ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރާއްޖެއަށް އެހީތެރިވެދިނުމަށް އިންޑިއާގެ ޓީމެއް މިއަދު ރާއްޖެއަށް އަތުވެއްޖެއެވެ.

މިކަން ހާމަކޮށް މިއަދު ފޮރިން މިނިސްޓަރ، އަބްދުﷲ ޝާހިދު ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް އައި ޓީމުގައި ޑޮކްޓަރުންނާއި ޕެރެމެޑިކްސް އާއި ބަލިތަކަށް ޚާއްސަ ޑޮކްޓަރުންނާއި ޓެކްނީޝަނުން ރާއްޖެއަށް އައިސްފައިވާ ކަމަށެވެ. މި ޓީމުގައި ޖުމްލަ 14 ބޭފުޅަކު މިއަދު މާލެއަށް ވަނީ އައިސްފައެވެ.

މިނިސްޓަރ ޝާހިދު ވިދާޅުވީ، އިންޑިއާ އިން މިއަދު އައި މި ޓީމު މަސައްކަތް ކުރާނީ ރާއްޖޭގައި ކޮވިޑް-19 އޮތް ހާލަތު ރަނގަޅުކުރުމަށް ކަމަށެވެ.

މިނިސްޓަރ ޝާހިދު ވަނީ މި ދަނޑިވަޅުގައި އިންޑިއާއިން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަން ފާހަގަކުރައްވައި އެކަމަށްޓަކައި އެޤައުމުގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި އެޤައުމުގެ ފޮރިން މިނިސްޓަރ އަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް ހާލަތު ރަނގަޅު ކުރުމަށް އިންޑިއާގެ ޓީމެއް މިއަދު މާލެއަށް އައިސްފައިވާއިރު، ދެޤައުމުންވެސް ކޮވިޑް-19 ވަނީ ފެނިފައެވެ. އެގޮތުން ރާއްޖެއިން މިހާތަނަށް 9 މީހަކު މި ވައިރަސް އަށް ފައްސިވެފައި ވާއިރު، އިންޑިއާއިން މިހާތަނަށް 81 މީހަކު ވަނީ މި ވައިރަސް އަށް ފައްސިވެފައެވެ. އިންޑިއާއިން މި ވައިރަސް ޖެހިގެން މިހާތަނަށް އެކަކު މަރުވެފައި ވެސް ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

 1. ޙޑހދހ

  ކޮބަތޯ ޗައިނަ ގެ ހައްސަ ޓީމް

  23
 2. ޢާދަނު

  ތިމީހުންވެސް ޓެސްޓް ކުރަންފެނޭ

  32
 3. މާމިގިލީ މީހާ

  ރާއްޖެއަށް އެހީވާން އައި ބައެއް ނޫން ތީ. ރާއްޖޭގެ މީހުން މަރާން އައި ބައެއް ތީ. ކީވެގެން ތޯ މިސަރުކާރުން އިންޑިޔާއިން މީހުން ރާއްޖެ އައުން މަނާ ނުކުރަނީ. އިންޑިޔާއިން އަންނަ މީހުން ކަރަންޓީނެއް ވެސް ނުކުރޭ. އިންޑިޔާގަ މިބަލި ހަލުވިކަމާ އެކު މިހާރުވެސް އެބަ ފެތުރޭ.. ގެރި ސަރުކާރު..

  39
 4. ސަނާ

  ކޮންފަދަ ނޮހޮ ރުއްޕާނެއް މިދަނޑިވަޅުގަވެސް ޚަ ަރދުތައް އިތު ރުވާނެހާ ގޮތްތައް ހޯދަނީ ތިޔަ ބައިގަނޑުގެ ޚަ ރަދަށް ދުވާލަކު ކިހާވަ ރެއް ޚަ ަރދު ކު ރަން ޖެހޭބާ ޝާހިދު ވިދާޅުވެ ދެއްވަ ބައްލަވާ

  28
 5. ބޮޑުގުޅަ

  ތިޔަ ޓީމު ކަރަންޓީނެއް ނުކުރޭތަ، ކީއްވެ؟

  28
 6. ޝުދުފާ

  އާދޭސް ކޮއްގެން ގެނައި ޓީމެއް.

