ކޮވިޑް-19 ގެ އަލާމާތްތައް ހުރި ދެމީހަކު ސަފާރީއަކުން ފާހަގަ ކުރެވިފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ހާމަކުރާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީގެ މުހައްމަދު މަބްރޫކް ވިދާޅުވީ ސަފާރީގައި ތިބި ދެމީހުން މިހާރު އެސަފާރީގައި އައިސޮލޭޓް ކުރެވިފައިވާ ކަމަށާއި އެމީހުންގެ ސާމްޕަލް ނެގުމަށް ޓީމެއް ދަތުރު ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް ސަފާރީ އޮތީ ކޮންތަނެއްގައި ކަމާއި، ސަފާރީގައި ތިބި މީހުންގެ މިހާރު ހާލަތާއި ގުޅޭ ތަފްސީލެއް މަބްރޫކް ހާމައެއް ނުކުރައްވައެވެ. އަދި އެމީހިން ނިސްބަތްވާ ގައުމެއް ވެސް ހާމައެއް ނުކުރެއެވެ.

މިއީ ސަފާރީއަކުން ކޮވިޑް-19 ގެ އަލާމާތައް ހުރި ބަޔަކު ފެނުނު ފުރަތަމަ ފަހަރެވެ.

ކޮވިޑް-19 ފެތުރެމުން ދާތީ އިއްޔެ ރާއްޖޭގައި ވަނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވާފައެވެ. އަދި މިހާރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ ރާއްޖެ އަންނަ ފަތުރުވެރިޔަކު، އަންނަ ތަން ނޫން އެހެން ތަނަކަށް ދިއުން މަނާކޮށްފައެވެ. އޭގެ ތެރޭގައި ސަފާރީތަކަށް އަންނަ ފަތުރުވެރިން ރަށްރަށަށް އެރުން މަނާ ކުރުން ވެސް ހިމެނެއެވެ.

ރާއްޖެ އިން މިހާތަނަށް ވަނީ ނުވަ މީހަކަށް ކޮވިޑް-19 ޖެހިފައެވެ. އޭގެ ތެރޭގައި މުޅިން ވެސް ހިމެނެނީ ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. މަދީހު

    އިހަށް މިދުވަސްކޮޅު ފަތުރުވެރިންވެސް ނުގެނެސްބަލަ ކިހާދެރަކަމެއް. ސަލާމަތީ ފިޔަވަޅު އަޅާނީ އެންމެން މަރުވީމަތަ. މިބަލި މާލެތެރެޔަށް ފެތުރިނުގަންނަނީސް އިސްކޮށް ތިބިމީހުން ޒިންމާއަދާކުރޭ!!!

    16
    2
    • ޖުހާ

      ކަލޭ އެކަމާ ނުބެހި ދުވާލަކު 5 ފަހަރު އަތްދޮވެ ގުނޫތު ކިޔާބަލާބަލަ.

      3
      4
  2. އެމަންޖެ

    ނުކުރާނެ ތިޔަކަހަލަ އެއްވެސް ކަމެއް، މާލޭ ތެރެއައް މިބަލި ފެތުރުން މިމީހުންގެ މަގުސަދެއް.

    5
    1
  3. ކާފަ

    ޙެޔޮނުވާނެ ތިވައިރަސްތައް މިޤައުމަށް ގެނައުން ހުއްޓާލަބަލަ، ގައިމު ތި ލިބުނު ޑިލަރުކޮޅަށްވުރެން ބޮޑު ޙަރަދެއް ތިކަމަށް ޙަރަދުވާނެ. ޢާދޭސްކޮއްފަ މިބުނީ، ރައްކާވެތިބިއްޔާ ދަތުރޭ، އިހައްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.

    5
    1