ކޮވިޑް-19 ރާއްޖޭގައި ފެތުރުން ކޮންޓްރޯލްކޮށް، ސަލާމަތަށްޓަކައި ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ކޮވިޑް-19 އާ ގުޅޭ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅުއްވާފައިވާ، ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކް ވިދާޅުވީ، އެންމެ ނުރައްކާތެރި ހާލަތުގައި ވެސް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ތައްޔާރުވެފައިވާ ކަމަށެވެ. އެގޮތުން މިހާރުވެސް ސިއްހީ ވުޒާރާ އާއި ކަމާ ގުޅޭ އެހެނިހެން އިދާރާތަކުގެ ބޭފުޅުން ކެނޑިނޭޅި މަސައްކަތް ކުރަމުން ދަނީ ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކަން އޭނާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގައި އަޅުގަނޑުމެންނަށް ލިބިފައި އޮތް އެންމެ ބޮޑު ނަސީބަކީ ރާއްޖެ ޖަޒީރާ ގައުމަކަށް ވުން. ރަށްތައް ވަކި ވަކިން ހުރީމަ އެހާ ފަސޭހައީ އަޅުގަނޑުމެންނަށް މޮނިޓަރިންގެ ހާލަތަކަށް ގެންނަން ވެސް. އަދި އެ ރަށެއްގެ ކޮންޓެކްޓް ޓްރޭސިން ހަދަން ވެސް. އެއީ ލިމިޓް ވާނެ ކޮންޓެކްޓް ވާ މީހުން." މަބްރޫކް ވިދާޅުވިއެވެ.

މިހާރު ކޮވިޑް-19 އަށް ޓެސްޓު ކުރަން ނަގާ ސާމްޕަލްތައް ހަ ގަޑި އިރާއި 12 ގަޑި އިރާއި ދެމެދުގެ ވަގުތެއްގެ ތެރޭގައި ނަތީޖާ ލިބޭނެ ކަން މަބްރޫކް ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ޓެސްޓް ކުރުމުގެ މަރުހަލާ މިހާރަށް ވުރެ އަވަސްކޮށް، ޓެސްޓް ކުރުމަށް ރާއްޖޭގައި މިހާރު ހުރި ގާބިލްކަން އިތުރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މަބްރޫކް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާ އިރު، ކޮވިޑް-19 އާ ގުޅިގެން އެކުލަވާލަން ޖެހޭ ބަޖެޓްގެ އަދަދު އަދި ސާފުކޮށް ބުނަން ނޭނގޭ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް، ވަކި ބަޖެޓް ކޯޑެއްގެ ދަށުން ކޮންޓިންޖެންސީ ބަޖެޓްގެ ތެރެއިން ކުރަމުންދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

ކޮވީޑް-19 އަށް މިހާތަނަށް ރާއްޖެއިންް ފައްސިވީ (ޕޮޒިޓިވް) ނުވަ މީހުންނަކީ ވެސް، ބިދޭސީންނެވެ.

ކިޔުންތެރިންގެ ހިޔާލު

21 ކޮމެންޓް

  1. ސާބަސް

    ޜައްޔިތުނަށަ ކޮށްދޭންވީ ކަމަކީ ބަލިޖެހިފައިވާ ގިނަމީހުން ތި ބި ގައުމުތަކުން ރާއްޖެއަށް މީހުން އައުން މަނާކޮށް ދޭންވީ ތި ކޮންަޓްރޯލް ކުރަން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ކަންތައް ކުރަމުން އެދަނީ އެގޮތައް

    18
    1
    • Anonymous

      ރައީސް ޔާމީންގެ ސަޕޯޓަރުން މިބުނަނީ، ސަރުކާރެއް ގެންނަނީ ރައްޔިތުންނަށް ދިމާވާ ހުރިހާ ކަމެއްގައި ހައްލު ހޯދައިދިނުމަށޭ! އަމިއްލަ މީހުންގެ ވަޒީފާތަކުން ވަކިކުރާ ފަރާތްތަކަށް ސަރުކާރުން އެހީތެރިވެދެނީ ކޮންގޮތަކަށްހޭ؟ ކުދިވިޔަފާރިތައް ހުއްޓުމުން އެފަރާތްތަކަށް އެހީތެރިވެދޭނީ ކިހިނެއްހޭ؟ މިސުވާލުތަކަށް ސަރުކާރުން ޖަވާބެއްނެތްވާހަކަ މިބުނަނީ. ސަރުކާރުމުވައްޒަފުން އެކަންޏެއްނޫން ސަރުކާރަށް ބަލަދުއަރާނީ. ހުރިހާރައްޔިތުންގެ ބަލަދުއަރާނެ.

