ރާއްޖޭގައި ހިންގަމުން އަންނަ އަނަންތަރާ ދިގު ރިސޯޓުން އެކަކު ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވިދާޅުވީ، އަނަންތަރާ ދިގު ރިސޯޓުން ކޮވިޑް-19 އަށް ފައްސިވެފައި ވަނީ ބިދޭސީ އެއް ކަމަށެވެ. އޭނާ އަކީ ކޮވިޑް-19 ޖެހިފައިވާ ކަމަށް ޝައްކު ކުރެވިގެން ސާމްޕަލް ނަގާފައިވާ މީހެއް ކަމަށްވެސް އެ އޭޖެންސީން ވިދާޅުވެއެވެ.

އެޗްޕީއޭ އިން ވިދާޅުވީ، މިކަމާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގް މެދުވެރިކޮށް އެކަހެރި ކުރަންޖެހޭ 11 ފަރާތް ހޯދިފައވާ ކަމަށެވެ. އަދި އެމީހުން މިހާރު އެކަހެރި ކޮށްފައިވާއިރު، ރިސޯޓުގައި މޮނީޓަރިންގް މެކޭނިޒަމް ޤާއިމްކޮށްފައިވާ ކަމަށް ވެސް އެ އޭޖެންސީން ވަނީ ވިދާޅުވެފައެވެ.

އަންންތަރާ ދިގު ރިސޯޓުން ކޮވިޑް-19 ޖެހިފައިވާ މީހަކު ފެނުމާއި އެކު މިހާރު ރާއްޖެއިން މި ވައިރަސް އަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 9 އަށް އަރާފައެވެ. އޭގެތެރޭގައި އަނަންތަރާ ދިގު މޯލްޑިވްސް ރިސޯޓުން ކޮވިޑް-19 އަށް ފައްސިވި މީހާގެ އިތުރަށް ހިމެނެނީ ކުރެއްދޫ އައިލޭންޑް ރިސޯޓުން ފައްސިވި ހަތަރު މީހަކާއި، ސޭންޑީސް ބަތަލާ ރިސޯޓުން ފައްސިވި ދެ މީހަކާއި ކުރަމަތި މޯލްޑިވްސް ރިސޯޓުން ފައްސިވި ދެ މީހެކެވެ.

މި ވައިރަސްގެ އަލާމާތްތައް ފެންނަ، ނުވަތަ ވައިރަސް ޖެހިފައިވާ ކަމަށް ޝައްކު ކުރެވޭ 15 މީހަކު ރާއްޖޭގައި މިވަގުތު އެބަތިއްބެވެ.

ކިޔުންތެރިންގެ ހިޔާލު

29 ކޮމެންޓް

  1. ޫަްަަައުލާ

    އަޅެ ވަގުތޫ !!! ކޮން ފަޢްސި އެކޭ ޖަހާ ކައްތަ؟ ބޮލައް އުނދަގުވޭ!!!

    91
    9
    • އަރުޝީފު

      އެހެން އެއްވެސްބަޔަކު ނުކިޔާ ތިޔަ ފައްސިއެ ނައްސިއެއް..ވަގުތުނޫހުން ގަދަކަމުން އަހަރެމެންލައްވާ މިއެއްޗެ ކިއުއްވަންކަންނޭގެ ހުއްޓުމެނެތި މިފޮއްސިއެއްކިޔަނީ...

  2. ވާނުވާ

    މާލޭގައި ހުންނަ ހޮސްޕިޓާތަކަށް ނުވަތަ މީހުން ދިރިއުޅޭ އެއްވެސް ރަށެއްގައި ވާ ހޮސްޕިޓަލް ނުވަތަ ސިއްހީ މަރުކަޒަކަށް ކޮރޯނާ ބަލިމީހުން ނުގެނެސް ފަރުވާ ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވައުދުދތަކާ އެކު ޒިންމާއާ ހަވާލުވެ ތިބި ފަރާތްތަކަށް އިލްތިމާސް ކުރަން. މީހުން އާންމު ސިއްހީ ޚިދުމަތް ހޯދަންދާ ތަންތަނަށް ކޮރޯނާ މީހުން ގެންގޮސް ލުމުން ސިފަ ވެގެން ދަނީ އިތުރަށް ބަލި ފަތުރަން މަސައްކަތް ކުރާ ތަން. މީ އެންމެން ވިސްނާ ފަރުދީ ޒިބްނާ ވެސް ނަގަން ޖެހޭ ކަމެއް.

