ރާއްޖެ ހިމެނޭހެން ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާރު ފެނިފައިވާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އާއި ގުޅިގެން އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅަން ތައްޔާރަން ހުންނެވި ކަމަށް، ކުރީގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު، އަދި އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ ސިޓީ މޭޔަރު ކަމަށް ކުރިމަތިލައްވާ އަލްހާން ފަހްމީ ވިދާޅުވެއްޖެއެވެ.

އަލްހާންގެ ޓީމް، މި ވައިރަސް އާއި ކުރިމަތިލާން ތައްޔާރުކަން ހާމަކޮށް އަލްހާން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެންމެ ކަންބޮޑުވަނީ ދިވެހި ދައުލަތުގެ އިގްތިސާދަށް އަންނަ ގޮންޖެހުންތައް ސަރުކާރުން ހާމަ ނުކުރާތީ އާއި، ވިޔަފާރީގެ ބާޒާރާ ވަޒީފާތަކަށް ކުރާނެ އަސަރު ހާމަ ނުކުރާތީ ކަމަށެވެ. އަދި އާންމު ދިރިއުޅުމުގެ ހާލަތަށް، މިފަދަ ދަނޑިވަޅެއްގައި ގެންނަންވީ ބަދަލުތައް ކިޔައި ނުދެވުމަކީވެސް ކަންބޮޑުވާ ކަމެއް ކަމަށް އަލްހާން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ޓްވީޓާ އެކައުންޓު ޓެގުކުރައްވައި އަލްހާން ކުރެއްވި މި ޓްވީޓުގައި ވަނީ، ކަމާއި ބެހޭ ވަޒީރުން ކޮބައިތޯ ސުވާލު ކުރައްވާފައެވެ.

ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން، ކެމްޕެއިން އެއްވުންތައް ނުބާއްވާގޮތަށް އެންމެ ފުރަތަމަ ނިންމެވި ކެންޑިޑޭޓަކީ އަލްހާނެވެ. އެކަން އިއުލާނު ކުރައްވަމުން ކުރިން އަލްހާން ވިދާޅުވީ، މާލޭ ސިޓީ ކައުންސިލަށް ވާދަކުރައްވައި މިހާރު ކުރިޔަށްގެންދާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން އެއްވުންތައް ނުބޭއްވުމަށް ނިންމާފައި ވަނީ ކޮރޯނާ ވައިރަސް އިން ރައްކާތެރިވުމުގެ ގޮތުން ކަމަށެވެ.

ކޮރޯނާ ވައިރަސްގެ ނުރައްކަލާއި ގުޅިގެން އަލްހާންގެ ޓީމުން ޚާއްސަ ފިޔަވަޅުތައް އަޅުއްވަމުން ގެންދަވާއިރު، ރާއްޖެއިން މިހާތަނަށް 9 މީހަކު މި ވައިރަސް އަށް ފައްސި (ޕޮޒިޓިވް) ވެފައި ވެއެވެ. މި 9 މީހުންނަކީ ވެސް ބޭރު މީހުންނެވެ. މި ވައިރަސް އަށް ޝައްކު ކުރެވޭ، ނުވަތަ ވައިރަސްގެ އަލާމާތްތައް ފެންނަ 15 މީހަކު އައިސޮލޭޝަންގައި އާއި ކަރަންޓީނު ފެސިލިޓީތަކުގައި އެބަތިއްބެވެ.

ދުނިޔޭގައި ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދާއިރު މިހާތަނަށް ދުނިޔޭގެ 132 ޤައުމުން މި ވައިރަސް ވަނީ ފެނިފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސަގަރު

    އަލްްހާނުގެ ޓީމެއް އޮވޭތަ؟

    18
    1
    • ޢަބްދުއްލަޠީފު

      އާ ދެލޯކަނުވީމަ ނުފެނުނެއްނު އެކައްޗެއްވެސް. ތިތިބީ ކެނެރީގޭ ބުއްޅަބޭގެ ޖާދޫ އިން މޮޔަވެފަ. ކަލޭމެންނަށް ނުފެންނާނެ އެމީހުންގެ އެންމެ ކުޅަދެއްވެސް ނެތްތަނެއް. ރާއްޖެތެރޭމީހުންގެ މަދުން ނަމަވެސް ކުޅަދު ހުރީ. މީވާގޮތަކީ.

      1
      3
  2. ހުސޭނުބޭ

    ކަލެޔަށް ވަކި ކުރެވޭނީ ކިޔެއް! އެންމެން ކުޑަކަކޫޖެހިފައި ވާއިރު ކަލޭ ތިއީ ކޮންތާކުން ފައިބައިގެން އައިސްހުރި މީހެއްތަ؟

    24
    1
  3. ކާފަބޭ

    މާތްކަލާކޯ،،، މީނަގެ ޓީމުގައި ކިތަށް މީހުން އުޅޭބާ،،،، ޓީމޭ ބުނީމަ މަ މިހުރީ ކޮށިއަރާފަ...

  4. ާއަފްލާ

    ޢެއްވެސް ބައްޔަކާ ކުރިމަތި ލުމުގެ ގާބިލުކަމެއް އެއްވެސް މީހަކައް ނުވަތަ ބަޔަކައް ލިބިގެންނުވޭ އެކަން ވަނީ ﷲ ތަޢާލާ ނިންމަވާ ދެއްވާފަ އަޅުން ކުރާނީ މަސައްކަތް ﷲ ކަންކަން މިންވަރު ކުރައްވަނީ

  5. އިބްރާ

    ކަލޭވެސް ދިރާސާ ކޮށްފަ ރައްޔިތުންނަށް ކިޔާދީބަލަ. ފަރުދޫ ޒިންމާ އަދާކޮށްބަލަ!

  6. ކޮއްކޮ ބޭގެ ތެލި ފޯނާ

    ކަލޯ ބަންގާޅު ޓީމެއްތަ؟