ރާއްޖެ އިން ކޮވިޑް-19 ޖެހުނު އެކަކުގެ ހާލު ކުރިއަށް ވުރެ ދެރަވެއްޖެއެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެމްއެޗްގެ ޑރ.މުރާދު ވިދާޅުވީ ދަރުމަވަންތަ ހޮސްޕިޓަލަށް ބަދަލު ކޮށްފައިވާ އުމުރުން 70 އަހަރުގެ ފިރިހެން މީހާގެ އޮކްސިޖަން ލެވަލް ދަށްވެފައި ވާތީ އޭނާ އަށް މިހާރު އޮކްސިޖަން ދެމުން ގެންދާ ކަމަށެވެ.

"މިހާރު އޭނާ ތަންކޮޅެއް ބަލި. އޭގެ މާނައަކީ މިހާރު އޭނާ އަށް ކޮންމެވެސް ވަރަކަށް އޮކްސިޖަން ދޭން ޖެހެއޭ. އޭނާ އަށް އޮކްސިޖަން ދީގެން އޭނާގެ ހަށިގަނޑުގެ އޮކްސިޖަން ލެވަލް މިހާރު ހިފެހެއްޓެނީ. އެއަށްވުރެ އިތުރަކަށް އޭނާގެ ހާލަތު ގޯހެއް ނުވޭ. އޭނާގެ އެހެން ކަންތައްތައް ހުރީ ރަނގަޅަށް. ހަމައެކަނި އޮކްސިޖަން ނުހިފެއްޓޭތީ އޮކްސިޖަން ދީގެން މޮނިޓާ ކުރަމުން މިގެންދަނީ. އޭނާގެ އެހެން ކަންކަން ރަނގަޅު." ޑރ.މުރާދު ވިދާޅުވިއެވެ.

ޑރ.މުރާދު ވިދާޅުވީ އަދި އޭނާ ވެންޓިލޭޓަރަށް ލާން ޖެހޭ ހާލަތައް ނުދާ ކަމަށެވެ. އޭނާ ހުން ނާންނަ ކަމަށާއި އެއީ ރަނގަޅު ނިޝާނެއް ކަމަށް ވެސް ޑރ.މުރާދު ވިދާޅުވިއެވެ.

ދަރުވަމަންތަ ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ އުމުރުން ދުވަސްވީ މީހަކީ ކޮން ގައުމެއްގެ މީހެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ. ނަމަވެސް "ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ އިޓަލީވިލާތުގެ މީހެކެވެ. އޭނާ އަނބިމީހާ ވެސް ވަނީ ކޮވިޑް-19 ޖެހިފައެވެ. އަނބިމީހާ ވެސް އޮތީ ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. އޭނާގެ ހާލު ރަނގަޅެވެ.

ކޮވިޑް-19 ޖެހުމުން ގިނައިން ހާލު ސީރިއަސް ވަނީ އުމުރުން ދުވަސްވީ މީހުންނެވެ. މިހާތަނަށް އެންމެ ގިނައިން މަރުވެފައި ވަނީ ވެސް އުމުރުން ދުވަސް ވެފައިވާ މީހުންނެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޙިޕޮ

    ނޭވާނުލެވިގެން އުޅޭ ވާހަކަ ބުނެފަ ތިބުނީ އެހެންހުރިހާކަމެއް ރަނގަޅޭ. މަރުވިޔަސްބުނާނެ އަނެއްހެންދެންހުރި ކަންކަން ރަނގަޅޭ ފުރާނައޭނެތީ.

    138
    9
    • މަންޖެ

      ދައްކާވާހަކަ ގެޓް ނުވާމީހުން ކޮމެންޓް ނުކުރުން ރަނގަޅުވާނީ

      14
      6
    • މޯދީ

      ތިކަހަލަ ބުރާންތިން ގިނަވީމަ ކަމެއް ރަނގަޅު ނުވެގެން މިއުޅެނީ...

  2. ޙާމަ

    ޢައި.ޖީ.އެމް.އެޗް ގެ މުއައްޒަފެއް މި ބައްޔައް ސައްކު ކުރެވިގެން ސާމްޕައް ނެގިވާހަކަ އެއްވެސް ނިއުސް ކޮންފަރެންސް އެއްގައި ނުބުނޭ...ރިޕޯޓަރ އެސުވާލު ކުރީމަ ބުނީ ޓެސްޓް ކުރެވުނުވާހަކަ...އެއްވެސް ކަހަލަ އޮޅުވާލުމެއް އުޅޭކަމާމެދު ސައްކު މިހާރު

    18
  3. ހަނު

    މިމީހުން އަޅެ ކީކޭތަ މިކިޔަނީ ނޭވާ ނުލެވިގެން އުޅޭ މީހެއްގެ ކޮންކަމެއްތަ ރަނގަޅަށް ހުންނާނީ އަޅެ އަހަރުމެން މީ ބުރާންތިން ނެއް ނޫނޭ ...ކަންކަން ސިއްރު ކުރަނީ ވެސް އެވަރަށް...އައި ޖީ އެމް އެޗް ގެ ސްޓާފެއް ވެސް ޓެސްޓު ކުރި ވާހަކ އެބުނީ އޭނަ ވެސް ނެގެޓިވް ވީ މަ އޭގެ ކުރިން ސިއްރު ކޮށްފަ

    9
    4
  4. ގެރިމޯދީގެ ޕާޕަރު ފިހެ ދޭސޮރު

    ދަރުމަވަންތަ ހޮސްޕިޓަލު ފެނުމުން ބުއްޅަބެ އަށް ހިތަށްގޮތެއްވެގެން އެޖެންޑާ19 އާ އެކު ކޮވިޑް19 ގެ ދިރާސާއެއް ހަދަން ދަރުމަވަންތައަށް ވައިރަސްއެއް ބިސްއަޅަން ފޮނުވީއޯލަ

  5. Anonymous

    އަވަސް ޝިފާ މިންވަރު ކުރައްވާށި އާމީން

    20
  6. މަރީ

    މުރާދު އަށް ނޭގެ ކިޔޭ ނުކިޔޭއެއް އެވަރުގ މީހުން މިއަރުވަނީ މައުލޫމާތު ދޭން ދެން އޭނދަ ޗަބީ އޭނާގެ އަންހެންކަމާއެވެ ދެފަހަރު ހަމަޔައް އެކައްޗެއް ނުކިޔާ ބޮއިހަލާކު

    4
    2
  7. ގަމަރު

    މިއޮތީ ގަމާރުކަމުން ހައްދުންނައްޓާފަ އޮތް ސަރުކާރެއް.

    9
    1
  8. ކާފަ

    ޙެޔޮނުވާނެ ތިވައިރަސްތައް މިޤައުމަށް ގެނައުން ހުއްޓާލަބަލަ، ގައިމު ތި ލިބުނު ޑިލަރުކޮޅަށްވުރެން ބޮޑު ޙަރަދެއް ތިކަމަށް ޙަރަދުވާނެ. ޢާދޭސްކޮއްފަ މިބުނީ، ރައްކާވެތިބިއްޔާ ދަތުރޭ، އިހައްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.