    60
    2
  3. މަހަށްދޭބަލަ

    ރާއްޖޭން އިތުރު ބިދޭސީއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ ނަމަ މީ މަމެން ހިތާމަ ކުރާ ކަމެކޭ ދޭބަލަ...

    31
  4. މިންނަ

    ބަލަ ކީއްވެތަ ވަގުތުު ނޫސްވެރިން ރިސޯޓު މުވައްޒަފުންނަށް ލިބޭ ގެއްލުމުގެ ވާހަކަ ނުދައްކަނީ؟ މުޅި އުމުރު ދުވަހު މަސައްކަތް ކުރާއިރު، އޮކިއުޕެންސީ 100% ހުއްޓަސް މުވައްޒަފުންނަށް މުސާރަ އިތުރު ކުރޭތަ؟ ސަރވިސް ޗާރޖް އެއީ ވަކި އެއްޗެެއް. ވަޒީރުންނާ، މެމްބަރުންގެ މުސާރަ އެބަ ކުޑަކުރޭތަ؟ ސިވިލް ސަރވިސްގެ އޯޓީ ކަނޑާ އިރު؟ ސަރުކާރުން ހަމަ ވިޔަފާރިވެރިންނަަށް ފައިދާ ވާ ގޮތަށް ބަލަނީ، ޓެކްސް އަދި ޕެންޝަން އުވާލަން ފެނޭ. ކޮން ޓެކްސް އެއްތަ؟

    35
    1
  5. ކޮލެޖު ކުއްޖާ

    އަހަރެމެން މީ އިންސާނުން ނޫންދޯ! އެހެންވެ އަހަރެމެންނަށް ކޮލުޖެއް ވެސް ބަންދެއް ނުވާނެ. އަހަރެމެން ބަލި ވީމަ އަޅާލާނެ މީހަކު ވެސް މިތާ ނެތް. އާއިލާ އެތިބީ މާ ދުރުގައި. މަންމަ ފަކީރު ދުވާލަކު ފަސް ހަފަހަރު އެބަ ގުޅާ ދަރިފުޅާ ރަށަށް އަންނާށޯ ކިޔާފަ. ހެޔޮ ނުވާނެ މި ކޮރޯނާ ކޮންޓުރޯލުން ނުނެއްޓެނީސް ކޮލެޖުތައް ވެސް ބަންދު ކޮށްދެއްވާ. ޕާކުތައް ވެސް ބަންދު ކުރެވެންޔާ މިކަން ވެސް ކުރެވޭނެ ދޯ.

    56
    2
  6. ޙޭހަން

    ތަކުރާރު ކޮށް މިދައްކަނީ ބަލިފެތުރުން ހިފަހަޢްޓަން ޕްރޯއެކްޓިވް ކޮށް ރައްކާތެރިވުމުގެ ފިޔަވަޅު އަޅާ ހޭލުންތެރިކުރުވާ އެގޮތަށް އަމަލުކުރުވުމަށް! ބަލި އުޅުނު ގައުމުތަކުން ފިލާވަޅު ދަސްކުރުމަށް! މިވައިރަހުގެ ދިފާއީބާރެއް އެއްވެސް މީހެއްގެ ހަށިގަޑަކު ނުހުންނާނެ! ކޮންކަމެއްތޯ ކުރެވެނީ! ގާނޫނުން ޕަބްލިކް ހެލްތްގެ ޑިރެކްޓަރ ޖެނެރަލް އަށް ބާރެއްދިނީމާ އެވީބާ!

    22
    1
  7. ޔޫކޭ މީހުން އައުން ހުއްޓުވާ

    އިޓަލީގެ ފަތު ރުވެ ރީން ރާއްޖެ އައުން މަނާ ކޮށްދޭށޭ ބުނެ ބުނެ އޮއްވާ ތީފެތު ރުނީމަ ހުއްޓުވީ އެވެސް އިލާހީ އީ ރާދާ މާލޭގައި ނުފެތު ރުނުކަން..ޔޫކޭ އިން ދިހަ ހާހައްށްވު ރެ ގިނަމީހުން ޕޮޒޮޓިވް ވެއްޖެ ކޮންއި ރަކުން ތިމީހުން އައުން ހުއްޓުވާނީ މާލޭގެ ފެތު ރުނީމަތަ؟

