ބަނޑޮސް އައިލެންޑް ރިސޯޓް އެންޑް ސްޕާ އާއި މީރު އައިލެންޑް ރިސޯޓުން ކޮވިޑް-19 އަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރި ބަޔަކު ފެނިއްޖެއެެވެ.

އެކަން ހާމަކޮށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ކުރި ޓްވީޓެއްގައި ވިދާޅުވީ، އެ ދެ ރިސޯޓުން ވެސް ބިދޭސީންތަކެއްގެ ގައިން އެ ވައިރަސްއަށް ޝައްކު ކުރެވޭ އަލާމަތްތަކެއް ހުރެގެން ސާމްޕަލްތައް ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ބަނޑޮހުން ފެނިފައި ވަނީ ކޮވިޑް-19 އަށް ޝައްކު ކުރެވޭ އެކަކެވެ. ނަމަވެސް މީރު އައިލެންޑް ރިސޯޓުން އެ ވައިރަސްއަށް ޝައްކު ކުރެވޭ ބަޔަކު ފެނިފައިވާކަމަށް އެޗްޕީއޭއިން ވިދާޅުވިއެވެ.

އެއީ ކޮން ގައުމަކަށް ނިސްބަތްވާ ބައެއް ކަން އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ. އަދި އެއީ ރިސޯޓުގެ މުވައްޒަފުން ކަމެއް ނުވަތަ ފަތުރުވެރިން ކަމެއްވެސް އެޗްޕީއޭއިން ނުބުނެއެވެ.

އެ މީހުން ތިބީ ހޯމް އައިސޮލޭޝަންގައި ކަމަށް އެޗްޕީއޭ އިން ވިދާޅުވިއެވެ. މީގެ އިތުރުން އެ ދެ ރިސޯޓު ވެސް މިހާރު އޮތީ މޮނީޓަރިން ހާލަތުގައެވެ.

ރާއްޖެއިން މިހާތަނަށް ފަސް ރިސޯޓަކުން ނުވަ މީހަކު ވަނީ ކޮވިޑް-19 އަށް ފައްސި (ޕޮޒިޓިވް) ވެފައެވެ. އަދި ބަލީގެ އަލާމަތްތައް ފެނިފައިވާ 15 މީހަކު އެކަހެރިކޮށް، ޓެސްޓްތައް ހެދުމުގެ މަސައްކަތް ކުރިޔަށް އެބަދެއެވެ. މި ހުރިހާ ޓެސްޓެއްގެ ނަތީޖާވެސް މިއަދުގެ ވަގުތެއްގައި ލިބޭނެކަމަށް ބެލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ކާފަ

    ޙެޔޮނުވާނެ މިތަން ފަނާނުވަނީސް ތިވައިރަސްތައް މިޤައުމަށް ގެނައުން ހުއްޓާލަބަލަ، ގައިމު ތި ލިބުނު ޑިލަރުކޮޅަށްވުރެން ބޮޑު ޙަރަދެއް ތިކަމަށް ޙަރަދުވާނެ. ޢާދޭސްކޮއްފަ މިބުނީ، ރައްކާވެތިބިއްޔާ ދަތުރޭ، އިހައްނުވި ރައްކަލެއް ފަހަކުން ނުވެވޭނެ.

    32
  2. ޑީޖޭ ޙާލިދު

    ހުރިހާ ރިސޯރޓެއް ސާދަ ދުވަހަށް ކަރަންޓީން ކުރަންވީ މާލެ ސަލާމަތް ކުރަންޏާ ، ވެރިކަމުގައި މިތިބީ އިޓަލީގައި ބަލި ފެތުރެނިކޮށް އެތާ މީހުން ގެނައި ގަމާރުން ، ހުރިހާ ރިސޯރޓެއް ކަރަންޓީން ނުކޮށް ނަތީޖާއެއް ނުނިކުންނާނެ

    38
    2
  3. ހޫ

    ރާއްޖޭގެ ހުރިހާ ރަށެއް ލޮކްޑައުން ކުރަންފެނޭ.

