އޮޅުވެލި ބީޗް ރިސޯޓުން ކޮވިޑް-19 ގެ އަލާމާތްތައް ހުރި ދެމީހަކު ފެނިއްޖެއެވެ.

ކޮވިޑް-19 އާއި ގުޅޭ މައުލޫމާތު ހިއްސާ ކުރުމަށް ބާއްވަމުން ގެންދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ކޮމިއުނިކޭޝަން ޑިޕާޓްމަންޓުގެ އަންޑަ ސެކްރެޓަރީ މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ އޮޅުވެލި ބީޗް ރިސޯޓުން ދެމީހެއްގެ ކިބައިން ކޮވިޑް-19 ގެ އަލާމާތްތައް ފެނިފައިވާ ކަމަށެވެ. އެމީހުން ރިސޯޓްގައި އެކަހެރިކޮށް ސާމްޕަލް ނެގުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށް މަބްރޫކް ވިދާޅުވެއްޖެއެވެ.

އޮޅުވެލި ބީޗުން ކޮވިޑް 19 އިގެ އަލާމާތްތައް ފެނުނީ ދެ ބިދޭސީން ކަމަށާއި އެރަށް މި ވަގުތު އޮތީ މޮނިޓަރިންގެ ހާލަތުގައި ކަމަށް ވިދާޅުވުން ފިޔަވައި މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

މަބްރޫކް ވިދާޅުވީ އެ ރަށުގައި މިހާރު ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

މަބްރޫކް ވިދާޅުވީ މޮނިޓަރިންގެ ހާލަތުގައި އޮތް ރިސޯޓްތަކުން އެއް ރަށުން އަނެއް ރަށަށް މުވައްޒަފުން ދަތުރުކުރުން މަނާކޮށްފައި ވަނީ ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ. އެގޮތުން އަރާ ފޭބުން މަނާކޮށްފައި ވަނީ ކުރެއްދޫ، ބަތަލާ، ކުރަމަތި، ސަމަ އައިލެންޑް، ވިލަމެންދޫ، އިރުވެލި، ސަން ގިލި އަދި ސިކްސް ސެންސަސް ލާމުންވެ.

މީގެ އިތުރުން، ރިސޯޓުތަކާއި ސަފާރީތަކުގައި ތިބޭ ޓޫރިސްޓުން އެކްސްކާޝަން އާއި އެ ނޫންވެސް ބޭނުމަށް ތިބޭ ރިސޯޓް ނުވަތަ ރަށް ނޫން ތަންތަނަށް ދިއުން އެޗްޕީއޭއިން ވަނީ މަނާކޮށްފައެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރޭގައި ހިމެނެނީމުޅިން ވެސް ބިދޭސީންނެވެ.

ކޮވިޑް-19 އަށް ފައްސިވީ ފަރާތްތަކުގެ ތެރޭގައި ހިމެނެނީ ކުރެއްދޫ އައިލެންޑް ރިސޯޓުން 4 މީހުން، ސޭންޑީސް ބަތަލާ އައިލެންޑް ރިސޯޓުގައި ތިބި 2 މީހުން އަދި ކުރަމަތި އައިލެންޑް ރިސޯޓުން 2 މީހުންނައި އަންތަރާ ދިގު ރިސޯޓުން އެކަކެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކާފަ

    ޕްލަިޒް ތި ފަތުރުވެރިން ގެނައުން ހުއްޓާލަބަލަ. މިވަގުތުލިބޭ ލާރިކޮޅަކަށްވުރެން ފުރާނަ އިސްކޮއްދެއްވާ. ބަނޑުހައިކަންވެސް ކެއްކުރެވޭނެ. ޢެކަމަކު ވައިރަހަކަށް ފަރިވާއެއްނެތް.

  2. Anonymous

    މިސްކިތަކުން އެކަކުވެސް ޕޮޒިޓިވެއްނުވޭ ދެއްތޯ ﷲ އަށް ހަމްދާއި ޝުކުރުކުރަން އިންޝާﷲ ދިވެހި ގައުމު ރައްކާތެރި ކަމުގައި އަބަދައް ލައްވާށި

  3. ފަރޫ

    ޢޮޅުވެލިން ޝައްކު ކުރެވޭ މީހަކު ނުފެނޭ

  4. ޝައްކު

    ޝޝޝޝައްކެއްނޫން ޔަގީން