    37
  8. ޢލަި

    މި ފައްސި ލައްޓި ޖަހާވަރުންމީހުންގެ ކޮމެޓް ވެސް މިހާރު ހަބަރަކައް ފޯކަސްނުވޭ. ކޮންމެޙަބަރެއްގައި ޖަހާފަެިހުންނަ ކޮމެންޓްތައް ރައީސްއޮފީހުން ބަލާ މުޖުތަމައު ގެ ގިނަމީހުން ބުނަނީ ކީކޭތޯ ބަލަނީ ހަމަ ެކަނި ފްލެޓް ކަަހަލަ ކަންތައްތޯ މި ފައްސި އައްސި ލައްޓި ހުޓާކައްނުވޭތޯ މީ މިހާރު މިޖެހިގެން އުޅޭ މުސީބާތައްވުރެ ބޮޑުކަމެއް

    6
    1
  9. އެކްޓަރ

    ދިވެހި ބަހޭ ކިޔަން ފައްސި ޖަހާއިރު އެޗް ޕީއޭ ގެ ބަޔާންތަކާއި ޓުވީޓްތައް އިގިރޭސި ބަހުން ހުންނަނީ. ރާއްޖޭގެ އާބާދީގެ ގިނަ ބޭފުޅުންނަށް އޮޅުން ފިލާނީ ދިވެހި ބަހުން ލިޔުނީމަ...

  10. Juhaa

    ޔޫކޭ އަކީ އަންނިއޭ އެކިޔާ ކަލޭގެ އުޅެ ބޮޑުވި ތަން. އިންޑިޔާއަކީ ގެރި މޯދީއާ އެކު އެކަލޭގެ ސެލްފީ ނަގާ ތަން. އެހެންވީމާ، އެތަންތަނުން މީހުން އައުމެއް ނުހުއްޓުވޭނެއެއްނު.

    11
  11. ފައްސި

    ބޮލާނުކުޅަދާ ފައްސިޔަ ކާާ ޖެހުންފަހުން. އިތު ރު މީހަކައް ޖެހިއްޖެ. ކިޔާލަން ފަސޭހަ ދޯ

    10
    1
  12. ފެނެއޭ

    ބިރަކީ ކުއްލިއަކަށް ބަލިމީހުން ގިނަވުން، އެ ފުރުސަތު ރާއްޖެއަށް ވެސް އެބަ އޮތް ކަމަށްވާނަމަ ރާއްޖޭގެ މިހާރުގެ ސަރުކާރު އެކަމަށް ފައިނޭންޝަލީ ތައްޔާރެއް ނޫން އެކަމަކު ކެނެރީގެ ނަޝީދު ދުނިޔޭގެ އެންމެ މުއްސަނދި ގައުމު ތައް ކަމަށްވާ ޗައިނާ އާއި ޖަޕާން އޮތްވާ އެއިން ގައުމަކުން ލޯން އެހީ ވެސް މާލެ އާއި ތިލަފުއްޓާއި ދެމެދު އަޅަން ޖެހޭ ބްރިޖް އަޅަން ފައިސާ ނުހޯދާ ކަޓް ނަގާ އުސޫލުން ހަމައެކަނި އިންޑިއާގެ ބޭންކް އަކުން ލޯން ނަގަން އުޅުން މީ ރާއްޖޭގެ އިގްތިސާދު ކެނެރީގެ ނަޝީދު އަޑީގައި ހުރެގެން ހިންނަވަރު އބޫ ލައްވާ ފުނޑާލާ އެމެން މުއްސަނދިވާން ވެގެން ގަންނަ ގަނޑެކޭ ރާއްޖޭގެ ރައްޔިތުން މިފަހަރު ހަލާކު ވެ ފަނާވެގެން ދާ ވަރަށް އެމެންގެ އަތްމަތި ދަތިވާނެއޭ އިންޑިއާ އަށް ރާއްޖެ އަށް ބޭނުންވާ އެހީ ދެވޭނެ ކަމަށް މަމެންނަށް އެއްގޮތަކަށް ވެސް ބުއްދީގެ ހަމަ ތަކުން ނުފެނެއޭ...

  13. އަމާނަަަަަަތު

    ކިތަންމެ ބޮޮޮޮޑު މުޢުގިޒާތެއް ނުވަތަަަަަަަަަަަަކޯފާއެއް ލެެެެެެެެެެެެއްވިޔަކަސް ހިއްތައް ބަންދު ވެެެެެެެެެެެެފައިވާ ޖާހިލު ލާދީނީ ބަޔަަަކައް ގަބޫލެއް ނުކުުުުރރރ ރެވޭނެ.