  26
  1
 7. ނުރަބޯ

  މިހާރު ޔަގީންވެއްޖެ ޝިޔާމް ދެއްކި ވާހަކަ ތެދުކަން. އިންޑިޔާއިން މީހުން ގެންނަންވެގެން ޗައިނާގެ އޮފާ ރިޖެކްޓްކުރީ އިންޑިޔާ ރުއްސަން. އިންޑިޔާއަކީ ދުނިޔޭގަ އެންމެ ގިނައިން ފޭކު ބޭސް އުފައްދާ ގައުމު

  35
  1
 8. ައަޒީޒާ

  އެހެންވީމާ ޝިޔާމް އަށް ދެއްކުނީކީ ދޮގުވާހަކައެއްނޫންތާ ޗައިނާ އިން ދިވެހި ސަ ރުކާ ރުގަ އެދިފައޮއްވާ އިންޑިޔާއިން އެއައީ

  28
 9. ާަަދދ

  ތި ޓީމްގެ ބޭފުޅުން ކޮވިޑް 19 އަށް ޓެސްޓް ކުރެއްވިތޯ

  30
  1
 10. ޓައްޕު

  ދެބޯ ގެރި ދުއްވަން އިންޑިއާ ހާދަ މޮޅޭ އަމިއްލަ ގައުމުގެ މުސްލިމުން ނައްތާލަން ލާއިންސާނީ ޖަރީމާ ހިންގާ ބަޔަކު ބުއްޅަގެ ރައްޔިތުން ގުނބޯ ހައްދާއިރު ބުއްޅަ ހޭބަލިވެފަ ހުރެެންެން އަތްޖަހަޖަހާފަ ކޮސް ގޮވަނީ މީ ވެސް މުސީބާތެއް

  33
 11. Anonymous

  މީގެބތެރޭގައި މުސްލިމުން މަރާ ހުސްކުރަން ވަގުދުވި މީހުންނާއި އެމީހުނަށް ހިތްވަރުދޭ މީހުން ތިބިތޯ ބަލަންޖެހޭނެ.

  30
 12. ތޫބާ

  ކާންދީނތިބޭނެ ތަންތަން ދޭންޖެހޭ މީހުން އިތުރުކުރަނީ ސަރުކާރު މުއްސަނދި ކަމުންތަ¿

  27
 13. Anonymous

  ޑޮކްޓަރުން މަދުވެގެނެއް ނޫޅޭ މިގައުމުގަ. މަދުވާނީ ފެސިލިޓީސް.

  33
  1
 14. މުސްލިމް

  އަމިއްލަ ގައުމުގެ މުސްލިމުން ނައްތާލަން ނުކުރާ އަނިޔާއެއް ނެތް ބަޔަކު އެހެން ގައުމެއްގެ މުސްލިމުން ސަލާމަތް ކުރާކަށް ނާންނާނެ. އިންޑިޔާ މީހުންގެ އެޑްވައިޒްގެ ދަށުން އެންމެ ގިނަ އާންމުން ދާ ހޮސްޕިޓަލް ތަކަށް ކޮރޯނާގެ އެންމެ ހާލު ދެރަ މީހުން ފަރުވާ ދިނުމުގެ ނަމުގައި ގެނެސް ދިވެހި މުސްލިމުންނަށް ބަލި ޖައްސާ ދިވެހިން ނައްތާލުމގެ މަސައްކަތެއް ކުރާތަން މިހާރުވެސް މި ދަނީ ފެންނަމުން. މާދަމާގެ ދިވެހި ގައުމުގެ މިލްކުވެރިންނަކީ އެވެރިން ކަމުގައި ވުމުގެ އުންމީދުގައި ހިތާމައިގެ ކޮޅެއްވެސް ނެތް.

 15. ހހހހ

  މިމީހުން ބައިތިއްބާފަ ދިވެހި ޑޮކްޓަރުން ލަްްވާ ހުރިހާ މަސައްކަތެއް ކުރުވާނީ. މިމީހުންވާނީ ވެރިންނަށް. މިއީ ބޮޑު އުނދަގުލެއް. ފަހާލަބަލަ. މި އިންޑިޔާގެ އުންދަހޫވަރަށް ބޮޑުވެއްޖެ.