    • ލކޖހގ

      ސަރުކާރުން އެންމެ ފުރަތަމަ އެޅިފިޔަވަޅަކީ، ރައްޔިތުން ހާސްކަމުގެ ތެރެއަށް އައިވަގުތު ބަލާފަ، ސެކިއުލަރ ވިސްނުން ފަތުރަށް ފުރުސަތުދިނުމުގެ ގޮތުން އެކަން ފަތުރާ އެންމެ އިސް އެއްފަރާޓް ކަމުގައިވާ ރުސްތުމް އަވަހަށް ދޫކޮށްލުން. ރައްޔިތުންނަށް އެކަމާ ހަޅޭއްލަވާނެ ވަގުތު ނުވާނެ ގޮތުން ވަރަށް މަކަރުވެރިކަމާއެކު ކުރި ނުލަފާ މުޑުދާރު އަމަލެއް އެއީ.

      10
  2. ކާފަ

    ގެސްޓުން ގެނައުން ހުއްޓުވުން ނޫން ކޮންމެކަމެއް ދެއްތޯ؟
    މައިގަނޑު ސަބަބުގައި ނުހިފާ މިމައްސަލަ ހަްލުނުވާނެ...

    ޢޮޑިޔަކަށް ދިޔަވަނީ އުނގުރި ނުޖަހާހުރީމަ، ހުރިހައި ފަޅުވެރިން ފޫގަޅާފަ ދިޔަހިއްކަނީއެވެ، އޮޑިއަޑިއަށްގޮސްސިނަމަ އެންމެން ކަނޑުވާނެއެވެ،
    ސުވާލަކީ ދިޔަހިއްކާލެވޭތޯ ބަލާނީތޯއޭ ނޫނީ އުނގުރި ޖަހާނީތޯއެވެ.؟

    19
  3. ފިޔަވަޅު

    ފޮނި ނުކަަނޑާ ދެންވެސް ރިސޮޓްތައް ބަންދު ކުރޭ

    15
    • Anonymous

      ދަެުލަތެއްގެ ޒިންމާއަކީ ހަމައެކަނި ކަމާސިދާގުޅޭ މައްސަލަ ތަކަށް ހައްލު ދިނުމެއްނޫން. އޭގެ އިތުރައް އެކަމާގުޅިގެން ލިބޭ ގެއްލުންތޢް މިނިމައިޒް ކޮށްދިނުން. މިހާލަތުގައި ވަޒީފާ ގެއްލޭ ރައްޔިތުންނާއި މުސާރައިން ބޮޑުބައެއް އުނިވާ މުވައްޒަފުންމާއި ކުދިވިޔަފާރިތަށް ހުއްޓާލަންޖެހޭ ރައްޔިތުންނަށް ސަރުކާރުން ސަޕޯޓް ދޭންޖެހޭނެ. ދީބާޖާއާއި ނޫމަޑިއަށް ފުލްކޮށް ގެއްލުމުގެ ބަދަލުދެވުނު އަދި 2013 ިނ 2018 އަށް ގެއްލުން ލިބުނު ކުންފުނިތަކާ މީހުނަށް ބަދަލުދެވޭ މުއްސަނދި ސަރުކާރަކަށް ރައްޔިތުންނަށް މާލީ އެހީދިނުމަކީ މާބޮޑު އުންދަގުލަކަށް ވާނެ ކަމަކަށް ނުވާނެ. ސަރުކާރެއް އޮންނާނީ ރައްޔިތުންގެ ހައްގު ރައްކާތެރިކޮށްދީ އެހީތެރިވެދެވޭހާ ހިނދަކު.

      9
      2
  4. ސަރުކާރުގެ ޑޯލް

    ޥާނެހާ އެއްޗެއް ވީމަ ރައްޔިތުން މާފެއް ނުލިބޭނެ.
    މިހާރުން މިހާރައް ރިސޯޓް ތައް ބަންދު ކުރަން ސަރުކާރައް ގޮވާލަން

    15
  5. ރާދޭ

    ދެން ރިސޯރޓުތައް ބަންދުކުރަންވީނު ބަލާއެކޭ

  6. ނާއި

    އެބަ ކުރެވޭތަ ކަމެއް ކަމެއް ކުރަންޏާ ގެސްޓުން އައުން ހުއްޓުވަބަލަ

    18
    • ހުހުހު

      އަމާބުނީ ބޮލިހިލަން ދާށޭ ބުނީ އެތާ އިނދެގެން ބޮލިހިލަނީ

  7. ނައީމް

    އައްނި އަށް ކައުންސިލް މެޖޯރިޓީ ދީފިނަމަ ދީނީ މިނިވަންކަން މިގައުމުގަ ހުޅުވާލާނެ ގޮތްނިންމާނީ ތައްޔިތުން މިކަމަށް ތިޔަބައިމީހުން ނުރުހޭނަމާ ފާޅުގަ އިދިކޮޅަށް ކެމްޕެއިންކޫރޭ. ދެން އިތުރަކަށް ބަރުލަމާނީ ނިޒާމަކަށް ބަދަލް ކުރަން ރައްޔިތުންގެ ވޯޓަކަށް ނާހާނެ ހުރިހާކަމެއްވެސް ކޮއްފަބުނާނެ ރައްޔިތުންގެ މެޖޯރެޓީ އޭ ރައްޔިތުންނޭ ހޭލާށޭ ހޭއަރާށޭ ގައުމު ހަލާކު މިހުރަނީ ހަމަ ރައްޔިތުން ނޫންތޯ. ވޯޓުން މެޖޯރިޓީން..... ޔަގީން ހަބަރެއް...