  14. ޢާދަނު

    ޢިންޑިއާ އަދި އިނގިރޭސި ވިލާތުން މީހުން އައުން ހުއްޓުވާ ނޫނީ ރައްޔިތުން ނުކުންނަން ޖެހިދާނެ ހުއްޓުވަން

  15. އަމާނަތު

    ޑުނިިިޔޭގެ ކޮންމެ ތަނެއްގެ ލާދީނީމީހަކު ހުއްޓަސް އަނޮނަން ވީމިގައުމައް އެއިރުން ވަގުތުން އެެެމީހަކު މޮޔަ އަކައް ބަދަލު ާނެ. I

  16. ރަށަށްދޭބަލަ

    ރާއްޖޭގެ ޕޮޒިޓްވް ނަމްބަރު މައްޗަށްދާނަަ އެކަމަކީ އެއީ މަމެން ހިތާމަ ކުރާ ކަމެކޭ ...

  17. އެމިނެމް

    އިޓަލީގައިވެސް ޑަބްލިއުއެޗްއޯ ބުނެގެން އަމާބުނީތީ ފަރަށް ދިޔަ އިސްކޫލުތައް ވެސް ބަންދު ކުރި ވީކަ މެއް ނެތް ، ކިރިޔާވެސް ނަތީޖާއެއް ނިކުންނަނީ އިޓަލީގައި މިހާރު އަޅާފައި އޮތް ފިޔަވަޅުތަކުން ، އެހެން ގައު މުތަކުން އިބުރަތް ހޯދަން ޖެހޭ ހުރިހާ ރިސޯރޓެއް މުއައްޒަފުންނާއެކު ސާދަ ދުވަހަށް ކަރަންޓީން ކުރުން ބުއްދިވެރި މާލެ ސަލާމަތް ކުރަންޏާ.

  18. ރަށުމީހާ

    އިރުކޮޅަކުން ނިއުސް ކޮންފަރެންސަށް އަރާ ބުނާނީ ރައްޔިތު މީހާ ދަރިފުޅު ޑޮކްޓަރަށް ދައްކަން ނުވަތަ މުސްކުޅި ކާފައާ މާމަ ޑޮކްޓަރަށް ދައްކަން ނޫނީ ކެންސަރ ޖެހިފައިވާ ބޭބެއަށް ނޫނީ ކިޑްނީ ބަލީގެ ފަރުވާ ހޯދާ ބޭބެ ގޮވައިގެން ދާން ޖެހިފައިވާ އާންމު ހޮސްޕިޓާތަކަށް މި ނުރައްކާތެރި ބަލީގެ މީހުން ބަދަލު ކުރާ ވާހަކަ ކަންކނޭގެ. ޒިންމާއާ ހަވާލުވެ ތިބި މީހުންމި ބަލި ފަތުރަން މަސައްކަތް ކުރަމުން ދާ ކަން މި ފެންނަނީ. ސިއްރަކީ ކޮބައިކަން ވެސް ވަރަށް ސާފު

  19. ދިސްވޭ

    ބިރަކީ ކުއްލިއަކަށް ބަލިމީހުން ގިނަވުން، އެ ފުރުސަތު ރާއްޖެއަށް ވެސް އެބަ އޮތް ކަމަށްވާނަމަ މިއިން އެގިގެންދަނީ މިރާއްޖޭގެ ކޮންމެ ރިސޯރޓެއްގައި ވަރުގަދަ ހޮސްޕިޓަލެއް ހުންނަން ޖެހޭނެ ކަމަށް މީ ޓޫރިޒަމް މިނިސްޓްރީގެ ހިންގުން ދޯދިޔާ ކަމުން ވެގެން އުޅޭ ކަންކަމޭ ސަރުކާރުގެ ސިވިލް ސާރވެންޓުންގެ މަތީ ފަށަލަ އެބަޖެހޭ ބަދަލު ކުރަން ވަރަށް ރަނގަޅަށް އައި ކާންޓް ބްރީދް އަދަރވޭ އައި ކާންޓް ބްރީދް އަދަރވޭ...

  20. ސޯދު

    އަޝްރަފޫ. ދިވެހިބަހުގެ ތެރެޔަށް "ފައްސި" ކަހަލަ ނަހަލާލު ބަސް ނުވައްދަބަލަ. ޙެޔޮނުވާނެ، އިތުރަށް ދިވެހިބަސް މުޑުދާރުކުރަން ނޫޅެ ކޮމެވެސް މާނަ ފަހުމުނުވާ ޅެމެއް ހަދާބަލަ.