    17
    3
  4. ބަބުލޭ

    ޗަންޕާގެ ރިސޯޓްތަކުން މާގިނައިން ފެންނަންޔާ އެކަލޭގެ ވެސް ކަރަންޓީންކޮށް ޓެސްޓް ކުރުވަންޖެހޭ. ޓްރަމްޕް ހެދިފައި ހުރިޔަ ދީގެން ނުވާނެ

    25
    2
    • މީރު

      މީރުގެ މުވައްޒަފެއް ފަރާތުން ލި ބުނު މައުލޫމާ ތެއް އެރިސޯޓުގެ ގެސްޓެއްގެ ކި ބައިން އަލާމާތްތަކެއް ފެނުމުން އޭނަ މީގެ 2 ދުވަސް ކުރިން ވަނީ ރިސޯޓުގެ މެނޭޖުމަންޓުން ފުރުވާލާފަ

      11
      3
  5. ނައީމް

    އައްނި އަށް ކައުންސިލް މެޖޯރިޓީ ދީފިނަމަ ދީނީ މިނިވަންކަން މިގައުމުގަ ހުޅުވާލާނެ ގޮތްނިންމާނީ ތައްޔިތުން މިކަމަށް ތިޔަބައިމީހުން ނުރުހޭނަމާ ފާޅުގަ އިދިކޮޅަށް ކެމްޕެއިންކޫރޭ. ދެން އިތުރަކަށް ބަރުލަމާނީ ނިޒާމަކަށް ބަދަލް ކުރަން ރައްޔިތުންގެ ވޯޓަކަށް ނާހާނެ ހުރިހާކަމެއްވެސް ކޮއްފަބުނާނެ ރައްޔިތުންގެ މެޖޯރެޓީ އޭ ރައްޔިތުންނޭ ހޭލާށޭ ހޭއަރާށޭ ގައުމު ހަލާކު މިހުރަނީ ހަމަ ރައްޔިތުން ނޫންތޯ. ވޯޓުން މެޖޯރިޓީން..... ޔަގީން ހަބަރެއް...

    23
    4
  6. މުހައްމަދު

    ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓުވިގެން ނޫނީ ކޮރޯނާ ވައިރަސް ނުހުއްޓުވޭނެ. ބައެއް ރިސޯޓު ތަކުން ބަލި ޖެހުމުން އެކަން ސިއްރުކުރޭ. ރައްޔިތުން ސަމާލުވޭ. ވިޔަފާރި މަހުޖަނުން އަދިވެސް ވިސްނަނީ ލާރި ކޮޅާ ދޭތެރޭގަ. ވަގުތު ފާއިތު ނުވަނީސް މިކަން ހުއްޓުވާ.

    30
    1
    • އިނގޭމީހާ

      އާން ވަކިން ޙާއްސަކޮއް ޗަމްޕާގެ ރިސޯޓު ތަކުން އެކަން ސިއްރުކުރޭ

      10
  7. ދިދަ ދަނޑި

    މުޅީންވެސް ބިދޭސީން.. ފަތުރުވެރީން . . . މިހެން ނުވީސް ޗައިނާގައި ކޮވިޑް ފެތުރެންފެށި އިރު ފަތުރުވެރިންނަށް ފާރަވެރިވެ އެތެރެވުން މަނާކޮށް ހެދިނަމަ . . ހުރިހާ ކަމެއް ދޫކޮށްލައިގެން އަތް އުރާލައިގެން ތިބީމައި މިހާރު ކިހާ ދެރަ . . ރައްކާވެތިބީއްޔާ ދަތުރު

    19
  8. ނަހުލާ

    ގާސިމާ ޗަމްޕާމެން މީސްމީހުން އެއީ އަމިއްލަ ފައިދާއަށް ރިސޯޓުތަކުގް މުވައްޒަފުން ގުރުބާންކުރަން ވެސް ތައްޔާރަށް ތިބި ބައެއް. ދެން ވަކި މާލެ ރައްޔިތުންނާ މެދު ވިސްނާނެތަ، އަދި ހާއްސަކޮށް ގާސިމު، ގޮތެއް ފޮތެއް ނުހުންނަ މީހެއް، ރިސޯޓުތަކުގެ ސްޓާފުންނަށް އެކަށީގެންވާ މުސާރައެއް/ ސާވިސް ޗާޖެއް ނުދޭތާ މުސާރަވެސް އެހާ ކުޑަކޮށްފި، ރިސޯޓުގެ ރިނޮވޭޝަނަށް ފައިސާ ނެތީމަ ސްޓާފުންތަ ބަނޑަށް ތިބެން ޖެހެނީ، ވިޔަފާރީގަ ގެއްލުންވީމަ ފޫބައްދަން ނޭނގޭ މީހެއް ވެރިމަކަށް ކުރިމަތި ލަނީ، ކާކު ކަލެއަށް ވޯޓު ދޭނީ