 16. ކޮސް

  އަތޮޅުތަކުގައި ވެސް ފެސިލިޓީ ގާއިމް ކކޮށްދީފައި ފަރުވާ ލިބޭނެ ގޮތާއި ޑޮކްޓަރުންނާ ނަރުހުންނާ އެހީތެރިން އެކި ތަންތަނަށް ނުދުވެ ތަނުގައި ހަމަޖެހިލައިގން ތިބެވޭނެ ފަދައަކުން އަދި ބަލިމީހުންވެސް ބައިތިއްބޭނެ ފަދައަކުން އިމާރާތްތައް ތައްޔާރުކޮށް ހެދިއްޔާ މާރަނގަޅެއްނު. އިންޑިޔާއިން މީ ހެޔޮ ނިޔަތެއްގައި އަންނަ ބައެއް ނޫންކަން ދިވެހިންގެ އިތުރުން މުޅި ދުނިޔެއަށްވެސް ސާފު

 17. ވިސްނާ ވިސްނާ

  މި ފަހަރުގެ އިންތިޚާބުގެ ޑާޓާ ގެ ކަންކަން ބެލެހެއްޓުމަށް ގެންނެވިބަޔަކާ ހާދަހާ ވައްތަރޭ..

 18. މުހައްމަދު

  ބޮޑަށް ބެލެވެނީ ދަސްކުރާއިންކަމަށް. ނަމެއްގައި ހަމަ ކަމެެއްކޮށްލަނީ. ތިމީހުންގެ ހަރަދުތަށް ވެސް ދެން އެެއްކަލަ ދޭންބުނި އެެއްބިލިޔަނުން ކަނޑާލާ.

 19. ލުޓޭރުންގެ ސަރުކާރު

  ތިނިމުނީ ދެންނުދާނެ މިތަނަކުން...ތަންހަ ރުވީ...ތިމީހުންނަ ޙަ ރަދުކު ރަނީ ކޮންގައުމަކުންތޯ..ތިމީހުންއެބު ރި އިންޑިޔާއަށްދަންޏާ ދާއި ރު މިތާއޮތް ދެހެލިކޮޕްޓަ ރު ހިފައިގެންދާން ބުނައްޗޭ...އަދި އިންޑިޔާގެ ރޯ ކުދިންވެސް...

 20. ތާރުކުނާ

  ޢިޓަލީއަށްވެސް އެދިޔަޢީ އެހީވާން ޗައިނާގެ ޓިމެއް ބޭހާއި ސާމާނާއެކު! ޢުތުރުކަރަ އަކީ ކޮރޯނާއަށް ފަރިތަބައެއްނޫން ކަން އެގޭއިރުވެސް މޯދީ ބުނާއިރަށް ޔެސް ސަރ ތޯ؟އަޅުވެތިކަމުގެ އިތުރުބޮޅެއް! މިތާމިތިބަ މީހުނަށް ނޭގުނުއެއްޗެއް ވަކި ތިޔަބައިމީހުނަށް އެގޭނެބާ!

 21. ާއަހުމަދު

  ޑޮކުޓަރުންގެ ޓީމެއްތަ ފާދިރީންގެ ޓީމެއްތަ

 22. Anonymous

  ފަގީރުންނާ މެޑިކަލް އެހީއެއް ނުލިބޭ އެތައް ބަޔަކު އަމިއްލަ ގައުމުގައ އެބަތިބި. މިގައުމުގައި އަދި ތި ނުލަފާ ގައުމުގެ އެހީއަށް އެދެންޖެހޭފަދަ ހާލަތެއްނެތް. މިގައުމުގެ ރައްޔިތުންގެ ގިނަ ބަޔަކު ރުޅިއަރާ އިންޑިޔާ ސަރުކާރުދެކެ. މިގައުމުގެ ސަރުކާރު ވެއްޓޭނެ އެއްސަބަބަށްވެގެންދާނެ ސަރުކާރު އިންޑިޔާއަށް ހޭބަލިވެފައި އޮތުން.