ބ. އަތޮޅުގެ ރިސޯޓެއްގައި ހުރި ފަތުރުވެރިޔަކު ފުރުމަށް ދަރަވަންދޫ އެއާޕޯޓަށް މިރޭ ދިޔައިރު، އޭނާގެ ފަރާތުން ކޮވިޑް-19 ބަލީގެ އަލާމާތްތަކެއް ފެނިގެން އެއާޕޯޓްގައި އޭނާ އެކަހެރިކޮށްފިއެވެ.
"ވަގުތު" އަށް އެނގިފައިވާ ގޮތުގައި އަލާމާތްތަކެއް ފެނުނީ ފުރަން ދިނަ އިޓަލީވިލާތުގެ ދެމަފިރިއެއްގެ ގައިންނެވެ. އޭގެ ތެރެއިން އަލާމާތްތައް ފެނުނީ އެކެއްގެ ގައިންނެވެ.
ދަރަވަންދޫ އިން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ އެއާޕޯޓްގައި އޭރު ތިބި މީހުންނާއި މުވައްޒަފުން ފުރުން ވަނީ މަނާކޮށްފައެވެ.
އޭދަފުށިން ޓީމެއް މިހާރު ދަރަވަންދުއަށް ދަތުރުކުރަމުންދާ ކަމުގެ މައުލޫމާތު ވެސް ވަނީ ލިބިފައެވެ.
މިކަމާ ގުޅޭ ގޮތުން އެޗްޕީއޭ އިން އަދި ރަސްމީކޮށް އަދި އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑް-19ގެ ނުވަ ކޭސް ފެނިފައި ވެއެވެ. މި އެންމެންވެސް ފެނިފައި ވަނީ ރާއްޖޭގެ ރިސޯޓުތަކުންނެވެ.
މީގެ ތެރެއިން އިޓަލީއަށް ނިސްބަތްވާ އެކަކު ހާލު ދެރަވެގެން އޭނާއަށް ދަނީ ދަރުމަވަންތަ ހޮސްޕިޓަލްގައި ފަރުވާދެމުންނެވެ.
ރާއްޖެއަށް ކޮވިޑް-19 ފެތުރުނަ ނުދިނުމަށްޓަކައި، ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ އިއުލާނުކޮށްފައެވެ.
މީހަކު ކެއްސާލިޔަސް ދެން ހިފަހައްޓާނެ.
ކޮންރެސޯޓެއް ގެ ފަތުރުވެރިއެއް؟؟
ޑްރީމް ލޭންޑް ދަ ޔުނީކް ސީ އެންޑް ލޭކް ރިސޯޓް އެންޑް ސްޕާ.
ތިކަމުގަ އިހުމާލުވީ ރިސޯޓުގެ ފަރާތް ތަކަށް ދައުވާ ކުރަން ޖެހޭ. ޢަލާމާތްތައް ހުރި މީހަކު ފުރިވާލަން އުޅުނީމަ. ޖިނާއީ ތަހިގީގެއް ހިންގަންޖެހެ.
މިގައުމުން ހުސް މިފެނުނީ އިޓަލީމީހުން
ޓުވެރިސްޓު ން އެތެރެވި ޢިރު މިކަން ބަލާ ލެ ވުނުނަމަދޯ !؟ އެގައުމަކީ އެއިރު އެންމެގި ނައިން ފެތުރުނު ގައުމު!؟ ނަމަވެސް އަހަރެމެން ބޭނުން ވީ ގެސް ޓުން ގިނަ އިން އެތެރެ ކުރަންކިހާދެރަ!!!؟؟
މާމިގިލީ އެޔާޕޯޓައް ވެސް ތިގޮތައް މިބަލީގެ އަލާމާތް ތަކެއް ހުރި 3 ފަތުރުވެރިން ފުރަން އައި. މާމިގިލީ އެޔާޕޯޓް ބަންދުކުރާން ޖެހިދާނެތީ ބުރުމާ ހެދިއެއްޗެކީ މާމިގިލީގެ ޑޮކްޓަރު ގެނެސް އެމީހުންގަޔޭ ބަލި ނެތޭ ކިޔާފަ ފުރުވާލީ. އެޔާޕޯޓް ކުދިން އެބައްޔޭ ބުނުމުން. ބުރުމާ ބިރުން ހޭންޑް ސެނެޓައިޒާ ފުޅި އަތައް އޮއްސާލާފަ މުޅި މޫނުގަޔާ ގައިގަ އުގުޅާލީ. ހާދަ ބިރެއް ބުރުމާ ގާސިމު ގަނެޔޭ.

ގެސްޓުން ނުލިބޭނަމަ ސަރުކާރު ބަނގުރޫޓުވާނެ