބާން، އީމާންކަންމަތީ އީމާންކަންމަތީ.......
    މިގޮތުގައި ހުރިހާ ދިވެހިން ވެސް ތިބެންވާނީ

    1
    1
  87. ސަތޯ

    ރާއްޖޭގެ ހިތްގައިމު ފިލައިގެން ދާ ވަރުގެ ކަމެއް ތީ.
    ތި ފަދަ މީހުން ނަކީ ގައުމުގެ ކުރިމަގަށް ހުރި ނުރައްކަލެއް.
    ދިވެހިން ގެ ދިވެހިވަންތަ ކަމުގެ އަސްލަކީ ޢިސްލާމް ކަން ޚުލްގުގައި ހުންނަކަން.

    1
    1
  88. އިބޫ

    އެ ގޮލާ މަރު ބައްދަލު ވާނީ އެންމެ ހިތިކޮށް

    1
    1
  89. ހެއްރަބޭ

    ކޯޗެއް އެކައްޗެއްވެސް ނުފެތުރޭނެ. ﷲ ގެ ރަހުމަތުން ތި މުރުތައްދު ކަލޭގެ ހަލާކުވާނީ. ޔާ ﷲ އިބަލާހުގެ ކަށަކުޅަދުންވަނތަކަމުން މި މުނާފިގު ކަލޭގެނެތިކުރައްވާ ހަލާކު ކުރައްވާންދޭވެ. ޢަދި މީނާގެ ދުލުގެ ނުބައިކަމުން އަޅަމެން ސަލާމަތް ކުރައްވާންދޭވެ. ޢާމީން

    1
    1
  90. ހިމާރުލް ޤައުމު

    ބަލަ އެހިސާބުން އަެނަގެ ދިވެހި ރައްޔަތުކަން ގެއްލޭނެ. ޥިސާނެތެއްނު. ޕާސްޕޯރޓް ކެންސަލްކޮށް ޤައުމުން ބޭރުވާން އަންގާ. ނުވިނަމަ މުރުތައްދެއްގެ ފޮތުގައި އަމަލު ކުރަންޖެހޭ އުޞޫލުން އަމަލު ކުރޭ.

  91. ފާއިޒު

    އޭނާގެ ދިވެހި ރައްޔިތުކަން ނިގުޅައި ދިވެހި ރައްޔިތަކަށް ވުމުން ދޭ އެންމެހައި އިނާޔަތްތައް އޭނާގެ އަށް ނުދިނުމަށް ސަރުކާރަށް ގޮވާލަން.

    • ކަލޯ

      ތިޔަ ކުރެވެނީ މަޖްބޫރެއް ނޫންތަ؟ އިސްލާމް ދީނަށް މީހުން ވައްދަނީ އަނދެގެން ހުރި ފޮށާ ގަނޑުވެސް ބާލުވައިގެން ހަމަ ނޭވާލިޔަ ނުދީގެންތަ؟