    12
  8. ގާފަރު ޕަރީ

    ތިހެންވީއިރު މި ގައުމަށް ބޭރު ގައުމުތަކުން މީހުން އެތެރެވުން ހުއްޓުވައިދީ. މީހުން ދިރިއުޅޭ ރަށްރަށަށް ޓުއަރިސްޓުން ގެނައުން ހުއްޓުވާދީ. ހުރިހާ ގެސްޓުހައުސް ތަކެއް ބަންދު ކޮށްދީ. ހެޔޮނުވާނެ.

    10
  9. ކާފ

    ގެސްޓުން ގެނައުން ހުއްޓުވުން ނޫން ކޮންމެކަމެއް ދެއްތޯ؟
    މައިގަނޑު ސަބަބުގައި ނުހިފާ މިމައްސަލަ ހަްލުނުވާނެ...

    ޢޮޑިޔަކަށް ދިޔަވަނީ އުނގުރި ނުޖަހާހުރީމަ، ހުރިހައި ފަޅުވެރިން ފޫގަޅާފަ ދިޔަހިއްކަނީއެވެ، އޮޑިއަޑިއަށްގޮސްސިނަމަ އެންމެން ކަނޑުވާނެއެވެ،
    ސުވާލަކީ ދިޔަހިއްކާލެވޭތޯ ބަލާނީތޯއޭ ނޫނީ އުނގުރި ޖަހާނީތޯއެވެ.؟

  10. ޒާ

    އިޓަލީން ބަލިގެނައީ ސަރުކާރުން ދެންކޮން ސަލާމަތަށްޓަކައޭތޯ ތިކިޔަނީ؟

    10
  11. މަންޖެ

    "ސަލާމަތަށްޓަކައި ކޮންމެ ކަމެއް ވެސް ކުރާނަން" ހަމަ އަނގައޮތީމާ ވާހަކަ ދައްކަނީދޯ. ކޮންކަމެއްތަ ސަލާމަތަށް ކުރީ؟؟ ޕްޒިޓިވް މީހުންފެނިގެން ލޮކްޑައުންކޮށްފައި ރިސޯޓްތަކުގެ އެއްބައިނަމަވެސް ތިހުޅުވަނީ ކޮންކަމަކަށް ބަލާފަ؟؟ ހުރިހާ އެންމެން ޓެސްޓްކޮށްފައިތަ؟؟ އަލާމާތްތައް ނުފެނިވެސް ކޯވިށް19 ފެތުރޭކަމަށް މާހިރުން އެދަނީ ބުމަނުން.

    10
  12. އޯމޯ

    ކޮންކަމެއްތޯވީ ކުރެވުނު ކަމެއްބުނެދީބަލަ ގެސްޓުން ބަރާބަރައް އާދޭ.

  13. ރއޔތނ

    ބަލިޖެހިފަ ވާ ގައުމުތަކުން މީހުން އެތެރެވުން މިޔަދުން މިޔަދައް ހުއްޓުވެން ޖެހޭ..ސަރުކާރުން މިވަރު ކުޑަ ކަމެއް ރައްޔިތުން ނައް ކޮއް ނުދެވޭ. ރައްޔިތުން ތި ބެން ވީ ހައި ރިސްކުގަ..ޑޮލަރު ޑޮލަރު. ބަދަލު ބަދަލު

  14. ނޯ ޓޮލަރެންސް

    އަންނި ކަލޯ ޓޫރިޒަމް ބޯއިކޮޓް ކުރަން ގޮވަން ރަނގަޅު ވަގުތެއް ދެއްތޯ

  15. ޖާޑި

    ކަމެއްނުކޮށްދެވޭކަން ނޭގުމަކީ މާނުރައްކާތެރިކަމެއް!ތަސައްރަފު ނުފުދޭހާލުގައި އަގަތަޅަން ޖެހޭބާ!

  16. ނާޝް

    އަޅެ ފަހެ ހެލްތު މިނިސްޓަރ އަ މީން ފިލީތަ

  17. ކިނބޫ

    ކަލޯ ސްޕީޑް ވަރަށް ލަސް. ނަތީޖާ ވަރަށް ގޯސް. ދެއިރު އަރާ، މިގާ މީހުންގެ ޓެސްޓު ހެދިއްޖެއޭ ބުނެލުމަކުން ނުފުދޭ. ކަމަކުނުދޭ. ކަންކަން ކުރާކަށް ރާވާ ހިންގާކަށް ނޭނގޭކަން ހާމަވަމުން ދަނީ. މިއުޅޭ މީހުންގަނޑު ބުނަނީ ސަރުކާރުން ކީއްހޯ ކުރާނީ އަޅެ ޭ ޭ ކުރެވޭނެ ކަމެއް ނެތިއްޔާ ގެއަށް ކަނޑާލަންވީނު.