    10
  21. ތަމެންނޭ

    ސިޗުއޭޝަން މިހާރު މިއޮތީ ގޯހުން ގޯހަށް ގޮސްފައޭ ދެން މަމެންނަށް ނޭގެއޭ ހަދާނެ ގޮތެއް ސަރުކާރުން ކޮވިޑް 19 އިން ސަލާމަތް ވުމުގެ ބަދަލުގައި ބުނަމުން ދިޔައީ ކޮވިޑް 19 ރާއްޖެއަށް އަންނާނެއޭ ސްޕެޝަލީ ކެނެރީގެ ނަޝީދު އަދި ރައީސް އިބޫ ވަނީ މިހެން ވިދާޅުވެފައޭ މީ މީގެ ސަބަބުން ރާއްޖެ އަށް ނެގެޓިވް އިމްޕެކްޓް ކުރާނެ ކަމެކޭ ސަބްކޮންޝަސް މައިންޑުން ވިސްނާ ބުނާނަމަ މީ ވަރަށް ދެރަކަމެކޭ އެމްޑީޕީގެ ކޮންމެ ވެރިކަމެއްގައި ރާއްޖެ އަށް އަންނަނީ ތަދުމަޑު ކަމޭ

  22. ބްރޯ

    ބޮލަށް އުނދަގޫ ވެއްޖެ ޕޮޒިޓިވް ނެގެޓިވް ޖްަހައިގެން ލިޔަމުންދަނި ދިވެހި ބަސް ނުދަންނަ ފަރާތްތަކުން ދިވެހިބަހުން ލިޔާނަމަ ވައިރަސް ޖެހިފައިވަާ މިތައްމީހުން މިވެނިރަށަކުންފެނިއްޖެ މިވެނިރަށަކުން މިތައްމީހުން ވައިރަހަށް ފޮޒިޓިވް ނުވަތަ ފައްސި ލިޔަކަށެއްނުޖެހޭ ސައްކުވެގެން ޓެސްޓު ކުރި މިތައްމީހުނަށް ވައިރަސް ޖެހިފައި ނެތް. މިއީ ދިވެހި ބަހުން ލިޔާގޮތް ކޮން ނައްސި އެއް ނެގެޓިވް އެއް ހަގީގީ ނެގެޓިވް ޕޮޒިޓިވެް އަކީ ޕްލަސް މައިނަސް ތިޔަ ނައްސި ފައްސި ޕްލަސް ނެގެޓިވް ކަޑާލުމަށް ފަހު ދިވެހި ބަހުން ދިވެހިކޯހެއް މުވައްޒަފުންނަށް ހިންގަދީބަލަ.

  23. ސަދސ

    ރައްޔިތުންގެ ފޯކަސް އެހެންދިމާލަކަށް ބަދަލުވި ވަގުތު މިކަންވެސްކޮށްލީ.
    ބާއީ ލުތުފީ ޖަލުގައި ހު ރިތޯ ޔަގީންކޮށްލަދީ.

  24. Anonymous

    މަކަރާ ޖަހާގެން ދުނިޔެ ކާން އުޅެ ނުކެވިގެން އުޅޭ ލާދީނީ ދޮގު ޗަކޮއެ ސޮރު

  25. ބްރޯ

    "މިހާރު ދުނިޔޭގެ ގައުމުތަކުގާ ފެތުރެމުންދާ ރޯގާގެ އާލާމާތް ފެނިގެން އަނަންތަރާ އިން ޓެސްޓް ކުރި މީހާއަށްވަނީ ކޮވިޑް 19 ޖެހިފައި "

  26. މާމަ

    މިހާރުވެސް ގެސްޓުން އެތެރޭވޭ ކޮންމެ ދުވަހަކިވެސް އެމީހުން އެތެރެވުން ހުއްޓުމަކައްނާދޭ

    6
    1
  27. އެނޯ

    ކަމެއްވީމަ ނަގޫ ހަލުވާލާފަ ލޯހުޅުވާލުމުގެ ބަދަލުގަ، ކުރިމަތިވެދާނެ މައްސަލަތަކަށް ވިސްނާފަ ދުރާލާ ހަރަކާތްތެރިވާން އަހަރެމެން އެންމެންވެސް ދަސްކުރަންޖެހޭ. އެންމެ ކުޑަމިނުން އެހެން މީހުން ބުނާ ވާހަކަ އަޑުއަހަން ދަސްކުރަންޖެހޭ، ހިތާދެކޮޅަށް ނަމަވެސް.

  28. ކަމަނަ

    ބޮލުރޮދި ސަރުކާރު.......